ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައި ކޮވިޑް-19 އެންމެ ފުރަތަމަ ފެތުރެން ފެށީ ކޮންތަނަކުންކަން އެނގޭނެ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) އިން ވިދާޅުވެއްޖެއެވެ.

ޑަބްލިއުއެޗްއޯއިން މިފަދައިން ވިދާޅުވެފައިވާއިރު، ގިނަ ބަޔަކު އަންނަނީ ކޮވިޑް-19 އަކި ޗައިނާގެ އިހުލާމުން ފެތުރެން ފަށާފައިވާ ވައިރަސް އެއް ކަމަށް ބުނެފައެވެ. އެހެން ނަމަވެސް އެ ޖަމްއިއްޔާއިން އެކަން ސާބިތުކޮށް ދެވިފައި ނުވާތީ ގިނަ ބަޔަކު ވަނީ ޑަބްލިއުއެޗްއޯއަށް ފާޑުވިދާޅުވެފައެވެ.

ޑަބްލިއުއެޗްއޯގެ މެމްބަރެއް ކަމަށްވާ ޑޮކްޓަރ ޕީޓަރ ޑަސްޒަކް ބުނެފައިވަނީ ވަރަށް އަވަސް މުސްތަގުބަލެއްގައި މި ވައިރަސް އަކީ ކޮންތަނަކުން ފެތުރެން ފަށާފައިވާ އެއްޗެއްކަން އެނގޭނެ ކަމަށް ގަބޫލު ކުރާ ކަމަށެވެ.

"ކުރިއަށް އޮތް އަހަރުތަކުގައި، އަޅުގަނޑުމެންނަށް މި ބަލި ފެތުރެން ފެށީ ކިހިނެއް ކަމާއި ކޮންތަނަކުން ކަން އެނގޭނެ" އޭނާ ބުންޏެވެ.

ނިއުޔޯކުގެ އެކޯހެލްތް އެލައެންސްގެ ރައީސްކަންވެސް ކުރައްވަމުން އަންނަ ޕީޓަރ ބުނެފައިވަނީ އެހާއިރަށް މި ވައިރަސްއަކީ ޖަނަވާރުންގެ ފަރާތުން އިންސާނުންގެ ގަޔަށް އަރާފައިވާ ވައިރަސްއެއްތޯވެސް ބެލެވޭނެ ކަމަށާއި އެއީ ވައިރަސް ފެތުރެން ފެށި ކަމަށް މިހާތަނަށް ބެލެވޭ އެންމެ ގަބޫލު ކުރެވޭ ކަމެއް ކަމަށެވެ.

ކޮވިޑް-19 ގެ ވޭދަނައެއް އެންމެ ފުރަތަމަ ފެނިފައިވަނީ ޗައިނާގެ ސިޓީއެއް ކަމަށްވާ ވުހާންގެ މަރުކޭޓަކުން 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. އޭގެ ފަހުން ބަލީގެ ވޭދަނަތައް އިތުރުވެ، ދުނިޔޭގެ 213 ގައުމަކާއި ސަރަހައްދެއް ހިމެނޭހެން މި ބަލި މިހާރު ވަނީ ފެތުރިފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އެމަންޖެ

    ކެނެރީ ނަޝީދުގެ އަންގަތެރެއިން.

    7
    1
  2. .....

    ކުރިޔަށް އޮތް އަހަރުތަކުގައި ކޮވިޑް އެއީ މަކަރުވެރި ހީލަތެއްކަންވެސް އެނގޭނެ

    3
    1
  3. ކުރިއަތް އޮތްތާ ކޮންމެކަމެއްވެސްވާނީ. ފަހަތައް އަހަރު ތަކެއް ނުދާނެ. މޮޔަނުގޮވަބަލަ