މިއަހަރުގެ ފީފާ ވޯލްޑް ކަޕްގެ އޮފިޝަލް ބްރޯޑްކާސްޓަރ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ކަން އެކުންފުނިން ހާމަކޮށްފައި ވަނިކޮށް، ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކޭބަލް ޓީވީގެ ހިދުމަތް ދެމުންދާ މީޑިއާނެޓުން، ފީފާ ވޯލްޑްކަޕް 2018، މި ސަރަޙައްދުގެ ޤައުމުތަކަށް ފޮނުވުމުގެ ރައިޓްސް އޮތް ފަރާތެއް ކަމަށްވާ ސޮނީ ޕިކްޗާސް ނެޓްވޯކާއި ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން މުބާރާތް ރީބްރޯޑްކާސްޓް ކުރުމަށް ނިންމައިފިއެވެ.
މިކަން ހާމަކޮށް މީޑިއާނެޓުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، ސޮނީ ޕިކްޗާސްގެ ޗެނަލްތައް މީޑިއާނެޓް ޕްލެޓްފޯމުގައި ރާއްޖެއަށް ރީބްރޯޑްކާސްޓް ކުރުމަށް ސޮނީ ޕިކްޗާސް އާއި މީޑިއާނެޓާއި ދެމެދުގެ ސައްޙަ އެއްބަސްވުމެއް ވެވިފައިވާ ކަމުގައެވެ. އެހެންކަމުން މިއަހަރުވެސް ފީފާ ވޯލްޑްކަޕް 2018ގެ މެޗްތައް އެ ޕްލެޓްފޯމް މެދުވެރިކޮށް ފެންނާނެ ކަމަށް މީޑިއާނެޓުން ވަނީ ބުނެފައެވެ.
"ސޮނީ ޕިކްޗާސް ނެޓްވޯކުގެ ޗެނަލްތަކުން ފޮނުވާ އެހެންވެސް ބޮޑެތި ކުޅިވަރު މުބާރާތްތައް ފެންނަ ފަދައިން، މިއަހަރުވެސް ފީފާ ވޯލްޑްކަޕް 2018ގެ މެޗްތައް ސޮނީ ޓެން 2 އާއި ސޮނީ ޓެން 3 އިން، މީޑިއާނެޓް ޕްލެޓްފޯމް މެދުވެރިކޮށް ފެނިވަޑައިގަންނަވާނެއެވެ." މީޑިއާނެޓްގެ ބަޔާނުގައި ވެއެވެ.
ހަމަ އެހެންމެ މިއަހަރު މުޅިން އަލަށް ގެނެސްދޭ، އަލްޓްރާ ހައި ޑެފިނިޝަން ކޮލެޓީގެ (މެޗްތައް، ސޮނީ ޓެން 2ގެ ޔޫއެޗްޑީ ޗެނަލް އިން ފޮނުވާއިރު، އެކަމަށް ޚާއްސަކޮށްގެން މީޑިއާނެޓުން ތަޢާރަފްކުރާ އަލްޓްރާ ހައި ޑެފިނިޝަން ސަޕޯޓްކުރާ އެމް580 ޑީކޯޑަރ މެދުވެރިކޮށް އެ ކްއެލިޓީގައި ބަލާލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށްވެސް މީޑިއާނެޓުން ބުނެފައި ވެއެވެ.
"ދިވެހިރާއްޖޭގެ ރައްޔިތުންގެ މެދުގައި އެންމެ މަޤުބޫލު ފުޓުބޯޅަ މުބާރާތް، މީޑިއާނެޓްގެ ކަސްޓަމަރުންނަށް މީޑިއާނެޓް ޕްލެޓްފޯމުގައި ބަލާލުމުގެ ފުރުސަތު ނުލިބިދާނެކަމަށް އަޑުތައް ފެތުރި ޝައްކު އުފައްދާފައިވާތީ، މަތީގައިވާ މަޢުލޫމާތު ކަސްޓަމަރުންނާއި ޙިއްސާކުރުމާއި، 2018 ވަނަ އަހަރުގެ ވޯލްޑްކަޕް މެޗުތައް މީޑިއާނެޓް ޕްލެޓްފޯމުގައި ފެންނާނެކަމުގެ ޔަޤީންކަން ދިނުން އެއީ މުޙިންމު ކަމެއް ކަމުގައި މި ކުންފުނިން ދެކެމެވެ." މީޑިއާނެޓުން ބުނެފައިވެއެވެ.
މީޑިއާނެޓްގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، އެ ޕްލެޓްފޯމުގެ އަމާޒަކީ، ދިވެހި ރައްޔިތުންނަށް، ފަހުގެ ޓެކްނޮލޮޖީ ބޭޏުންކޮށް ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ފޯރުކޮށްދިނުން ކަމުގައެވެ.
މީޑިއާނެޓުން ސޮނީ ޕިކްޗާސް އާއި އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން، މިއަހަރުގެ ވޯލްޑްކަޕްގެ މެޗުތައް ރީބްރޯޑްކާސްޓް ކުރާނެކަން ހާމަކޮށްފައި މިވަނީ، "2018 ފީފާ ވޯލްޑް ކަޕް ރަޝިއާ" އާ ގުޅިގެން ރާއްޖޭގެ އެއްވެސް ޖަމިއްޔާއެއް، ޖަމާއަތެއް، ވިޔަފާރި ކުންފުންޏެއް އަދި މީޑިއާއަކުން އެއްވެސް ހަރަކާތެއް ހިންގަން ޝައުގުވެރިވާ ނަމަ ޕީއެސްއެމާ ގުޅިގެން އެ ހަރަކާތެއް ހިންގުމުގެ ފުރުސަތު އޮންނާނެކަން ޕީއެސްއެމް އިން ހާމަކޮށްފައި ވަނިކޮށެވެ.
ޕީއެސްއެމް އިން މި ސަރަހައްދުގެ އޮފިޝަލް ބްރޯޑްކާސްޓަރ ކަން ނެގުމާއިއެކު، އެ ކުންފުނިން ވަނީ ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތް ބްރޯޑްކާސްޓް ކުރުމާއި މުއާމަލާތްތަކާއި މާކެޓް ކުރުމާއި ޑިޖިޓަލް ޕްލެޓްފޯމްތައް ބޭނުންކޮށްގެން ޕްރޮމޯޓްކުރުމާއި އެނޫންވެސް މުއާމަލާތްތައް އެހެން ކުންފުނިތަކުން ކުރުން މަނާކޮށްފައެވެ.
ޔާމިނު ޓީވީ ބަލާނެ ބަޔަކު ނެތިގެން، ގަދަކަމުން ބަލުވަން މި އުޅެނީ. ނުވާނެ ތިކަމެއް.
ވޯލްޑް ކަޕް ނުފެނުނަސް ޕސމ ނުބަލާނަށް އެއްލަކިން ވައްސަލާމް
މީޑިއާ ނެޓް ތީ ސައިޒް ކުރަންޖެހޭ ބައެއް. ރައްޔިޔުން އަތުން ބޮޑު އަގު ނަގައިގެން ސުމާރެއް ނެތް ވަރަށް ފައިދާ ނަގާ ބައެއް. ޕީއެސްއެމް ކަނެކްޓާ އަދި ކޭބަލް ޚިދުމަތް ދޭން ފަށާތީ މިމީހުން ތިބީ ކަންތައް ބޮޑުވެގެން ގޮސް ލަގޮނޑި ބޭރަށް ނުކުމެފަ. ވޯލްޑްކަޕް ކަންތަކުގައިވެސް ސީދާ ޗެލެންޖް އެކުރީ. އުއްމީދަކީ އަވަހަށް ކޭބަލް ޚިދުމަތް ފަށާ އަގުހެޔޮ ކަމާއެކު މި ޚިދުމަތް ފުޅާކުރާނެ ކަމަށް. 530 ދޭ ފެމެލީ ޕެކޭޖް 200 ރުފިޔާއަށް ހަދައިގެން ވެސް މިމީހުން ތިރިކުރަން ވެއްޖެ.
