ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް ކަރަންޓީން ނުވެ ކެމްޕެއިން ދަތުރު ކުރެވޭ ގޮތަށް ހެދުމުން ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ކެމްޕޭނަށް ރަށްރަށަށް ދަތުރުކުރާ ފަރާތްތަކުން ކަރަންޓީން ވާން ނުޖެހޭ ގޮތަށް އުސޫލު ބަދަލުކުރަން އެޗްޕީއޭ އިން ވަނީ ނިންމައިފައެވެ. އިޔާޒް ވަނީ ބަލިމަޑުކަން އޮތް އިރު ސިޔާސީ ހަރަކާތްތަކަށް އެޗްޕީއޭ އިން ފުރުސަތު ދޭތީ ހިތްހަމަނުޖެހުން ފާޅު ކުރައްވައިފއެވެ.

މިސްކިތުގައި ކައިރިކައިރީގައި ސަފު ނުހެދުމަށް އިރުޝާދު ދިނުމަށް ފަހު ދޮރުން ދޮރަށް ކެމްޕެއިން އަށް ދިއުމާއި މީހުން އެއްކޮށްގެން ތާޢީދު ހޯދަން ފުރުސަތު ދިނުމުން ވެސް އެޗްޕީއޭގެ ބަހަށް ހެއްލިގެން ތިބެންވީތޯ ޑރ.އިޔާޒް ވަނީ ސުވާލު އުފައްދަވައިފައެވެ.

" އެޗްޕީއޭގެ ކަންތައް މި ދަރަޖައަށް ވެއްޓުނީމަވެސް އެ މީހުންގެ ބަހަށް ހެއްލިގެން މިސްކިތުގައި ސަފުތައް ހަލާކުކޮށްލަންވީތޯ؟ ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ. ކެމްޕެއިން އަށް ދާ މީހުން ޑޯ ޓު ޑޯ ޖެއްސުމާއި މީހުން އެއްކޮށްގެން ތާއީދު ހޯދުމަށް ވާހަދެއްކުން ހިމެނޭ. ނަމަވެސް އެއީ ކޮވިޑް ފްރީބައެއް ކަމުގައި އެޗްޕީއޭއިން އެ ވިދާޅުވަނީ؟ ކޮވިޑް އަކީ ވަކި ގިންތިއެއްގެ ބައެއްގެ ގައިގައި ހުންނަ ވައިރަސްއަކީތޯ؟ ކޮވިޑް ކޮންޓްރޯލްކުރުމުގެ ނަމުގައި އެޗްޕީއޭއިން ސިޔާސީ ގޭމް ކުޅެމުންދާތަން މި ފެންނަނީ. އަދި ބަލި ކޮންޓްރޯލް ކުރުމުގެ ނަމުގައި ﷲ ގެ ދީނާއި މީސްތަކުން ދުރު ކުރުވުމުގެ ގޮތުން މިސްކިތްތަކަކީ ޖަރާސީމުން ފުރިގެންވާ ނުރައްކާތެރި ތަނެެއްގެ ގޮތުގައި ސިފަކޮށްދީފި." ޑރ.އިޔާޒް ވިދާޅުވިއެވެ.

އިޔާޒް އެގޮތަށް ވިދާޅުވެފައި ވާއިރު، އެޗްޕީއޭ އިން ވަނީ ރޭގެ ވަގުތެއްގައި ކައުންސިލް އިންތިޚާބުގެ ކެމްޕޭން ކުރިއަށް ގެންދިއުމުގެ އުސޫލަށް ބަދަލު ގެނެސްފައެވެ. އެ އުސޫލަށް ގެނައި ބަދަލުގައި ބުނެފައި ވަނީ ތާއީދު ހޯދުމާއި، ކެމްޕޭނުގެ ހަރަކާތްތައް ކުރިޔަށް ގެންދިޔުމަށް، އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރާންވާނީ، ހެލްތް ޕްރޮޓެކްޝަން އެޖެންސީން އެ ކަމަށް ހުއްދަ ދިނުމުންނެވެ.

