ން ޖިއޮގްރަފިކަލް ގޮތުން އޮންނަ ތަނުގެ ސަބަބުން ބައިނަލްއަގުވާމީ ވިޔަފާރީގައި ދިވެހިރާއްޖެއަކީ އަގުނުކުރެވޭނެފަދަ ބައިވެރިއެއް ކަމަށް ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ފޮރިން މިނިސްޓަރ މިހެން ވިދާޅުވީ އިންޑިއާ ޓުޑޭ ކޮންކްލޭވް-ސައުތުގައި ވާހަކަ ދައްކަވަމުންނެވެ. މިބައްދަލުވުމުގައި "ނެއިބަރހޫޑް ނެވިގޭޝަން: ދަ ކޮމޮން ވޯޓާރސް: އޯލްޑް ޓައިސް، ނިއު ސްޓްރެޓެޖީސް" ނަމުގައި ބޭއްވި ސެޝަންގައި މިނިސްޓަރ ޝާހިދުގެ އިތުރުން ސްރީލަންކާގެ ފޮރިން މިނިސްޓަރު ދިނޭޝް ގުނަވަރުދެނަ (ވަރޗުއަލްކޮށް) އަދި އިންޑިއާ ފައުންޑޭޝަންގެ ބޯރޑް އޮފް ގަވަރނާސްގެ މެމްބަރު ރާމް މަދަވް ބައިވެރިވެވަޑައިގެންނެވިއެވެ.

ބައްދަލުވުމުގައި މިނިސްޓަރ ޝާހިދުވަނީ މުސްތަގުބަލުގައި އިންޑިއާ ކަނޑުގެ ސަރަހައްދަށް އަންނަން އޮތް ތަރައްގީއަށް އަލިއަޅުވާލައި، ޑިމޮކްރެޓިކް ސުލްހައާއި ހަމަހަމަކަން ގާއިމުވުމުން މި ސަރަހައްދުގެ ގައުމުތަކަށް ލިބުނު ކުރިއެރުމާއި ތަރައްގީ ފާހަގަކޮށްފައެވެ.

އަދި ސަރަހައްދުގެ ތަރައްގީއާއި ކުރިއެރުމާއި އަދި ސުލްހައާއި ރައްކާތެރިކަމުގެ އިތުރުން، ސަރަހައްދުގެ ގައުމުތައް ގުޅިގެން ކުރާ މަސައްކަތުގައި އިންޑިއާގެ މުހިއްމު ދައުރާއި އިންޑިއާގެ އިސްނެގުން ޝާހިދު ވަނީ ފާހަގަކޮށްފައެެވެ.

ޝާހިދު ވިދާޅުވީ، ޖިއޮގްރަފިކަލް ގޮތުން އޮންނަ ތަނުގެ ސަބަބުން ބައިނަލްއަގުވާމީ ވިޔަފާރީގައި ދިވެހިރާއްޖެއަކީ އަގުނުކުރެވޭނެފަދަ ބައިވެރިއެއްކަމަށާއި، ސަރަހައްދުގެ ހަމަޖެހުމަުގައި އިންޑިއާ-ދިވެހިރާއްޖޭގެ ގުޅުމަކީ މުހިއްމު ދައުރެއް އަދާކުރާކަމެއްކަމަށެވެ.

މި އަހަރު ޗެންނާއީގައި ބޭއްވެނީ މިކޮންކްލޭވްގެ ހަތަރުވަނަ އެޑިޝަންއެވެ. މިބައްދަލުވުމުގައި އެކިއެކި ދާއިރާތަކުން ބޭފުޅުން ވާހަކަ ދެއްކެވުމަށްވަނީ ހަމަޖެހިފައެވެ. މައިގަނޑު ގޮތެއްގައި މިބައްދަލުވުމުގައި މަޝްވަރާކުރެވޭނީ ސޯޝިއޯ-ޕޮލިޓިކަލް ގޮތުން ސަރަހައްދަށް އަންނަ ތަރައްގީއާއި ކުރިއެރުމާއި ގުޅޭގޮތުންނެވެ. މި ކޮންކްލޭވް އިންތިޒާމްކުރަނީ އިންޑިއާގެ މީޑިއާއެއްކަމަށްވާ އިންޑިއާ ޓުޑޭ އިންނެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ހިބަރުވަދު!

