ސްރީލަންކާގައި 2019 އޭޕްރިލް މަހުގެ 21 ވަނަ ދުވަހުގެ އީސްޓާ ހަރަކާތާއި އާއި ދިމާކޮށްދިން ބޮމުގެ ހަމަލާތަކުގައި އެންމެ އިސްކޮށް ހަރަކާތްތެރިވީ އައިސިސް އާއި ގުޅުން އޮންނަ ޒަހްރާން ހާޝިމާއި ހަތަރު ދިވެއްސަކު ބައްދަލު ކުރި ކަމަށް ސްރީލަންކާގެ ޕަބްލިކް ސެކިއުރިޓީ މިނިސްޓަރ ސަރަތު ވީރަސެކަރަ ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވެފައި ވަނީ، އެ ހަމަލާ ތަހުގީގު ކުރުމަށް ރައީސް އުފައްދަވާފައިވާ ކޮމިޝަނުން ތައްޔާރު ކުރި ތަހުގީގު ރިޕޯޓާއި ގުޅޭގޮތުން ލަންކާގެ ގާނޫނު ހަދާ މަޖިލީހަށް ހާޒިރުވެ ވާހަކަދައްކަވަމުންނެވެ.
އޭނާ ވިދާޅުވީ، ބޮން ގޮއްވާލި މީހުންނާއި ގުޅުން ހުރި މީހުންގެ އިތުރުން ހާޝިމް އާއި ދިވެހިން އެތައް ފަހަރެއްގެ މަތިން ބައްދަލުކޮށްފައިވާ ކަމަށެވެ. އެގޮތުން މި ބައްދަލުވުންތައް ކުރިއަށް ގެންގޮސްފައި ވަނީ 2016 ވަނަ އަހަރާއި، ބޮން ގޮއްވާލި 2019ވަނަ އަހަރުގެ އޭޕްރިލް މަސް ތެރޭގައި ކަމަށް އޭނާ ފަހާގަކުރިއެވެ.
ވީރަސެކަރަ ވިދާޅުވީ، އެ ހަތަރު ދިވެހިންނަކީ ހައްދު ފަހަނައަޅާ ފިކުރާއި އަދި ނިރުބަވެރި ކަމާއި ގުޅުން ހުންނަ ބައެއް ކަމަށެވެ.
އަދި އެ މީހުންނާއި ހާޝީމް ގުޅުވައިދިނީ، އޮސްޓްރޭލިއާގައި ދިރިއުޅެމުން އަންނަ ލަންކާއަށް ނިސްބަތްވާ ދެ މީހުން ކަމަށް ވީރަސެކަރަ ވިދާޅުވިއެެވެ.
މިނިސްޓަރ ވަނީ އެ ހަމަލާގެ ތަހުގީގު ގޮސްފައިވާ ހިސާބުވެސް އާއްމުކޮށްފައެެވެ.
އަދި އެ ހަމަލާއާ ގުޅުން ހުރި ލަންކާގެ 11 ޖަމިއްޔާއެއް އުވާލުމުގެ މަސައްކަތް ކުރަމުންދާކަންވެސް އޭނާ ފާހަގަކުރިއެވެ.އަދި ލަންކާގައި ނޭޝަނަލް ސެކިއުރިޓީ ވަރުގަދަ ކުރުމުގެ ކަންކަންވެސް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.
އެ ހަމަލާތަކުގައި 250 މީހަކު މަރުވެ 500 އެއްހައި މީހުން ޒަޚަމްވިއެވެ. މިއީ ފަހުގެ ތާރީޚެއްގައިވެސް މި ސަރަޙައްދުގެ ޤައުމެއްގައި ދިން މިފަދަ އެންމެ ވަރުގަދަ ހަމަލާއެވެ.
މި ހަމަލާގެ ޒިންމާ އުފުލާފައި ވަނީ ހައްދުފަހަނައަޅާފައިވާ ނިރުބަވެރި އިސްލާމިކް ސްޓޭޓްސް ޖަމާއަތުންނެވެ.