ސަަަަަަަބަސް
މިހާރު އަހަރު ވަނީ ދިރާގާ ޕީއެސް އެމުން ކޭބަލް ޚިދުމަތް ދޭތާ. ކަރުންމަތީގެ ޑޮކްޓަރު ކީއްވެ ބަދަލު ނުވެވިގެން ތިއުޅެނީ. ޢަގު ހެޔޮ ވި ތަ؟
ތިބުނީ ރަނގަޅަށް.
ކަލޭ ބޭނުން ވިޔަސް ތިކަމެއް ނުވާނެ. ދެން ލަލަލާ..
މީޑިއާ ނެޓް ތީ ސައިޒް ކުރަންޖެހޭ ބައެއް. ރައްޔިޔުން އަތުން ބޮޑު އަގު ނަގައިގެން ސުމާރެއް ނެތް ވަރަށް ފައިދާ ނަގާ ބައެއް. ޕީއެސްއެމްއިން ކޭބަލް ޚިދުމަތް ދޭން ފަށާތީ މިމީހުން ތިބީ ކަންތައް ބޮޑުވެގެން ގޮސް ލަގޮނޑި ބޭރަށް ނުކުމެފަ. ވޯލްޑްކަޕް ކަންތަކުގައިވެސް ސީދާ ޗެލެންޖް އެކުރީ. އުއްމީދަކީ އަވަހަށް ކޭބަލް ޚިދުމަތް ފަށާ އަގުހެޔޮ ކަމާއެކު މި ޚިދުމަތް ފުޅާކުރާނެ ކަމަށް. 530 ދޭ ފެމެލީ ޕެކޭޖް 200 ރުފިޔާއަށް ހަދައިގެން ވެސް މިމީހުން ތިރިކުރަން ވެއްޖެ.
ތިޔަ މީޑިއާނެޓެއް އޮންނަނީ ޕީއެސްއެމް އާ ޖެހިފަ.
.ތިޔަ ޕީއެސްއެމް އޮންނަނީ މީޑިއާނެޓްއާ ޖެހިފަޔޯ
މީޑިޔާ ނެޓުން އެޚިދުމަތް ނުދިނަސް އޯކޭ..... އެމީހުންނަށް އެނގޭނީ ރުފިޔާ ކާން... ކޮންމެ އިތުރު ކުރާ ޗެނަލަކަށް 100 ރުފިޔާ އެބަ ނަގާ ރާއްޖެތެރޭ މީހުން އަތުން...
ދެން ލަލަލާ ކޮންގަދައެއްތަ ދެއްކޭނީ
ރައްޔަތުންކުރާ ވިޔަފާރިތަކުގެ ތެރެއަށް ސަރުކާރު ވަދެ މުޅިގައުމު އިދަޖެހެނީ. ކޮންމެރަށެއްގެ ޑިސްއެއްޖަހައިގެން ހަރުގޭގަ ވޯލްޑްކަޕް ދައްކަބަލަ.
ސާބަސް. މީޑިިއާނެޑް ވަރެއް ހަމަނެތް.
