ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރަސްމީ ދަތުރެއްގައި އިންޑިއާ އަށް ފުރާވަޑައިގެންފިއެވެ.

ފޮރިން މިނިސްޓްރީން މިއަދު ވިދާޅުވި ގޮތުގައި ޝާހިދުގެ މި ދަތުރަކީ "އިންޑިއާ ޓުޑޭ ކޮންކްލޭވް-ސައުތު" ގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރެކެވެ. މި ބައްދަލުވުމުގައި ޝާހިދު "ނެއިބަރހޫޑް ނެވިގޭޝަން: ދަ ކޮމަން ވޯޓާ: އޯލްޑް ޓައިސް، ނިއު ސްޓްރެޓެޖީސް" ސެޝަންގައި ވާހަކަދައްކަވާނެއެވެ.

މިނިސްޓަރު ޝާހިދުގެ އިތުރުން މި ސެޝަންގައި ސްރީލަންކާގެ ފޮރިން މިނިސްޓަރު ދިނޭޝް ގުނަވަރުދެނަ (ވާޗުއަލްކޮށް) އަދި އިންޑިއާގެ މިނިސްޓަރު އޮފް ސްޓޭޓް ފޮރ ރޯޑް ޓްރާންސްޕޯޓް އެންޑް ހައިވޭސް، ވިޖޭ ކުމާރު ސިންގް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވިއެވެ.

އިންޑިއާ ޓުޑޭ ކޮންކްލޭވް-ސައުތު އަކީ 2017 ވަނަ އަހަރުން ފެށިގެން ދެކުނު އިންޑިއާގެ ހިސާބުތަކުން އިގްތިސާދީ އަދި އިޖްތިމާޢީ ގޮތުން އިންޑިއާއަށް ގެނެސްދެވޭނެ ތަރައްގީއާއި ކުރިއެރުމާ ބެހޭގޮތުން ބޭއްވޭ ބައްދަލުވުމެކެވެ. މި އަހަރު ބޭއްވޭ ކޮންކްލޭވްގެ ހަތަރުވަނަ އެޑިޝަން ބާއްވަނީ ޗެންނާއީގައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ބޯގޯސް

    ސޯލި ބޭ ގަތަރައް މީނަ އިންޑިޔާއައް މިފަހުން ދައުލަތައް ލި ބުނު ލާރިކޮޅު ހިފައިގެން އަޗާތަޅާ ނާޗަރަންގީ ކުޅެން ތިޔަ ބަޗަނީ އަގު ބޮޑެތު ސާމާނު ފެންފޯއް ފަޒުނާއައް ގެންނާންތިޔަ ދިޔައި އެއްވަރުގެ ކަލުދެއި ބިލިސް

  2. ހަވާސާ ހަމީދު

    މިގައުމުގެ ޅަދަރިން އިންޑިޔާ ޕީޖޭޕީން ރޭޕްކުރަން ހުށައެޅިޔަސް އޯކޭ ބުނެފައަންނާތީ !

  3. ގަނޑިޔާ!!!

    ފަހަތުގައި އިން ދޯނީގެ ފަރުމާނު ނަގާ އޮންނަން ޖެހޭ ތަނުގައި ބޭއްވީމައި ދޯ ފޮޓޮވެސް ރީތިވާނީ، އަދި އެދޯނި އިންނަން ޖެހޭ ގޮތަށް އިންނާނީ. ހާދަ ބޮލަށް އުނދަގޫ ވެޔޭ އެބަ.

  4. ޖަނާޒާ

    ހިބަރުވަދު !