ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަށް ބަދަލުކުރަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަރަށް ބޮޑަށް ތާއިދު ކުރައްވާ އެކަމަށް ކެމްޕޭން ކުރައްވަމުން ގެންދަވަނިކޮށް އެމްޑީޕީ އަށް ނިސްބަތްވެ ވަޑައިގަންނަވާ ރައްޔިތުން މަޖިލީހުގެ ގަމު ދާއިރާގެ މެމްބަރު ފައްޔާޒު އިސްމާއިލް ބަރުލަމާނީ ނިޒާމަކާއި ދެކޮޅުކަން ހާމަކުރައްވައިފިއެވެ.
ފައްޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ދެމިގެން ދިއުމަށް ވުރެ ބަރުލަމާނީ ނިޒާމްގައި މި ގައުމަށް ވެގެންދާނެ ގޮތާ މެދު އޭނާ ބިރުގަންނަ ކަމަށެވެ.
"ޔާމީންގެ ވެރިކަން ދެމިގެން ދިއުމަށްވުރެ ގިނައިން ހީބިހި ނަގާ ބިރުގަނޭ ބަރުލަމާނީ ނިޒާމެއްގައި މިގައުމަށް ވެގެން ދާނެ ގޮތަކާއި މެދު. ވިލާ ޕާޓީ 20 ގޮނޑި، ޔުނިވާސަލް ޕާޓީ 20 ގޮނޑި، ޗަމްޕާޕޫލް ޕާޓީ 30 ގޮނޑި، ސަރަނގު 10 ގޮނޑި، ޕްރައިމް މިނިސްޓަރު އައްޔަންކޮށް ވަކިކުރުން މަޓީއަށް. سبحان الله" ފައްޔާޒްގެ ޓްވީޓްގައި ވިދާޅުވިއެވެ.
Yameen ge verikan dhemigen dhiumahvure gain heebihi nagaa biruganey Barulamaanee nizaamehgai migaumah vegen dhaane gothaamedhu. Villa party, 20gondi, universal party 20 gondi, Champapoolu Party 30 gondi , Sarangu 10, prime minister ahyanukoh vakikurun MATI ah. Subuhaanallah
— Fayyaz Ismail (@faya_i) June 7, 2018
ފައްޔާޒްގެ ޓްވީޓާއި ގުޅިގެން އެމްޑީޕީ އަށް ނިސްބަތްވެ ވަޑައިގަންވާ ބައެއް މެންބަރުންނާއި ބައެއް އެކްޓިވިސްޓުން ވަނީ އޭނާ އާއި ދެކޮޅަށް ޚިޔާލުފާޅުކޮށްފައެވެ. ނަމަވެސް ފައްޔާޒް ފަހުން ވެސް ވަނީ އޭނާގެ ވާހަކަތައް ދިފާޢު ކޮށް އިތުރު ޓްވީޓްތަކެއް ކޮށްފައެވެ.
ރާއްޖޭގައި ބަރުލަމާނީ ނިޒާމެއް ބާއްވަން ރައީސް ނަޝީދު މިހާރު އަނެއްކާވެސް ކެމްޕޭން ކުރައްވަމުން ގެންދަވާއިރު ރާއްޖޭގެ ޤާނޫނު އަސާސީ ރިޔާސީ ނިޒާމެއްގެ ސިފަތައް ހިމެނޭ ގޮތައް އެކުލަވާލާފައި ވަނީ ރާއްޖޭގައި އޮންނަން ފެންނަނީ ރިޔާސީ ނިޒާމެއްކަމަށް ރައްޔިތުން އާންމު ވޯޓެއްގައި ނިންމާފައި ވާތީއެވެ.
ޤާނޫނު އަސާސީ އޮތީ ރިޔާސީ ނިޒާމަކަށޭ ބުނެވޭކަށް ނެތް. ޟި ފަހަކުން ގެނައި އިސްލާޙްތަކާ އެކު ޕާރޓީން ވަކިވީމަ ގޮނޑި ގެއްލޭ. ހުރިހާ ޒިންމާއެއް ޕާރޓީ އަށް ދާއިރާ އަކަށް އެއްވެސް ކަމެއް ނެތް. ނަމުގަ ރިޔާސީ ހިންގަނީ ޔާމީނު މުށުތެރެޔަށް ލައިން ބަރުލަމާނީ.
