އެމްއާރުއެމްގެ ސްލޮޓެއްގައި ފިޝަރީޒް މިނިސްޓަރުގެ މަގާމުގައި ހުންނެވި ޒަހާ ވަހީދުގެ އިތުބާރު ނެތް މައްސަލަ ރައްޔިތުންގެ މަޖިލީހަށް އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީއިން ހުށަހެޅީ ކޯލިޝަން ރޫޅާލަން ކަމަށާއި އެ ކަން ކާމިޔާބެއް ނުވާނެ ކަމަށް އެމްއާރުއެމްގެ ސްލޮޓެއްގައި އާޓްސް އެންޑް ކަލްޗާ މިނިސްޓަރު ކަމުގައި ހުންނެވި ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަނބަލުން ޔުމްނާ މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިނިސްޓަރު ޒަހާއަކީ ވަރަށް ބުރަކޮށް މަސައްކަތް ކުރައްވާ ހިތްވަރުގަދަ މިނިސްޓަރެއް ކަމަށެވެ.

"މިއީ ކޯލިޝަން ރުޅާލުމަށް އިދިކޮޅުން ކުރާ ކަމެއް، ﷲ ގެ އިރާދަފުޅާއެކު މި ކަން ކާމިޔާބެއް ނުވާނެ،" ޔުމްނާ ވިދާޅުވިއެވެ.

އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގައި ހިމެނޭ ނުވަ މެންބަރުންގެ އިތުރުން ޒަހާގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ގަރާރުގައި ސޮއިކުރައްވާފައިވަނީ ޑީއާރުޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރެވެ.

ޒަހާގެ އިތުބާރު ނެތް މައްސަލައިގެ ގަރާރުގައި ވަނީ ދިވެހި މަސްވެރިންނާއި މަސްވެރި އާއިލާތަކަށް މި ސަރުކާރުން ވެފައިވާ ވައުދުތައް ނުފުއްދި މަސްވެރިންނަށް ވުޒާރާއިން ދޭން ޚިދުމަތްތައް ދިނުމުގައި ލަސްވުން ފަދަ ކަންކަން ކުރިމަތިވާ ކަމަށެވެ.

މަސްވެރިކަމާ ގުޅޭ ވައުދުތައް ނުފުއްދައި މިނިސްޓަރުގެ ހައިސިއްޔަތުން ޒަހާ އަދާ ކުރައްވަން ޖެހޭ ޒިންމާތައް އަދާ ނުކުރައްވައި އެ މަގާމުގައި އެކަމަނާ ހުންނެވުމަކީ މަސްވެރި އާއިލާތަކަށް އިތުރު ނިކަމެތިކަން އަންނާނެ ކަމެއް ކަމަށް ގަރާރުގައިވެއެވެ.

ޒަހާއާއި ޔުމްނާއަކީ ރައީސް މައުމޫން އިސްވެ އުފެއްދެވި އެމްއެމްއާރުގެ ސްލޮޓްގައި ކެބިނެޓްގައި ތިއްބެވި ދެ ވަޒީރުންނެވެ. މި ދެ ވަޒީރުންގެ އިތުރުން އެމްއާރުއެމްގެ ސްލޮޓްގައި ހުންނަވާނީ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން އެކަންޏެވެ.

ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އަދާލަތުގެ ޕާޓީ އާއި ޖުމްހޫރީ ޕާޓީގެ ބައެއް ވަޒީރުން ވަކިކުރުމުގެ މަސައްކަތް އެމްޑީޕީގެ މެންބަރުން އިސްވެ މިހާތަނަށް މަސައްކަތް ކުރައްވާފައިވީ ނަމަވެސް އެމްއާރުއެމްގެ ސްލޮޓެއްގައި ހުންނެވި މިނިސްޓަރަކު ވަކިކުރަން އަދި މަސައްކަތެއް ނުކުރައްވައެވެ.

އެހެން ވިޔަސް އެމްއާރުއެމްގެ ސްލޮޓްގައި ތިއްބެވި ވަޒީރުންގެ ތެރެއިން އެމްޑީޕީގެ މެންބަރުންގެ ވެސް އެންމެ ބޮޑު ފާޑުކިއުމެއް އަމާޒުވާ ވަޒީރަކީ ޒަހާއެވެ. މި ގޮތުން މަސްވެރިކަމުގެ އާ ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވާއިދުތައް ގާނޫނުގައިވާ މުއްދަތަށް އެކުލަވާފައި ނެތުމުން ޒަހާ ވަކިކުރަން ބައެއް މެންބަރުން ތައްޔާރު ވެސް ވިއެވެ. އެކަމަކު ގަވާއިދުތައް ނިމުމުން ފަހުން އެ މަސައްކަތެއް އެމްޑީޕީއިން ނުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ކޮވިޑް

    ޔޮމްނާ ބުނީމަ އިތުބާރު އޮތްކަމަށް ވާނެތަ؟ މައުމޫނާ ޔުމްނާ އަޅެ ޒަހާގެ އިތުބާރު އޮތްތޯ ބަލާލަން އަޅެ މަސްމާރު ކޭޓް ކައިރިޔައް ގޮސް މަސް ވެރިންނާ ސުވާލު ކޮށްލަބަލަ؟ ކަމަނާ އާ ބައްޕާފުޅު ފިނި އަރާމު ކޮޓަރީގަ ތިއްބެއް ކަމަކު މަސް ވެރިން ލޯ ފިއްސާ ، ބޯ ފިއްސައިގެން ބާނާ މަސް ކޮޅަށް ވާގޮތް ބަލާލަން މާރުކޭޓަށް ވަދެލަ ބަލަ؟

