ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރަށް ޖެއްސުން ކުރާނެ އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ބަޔަކަށް ރައްޔިތުން ވޯޓެއް ނުދޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ މެންބަރު ނިހާދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފަސް އަހަރުގެ ދައުރަކަށް ރައްޔިތުން އިންތިޚާބު ކުރާ ސަރުކާރަކު ރަނގަޅަށް މަސައްކަތް ކުރާނަމަ އެ ސަރުކާރަކަށް ކައުންސިލް އިންތިޚާބުގައި ވެސް ރައްޔިތުން ފުރުސަތު ދޭނެ ކަމަށެވެ.

"ފަސް އަހަރުގެ ދައުރަކަށް ހޮވާ ސަރުކާރަކަށް މިނިވަންކަމާ އެކު ސިޔާސަތު ހިންގަން ފުރުސަތު ދޭން ރައްޔިތުން ނުކުމެ ބޮޑު ތަނުން އެމްޑީޕީ ކެންޑިޑޭޓުން ހޮވާނެ ކަން ޔަގީން،" ނިހާދު ލިޔުއްވާފައިވެއެވެ.

އަންނަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އެންމެ ބޮޑު ވާދަވެރިކަމެއް އޮތީ ވެސް ވެރިކަން ކުރާ އެމްޑީޕީއާއި އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީ ދެމެދުގައެވެ. އެމްޑީޕީގެ 800 އެއްހާ ކެންޑިޑޭޓުން ވާދަކުރާއިރު އިދިކޮޅު ކޯލިޝަންގެ 600 އެއްހާ ކެންޑިޑޭޓުން ވާދަކުރެއެވެ. އެހެން ޕާޓީތަކުން ވާދަކުރަނީ ކޮންމެ ޕާޓީއަކުން ވެސް 100 އަށް ވުރެ މަދު ކެންޑިޑޭޓުންނެވެ.

އެމްޑީޕީއަކީ މިހާތަނަށް އިންތިޚާބުތަކުގައި އެންމެ ކާމިޔާބު ޕާޓީއެވެ. އެންމެ ފަހުން ބޭއްވި ތިން އިންތިޚާބު ވެސް އެމްޑީޕީއިން ކާމިޔާބު ކުރިއެވެ. 2017 ގެ ކައުންސިލް އިންތިޚާބު އެމްޑީޕީއިން ކާމިޔާބު ކުރިއެވެ. 2018 ގެ ރިޔާސީ އިންތިޚާބު ބޮޑު ތަފާތަކުން އެމްޑީޕީގެ ކެންޑިޑޭޓް އަދި މިހާރުގެ ރައީސް ސޯލިހް ކާމިޔާބު ކުރެއްވިއެވެ. 2019 ގެ މަޖިލިސް އިންތިޚާބުގައި ވަނީ އެއް ޕާޓީއަކަށް އެންމެ ބޮޑު މެޖޯރިޓީ ލިބުނު ޕާޓީގެ ގޮތުގައި އެ އިންތިޚާބު ކާމިޔާބުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

29 ކޮމެންޓް

  1. މުފައްކިރު.

    ރައްޔަތުންނަށް ޖެއްސުން ކުރާ ރައްޔަތުން އަޅުވެތި ކުރާ ސަރުކާރަކަށް ބަޔަކު ވޯޓްދޭނެތަ.

    14
    1
  2. ރޯނު އެދުރު

    ބަލަ ކަލޭމެނަށް ވޯޓް ދީ ހޮވާ ފަތިތިބީ އޭރު އިދިކޮޅައް ޖެއްސުން ނުކޮށް ޖޫސް ގިރާދެން ތިއްބަ ދޯ..

    13
    1
  3. ގޫކާޓް

    ވަރައްތާހިރެއްނު ތިމާމީހުން ސަރުކާރާ އިދިކޮޅުޕާޓީ އެއްގަ އޮއްއިރު ރައްޔިތުން ނަށަ ސަރުކާރައް ޖެއްދުމައް ބަޖެޓްއައްވެސް ވޯޓްނުދިން ބައިގަނޑު މިއަދުސަރުކާރް ހިންގަންލިބުނީމާވެސް ތިކުރަނީ ރައްޔިތުންނައް ޖެއްސުން އައްޑޫގެ ބޮޑުބަޔެއް ބޭރުގަމަކައް ހިބައިންކަހަލަ ގޮތަކައް ދިންއިރުވެސް ލޮލުގަ އަދުން އަޅާފަ ނެތީމާ ނުފެނުނީ އެއީވެސް އިދިކޮޅުމިހުންގެ މަސް އަލަޔެއްތޯ މުސްކުޅިންބުނޭ ދޫއޮތިއްޔާ ކާޅެއްނުކާނޭ ހިތުހުރިގޮތަކައް ތަޅުވާ ވެދުން