މީޑިއާނެޓްތީ ރައްޔިތުން ފެލާ ބައެތް ރައްޔިތުންގެ މަޖްލީހުން ވެއްޖެ މިހާރު މިކަމައްވެސް ގާނޫނެއް ހަދަން ލާރި ނެގުމުގަ ހަޔާތެއް ނެތް
މީޑިޢާނެޓް ސައިޒްވާ ދުވަހަކީ ވަރަށް ދެކެން ބޭނުންވާ ދުވަހެއް ދިވެހިފަރުދުންއަތުން ފައިސާ ފޭރޭބައެް އެއީ އަބަދު ޑީކޯޑަރ އަހަރަކު 1 ފަހަރުބަދަލު ކުރަންޖެހޭ އަދި ކުރާކަމަކީ ޗެނެލްތައް ސާފުނުވެގެން ގުޅީމަ ޓެކްނީޝަން ގެއައް އައިސް ޗެކްކުރުމަށްފަހު ބުނާނެ ކޭބަލްގެ ސިފްނަލް ބަރާބަރޭ ޑީކޯޑަރ ޓެސްޓް ކުރަން ސާރވިސް ސެޓަރަށް ފޮނުވަން ސެންޓަރުން ބުނާނެ ޑީކޯޑަރގަ އެއްވެސް މައްސަލައެްނެތޭ ވަރަށް ރަނގަޅުވާހަކައެއް އެއީ ސާރވިސް ސެޓަރުން ޑީކޯޑަރ ބަލާއިރު ރަނގަޅު އެކަމަކު ގޭގަ ބަލާއިރު ސަކަރާތް، ބަލަގަ ޑީކޯޑަރަށް މަހުފީ ދައްކަނީ ގޭގަ ތިބެގެން ޑީކޯޑަރުން ހިދުމަތް ހޯދަންކަމެއް މިމީހުން އަކަށް ނޭންގޭ ބުރާންތިވެފަ ތިބިބައެެއްތަމީ......
މީޑިއާ ނެޓް ފުރަތަމަ އުޅެބަލަ ކަޝްޓަމަރުން ނަށް ރަގަނޅަށް ޙިދުމަތް ދެވޭތޯ. ބޮޑު ފީނަގައިގެން ތިބޭ އިރު، ސިގުނަލް ނުލިބޭތީ ދެއިރުކާ ބޭސްގުޅައެއް ހެން ތިތަނަށް ގުޅަންޖޭ ޖެހުން ހުއްޓުވަބަ ފުރަތަ މީހުންނާ ދަޖަލްނުކޮށް މާތާހުރު ވާނެ. މަސް އެކީ ފީދައްކާފަ އިންނަ އިރު 15 ދިވަސް ދަނީ ސިގުނަލް ނިބި. 30 ދުވަސް ހަމަ ވީ ސިގުލަން އެއްކޮށް ކަނޑާލާނެ. މީހުން ފެލިޔަސް ބޮޑުވަރު.
މީޑިއާ ނެޓް އޮޅާލާ
ކޮބާ ކިތައް އިންޗި ހުރޭތަ.
ޢިކްރާމް މަހަށް ދޭ. ވ ވ ވ ސަލާން އިކުރާމަށް
ޕީއެސްއެމް ގައި ކޭބަލްޓީވީ އަކީ ކޯޗެއްކަން އެގޭ މީހަކުނެތް
މީޑިއާ ނެޓް އަށް ޗެނަލް އެއް ލިބޭނެ ގިނަވެގެން 6 މަސްދުވަހައް 20 ޑޮލަރަށް ވުރެން ކުޑަކޮން މާނައަކީ 5 ޑޮލަރަށް ވުރެން ހެޖޔޮކޮން ލިބޭނޭ މަހަކު 60 ޗެނަލް 30 ޑޮލަރަށް އާއްމު ގޮތެއްގަ ދިވެހިން ބަލަނީ މާލޭގަ އެކަނި 10000 ގެ އަށް މިދެންނެވި އަގުގަ ހިދުމަތްް ދޭ 3ލައްކަ ޑޮލަރު 4 މިލިޔަން ރފ މިހާރުވެސް 250 ފަސެންޓްގެ ފައިދާއެއް ކޮންމެ ގެއަކުން ނަގާ މި ރައްޔިތުން ފެލުން އޮޅުވާލުން މިއަކަށް ނުކިޔާނެ ވިޔަފާރި ކުރުމެއް ދެން އޮތް ގޮތަކީ ދެންނެވުނު މީޑިއަރ ނެޓް ދޫކޮއްލުން އެކަމެއް ދިވެހިން ނަކަށް ނުވާނެ. އަސްލު މީޑިއަރ ނެޓަށް ވުރެން ބޮޑަށް ސިޔާސީ ފަރާތް ތަށް ރައްޔިތުން ފެލާ