އިންތިޚާބުގެ ކަންކަމާއި، ސިޔާސީ ޕާޓީތައް ރެގިއުލޭޓް ކުރުމުގެ މަސައްކަތުގައިވެސް އިލެކްޝަންސް ކޮމިޝަނުން ހަރަކާތްތެރިވެފައިވަނީ އަދި ހަރަކާތްތެރި ވާނީވެސް ޤާނޫނީ އިމުގެ ތެރެއިން ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް މިހެން ވިދާޅުވެފައިވަނީ ރިޔާސީ އިންތީޚާބު ބާއްވާ ތާރީޚް އިޢުލާނު ކުރުމަށް ރޭ އިރާކޮޅު ބޭއްވި ހާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"އިންތިޚާބީ ކަންކަމުގައި އަދި ޕާޓީތައް ރެގިއުލޭޓް ކުރުމުގެ ކަންކަމުގައިވެސް އިލެކްޝަންސް ކޮމިޝަނުން ޤާނޫނީ އިމުގެ ބޭރުން ހަރަކާތްތެރިއެއް ނުވާނެ" އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވިއެވެ.

އިންތިޚާބާއި ގުޅޭ ކަމެއްގައި ނުވަތަ އެއްވެސް ސިޔާސީ ޕާޓީއަކާ މެދުގައިވެސް ޤާނޫނުން އިލެކްޝަންސް ކޮމިޝަނަށް ލިބިފައި ނުވާ ބާރެއް ބޭނުން ނުކުރާނެ ކަމަށާއި، އިލެކްޝަންސް ކޮމިޝަނުން ކުރަން ޤާނޫނު ލާޒިމުކުރާ ކަމެއް ކުރުން ހުއްޓުވުމަށްޓަކައި ސިޔާސީ ޕާޓީއަކުން ނުވަތަ ޖަމިއްޔާ ޖަމާއަތަކުން ވިޔަސް ޕްރެޝަރ ކޮށްގެން ނުވާނެ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

ޤާނޫނީ ގޮތުން ކުރަން އިލެކްޝަންސް ކޮމިޝަނުން ކުރަން ލާޒިމުކުރާ ކަމެއް ހުއްޓުވޭނެ ޤާނޫނީ ހައިސިއްޔަތެއް ލިބިގެންވާ ފަރާތެއް ނޯންނާނެ ކަމަށާއި، ޤާނޫނުން ވަކި ގޮތަކަށް ކަނޑައަޅާފައި ނުބުނާހާ ހިނދަކު އެފަދަ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށް ގެންދާނެ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

"ޤާނޫނީ ގޮތުން ކުރަން ލާޒިމުކުރާ ކަމެއް، އިލެކްޝަންސް ކޮމިޝަނުގެ މެންބަރުންގެ މަށްޗަށް ލާޒިމުކުރާ ކަމެއް ހުއްޓުވޭނެ ފަރާތެއް ނޯންނާނެ. ޤާނޫނީ ހައިސިއްޔަތެއް ލިބިގެންވާ ފަރާތެއް ނެތް. ޤާނޫނުން ވަކި ގޮތަކަށް ކަނޑައަޅާފައި ނުބުނާހާ ހިނދަކު އެކަމެއް ކުރިއަށް ގެންދާނަން." ޝަރީފް ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބު އިންސާފުވެރިކޮށް ގެންދިއުމަށްޓަކައި އިލެކްޝަންސް ކޮމިޝަނުގެ މެންބަރުން އިސްތިއުފާ ދެއްވަންޖެހޭ ކަމަށް ބައެއް ފަރާތްތަކުން ވިދާޅުވާއިރު، ކޮމިޝަނުގެ މެންބަރުންގެ އިތުބާރު އޮތްކަމާއި ނެތްކަން ކަނޑައެޅުމަށް ޤާނޫނުގައި ބުނެފައިވާ ގޮތަށް އަމަލު ކުރެއްވުމަށް އިލެކްޝަންސް ކޮމިޝަނުން އިލްތިމާސް ކުރައްވާކަމަށް ޝަރީފް ވިދާޅުވިއެވެ.