    12
    1
  4. ޙޯނު

    ތަހިނަނެށީ ބަލަގެން ވާ؟؟؟

    10
    1
  5. Anonymous

    ނިހާދު ތިހިރީ ހިޖުރައޮޅި ފަ،

    15
    1
  6. އަހުމަދު ނީޒް

    ޜައްޔިތުންގެ ހައްގުގާ މަނިކު ފާނު ހުށަ އެޅި ކަ މެއް ދައްކަވާ. ރައްޔިތުންނަށް އެނގޭނީ ރައްޔިތުން ވޯޓް ދޭނެ ގޮތެއް . މަނިކު ފާނު މަޖިލިހަށް ވަތް ފަހުން ރައްޔިތުން އަތުން އަތުން ދާ ޚަރަދު ވަނީ ބޮޑުވެ ފަ. ލިބުނު ފަސޭހަ އެއް ނެތް. ވިޔަ ފަރި ތައް ހަލާކު. ވިސާ ފީ ވީ ބޮޑު. ކޯޓާ ގަންނަން ޖެހިއްޖެ. ރައްޔިތު މީހާ ކުރާ ޖޫރިމަނާ ބޮޑު ވެއްޖެ. ރެވެނިއު ސްޓޭމްޕް ފީ ބޮޑު ވެއްޖެ. ޚިދުމަތް ހޯދުން އުދަގޫ ވެއްޖެ. ދެންވެސް ބައިވަރު ތަކްލީ ފް. ދެން ހަމަ މިގޮތް އޯކޭތޯ.

    15
    1
  7. އިބްރީމް މުހައްމުދު ސޯލިހާ

    މަށެއް ނުދޭނަށް ވޯޓެއް ސަރުކާރަށް ޖެއްސުމެއްނޫން ނަގާ ނޮޅައިގެން ކެޔަސް ސަރުކާރަށް ވޯޓެއް ނުދޭނަށް

    19
    1
  8. ހުސެން

    މަ ކަލެއަށް ދޭނަން.

    5
    2
  9. ފުއްޕާކީ

    މީވަރަށް ބޮޑު ތެދެއް. މިފަހަރު އެނގޭނެ ޖެއްސުން ކުރަނީ ކޮންބައެއްކަން ވޯޓުލާނިމުނީމާ.
    އެކަމަކު މިފަހަރު މަށަށް ހީވަނީ އާކަމެއް ހިނގާފާނެހެން. އެވާހަކަ އަދި އިހަށް ބާއްވާލާނަން.

    12
  10. ސައްތާރުބޭ

    ރައްޔިތުންވެސް ނުދޭނެ ވޯޓެއް އެމީހުންގެ އަންހެންދަރިން އިއްފަތް ފޭރި، ގެދޮރު ފޭރޭ ސަރުކާރަކައް ވޯޓެއް

    16
    1
  11. ޢަހު

    ކަލޯ ނިމިދިޔަ ވެރިކަމުގަ ކަލޭމެން ކީއްތަ ކުރީ ތަވާފް ކޮށްކޮށް ތިބީތަ މަގުމަތީގަ؟

    16
    1
  12. ފޭދޫ އިދި ކެޑަ

    އޯއި ތަކޭނީ ކިޔަން ކާއު! ތަ ދައްކާ ވާހަކަ އަންނި ޔަސް ބެނީ ކޭ ނިކޭ އެއްތަ ނި އެނގެއި ޔަވު

    14
    1
  13. އަހްމަދު

    ރައްޔިތުންނައް އަނިޔާކުރާސަރުކާރަކަށް ރައްޔިތުންވޯޓުދޭނެތޯ އިސްލާމްދީނައް ފުރައްސާރަކޮށް ރަސޫލާޔަށް ހަޖޫޖަހާބަޔަކަށް ރައްޔިތުންވޯޓުދޭނެތޯ ގައުމުބޭރުގެގައުމަކަށްވިއްކާލަމުންދާބަޔަކަށް ރައްޔިތުންވޯޓުދޭނެތޯ

    13
  14. ހުސޭނުބޭ

    ބަލަގަ ދެން ރައްޔިތުންނަށް ޖެއްސުންކުރާ ސަރުކާރައްތަ ވޯޓުދޭންވީ. ކަލޭ ތީ ހަމަ ފައްކާ ބޯބުރާންޗެއް!

    17
    1
  15. މުނިޔާ

    އެއްކަލަ ރޯނުއެދުރު.

    15
    1
  16. އާބިދާ

    ކަލޯ ކަލޭ ބޭނުންހާ ގޮތަކަށް ނޫން އަހަރުމެން ވޯޓްދޭނީ، ޤައުމަށް ޖެއްސުންކުރާ އެމް.ޑީ.ޕީ އަކަށް މުސްލިމު ދިވެހި ރައްޔިތުން ވޯޓެއް ނުދޭނެ

    16
  17. ނާސިރު ބުނިބަސް އެހިންތަ؟

    ހަގީގަތުގަ ޖެއްސުން ކުރަނީ އެމްޑީޕީ ސަރުކާރުން ވައުދު ތަކާއެކީ ވެެރިކަމައް އައިސް ކަމެއްނުވެ ނުވަތަ ތަރައްގީގެ އެއްކަމެއްވެސް ނުވެ ރައްޔިތުންނަ ޖެއްސުން ކުރަނީ