    ތިޔަކަމެއް ޤައުމަށް ވަންނަ ޑޮލަރަކުން ނުފެނޭ! ތިޔަ ތަޅަނީ ކޮސްއަނގަ !

  2. އިބްރާހިމް

    ރާއްޖެ އޮތް ތަނުގެ ސަބަބުން ރާއްޖޭގައި ސަޢޫދީން ވިޔަފާރި މަރުކަޒެއް ޤާއިމްކުރަން ނިންމިއަޑު ދުބާއީގައި ތިބި އިންޑިޔާގެ ވިޔަފާރިވެރިންނަށް ލިބުނީ ކުއްލި ޙައިރާންކަމާއިއެކުގައެވެ. ސަބަބަކީ ރާއްޖޭގައި ވިޔަފާރި މަރުކަޒެއް ސައޫދީން ހަދައިފިނަމަ އެފްރިކާ ބައްރުން ދުބާއީއަށް އަންނަ ބޮޑުވިޔަފާރި ރާއްޖެއަށް ޑައިވާޓްވާނެތީއެވެ. ވަގުތުން އިންޑިޔާގެ ސަރުކާރު މެދުވެރިކޮށް ދިވެހިރާއްޖޭގައި މިކަން ކުރިޔަށްދިޔަނުދޭން ކުރި މަސައްކަތުގައި އެއްބާރުލުންދިނީ އޭރުގައި އިދިކޮޅުގައި އޮތް އެމްޑީޕީއެވެ. ފ އަތޮޅުގައާއި މާލޭގައި މުޒާހިރާކޮށް ރާއްޖޭގެ އަގުވެއްޓޭފަދަ އެތަކެއް ވާހަކަދައްކައި އެކަން ކެންސަލްކުރީއެވެ. މިއީ ރާއްޖޭގެ ރައްޔިތުންނަށް އެމްޑީޕީން ދިން އަގުނުކުރެވޭފަދަ ގެއްލުމެކެވެ. އެމްޑީޕީގެ އިޚްލާސްތެރިކަމެއް އޮތްނަމަ މިހާރު ރާއްޖެ ތަރައްޤީކުރުމަށް އެމްޑީޕީގެ ވެރިންނަށް އޮތީ ކޮންހުރަހެއް ހެއްޔެވެ؟ އިންޑިޔާއޮތީ ފައިސާދޭން ތައްޔާރަށެވެ. މުޅިދައުލަތް އޮތީ އެމްޑީޕީގެ ބާރުގެދަށުގައެވެ. މަދުވެގެން މިއުޅެނީ ކޮންއެއްޗެއްތޯއެވެ؟

  3. Anonymous

    ރާއްޖެ ހަގީގަތުގަ ކުރިނާރަނީ އިންޑިޔާގެ ސަބަބުން

  4. ޝޮކްތެރަޕީ

    ރާއްޖެ ހަގީގަތުގަ ކުރި ނާރަނީ އިންޑިޔާގެ ސަބަބުން

  5. މަބޭ

    ރާއްޖެޔައް ލިބޭހާޑޮލަރަކައް ހަދަނީކިހިނެއްތޯ 2އަހަރު ނިމުނީ ރައްޔިތުންނައްވީ ފައިދާއެއްނެއްތާ ގިނަރައްޔިތުން އުޅުމުންދަނީ 1970 ގެއަހަރުތަކުގަ އުޅެމުންދިޔަ ގޮތައް ކާބޯތަކެތި ހޯދޭނެފަދަނެތި

  6. ކާޕެޓް

    ކޮސްގޮވި

  7. އަމިއްލަ

    ތިޔައީ އަމިއްލަ މީހާ އަމިއްލައަށް ތަޢުރީފްކުރުން. މައުމޫނު އަމިއްލައަށް މައުމޫނަށް ލަވަހަދައިހެން ސަނާކިޔުން ތިޔައީ

  8. މަނިކ

    މިޔަފާރި ތައް ފުޑާލި