"ކޮމިޝަނުގެ މެންބަރުންގެ އިތުބާރު އޮތްކަމާއި ނެތްކަން ހާމަ ކުރުމަށްޓަކައި ޤާނޫނުގައި ވަކި ގޮތްތަކެއް ކަނޑައަޅާފައި އެބައޮތް، އެހެންވީމަ އެގޮތްތަކަށް ސިޔާސީ ޕާޓީތަކުންވެސް އަދި ސިޔާސީ ގޮތުން ހަރަކާތްތެރިވާ އެހެނިހެން ފަރުދުންވެސް މިކަމަށް ޤާނޫނީ ގޮތުން ކަނޑައެޅިފައިވާ ގޮތަށް ކުރިއަށް ގެންދިއުމަށް އިލެކްޝަސްން ކޮމިޝަނުން އިލްތިމާސް ކުރަން" އިލެކްޝަންސް ކޮމިޝަނުގެ ރައީސް ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސް މިމޭރުމުން ވާހަކަ ދައްކަވާފައި މިވަނީ، ސެޕްޓެމްބަރ 23 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގެ ކުރިން އިލެކްޝަންސް ކޮމިޝަނުގެ މެންބަރުން އިސްތިއުފާ ދޭންޖެހޭނެ ކަމަށާއި، އިސްތިއުފާ ނުދީފިނަމަ އިންތިޚާބަށް ފަހު ހުރިހާ މެންބަރުން ޖަލަށް ލާނެކަމަށް ބައެއް ސިޔާސީ ފަރާތްތަކުން ބުނެފައިވާ ދަނޑިވަޅެއްގައިކަން ފާހަގަ ކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޖައްސާތި

    ރިޔާސީ އިންތިހާބު ސެޕްޓެމްބަރު 23 ގައި ބާއްވާ ކަމީ އެއީ މަމެން އުފާ ކުރާ ކަމެކޭ. މަމެން އުއްމީދު ކުރަމޭ ދެން މަމެން ޕިންކީންގެ ސަރުކާރުން މި ދުވަސް އައުމުގެ ކުރިން މަމެންގެ ސަރުކާރުގެ ތެރޭގައި ހުރި ބޮޑެތި މައްސަލަ ތައް އަވަސް ހައްލެއް ގެނެސްދޭނެ ކަމަށް. ރާއްޖޭގައި ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ފިލައިގެން އުޅެނީ ގިނައިން މާލެ ސަރަހައްދުގައި އާއި އަދި އަލަށް ހަދާ ރިސޯރޓްސް ޕްރޮޖެކްޓްސް ތަކުގައި އާއި އަދި މިހާރު އޮޕަރޭޓް ކުރަމުން ދާ ރިސޯރޓްސް ތަކުގައެވެ. މިކަން ކުރަން އިމިގްރޭޝަން އިން ނޫޅޭ އެމެން އުޅެނީ ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން އެހެން ކުންފުނި ތަކަށް ބަދަލު ކުރެވޭތޯ އެ ބިދޭސީ މީހާ އަތުން ކަޓެއް ނަގައިގެން އެއީ އެމެން ކުރާ ކަމަކީ. ކަން މިހެން ހުރުމުން އިމިގްރޭޝަން އަތުން މިކަން ވަކި ކޮށް މިކަމަކީ އެއީ ފުލުހުން ކުރަން ޖެހޭނެ ކަމެއް ކަމަށް ސަރުކާރުން ހަމަޖައްސާ ފުުލުހުން ނަށް ފުރިހަމަ ބާރާއި އިޚްތިޔާރު ދީފައި މިކަން ކުރަންވީއޭ. އެއިރުން މިކަން ހައްލުވާނެ 30 ދުވަހުގެ ތެރޭގައި.