އިސްލާމް ދީނާއި މުސްލިމުން ބަދުނާމު ކުރަން ޝިރުކުގެ އަހުލުވެރިން މުސްލިމުންގެ ނަން ކިޔާ ބަޔަކު ލައްވާ ކުރުވާ ކަންކަން !
ކޮންމެވެސް ގޮތަކުން ރާއްޖެޔާ ޖައްސާލެވޭތޯ ލަންކާ އެބަ މަސައްކަތް ކުރޭ. ރާއްޖެގަ އުޅޭ ލަންކާ މީޙުންނަށް ވަރަށް ބޮޑަށް ބަލާށާއި ވިސާ ނުލާ އުޅޭ މީހުން ވަގުތުން ޑިޕޯޓު ކުރަން ގޮވާލަން.
އެލެކްސް ކައިރީ އަހަންޖެހޭނީ ކިހާ ވަރަރެއްގެ ހަގީގަތެއް އޮތް ކަމެއްތޯމީ. އެލެކްސް އަށް އިގިފަ އޮންނާނީ މާކުރިން މީ ހިގާނެ ކަމެއްކަމެއްކަން.
އެމްޑީޕީގެ ލީޑަޝިމްގެ ގިމަބަޔަކު މިމީހާޔާ ބައްދަލުކުރިކަމައް ހާމަވެއްޖެ
އީސާ عليه السلام ދުނިޔެއަށް އައުމުން ތިޔައިން އެއްވެސް މުޝްރިކެއްގެ ބޯ ހަށިގަނޑުގަ ނުހުންނާނެ އިސްލާމްދީން ޤަބޫލުކޮށްފުމަށްދާންދެން. އެއަށްވެސް ތިޔަބޭފުޅުން ކިޔާނީ ނިރުބަވެރި ހަރުކަށިވުންތޯ؟ އިސްލާމިކް ސްޓޭޓުވާ ޖިޒްޔަ ދައްކައިގެން ކާފަރުންކޮޅެއް މަރާނުލާ ބޭތިއްބިތާ! އެކަމު ޢީސާ عليه السلام އައުމުން ޖިޒްޔަ އުވިގެންދާނެ. އޮންނާނީ އެންމެ ޗޮއިސްއެއް. އިސްލާމްވުން ނޫނީ ޤަތުލުވުން. މީ ވާންހުރިކަމެއް ޞައްހަ ޙަދީޘްއުން ޘާބިތު. މިކަން ޤަބޫލުނުކޮށްފި މީހަކީ މުރުތައްދެއް.
ސަލާމްލެއްވިފައިވާ އީސާގެފާނު ދެނެވަޑައިގަންނަވާތަ މުސްލިމުންނޭ ކިޔާ ބަޔަކު އުޅޭކަން؟ އެކަލޭގެފާނަކީ މީހުން މަރައި ތަންތަން ފަނާކުރަން ހިތްވަރު ދެއްވި ބޭކަލެއް ނޫން. އެކަލޭގެފާނު ދަސްކޮށްދެއްވީ ލޯތްބާއި ކެތްތެރިކަމާއި މައާފުގެ އުސޫލުތައް. ހައްދު ފަހަނެޅުމެއް ކަމަކާ ނުލާ މީހުންތަކެއް ނުދެނެތިއްބާ މަރައި ހަދާކަށް ނޫން
އަހުމަދު އެއްވެސް ހާލެއްގައި ނުބުނޭ ޢީސާ عليه السلام މުސްލިމުން މަރާނެ ވާހަކައެއް. އިސްލާމްދީނުގެ ބޭސިކް ދަސްކުރައްވާ ވަގުތު ފާއިތުނުވަނީސް.
ކީކޭ ބުނާނ ި
އަހަރެން ވަރަށް ކަން ބޮޑުވޭ ލަންކާ މީހުން ރާއްޖޭގަ ކުރިޝްޓިއަން ދީން ފެތުރުމަށް މިލިއަން ޑޮލަރުން ހަރަދުކޮށް ފިޒިކަލީ އެކަމުގައި ބައިވެރިވެ އުޅޭއިރު ދިވެހިން ހަމަ ހިމޭނުން ތިބޭތީ....
