ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީ ބަލި ކުރަން އެ ޕާޓީ ފިޔަވައި އެހެން ހުރިހާ ޕާޓީތަކަށް ކެމްޕެއިން ކޮށްދޭނެ ކަމަށް ކުރީގެ ކޮމިޔުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

ޖޭޕީގެ ސްލޮޓެއްގައި މިނިސްޓަރު ކަމަށް ހުންނެވި މަލީހްގެ އިތުބާރު ނެތްކަމަށް ކަނޑައަޅާ އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮންނަ މަޖިލީހުން އޭނާ މަގާމުން ދުރުކޮށްފައި ވަނީ މިދިޔަ ހަފްތާގެ ހޯމަދުވަހުއެވެ. މަގާމުން ދުރުކުރިތާ ހަފްތާއެއް ފަހުން މަލީހް ވަނީ ޖޭޕީއިން ވަކިވެވަޑައިގެންފައެވެ.

އެހެން ޕާޓީއަކާ ގުޅިވަޑައިގަތުމުގެ ވިސްނުން ހުންނެވިތޯ "ވަގުތު" އިން ސުވާލު ކުރުމުން މަލީހު ވިދާޅުވީ މިވަގުތު އެ ސުވާލަށް ޖަވާބު ދެއްވަން ބޭޏުން ނުވާ ކަމަށެވެ. އެކަމަކު ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުން އެމްޑީޕީ ބަލި ކުރުމަށް އެހެން ހުރިހާ ޕާޓީއަކަށް ވެސް ކެމްޕެއިންކޮށް ދެއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެމްޑީޕީގެ މި ބަރުލަމާނީ ވިސްނުމާ ދެކޮޅަށް އަޅުގަނޑު ކޮންމެ ޕާޓީއަކާ އެކުވެސް މަސައްކަތް ކުރާނަން. ހުރިހާވެސް ނުބައަކީ މި ބަރުލަމާނީ ނިޒާމްގެ ކުލަވަރު. ކުރިއަށް އޮތް އިންތިހާބުގައި އެމްޑީޕީ ބަލިކުރަން އެހެން ހުރިހާ ޕާޓީއަކަށް އަޅުގަނޑު އެހީތެރިވެދޭނަން." މަލީހް ވިދާޅުވިއެވެ.

މަލީހް ޖޭޕީ ވަކިވެވަޑައިގެންފައި މިވަނީ އޭނާ ޕީޕީއެމްގެ ކެމްޕޭން ޖަލްސާއެއްގައި ބައިވެރިވުމުން އޭނާ އާއިމެދު ފިޔަވަޅު އަޅާނެ ކަމަށް ޖޭޕީ އިން ބުނެފައި ވަނިކޮށެވެ.

ޖޭޕީން ވަކިވެވަޑައިގަތުމަށް ފަހު މަލީހް ވަނީ އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން ސަރުކާރު ތެރޭ ޖޭޕީގެ އަޑު އެންމެ އިޚުލާސްތެރިކަމާއިއެކު އުފުލި މީހާއާ ދޭތެރޭ ބޭއިންސާފު އަމަލު ކުރަމުން ދިޔައިރު ޖޭޕީ އޮތީ އެއްޗެއް ނުބުނެ ކަމަށް މަލީހް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. Anonymous

    ޢެމްޑީޕީ ދުވަހަކުވެސް ބަލިނުވާނެ. ކަލޭ ބަލިވާނީ ކޮވިޑް ޖެހިގެން. ކަލޭ އަޑުން އަޑު ނަގާފަ ދެން ރޯލާ. ޢަދި ގަޔަށް ސީލާ.

    1
    9
  2. އަންނި

    ކެމްޕެއިން ކޮށްދީގެން ވާނެ ފައިދާއެއްނެތް ، މާކަންތައް މައްޗައްދަންޏާ ޖެހޭނީ ކުޑަގޮޅިޔައް ވަންނަން.

    3
    7
  3. އރ

    މީައދި ކާކުތަ؟ އަދިވެސް ފުއްޕައޭ އެބަ.

    4
    4
  4. ޒިމްޒިމް

    އޯހް.. މީ ހާދަ މީހުންގެ ތާއީދުއޮތްމީހެކޭ..މީނަގެ ތާއީދާއިއެކު މަޖިލިސްއަށް ޖަމީލްވެސް ހުރީ ހޮވިފައޭ ބުނާކަށް މަމެންނެތީމޭ..

    4
    4
  5. ﷲاكبر

    ސާބަހޭ ﷲ ވޮޑިގެން ވަނީ ކެތްތެރީނާއެކު މާޝާﷲ ޖާހިލުން ނިކަމެތިގޮތަކަށް ބައިބައި ކުރައްވާށިއާމީން.

    5
    4
  6. ނާސިރު ބުނިބަސް އެހިންތަ؟

    ދިވެހިން ހެޔޮނުވިސްނާ ވޯޓްލީމަ މިހެން ވާނީ. ޤައުމެއްނެ

    3
    2
  7. ޝޮކްތެރަޕީ

    އަހަރުން މިތިބީ މަލީހުއާއެކީ އެމްޑީޕީ ބަލިކުރަން ދުވަހަކުވެސް ދެން ވެރިކަން ނުކުރެވޭ ވުރުކުރަން ޖެހޭނެ

    5
    3
  8. ރާއްޖެތެރެ

    ސާބަހޭ މަލީހު

    5
    3
  9. Anonymous

    ގާސިމް އިބްރާހިމް ވަނީ ހަނީ މޫނު މޫޑުގަ. ތިޔައިން އެއްވެސް އެއް

    3
    3
  10. ޟަސްތަރު

    ވަރަށް ހިތުގަ ޖެހިއްޖެ މަޤާމު ގެއްލުނީމަ🥱🥱

    3
    5
  11. ކޮންގޮން

    ކަލޭ ކެމްޕޭންކޮށްގެން ވާނެކަމެއް އޮންނާނެބާ ހެހެ

    4
    3
  12. ޙަސަން

    މޮޔައެއް ތިއީ އޮޔާވަޔާ ދެކޮޅަށް ފަލިޖެހުން ވާނީ ވަރުބަލި

  13. މުބީނު މާރނީ

    ވަރަށް ޝަޙްސިއްޔަތު ވަރުގަދަ ލީޑަރެއް ތިއީ....ކެކެ...ޝަޙްސިއްޔަތު ބޮނޑިބަނދެފަ އޮތްވަރުން މީހުންތައް މީނާ ފަހަތުން މައިކަލް ޖެކްސަން ފަހަތުން މީހުން ދުވާގޮތަށް ދުވަނީ....ހެހެހީހީހީހިހީހިޙީހައްހައް....

  14. އިބްނު އަބްދުﷲ

    މަލީހު ކަލޭ ވަގަށް ފުރިކުއެންސީ ވިއްކާ ފަ ކޮންވާހަކައެއް ތި ދައްކަނީ.....

  15. އާމިނަތު

    މިވެސް ކެބިނެޓް މިނިސްޓަރުކަން ކުރެެއްވި ބޭފުޅެއް. ފެއްވަރު މިއެނގުނީ މިނިސްޓަރު ކަމުން ވަކިވީމަ... ހާދަހާ ފެންވަރު ދަށޭ !!!!!

  16. އަމީނާ

    ކަލޭ 6 ފަޅިޔަށް ފަޅިވެބަލަ!!!! މިހާރު ތިހިތީ ވަކިކޮށްފަ!!!!