  2. ގިވްއިން

    ރިޔާސީ އިންތިހާބު ސެޕްޓެމްބަރު 23 ގައި ބާއްވާނަމަ ދެން މިއޮތީ އެ ތާރީޚް އާއި މިއަދާއި ދެމެދު އޮތީ ގާތްގަނޑަކަށް 100 ދުވަހޭ މި 100 ދުވަހު މަމެންގެ ބިއުޓިފުލް އެން އޯސަމް އެން ފްލޯލެސް ސަރުކާރުން އެބަޖެހެއޭ ރާއްޖޭގެ އިގްތިސާދީ ލޭންޑްސްކޭޕް އަށް ބޮޑު އިންގިލާބެއް ގެންނަން ބިއުޓިފުލް ޑިސިޝަންސް ތަކެއް މޭކް ކުރަން. އެގޮތުން ބަލާއިރު ރާއްޖޭގެ ރިސޯރޓްސް ތަކުގައި ހުރި މެދު ފަންތިއާއި އަދި މަތީ ފަންތީގައި މުޅިން ވެސް ބޭރު މީހުން ތިބޭނީ އެއީ ދިވެހިންނަށް އެމެން ގަސްތުގައި އެފުރުސަތު ނުދީ ދިވެއްސަކު އެއިން މަގާމަކަށް އެޕްލަިއ ކުރި ނަމަވެސް އެފަދަ މީހަކު ޝޯރޓް ލިސްޓް ވެސް ނުކޮށްއެވެ. މިކަން އެބަޖެހޭ ހައްލު ކުރަން މަހަކު 20 ހާސް ޑޮލަރުން ފެށިގެން ގޮސް މަހަކު 500 ޑޮލަރާއި ދެމެދު ހުންނަ ރިސޯރޓްސް ތަކުގެ %98 މަގާމްތައް އޮކިއުޕައި ކުރަނީ އެއީ ރާއްޖޭން ބޭރުމީހުންނޭ މިމަގާމް ތަކަށް ވޯކް ވިސާ ދޭނީ އިމިގްރޭޝަން އިން ނޫން ރައީސް އޮފީހުންނޭ އެއީ ވަޒީފާ ވައުދު ފުއްދަންއޭ. ދިސް އިޒް ދަ ފީލިންގް ކްއެންޗް އަވަރ ޑިޒާއަރ ގިވް އިޓް ވެން އައި ވޯންޓް އިޓް ގިބވް އިން ޓު މީ ގިވް އިން ޓު މީ ގިވް އިން ގިވް އިން ގިވް އިން ގިވް އިން އޯއް އޯއް އޯއް ސްޕިންގް ސްޕިންގް ސްޕިންގް އެން ޑާންސް ޑާންސް ޑާންސް ޑާްންސް ޑާންސް ޑާންސް...

  3. ގިވްއިން

    ރިޔާސީ އިންތިހާބު ސެޕްޓެމްބަރު 23 ގައި ބާއްވަން އިލެކްޝަންސް ކަމިޝަން އިން ނިންމި ކަން އެއީ މަމެން އުފާ ކުރާ ކަމެކޭ. ރަންރީނދޫ ޓްވިޓަރޭ މެން ރޭގައި ބާޖަމާލުއްދީން ކުރިމަތީގައި މުޒާހަރާ ކުރަން އެންގުމުން އެކަކުވެސް ނުދިޔައޭ އެތަނަށް ސަބަބަކީ މިހާރު އެމްޑީޕީ ތެރޭގައި އެބައޮތޭ ފެކްޝަންސް ތަކެއް އުފެދިފައި އެއީ ކެނެރީގެ އާއިލާ އާއި ސިއްކަ އާއިލާ ދަނީ ރިޔާސީ ކެންޑިޑޭޓަށް ތަޅަމުންނޭ އެމްޑީޕީ އަށް ކުރާ ހުރިހާ ބޮޑެތި ޚަރަދު ތަކެއް ކުރަނީ ސިއްކަ އޭ އެކަމަކު އިބޫ އަށް ރިޔާސީ ކެންޑިޑޭޓް ކަން ނުދީ ކެނެރީގެ އާއިލާ އިން އީވާ މެން މަކަރާއި ހީލަތް ކުރިއަށް ނެރެގެން ކެނެރީގެ ނަޝީދު ކުށްވެރިއަކަށް ވީ ނަމަވެސް އޭނާ އަށް ރިޔާސީ ޓިކެޓް ލިބޭނެއޭ ވަގު ޕްރައިމަރީ އެއް ބޭއްވުމުން ކިޔާ އަންހެން ވެރިން ކަރުވަޅު ތެރެއަށާއި އަދި ރިހާކުރު ރުނބާ ތެރެއަށް ޕްރައިމަރީ ވޯޓް ލައިގެން ކެނެރީގެ ނަޝީދަށް 43 ހާސް ވޯޓް ލިބުނޭ ކިޔާ ފަރުތާ ޕްރޮޕެގެންޑާ އަކީ އެއީ ރޯބުހުތާނު ދޮގެއްކަން އެމްޑީޕީ މެމްބަރުންނަށް އިނގޭތީއޭ. ދިސް އިޒް ދަ ފީލިންގް ކްެއެންޗް އަވަރ ޑިޒާއަރ ގިވް އިޓް ވެން އައި ވޯންޓް އިޓް ގިވް އިން ޓު މީ ގިވް އިން ޓު މީ ގިވް އިން ގިވް އިން ގިވް އިން އޯއް އޯއް އޯއް ސްޕިންގް ސްޕިންގް ސްޕިންގް އެން ޑާންސް ޑާންސް ޑާންސް ޑާންސް ޑާންސް ޑާންސް ޑާްނސް...

