ދ. ކުޑަހުވަދޫގައި ހިނގި މާރާމާރީއެއްގައި މީހަކަށް ހަމަލާދީ ވަރަށް ބޮޑަށް ޒަޚަމްކޮށްލައިފިއެވެ.

މިރޭ ދަންވަރުގެ ވަގުތެއްގައި ހިނގި މި މާރާމާރީގައި އަނިޔާވި މީހާއަށް މިހާރު ދަނީ ދ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ. އެ ހޮސްޕިޓަލުން ވިދާޅުވީ، ފަރުވާދެމުންދާ މީހާ އޮތީ "ސީރިއަސް" ހާލަތުގައި ކަމަށެވެ. ނަމަވެސް އޭނާއަށް ލިބުނު އަނިޔާގެ ތަފްސީލެއް ހޮސްޕިޓަލުން ނުދެއްވައެވެ.

މި ހާދިސާ އާއި ގުޅިގެން ދ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާދެމުން ދަނީ ބިދޭސީ ފިރިހެނަކަށެވެ. މި މާރާމާރީގައި އޭނާގެ ބޮލާއި މޫނުމައްޗަށް ވަނީ ވަރަށް ބޮޑަށް އަނިޔާވެފައެވެ. މާރާމާރީ ހިނގި ވަގުތު އޭނާގެ ބޮލުންނާއި ހަށިގަނޑުން ގިނަ ޢަދަދެއްގެ ލޭ ފައިބަމުން ދިޔަ ކަމަށް މަންޒަރުދުށް ފަރާތްތަކުން ބުނެފައި ވެއެވެ.

"ވަގުތު" އަށް ލިބިފައިވާ ފޮޓޯތަކުން އެނގޭ ގޮތުގައި، އޭނާއަށް ޙަމަލާ ދީފައިވަނީ އޭނާ ދިރިއުޅޭ ކޮޓަރި ތެރޭގައެވެ. އަދި ޙަމަލާ ދިނުމަށް ބޭނުންކޮށްފައި ވާކަމަށް ބެލެވޭ މަރުތޭލެއްވެސް އެ ފޮޓޯތަކުން ފެނެއެވެ.

ކުޑަހުވަދޫން ވާހަކަ ދެއްކި ބައެއް މީހުން ބުނެފައިވާގޮތުގައި މި މާރާމާރީ ހިނގީ ދެ ބިދޭސީއެއްގެ ދެމެދުގައެވެ.

މި މައްސަލަ އާއި ގުޅިގެން ފުލުހުންގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ރަށްދު

  ބޮނދުން ތަޅައިގަންނާނެ 25 ލާރީގެ މައްސަލައެއްގަވެސް

 2. ކެނެރީ ސޮނި މުގާބޭ

  އެމްޑީޕީ ރޭގެ މުޒާހަރާޔަށް މީހަކު ނުނުކުތީމަ އެވާހަކަ މާބާރަށް ދެއްކީމަ އެސޮރު ކޮށާލީ... ރީދޫ ފިކުރަކީ ދިވެހީންގެ ހަލާކު

 3. އިބްރާހިމް

  އަޅުގަނޑު އަޑުއެހި ގޮތުގައި އަނިޔާވިމީހާއަކީ އެއްކޮޓަރި އެއެންބަންގާޅީއެއްވެސް ހިއްސާކުރާ އަނެއްމީހާއަށް ލަވަޖަހައިގެން އުނދަގޫކުރާ މީހެކެވެ. މިގޮތުން އަނިޔާވިމީހާއަށް ތަކުރާރުކޮށް އެކަންއެގޮތަށް ނުކުރުމަށް ނަސޭހަތްތެރި ވެފައިވެއެވެ. އާދައިގެ މަސައްކައްކުރާ ދެމީހަކަށް ވަކިކޮޓަރި ދިނުމުގެބަދަލުގައި ޖާގަތަނަސް ހޯލެއްގައި ގިނަމީހުން ބައިތިއްބުމަކީ މިފަދަ މާރާމާރީތަށް މަދުކުރެވޭނެ ގޮތެކެވެ.

 4. އައްޓަމަސް

  ބިދޭސީންނަކީ މިތަނުގައިއުޅޭ ދިވެހިންނޫން އެންމެން 2 ބިދޭސީންނެއްނޫން 2 ބަންގާޅީން! ބަންގާޅީންގެ ކުއްކުރުން އިންތިހާ ގަވާއިދާއި ޚިލާފަށްއުޅޭ 90000 އެއްހާ ބަންގާޅީން އެބައުޅޭ މިތާ، ރަށުންއަންހެނުންގެނެސްގެން ހަށިވިއްކުމުގެ ވިޔަފާރި ހިންގާ ދިވެހިންނަށް ލިބެންވާފައިސާގެ ބޮޑުބަޔެއް ގަވާއިދާޚިލާފަށްދަމައިގަނޭ، ވަގަށްމީހުން އެތެރެކުރޭ ޑްރަގްގެ ވިޔަފާރި ކުރޭ! އަނެއްކާރޯދަމަހު މޣުރިބްނަމާދަށް އަރާފަ އެތެޅޭ ވައްތަރެއް ކާއެއްޗެހި ބަހާމީހާވެސްވައްޓާލަފާނެހެންވެސް ހީވޭބަޔެއްފަހަރު، އެނަމާދުއެކަނި ބަންގާޅީންނަށް ފަރުޡުވަނީވެސް ބަލާޔާހަމަ ބަޔެއްތީ ތިބައިމީހުން މަދެއްނުކުރެވުނު 1 ސަރުކާރަކަށްވެސް

 5. ޜާްވެރިބެ

  ތި މީހުން ނަކީ މޮޔާން ތަކެއް ތޯޗެށް ކައްނޭން ގެ