ގައިދުރުކޮށް ނަމާދުގެ ޖަމާއަތް ހެދުމަށް ގޮވާލާ، އެކަމަށް ބާރުއަޅާ ގިނަ މީހުންނަކީ ނަމާދުގެ ޖަމާއަތަށްދާ ބައެއް ނޫން ކަމަށް ދީނީ އިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒް ވިދާޅުވެއްޖެެއެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން މިމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ގައިދުރުކޮށް ނަމާދުގެ ސަފުތައް ހެދުމަށް އިސްލާމިކް މިނިސްޓްރީއިން އެންގުމާއި އެކު އިޔާޒް އަންނަނީ އެ ނިންމުމާއި ދެކޮޅަށް މީސްމީޑިއާގައި ޝުއޫރު ފާޅުކުރަމުންނެވެ.

ގައިދުރުކޮށް ނަމާދު ކުރުމަކީ އިސްލާމްދީނުގައި އޮންނަ ގޮތެއް ނޫން ކަމަށް އޭނާ އަންނަނީ ވިދާޅުވަމުންނެވެ.

މިއަދު ކުރެއްވި ޓްވީޓްގައި އޭނާ ވިދާޅުވީ ޖަމާޢަތުގެ ނަމާދުގައި ގައިދުރުކޮށް ސަފު ހެދުމަށް ވަކާލާތު ކުރާ ގިނަ މީހުންނަކީ މިސްކިތުގެ ޖަމާޢަތަށް ދާވެސް ބަޔެއް ނޫން ކަމަށެވެ. "ޖަމާޢަތުގެ ނަމާދުގައި ގައިދުރުކޮށް ސަފު ހެދުމަށް ވަކާލާތު ކުރާ ގިނަ މީހުންނަކީ މިސްކިތުގެ ޖަމާޢަތަށް ދާވެސް ބައެއް ނޫން. ދެން ކޮންކަމެއްތޯ މިކަމުގެ ތެރެއަށް އަތްފައި ބާނާކަށް" އިޔާޒް ވިދާޅުވިއެވެ.

އެޗްޕީއޭގެ ލަފާގެ މަތިން މާލޭގެ މިސްކިތްތަކުގައި ގައިދުރުކޮށް ނަމާދު ކުރަން ސަފުތައް ހެދުމަށް އިސްލާމިކް މިނިސްޓްރީއިން ނިންމުމުން ނަމާދުގެ ސަފުތައް އެ ގޮތަށް ނުހެދޭނެ ކަމަށް ވިދާޅުވެ އިޔާޒު ޓްވީޓާގައި ވަކާލާތު ކުރައްވަމުން ގެންދާތީ އޭނާ ވަނީ ވަޒީފާއިންވެސް ސަސްޕެންޑްކޮށްފައެވެ. އިޔާޒަކީ އެމްއެންޔޫގެ ފެކަލްޓީ އޮފް ޝަރީއާއިން ލޯގެ އެސިސްޓެންޓް ޕްރޮފެސަރު ކަމާއި ޔުނިވަސިޓީގެ ސީނިއާ ލެކްޗަރާއެއްގެ މަގާމު އަދާކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.

އިޔާޒަކީ މުނާފިގެއް ކަމަށް ބުނެ އޭނާ ހައްޔަރުކުރުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ގޮވާލާފައިވެއެވެ. އަދި އާންމުގެ ގިނަ ބައެއްގެ ފާޑުކިޔުންތައް އޭނާއަށް އަންނަނީ އާމަޒުވަމުންނެވެ. އެހެންނަމަވެސް އިޔާޒް ވަނީ ހައްގު ބަސް ބުނުން ނުހުއްޓާނެ ކަމަށް ވިދާޅުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ޞަކަރި

    ހަމަ ތެދެއް މިބުނީ ވޯޓު ހޯދަން ނާންނާތި މިސްކިތް ތަކާ ކުޅެފަ

    10
  2. ޑރ.ޕީއެޗްޑީ

    ގައިދުރުކޮށް ނަމާދުކުރަން ގޮވާލާ ގިނަ މީހުން ނަމާދުގެ ޖަމާއަތަކަށް ނާރާ: އިޔާޒް

    ތިޔާއީ މިމާލޭގެ އާއްމު އުސޫލު.

    ސަރުކާރުތަކަށް ވައިޖަހާ އަދި ޔުނިވަރސިޓީ ތަކުގެ މަތީ މަގާމުތަކުގައި ތިބޭ މީހުންނަކީ މިސްކިތް ތަކުން ފެންނަން ޖެހޭ ބައެއް ޫޫްް އަދި ގާނޫނު ތަެް ހަދަނީ ވެސް ތިޔަ ގޮތަށް.