  4. ޖައްސާތި

    ރިޔާސީ އިންތިހާބު ސެޕްޓެމްބަރު 23 ގައި ބާއްވާނަމަ ރާއްޖޭގެ ޑިމޮކްރެޓިކް ހަޔާތުގައި ފުރަތަމަ 5 އަހަރުގެ ވެރިކަން މިކުރަނީ އެއީ މަމެން ޕިންކީން ނޭ އަދި ވެރިކަމުގައި މަމެން ޕިންކީން ތިބެމެ މަމެން ޕިންކީން ދެވަނަ ދައުރަކަށް ކުރިމަތިލާއިރު މިހާރު އަތުގައި ރިޒާރވް ގެ ގޮތުގައި މިއޮތް ލާސްޓް ހަންޑްރެޑް ޑޭޒް ކަމަށް ދެކިގެން ސަރުކާރުން އެބަޖެހެއޭ ގިނަ ދިވެހި ރައްޔިތުންނާއި ގުޅިފައިވާ ކަންކަން ފުރިހަމަ ކޮށްދޭން އެމެން ބޭނުންވާ ގޮތަށް. އެގޮތުން ބަލާއިރު މާލެ ސަރަހައްދުގައި ވިޔަފާރި ކުރާ ފަރާތް ތަކަށް ސްޕެޝަލީ ކުދި އަދި މެދު ފަންތީގެ ވިޔަފާރި ތަކަށް ދިމާވާ އެންމެ ބޮޑު ދައްޗަކީ އެއީ މާލެ ސަރަހައްދުން ކުޑަ އަގުގައި އެމެންނަށް ބިން ނުލިބުމޭ ކަން މިހެން ހުރުުމުން ގުޅި ފަޅުން އަވަހަށް ބިން ތައް ދޭންވީއޭ މާލެ ސަރަަހައްދުގައި ވިޔަފާރި ކުރާ ހުރިހާ ކުންފުނި ތަކަށް އަންނަ އަހަރު ދޭ ގޮތަށް މިހާރު އެފަދަ ލިޔުން ކުންފުނި ތަކާއި ހަވާލު ވެސް ކުރެވިދާނެ ނޫންތޭ. ގުޅިފަޅު ހިއްކަން ފަށަންވީ އެމްޓީސީސީން ހަމަ މިހާރު.