އަދި އެޗްޕީއޭގެ ގައިޑްލައިންގައި ބުނެފައިވާ ގޮތުން ކަރަންޓީނުނުވެ މާލެއިން ރަށްރަށަށް ކެމްޕެއިނަށް ދެވޭނީ 5 ދުވަހަށްވުރެ އިތުރުނުވާނެ ގޮތަކަށެވެ.

އެޗްޕީއޭ އިން އެ އުސޫލަށް ގެނެސްފައިވާ ބަދަލުގައި ބުނެފައި ވަނީ ކެމްޕޭން ކުރަން ރަށްރަށަށް ދަތުރު ކުރަން ޖެހޭ މީހުން އަމަލު ކުރަން ޖެހޭ ގައިޑްލައިނާ ހިލާފަށް މީހަކު އަމަލުކޮށްފިނަމަ އެފަރާތެއް ކަރަންޓީން ފުރިހަމަ ކުރަން ޖެހޭނެ ކަމަށެވެ. .

އެޗްޕީއޭއިން އާންމުކޮށްފައިވާ އުސޫލުގައި ވަނީ ކެންޑިޑޭޓުންނާއި ކެންޑިޑޭޓުން ކަނޑައަޅާ މީހުން ތާއީދު ހޯދުމަށް ކެމްޕޭން ކުރުމަށް ބަލި ފެތުރެމުންދާ ޙާލަތު އޮތް ރަށަކުން ނުވަތަ ގެސްޓް ހައުސް ހިންގާ ރަށަކުން ނުވަތަ ރިސޯޓަކުން، ބަލި ފެތުރެމުންދާ ޙާލަތު ނެތް ރަށަކަށް ކަރަންޓީނުވުމަކާ ނުލައި 5 ދުވަހަށްވުރެ ދިގު ނޫން މުއްދަތަކަށް ދަތުރު ކުރެވޭނެ ކަމަށެވެ. ނަމަވެސް މި ދަތުރުތަކުގައި ފަސް މީހުންނަށްވުރެ ގިނައިން މީހުން ބައިވެރި ނުނެވޭނެކަމަށް ވަނީ ކަނޑައަޅައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ޝޮކްތެރަޕީ

    އަދާލަތު ޕާޓީ ދެއްކި ވާހަކަތައް އަދިވެސް ދިވެހިންގެ ވިންނުމުގަ އެބަހުރި. ބޭރުގެ ޤައުމުތަކުން ވަރައް މޮޅައް ކިޔަވާދީގެން ފޮނުވާފަ ހުރި އެޖެންޓުންނޭ އެމްޑީޕީގަ ތިބީ. މިހާރު އެޖެންޓުންގެ ދަޝުވެގެން އަދާލަތު ޕާޓީ މިއޮތީ.

    35
    6
  2. އަދާ

    އަދާލަތު ޕާޓީ ވެސް ބޭނުންވީ ސަރުކާރުގެ މަތީ މަގާމުތައް.
    މިސަރުކާރުން އެއޮތީ އެކަން ކޮއްދެއްވާ ފަ.

    9
    1
  3. ދެފުއްމިޔަ

    މިހާރު ފެންނަމުންދާގޮތުން.ކޯވިޑުގެ ނަމުގައި ޖައްސަނީ ގޭމެއްކަމަށް ބެލުމުގެ ޖާގައެބައޮތް. ދެން އެކަން ނިމުނީތޯ؟ނޫނީ އެބަލި މިޤައުގަ ނެތީތޯ؟ނޫނީ އެހެންކިޔާއި ބިރުދައްކަނީތޯ؟

    6
    1
  4. މާމީ

    އަހަރެމެން މިހާރު ކަލޭމެން ދައްކާ ވާހަކަ ގަބޫލެއްނުކުރަން ސިއާސީ ޝޭޚުން ވީމަ ..