ސްރީލަންކާގެ މީހުން އެހާ ގިނަ މިލިއަން ޑޮލަރެއް ރާއްޖޭގައި ކްރިސްޓިއަން ދީން ފަތުރަން ޚަރަދު ކުރާކަމުގެ ހެއްކެއް އެބައޮތްތަ؟ ލަންކާ މީހުން އެހާ މުއްސަނދިތަ؟ އެފައިސާއިން އެމީހުން ކުރަނީ ކޮން ޚަރަދެއްތަ؟ އެކުރާ ޚަރަދަކުން ކްރިސްޓިއަން ދީން ރާއްޖޭގައި ފެތުރޭތަ؟ އެހާ ޚަރަދު ކުރާ ބަޔަކު ތިބިނަމަ މަށަށްވެސް އެބަޔަކު ދައްކަބަލަ. އޭރުން މަވެސް އެކަމުގައި ބައިވެރިވާން މިހިރީ.
ރުފިޔާ ދެންޏާ ކޮމްމެ ކަމެއްގަވެސް ބާވެރިވާނަންދޯ..
ބޮން ގޮއްވުމުގެ މޭސްތިރިޔާ އާއި، އެއް ނޫން. ބޮން ގޮއްވުމުގެ މޭސްތިރި އާއި. މޭސްތިރިޔާ އޭ ލިޔާނީ އައްޑޫ ބަހުން ލިޔާ އިރު.
މިނުވާނެ ސީދާ ތެދަކަށް، މިވާނީ ރައީސް ނަޝީދު ލަންކާ ސަރުކާރާއި ހިއްސާކުރި މައުލޫމާތަކަށް.
މިތާ ކޮމެންޓްކޮށް އައިސިސްމީހުންނަށް ހިތްވަރު ދީފައި މިވާ މީހުން ހޯދައި ތަހުގީގު ކުރަން އެބަ ޖެހޭ
އަސްލުތަ 😂
ރާއްޖޭގައި އޮތީ ހަރުކަށި އައިސިސް ދީން.
ދެން ތިބީ އައިސިސް ލައިޓް މީހުން.
އެއްގޮތަކީ ރާއްޖޭގައި ޔޫރަޕް މީހުން ގިނަކޮށް ވަޒަންވެރި ކުރުން.
ސިންގަޕޯރ ޖަޕާނު ޗައިނާ މީހުން ނަމަވެސް ގިނަ ކުރުން.
އެނޫން ގޮތަކަށް ރާއްޖެ ސަލާމަތް ވާނެ ގޮތެއް ނެތް.
އިސްލާން ދީން ވަކި ހިއްޕާލިތަނެއް އެތަނަކުން ތެލާ ރަން ނުނަގާނަމަ ފަނާވެދާކަށް ލަހެއް ނުވާނެ
މޭސްތިރިޔާ ބައްދަލުކުރި ދިވެހިންނަކީ
1- ބުއްޅަބޭ
2- މާރިޔާ
3- ސީޕީ ހަމީދު
4- އި،ްރާން
އިސްލާމުންގެ މާތްކަމާއި ރަނގަޅު ކަންދެއްކުމަށް ކީއްވެ ތަންތަން ގޮއްވަންވީ؟ އޭރުން ފެންނާނީ ކަލޭމެންގެ ރަހުމާއި އޯގާވެރިކަންތަ؟ ނުވަތަ ހުންނަ ޖައްބާރު ކަމާއި ޖާހިލުކަންތަ؟ ކޮންމެވެސް މީހަކު ބުނެދީބަލަ.
ލަންކާގެ ރައްޔަތުން އެބުނަނީ އެހަމަލާ އަކީ އޭރުގެ އިނދިކޮޅު ރާޖަޕަކްސޭގެ ޕާރޓީއިން ރާވައިގެން ހިންގި ހަމަލާއެއްކަމަށް. ޙުދު ބޮޑުބަލަ ސެނާވެސް އެކަމަށް ބާރުދޭ ވަހަކަ ތަކެއް ދެއްކި.