  5. ޗޭންޖްއިޓް

    އަންނަ ސެޕްޓެމްބަރު މަހު 23 ގައި ރިޔާސީ އިންތިޚާބު ބާއްވަން އިލެކްޝަންސް ކަމިޝަނުން އިއުލާން ކުރިއިރު ސަރުކާރުން ދަންނަން ޖެހޭނެއޭ އިދިކޮޅު ހުރިހާ ސިޔާސީ ފިގަރސް ތައް އެތިބީ މަމެންގެ ވެރިކަން ނިމުމަކަށް ގެންނަން އެގޮުތުގެ އީގޯ ސްލޯގަން އެއް ބޭނުން ކޮށްގެން އީގޯ ސިންޑްރޯމް ޖެހިފައިވާ ދަ ކަންޓްރީ ސައިޑް ވަން ސެންސް މިސިނޭ މެންގެ ބޮލަށް ސަވާރުވެގެން އެސްލޯގަންގެ ދަށުން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރަންއޭ އެކަން އެގޮތަށް އެމެންނަަށް ކާމިޔާބު ނުވާނީ ސިޔާސީ ކަންކަމަށް ވުރެން ކުރިއަށް އިގްތިސާދީ ކަންކަން ނެރެ އަދި ރާއްޖޭގައި ރައްޔިތުންނަށާއި އަދި ވިޔަފާރި ވެރިންނަށް ދިމާވެފައިވާ ހުރަސް ތައް ނައްތާލައިގެންނޭ. އެގޮތުން ބަލާއިރު ރާއްޖޭގައި ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ ކަންކަން އިމިގްރޭޝަން އަށް ހައްލު ނުވާނެ ކަން ސަރުކާރަށް މިހާރު ޔަގީން ވާނެ ނޫންތޭ އެމެން އަތުން މިކަން ވަކިކޮށްލާ އެކަން ހަވާލުކުރަންވީއޭ ޕޮލިހާއި އެއިރުން މިކަން ހައްލުވާނެއޭ 30 ދުވަސް ތެރޭގައި. ޗޭންޖްއިޓް އީވެން ވެލްއިނަފް ޗޭންޖް އިޓް. ދިސް އިޒް އޮންލީ ގެޓިންގް ނޯން ޓު އަސް..

  6. ގޮނާނީޑް

    އިންތިހާބު އިންސާފުވެރިވާނެ، ދުނިޔެއަށް ހުޅުވާލާނަން ކަމަށް އިލެކްޝަންސް ކަމިޝަން އިން ބުނުން އެއީ މަމެން އުފާ ކުރާ ކަމެކޭ. އިލެކްޝަންސް ކަމިޝަން އިން އެބަޖެހޭ ރާއްޖޭގައި ބާއްވާ އިންތިޚާބު ތަކުގެ ގާނޫނު ތަކަށް ބޮޑެތި ބަދަލު ތަކެއް ގެންނަން. އެގޮތުން ރިޔާސީ އިންތިޚާބުގެ ގާނޫނަށް އެބަޖެހޭ ސްޕްރީމް ކޯޓުގެ ގައިޑްލައިން އެމްބެޑް ކުރަން. ދެން މަޖްލީހުގެ އިންތިޚާބާއި އަދި ލޯކަލް ކައުންސިލުގެ އިންތިޚާބުގައި ވެސް ވާދަ ކުރާ ކެންޑިޑޭޓަކު ހޮވޭނީ އެއީ ވޯޓް ލާމީހުންގެ %50 އަށް ވުރެން މަތިން ވޯޓް ލިބިގެން އަންނަ މީހަކަށް ހެދޭނެ އުސޫލުން ނުސީދާ ކޮށް އެހެން ބުނާ އުސޫލުން އިންތިޚާބު ތަކާއި ބެހޭ ގާނޫނަށް ބަދަލު ގެންނަން. އަމިއްލަ ގޮތުން ވާދަކުރާ މަޖްލީސް މެމްބަރު ޖެހޭނެ ދާއިރާގައި ތިބި ނޮން ޕާރޓީ މެމްބަރުންގެ ތެރެއިން ދެބައި ކުޅަ އެއްބައި މެމްބަރުންގެ ސޮޔާއި ފިންގަރ ޕްރިންޓް ހުށައަޅަން އަދި އެއަދަދު ވާން ޖެހޭނީ ސިޔާސީ ޕާރޓީ ގައި ތިބި އެދާއިރާގެ މެމްބަރުންގެ ދެބައި ކުޅަ އެއްބަޔަށް ވުރެން މަތީ އަދަދެއް. އެއިރުން ދަ ބަނޑުއަކިރިން ދަ ކޮރަޕްޓް ލޯރޑުންނަށް މަޖްލީސް މެމްބަރު ކަމަށް ނާދެވޭނެއެވެ. މީ ކޮންމެހެން ކުރަން ޖެހޭނެ ކަމެެކެވެ. އައި އޭމް ގޮނާ ނީޑް ސަމް ކައިންޑް އޮފް އަ ގުޑް ސައިން ފޯރ ދިސް.