    މިސކިތްތައް ޑިޒައިން ކުރާމީހާ ނަމާދެއް ނުކުރޭ މިސްކިތަކަށް ނާރާ. ރާއްޖެތެރެ އާއި ގުޅޭ ގަވާއިދު ހަދާމީހާ އިންނަނީ މާލޭ ފިނިކޮޓަރިކޮޅުގައި ގަވާއިދު ހަދަން.އެތަނުގައި ކަން އޮންނަ ގޮތެއް ހިނގާ ގޮތެއް އޭނަ އަށް އެނގެނީކީ ނޫން އޭނަ އަށް އެނގެނީ ގަވާއިދު ހަދަން. މިސްކިތު މުދިމުންނަށް ސިވިލް ސާރވިސް އިން ހަދާ ގަވައިދު ތައް ހުންނަނީ ވެސް މޭޒުކައިރީ ގޮނޑި ބަހައްޓައިގެން އިންނަ މީހާ އަށް ހަދާ އުސޫލު ތަކޯ

  3. ހުސެންބެ23232

    މިއީ އަސްލު ވަރަށް ހެއްވާކަމެއް. ހޮޓާ، ޓޭކްއެވޭ، ރެސްޓޯރަންޓު ފަދަ ތަންތަން ފުރިބާރު ވެފައި. ބަސް، ފެރީ ޕަބްލިކް ޓްރާންސްޕޯޓު އުޅަނދުތައް ފުރި ބާރުވެފައި. މާލެ މަގުތައް މީހުންނާއިގެން ތޮއްޖެހިފައި. 6:00 ގެ ފަހުންވެސް "ހާއްސަ ހުއްދަ" ނަގައިގެން ދުއްވާ ވެހިކަލްތަކާއި، ރޭގަނޑުގެ ފިންޏަށް ހިނގާލަންދާ އެތައް ހާސް ހާސް މީހުންނާއިގެން މާލެ ފުރިބާރުވެފައި. ސްވިމިން ޓްރެކްއަދި އުސްފަސްގަނޑު ހިސާބުވެސް ފުރިބާރުވެފައި. އެކަމަކު....... އެންމެ ފުރަތަމަ ވެސް މިސްކިތްތައް ބަންދުކުރަންވީ.. ؟؟؟؟؟

  4. ލަތީފު

    އިޔާޒު ކަލޭގެ ވާހަކަ ގަބޫލު ކުރާމީހަކު މި މުޖްތަމަޔަކު ނޫޅޭ ހަރަމްފުޅުގަ ނަމާދު ކުރާތަން ނުފެންނަނީބާ ނުވަތަ ބަލަން ބޭނުންނުވަނީބާ؟ މިދިޔައަހަރު މާލޭގެ މިސްކިތްތައް ބަންދު ކުރިއިރު ކަލޭ ހަނު ހުރީކީއްވެބާ ގުރުއާން ހަދީސުން ދައްކަބަލަ މިފަދަ ބޮޑު ބަލިމަޑު ކަމެއްގަ ގައިދުރުކޮށްގެން ނަމާދު ސައްހަ ނުވާނެ ވާހަކަ

    3
    3
    • ތަފާތު

      މިސްކިތް ބަންދުކުރުމާ ގައިދުރުކޮށް ޖަމާއަތްހެދުމާ އެއީ ތަފާތު ދެކަމެއއ. އަދި މިތާ މިދައްކަނީ ސިޔާސަތުގަ ހުރި ދެފުއްއކެހެރިކަމުގެ ވާހަކަ. ތަފާތު މައުލޫއެއްއ.

    • Anonymous

      އަހަރެމެން ބާލާކައް ނުޖެހޭ ހަރަމުގައި ނަމާދު ކުރަނީ ކިހިނެއްތޯ. އަހަރެމެން ބަލަންވީ ޤްރުއާނާ ނަބިއްޔާ ސައްލަﷲ އަލައިހި ވަސައްްލަމްގެ ސުންނަތުން ސާބިތުވަނީ ކިހިނެއްތޯ. އެންމެ ބޮޑު މައްސަލަ އަކީ ވާނުވާ ނޭގުން. އިސްލާމްދީނަކީ ސައުދީ އެއްނޫން. އަދި މައްކާ މަދީނާއެއްވެސް ނޫން. ޤްރުއާނާއި ނަބިއްޔާ ސައްލަﷲ އަލައިހި ވަސައްްލަމް މިއީ އިސްލާމްދީނުގެ ކަންކަން ކުރަން އަންގަވާފައި ބަޔާންވެފައިވާ 2 މަސްދަރަކީ.

  5. ކޮވިޑް

    އިޔާޒް ކަލޭ މީހުންގެ އަނގަ ގޮށްވަން ނޫޅިބަލަ .ދެން ހަމަ މާ ސޭކު ވެގެން ހުރެ ކޮންހާ ސޭކު ވާހަކަ އެއް ދައްކާކަށް؟

    2
    3
  6. ސައިފް ބިން ޒީއަޒަން

    ރަނގަޅު

    2
    1
  7. ލލ

    މާލޭގައި ގައިދުރު ކޮށްގެން ކުރާއެއްކަމެއް ވެސް ނެތި، ހަމަ އެކަނި މިސްކިތުގެ ސަފު ހަލާކު ކުރުން މިއޮންނަނީ މިގޮތަށް ފައްޅިތަކުގައި ސަފުހަދާގޮތަށް ސަފުހަދައިގެން ނަމާދު ސައްހަވާނެބާ ހިތަންއަރާ !

  8. ހަރުކަށި

    މީ އެކިޔާ ހަރުކައްޓަކީ މިވެސް މިތިބީ އެމްޑީޕީގަ

  9. ނިއުމަލާ

    މައްކާގެ މާތްވެގެންވާ ދެހަރަމުގައި ގައި ދުރުކޮށް ނަމާދު ކުރަމުންދާ ތަންވެސް ޑރ.އިޔާޒަށް ފެނިވަޑައި ނުގަންނަވަނީ ތޯ؟ ކިހާ ދެރަ ކަމެއް