މާލޭގެ ލޮނުޒިޔާރަތް ކޮޅުގައި މާރާމާރީއެއް ހިންގައިފިއެވެ.

މި މާރާމާރީގައި ބަޔަކަށް އަނިޔާވި ކަމެއް ނުވަތަ ނޫން ކަމެއް ސާފެއް ނޫނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ވަގުތު"އަށް ވިދާޅުވީ، މާލޭގެ ލޮނުޒިޔާތްކޮޅުގައި ބައެއްގެ މެދުގައި ހިންގި މާރާމާރިއެއްގެ މައުލޫމާތު މިއަދު 17:55 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އޮފިޝަލް ވިދާޅުވިގޮތުގައި، ފުލުހުން އެ ސަރަހައްދަށް ދިޔައިރު، މާރާމާރީ ހިންގި މީހުން ވަނީ އެ ސަރަހައްދު ދުކޮށް ގޮސްފައެވެ.

އަދި މި މާރާމާރީއާ ގުޅޭގޮތުން ފުލުހުން ބަލަން ޖެހޭ ކަންކަން ދަނީ ބަލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޟމ

    މުޅި މާލޭގަ ކެމެރާ ހަރުކޮށް 24 ގަޑިއިރު އެ މޮނިޓަރ ކުރަން މުވައްޒަފުން ތިބޭއިރު މި މާލޭގަ ހިންގާ މިފަދަ ކަންކަން ނުހުއްޓުވެނީ ކީއްވެކަމެއް ނޭގެ

    38
    2
  2. ޅަބޭ

    ތީދެން އެވަރުކަމެއްތަ. މަރުވާން ބައިތިއްބާ