ކުރިއަށް ލޯކަލް ކައުންސިލް އިންތިހާބަށް ވޯޓު ހޯދަން މަސްވެރިން ކައިރިއަށް ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީން ދާން ވާނީ އެމްއާރުއެމްގެ ސްލޮޓެއްގައި ފިޝަރީސް މިނިސްޓަރަކަށް ހުންނެވި ޒަހާ ވަހީދު މަގާމުން ދުރުކޮށްފައި ކަމަށް ޑީއާރުޕީގެ ލީޑަރު އަދި ރައްޔިތުން މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ޖާބިރާ ހަވާލާދީ ޑީއާރުޕީން ކުރި ޓްވީޓެއްގައި ވަނީ ސަރުކާރުން މަސްވެރިންނަށް ވެފައިވާ ވައުދުތައް ފުއްދޭނެ ގާބިލް މިނިސްޓަރަކު މަސްވެރިކަމާ ބެހޭ ވުޒާރާއަށް އައްޔަން ކުރުމަށް ރައްޔިތުން މަޖިލީހުގެ އެމްޑީޕީގެ މެމްބަރުންނަށް ގޮވާލައްވައިފައެވެ. އަދި މިހާރު އެ ވުޒާރާއާ ހަވާލުވެ ހުންނެވި ޒަހާ މަގާމުން ދުރުކުރުމަށް ހުރިހާ މަސްވެރިންގެ އެއްބާރުލުން ބޭނުންވާ ކަމަށް ވެސް ޖާބިރު ވިދާޅުވިއެވެ.

"މިފަހަރު ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީ އިން މަސްވެރިންގެ ގާތަށް ވޯޓު ހޯދަން އަންނަން ވާނީ މިނިސްޓަރު ޒަހާ މަގާމުން ދުރުކޮށް މަސްވެރިންނަށް ވީ ވައުދުތައް ފުއްދޭވަރުގެ މިނިސްޓަރެއް ލައިފައި. މިކަމުގައި މަސްވެރިންގެ އެއްބާރުލުން ބޭނުން" ޖާބިރު ވިދާޅުވިއެވެ.

އިދިކޮޅު ޕީޕީއެމާއި ޕީއެންސީން ޒަހާގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުން މަޖިލީހަށް ވައްދާފައިވަނީ 10 މެމްބަރުންގެ ސޮޔާއި އެކުއެވެ. އެ މައްސަލައިގެ ގަރާރުގައި ސޮއިކޮށްވަނީ ޕީޕީއެމް އާއި ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގައި ހިމެނޭ ނުވަ މެންބަރުންގެ އިތުރުން ޖާބިރެވެ.

ގާނޫނުއަސާސީގައި އޮންނަ ގޮތުން ވަޒީރެއްގެ އިތުބާރު ނެތް މައްސަލަ މަޖިލީހަށް ވެއްދޭނީ 10 މެންބަރުންގެ ސޮޔާއެކުގައެވެ. އަދި ވަޒީރުގެ އިތުބާރު ނެތް ކަމަށް ފާސްވާނީ ޖުމުލަ މެންބަރުންގެ ދެބައިކުޅަ އެއްބައި މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. މިހާރު މަޖިލީހުގައި 87 މެންބަރުން ތިއްބަވާއިރު 44 މެމްބަރުންގެ ވޯޓުން ވަޒީރެއްގެ އިތުބާރު ނެތް ކަމަށް ފާސް ވާނެއެވެ.

ޒަހާއަކީ އެމްޑީޕީގެ މެމްބަރުންގެވެސް ފާޑުކިޔުންތައް އަމާޒު ކުރަމުންދާ ވަޒީރެކެވެ. ރީގައި ފިޝަރީޒް މިނިސްޓްރީން ހަދަން ޖެހޭ ގަވާއިދުތައް ނުހެދި މައްސަލައެއްގައި ޒަހާގެ އިތުބާރު ނެތް މައްސަލަ ވައްދަން ތައްޔާރަށް ތިއްބެވި ކަމަށް އެމްޑީޕީގެ ބައެއް މެމްބަރުން ވިދާޅުވަމުން ގެންދެވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކިސްމަތު

    މަސްވވެރިންގެ ހަށްގު ލިބުނީތަ ޒަހާވަކޮކުރީމަ ނުވާނެ އެއްކަމެ އްވެސް މިސަރުކާރަކަށް އަންގަ އަރުވާ

    15
  2. ސަންފައްތަ

    ކޭބަލްކާރުތައް ގިނަކަމުން ކާށިދޫ މީހުން ބުރާންތިވަނީ. މުޅި ޖައްވުގަ އެނބުރެނީ ހުސް ކޭބަލްކާރު. ވަޢުދު ފުއްދަންވީ ކާކުތަ؟

  3. ބަޒުރާ

    ޖާބިރުގެ ސޮއި ލިބުނީމަ ކިރިޔާ 10 ހަމަވީ. ލަދުކޮބާ؟

    5
    2