އައްޑޫ ސިޓީ ހިތަދޫގައި މީހަކަށް ކަތިވަޅިއަކުން ހަމަލާދީ ޒަހަމްކޮށްލަައިފިއެވެ.

މިއީ އައްޑޫ ސިޓީގައި މިރޭ ހިންގި ދެވަނަ މާރާމާރީ އެވެ.

މީގެ ކުރިން ފޭދޫގެ ދެ ގްރޫޕެއްގެ ދެމެދުގައިވެސް މާރާމާރީއެއް ހިންގައި ހަތް މީހަކަށް ވަނީ އެކި ވަރުގެ އަނިޔާތައް ލިބިފައެވެ.

މައުލޫމާތު ލިބިފައިވާގޮތުން މިރޭ ކަތިވަޅިން ހަމަލާ ދީފައި ވަނީ އުމުރުން ވިއްސަކަށް އަހަރުގެ ޒުވާނަކަށެވެ. އޭނާއަަށް ހަމަލާދީފައި ވަނީ ހިތަދޫ ބޮޑު މަގުގައި ހުންނަ ހުސައިން މޫސަ މިސްކިތް ކައިރީގައި ހުންނަ ގާޑިއާއަކަށް ގޮސް ހުއްޓާއެވެ.

މި ޒުވާނާއަށް ހަމަލާދީފައި ވަނީ މިރޭ 12:40 ހާއިރު ކަމަށް މަންޒަރު ދުށް މީހަކު ބުންޏެވެ. އަދި ޒުވާނާގެ ގައިގައި ކަތިވަޅިން 2-3 ފަހަރު ޖެހި ކަމަށްވެސް މައުލޫމާތު ލިބެއެވެ.

މި މާރާމާރީއާއި ގުޅިގެން އެ ޒުވާނާއަށް ލިބިފައިވާ ޒަހަމްތަކުގެ ތަފްސީލެއް އަދި ލިބިފައެއް ނުވެއެވެ. އަދި މިކަމާއި ގުޅިގެން ފުލުހުންގެ ބައެއްވެސް ލިބިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޙ

    އިންތިޚާބަށް ތައްޔާރުވާން ކޮންމެ ފަހަރަކުވެސް މާރާމާރީ އިތުރުކުރެވޭތަން މިފެންނަނީ ޑިމޮކުރެސީ އައިފަހުން. އަދި މިނޫންތަނެއް ނުފެނޭ އިންތިޚާބެއް ބޯމަތިވާއިރު.

    31
    1
  2. ބިކަ

    ޢެއީ ދެމަރު ކުސީގަ އޮންނަގޮތް
    ޚަނޑުގެހުކުމް އޮންނާނީ ދެމަރު ކުސީގަ ގަދަ އެތި ބަލިއެތި ކާލުންއޮންނާނީ
    ޢޯކޭ ވަރަށް ސަލާމް

    13
    2
  3. ދިހަލާރި

    އެއްސަހަރެއްގައި ގާނޫނެއް ގަވައިދެއްނެތިވާ ހަތަރުލައްކަ ހަމަނުވާ ގައުމެއް އޮތެވެ. ކޮންމެ 5 އަހަރަކުން އެއްފަހަރު މިދެންނެވި ގާނޫނެއްހަދާ ރައްޔިތުންނަށް އަމާންކަމާއި ރައްކާތެރިކަން ގާއިމް ކުރުމުގެ ނަމުގައި ރައްޔިތުންއަތުން ޓެކުހެއް ނުވަތަ ޗަންދާއެއްނަގައިން ބަޔަކުމީހުން އައްޔަނު ކުރެވެއެވެ. މިބައިމީހުން އެމަޖުލިހަކަށް އިސްކުރެވުނު ހިސާބުން ޝަރުތަކާނުލާ ޝަރަފުވެރި އިއްޒަތްތެރިންކަމުގައިވެ ދެއެވެ. މިބައިމީހުންގެ މަސައްކަތަކީ ގައުމުގަވަމުންދާ އެންމެހާ ކަންކަމުގެ ވާހަކަ އެމީހެއްގެ ހުރިނެތް ފެންވަރަކުން ދެއްކުމާއެކު އެކިނަމުގަ ބިލުފާސްކުރުމެވެ. ކޮންމެ ބިލެއްގައި މައިނޑު މަހުފޫމު ނުގެއްލޭގޮތަށް ތިންހަތަރު މާނައެއް ނެގެން އޮންނާނެއެވެ. ކުށުގެ އަދަބު ބިނާވެގެންވަނީ މި ކިޔާބަޔަކަށް އެވަގުތަކު މޭރުންވާ ގޮތެއްގެ މައްޗަށެވެ. މިސާލަކީ މަސްތުވާތަކެއްޗާއެކު ހައްޔަރު ކުރެވޭމީހާ ގެ ނަން ފޮނުވާއިރު އޮންނަ ގޯލްޑެން ފޯމަލިޓީސް ނުވަތަ އިޖުރާތު ސުކުނެއްގެ ފަރަގު ނުވަތަ ބައި ސިކުންތުގެ ފަރަގުން އޭނަ ހައްރުކުރިމީހުން ކުށްވެރިވުމާއި، ބައެއްހާލަތުގައި އެއުފުލި އުޅަނދު ކުއްވެރިވުމަކީ މިގާނޫނު ތަކުން ވަކާލާތު ކުރާބަޔަކަށް ދީފައިވާ ޚާއްސައިނާޔަތްތަކެވެ.
    އާދޭހެވެ. 2005 ގެ ކުރިޔާ އެއިގެފަސް އޮތް ގޮގުގެ މައްޗަށް ދިރާސާއެއް ހަދާލުމުން މަދުވިއެއްޗަކާއި އިތުރުވި އެއްޗެއް ހޯދިދާނެ އެވެ. މިއަދު މިގައުމުގަ އެއްވެސްކަމެއް ފަސޭހައެއްނުވާނެތީ އެވެ. ސަބަބަކީ ކޮންމެމީހަކީ ޕޮލިޓިޝަނަކަށްވުމެވެ.

    20
    1
    • މަރީ..

      މީއަކީ ވާހަކަ އާއި މަޒުމޫނު ލިޔުމުގެ މުބާރާތެއް ނޫން.
      ކޮމެންޓްކުރަން ނޭގެންޏާ ހިމޭނުން ހުރޭ.

  4. ހިތާމާގެ ކޮޅެއްނެތް

    ތިކަމަށް ހައްލެއް ފެންނާނެ ކަމުގެ އެއްވެސް މަގެއް ވޭތުވެ ދިޔަތަނުގަވެސް ، ކުރިމަގުގަވެސް ނެތް..އޮތީ އެންމެ ހައްލެއް .. ކުރީ ފަހަރު ހެދިހެން ގިނަ އަދަދެއްގެ މީހުން ނިކުމެ ތި ރަހުމުކުޑަ އަނިޔާ ކުރާ މީހުން ހި ފާ ހައްޔަރުކޮށް ރަށުންބޭލުން..ނަމެއްގަ އިންސާ ފު ގާއިމު ކުަރަން ތިބޭ ބަޔަކަށް ، ބަރޯސާ ވާނެކަމެއް އޮތްކަމަކަށް ނު ފެނޭ..