މީގެންވެސް އިންގެނި ނަޝީދު ވެރިކަމަށް އައިސްފިނަމަ ގާނޫނު އަސާސީ އުވާލާ އޭނާ ބޭނުންވާ އަނެއް މިނިކާ ރާއްޖެ ގެންނާނެކަން. ފަޅިވެސް އެޅޭނެ ގޮތް ހަދާނެކަން. މިހާވަރުންވެސް ވިސްނެންވެއްޖެ ނުން ތިބަިގަނޑަށް އޭނާ ދޫކޮށްލަން. އަދިވެސް އެވަރެއްނެތިގެން ތެޅިބާލާ.
ފައްޔާޒުވެސް ތިޔަ މައްކާރުންގެ ދަންތުރައިން ފެއަށް ޖެހިބަލަ.
ކޮކަޑި ކުމާރު ރަނގަޅަށް ލޮޑުވާލާތަން ބަޔަކު މީހުންނަށް ދާދި އަވަހަށް ފެނިގެންދާނެ.
ރައީސް ޔާމީންގެ ވެރިކަން ދެމިގެން ދާވަރަކަށް މިގައުމަށް އިންޝާﷲ ލިބޭނީ ތަރައްގީ އާއި ލުއިފަސޭހަ ކަމާއި ފާގަތިކަން، އެހެންނަމަވެސް ކަލޭ ތިޔަހަރަ ޕާޓީއަށް ވެރިކަން ލިބޭތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ބިރުވެރި ދެކަމެއްވާނެ. އެއްކަމަކީ ގައުމު ދަރާވިކި ބޭންކްރަޕްސީ އިޢުލާނުކުރުން އަނެއްކަމަކީ މިބިންމަތިން އިސްލާމްދީން ފޮހެވިގެން ދިޔުން. މާތްﷲ އެފަދަގޮތެއް އިރާދަފުޅު ނުކުރައްވާށި- އާމީން.
އެއީބޮޑުވަގެއް ޖަލުގައެތަކެއްމީހުނެއްމަރައިފި ހުރިހާފަޅުރައްތަކެއް ވިއްކާހުސްކޮށްފި ބެންކުގަހުރި ހުރިހާފައިސާއެއް ހުސްކޮށްފި އެންމެލޯލާރިއެއްވެސްތިޖޫރީއަކުނެއް ކައިހުސްކޮށްފި... ބެންކަށްއެޅީޑޮލަރާދިވެހިރުފިޔާއެވެ. ދެންލޯލާރިއެއް ތިޖޫރީއަކުނުހުންނާނެތާ؟ އެމީހުންމަރާ ރައްތަކުގެ ފަސާތައްކޭ " ބޮޑުވަގާ"އެކު 2013ގެ އިންތިޚާބީކަންތައް ރާވާހިންގަން އެއްދާންކުރީމަ ދެންވެސްމިކިޔަނީ ޔާމީނަކީވެސް މީހުންމަރާމީހުނަށް އެހީތެރިވާބޮޑުވަގެކޭއެވެ. ތިޖޫރީހުރިތާ އޮތީވަޅުގަނޑެކެވެ.ސަޅިދޯއެވެ.
އެންމެ ރަނގަޅު ގޮތަކީ ދެވަނަ ބުރެއް ނުބާއްވާ ފުރަތަމަ ބުރުގާ އެންމެގިނަ ވޯޓު ލިބޭ މީހަކާ ވެރިކަން ހަވާލު ކޮށް 30 ހާސް އަށް ވުރެން މަދު މެމްބަރުން ހިމެނޭ ޕާޓީ އުްވާލާ އަމިއްލަ ކެނޑިޑޭޓަކަށް އިންތިޚާބު ގައި ބައިވެރި ވުމަށް 30 ހާސް މީހުންގެ ސޮޔާ އެކު ހުށަހަޅައިގެން.