    53
  2. ސަލްމާ

    ބަަލަ ރޫޅިފަ އޮތް އެއްޗެއް ތީ ނިނިގެންދިޔަ މަޖްލިސް އިންތިޚާބުގެކުރިން. މަޤާމުތައް ދިފާޢުކުރުމަށް ތިތިބެނީ ހެދިގެން. އެމްޑީޕީ ފާޅުގަ ބުނި ކޯލިޝަން ނެތްކަމަށް! ދުނިފައިވިއްދާފަތިބެބަލަ ގުއިރޯނުގަ ޖެހި ގޯނިފުލުގަ! ތިތިބީ ކަމެއްނެތަސް މަޤާމެއްދީފަ ނިކަން ރަގަޅަށް ހައްދާފަ! ކަލޭ ދެއަަރުގެތެރޭގައި މުސާރަކެއުންފިޔަވައި ކުރިކަމެއް ނެތް!

    42
    1
  3. ތަރަބެ

    ޢާޠިފާ ޝަކޫރު އިސްތިއުފާ ދެއްވީ އެމްޑީޕީ އިން ބިރުދައްކާ މަޖުބޫރުކޮށްގެން. އެވެސް އެމްއާރުއެމް ގެ ވަޒީރެއް.

    41
    1
  4. ޝައްފަ

    ޔުމްނާ އަކީ ޢަބްދުލްޤައްޔޫމް ސީދީ އަށް ކާފަ ކިޔާ މީހެއް. ޒަހާ އަކީ މައުމޫނުގެ ބައްޕަ ޢަބްދުލްޤައްޔޫމް ސީދީ އަށް މުނިކާފަ ކިޔާ މީހެއް. ދިވެހި ރައްޔިތުން ގެ ޖީބުން ނުޙައްޤުން މުސާރަ ގެންދާ ދެމީހުން.

    35
    1
  5. ޝަމްސް

    ކުރާނެމަސައްކަތެއްނެތް އޮފީހެއް ހެދީ ކަލޭގެ ބައްޕަ ކަލޭ އެއްވެސް މަސައްކަތެއްނުކޮށް މަގޭ ޖީބުންމުސާރަ ގެންދަން. އަނގަފެޅީދޯ އެއްވެސް މަސައްކަތެއް ނުކުރާ މިނިސްޓަރު.

    40
    1
  6. އިބުރާ

    ބަލަ ޔުމްނާ ޒަހާގެ އިތުބާރު އެބައޮތޭ މަޖިލީހުން ބުނެފިއްޔާ މަސްވެރިންނައް ސޯލިހު ވީވައުދު ފުއްދުނުކަމައް ވޭތޯ ބާޯޓްތައްނާމަހައް ހަމައަގު ލިބޭތޯ ގޭދޮށުމަސްފެކްޓްރީ ކޮބައިތޯ މަސާޖުޕާލާތަކާއެކު މަސްކިރަން އައިސް މަސްއައިންކައިރީގަ އޮންނަ ބޯޓްތައް ކޮބައިތޯ މަސްވެރިޔާގެ ޖީބައް ސީދާޑޮލަރު އެބައެޅޭތޯ އަދިވެސް ބައިވަރު ހުސްވައުދު؟؟؟؟

    26
  7. ހަސަނުގެ ދަރި ލަތީފް

    އެމްޑީޕިމިހުން ތިބެނި ވަރަށް އުފަލުން މިހާރު އެމީހުންވެސް ބޭނުންވަނި އެޕާޓި ނޫން އެހެން ޕާޓިތަކުގެ މިނިސްޓަރުންތައް ވަކިކޮށްފަ އެމީހުންގެ މިހުނަށް މިނިސްޓަރކަން ދިނުމަށް . އެކަން މީގެ ކުރިން އަންނިވެސް ވަނީ ބުނެފަ. ނަހުލާ ފިޔަވައި މަހިތުން އެހެންޕާޓި ތަކުގެ ހުރިހާ މިނިސްޓަރުން ވަކިކުރާނެ. ނަހުލާ ޖެހެން ކެރޭނެ ހިޔެއްނުވޭ.

    21
    2
    • ޢަހް

      ކީއްވެ

  8. އެމަންޖެ

    ބޭކާރު ބައެއް.

  9. ޝާފީ ރ

    ކަލޭ ގެ ބައްްޕަ، މައުމޫނު އުޅެނީ އިބޫ އާއި ގުޅާލައިގެން ކަލެ އާއި ޒަހާ އަތް އުރާލައިގެން ބައިތިއްބާފަ އަހަރުމެންގެ ޖީބުން މުސާރަ ދޭން ވެގެން. ކިހާ ބޮޑު އެއް.

  10. ސޫއޫދު

    ކޯލިށަނޭ ތިއައްކިޔަންވީ ނެޕީބޮޑިޢޭ ސައިޒް 30 ހުގެ ފޯވިއިސް ތިޖައްސާގެން ތިބުންނޫންގޮތެއްނެއް ތިފުޅޯކޯލިށަނައް

  11. ޝައްފަ

    ކަލޭ ގެ ލަދު ކަލޭ ވިހޭދުވަހު ފޫޅާއެއްކޮށް ބުރިކޮށްލީތަ ؟ ކަލޭ ގެ ލަދު ކޮބާ ދެތިން ހަވިއްތަ ބަލަހައްޓާލާފަ މަގޭ ޖީބުން މުސާރަ ގެންދަން ؟ ކަލެއާ ކަލޭގެ ބައްޕަ އަހަރުމެންގެ ޖީބަށް އަތްބާނައިގެން ކެއި ބައިވަރުބޮނޑި މަދީތަ ؟