    9
    2
  5. އުގުރި

    އެޗްޕީއޭ ހިންގަން ހަވާލު ކުރައްވީ ޑރ އިޔާޒް އާއިއެވެ

    10
    11
  6. ޜައްޔިތުމީހާ

    މީކައުންސިލް އިންތިހާބު ކުރިމަތިލައިގެން އުޅޭމީހުންތިބީރަށުގަ ވޯޓުހޯދަން ދޮރުންދޮރައްހިނގަންވީ ކޮންމެހެން ނުޖެހޭ މާލެއިން މީހުންއައިސް ރައްޔިތުން ގުނބޯހައްދައިގެން ވޯޓައް ނުފޫޒުފޯރުވާކައް މީގެބޭނުމަކީ ރައްރަށައް ކޮވިޑުފަތުރައިގެން އިންތިހާބުނުބޭއްވުން މިހެންއައްނަމީހުން ރައްޔިތުންނިކުމެ ބަނދަރުމަތިން ފަހާލަން ވީ

  7. މީމަ

    ކޮވިޑް ސަކަރާތް ސަރުކާރު ނިވައިފަތްގަނޑަކަށް ހަދައިގެން މިުއުޅޭ އުޅުން ނިމުމަކައް ގެނެވޭވަރުގެ އިދިކޮޅެއްނެތުން މިއަދުގެ ހަޤގަތަކީ.. ރއްޔިތުން ޤައުމީ ވާޖިބަކައްވެއްޖެ މިކަން ކޮންމެސްކޮޅެއްގަ ޖެއްސުން..

  8. ލލ

    އެޗްޕީއޭގެ ކޮވިޑަކީ މާލޭގައި ރޭގަޑު ވަކި ގަޑިއެއްގައި ނިކުންނަ އެއްޗެ އެޗްޕީއޭ ހަދަނީ ހަމަ ހުސް ދޮގު ކަން މިހާރު ހާމަވެއްޖެ އެއީ އިންސާނާގެ ހަމަބުއްދި ޤަބޫލު ނުކުރެވޭ ވާހަކަ ދައްކާބަޔެއް !

  9. ސޭކު

    އިޔާޒު ކަލޭވެސް ކޮންމެސް ޕާޓީއެއްހަދައިގެން ވެރިކަމަށް އަންނަންއުޅޭ (މިހާރުތީ ޝޭހެއްނޫން ސިޔާސީ ބޭފުޅެއް)

    7
    2
  10. ާައަހުމަދު

    މީނައަކީ މިގައުމުގަ ފިތުނަ އުފަށްދަން އުޅޭ މީހެއްތަ؟

    3
    6
  11. ޙަސަން

    އިޔާޒް ބުނީމެއްނު މިވަރުގެ ރަނގަޅު ވެރިކަމެއް ނުދެކެމޭ. ބަލަ ރައީސްމީހާގެ ލަފާ ހޯދައިގެން ރައީސްމީހާ ގަބޫލުވީމާނޫނީ މައިމޫނާއަކަށް އެއްވެސް ކަމެއް ނުކުރެވޭނެ. އެހެންވީމާ ކަލޭމެންނާ ދިމާޔަށް މުނާފިޤުންނޭ އާޒިމުމެން ކިޔަނީ.

    9
    1
  12. ޙހހ

    ޥަޒީފާއިން ސަސްޕެންޑް ކުރިހިސާބުން ސަރުކާރު ގޯސް. އޭގެކުރިން މިއީ ރަނގަޅުކަންތައް ގިނަ ސަރުކާރެއް ގިޔާސް އެހެންވެ މިސަރުކާރަށް ތާއީދު ކުރަނީ.

  13. ހުސެން

    އިޔާޒު ބަރާބަރި ބަސް ބުނަންކެހޭތާ އޭނާ ބަސް ބިނާނެ.
    އެއީ ވިކޭ މީހެއްނޫން...މައުމޫނު މެންހެން

    1
    1