    13
    1
  18. ނާދިރާ

    ރިސޯޓުން ކަނޑާލި ސަބަބު ބުނެދޭން ކެރޭނެތަ

    16
    1
  19. ވެރިން

    ރައްުިތުންނަށް ޖެއްސުންކޮށް ބިކަ ކުރާ ސަރުކާރަކަށް ވެސް ރައްޔިތުން ވޯޓެއް ނުދޭނެ

    15
    1
  20. ވެރިން

    ރައްޔިތުންނަށް ދޮގުހަދާ އޮޅުވާލާ ސަރުކާރަކަށް ރައްޔިތުން ވޯޓެއް ނުދޭނެ

    17
    1
  21. ވެރިން

    ކަލެޔަށް ވޯޓު ދިން މީހުން ބުނާ އަޑު އަހަން ކަލެޔަށް ދެން ދުވަހަކުވެސް ޥޯޓެއް ނުދޭނަމޯ

    16
    1
  22. ފައުޒީ

    ސަރުކާރުތޯ ޖެއްސުން ކުރަނީ އިދިކޮޅު ތޯ.
    މީ ސަރުކާރެއް ތޯ

    13
    1
  23. ޚާލިދު

    ޥަގުތައް އޮޅުނެއްކަމަކު އަހަރެމެންނަކައްނޯޅޭ އެމްޑީޕީއަކީ މިހާތަނައް ރާއްޖެދުއް އެންމެ ނާކާމިޔާބު ސިޔާސީޕާޓީ މުޅިންވެސް އެމީހުން އިންތިޚާބުތައް ކާމިޔާބުކޮއްފަހުރީ ކޮންމެވެސް ބަޔަކާގުޅިގެން ވޯޓުއޮޅުވާލައިގެން އަމިއްލަޔައް ކާމިޔާބުކުރެވުނު އެންމެ އިންތިޚާބެއްވެސްނޯންނާނެ

    13
  24. ޢީސަދަރި

    ވަރަށް ބަރާބަރު. ތިޔަ ބޭފުޅުންނަށްބުރެ ޖެއްސުން ކުރި ބަޔަކު މިރާއްޖެއަކު ނުތިބޭނެ. ޢެެއްވެސް އަހަރެއްގެ ބަޖެޓް ފާސްކުރާއިރު، ޖަލްސާ ދޫކޮށްފައި ނުކުތް ބަޔަކު ތިޔަ ވާހަކަ ދައްކާކަށް މާކަ ތާހިރެއްނޫން. "ޢަޅުގަނޑު ގާތަށް އަންނަނީ ހިނި".

    14
  25. ޖަޒީރާމަނިކު

    ނިހާދު މިފަހަރު ތިބުނި ވާހަކަ ދިމަލެއްނުވޭ. ޔާމީނުސަރުކާރުއޮތްއިރު އެމްޑީޕީ އިދިކޮޅުގައި އޮވެ ސަރުކާރަށް ޖެއްސުންކޮށް ޓްއަރިޒަމް ބޮއިކަޓް ކުރަންގޮވާހެދީ. އެކަމަކު އެޖެއްސުންކުރި މީހުނަށް ރައްޔިތުން ވޯޓްދީގެން ވެރިކަމުގައި މިހާރު ތިޔަތިބީ. ސަރުކާރަށް ޖެއްސުންކުރާ އިދިކޮޅު ބަޔަކަށް ރައްޔިތުން ވޯޓްދޭނެކަން މީން އެނގެނީ.

  26. ޜައްޔިތުމީހާ

    ބަލަގަ ސަރުކާރައްޖެއްސުންކުރަނީ ސަރުކާރުގެމަޖުލިސްމެންބަރުންނޫންތޯ ސަރުކާރުގެ އިތުބާރުއޮތްވަޒީރުންުއުފުރާއުކާލަމުންތިދަނީ އަމިއްލަނަފުސުކުއްވެރިކޮއްބަލަ.

    10
    1
  27. ޖަނާޒާ

    ރައްޔިތުން ނަށް ޖެއްސުންކުރާ ސަރުކާރަކަށް ރައްތިތުން ވޯޓް ދޭންޖެހޭތޯ؟ ކަލޭ މޮޔަދޯ!

    10
    1
  28. ރޯނުއެދުރު

    ގަމާރާ ކަލޭމެން ތިޔަމަގާމުތަކަށް އައިސްގެން އުޅެނީކީ ރައްޔިތުން ވޯޓް ދީގެންނޫނެވެ. ބޮޑުއޮޅުވާލުމެއްގެ ތެރެއިން މަގާމުތަކަށް ވެރިވެގަނެ ތިމާމެންގެ ނެތްފެންވަރުގެ ވާހަކަ ދައްކަން ނަހާދާށެވެ. ރައްޔިތުން ވޯޓްދޭނެގޮތް އެގޭނީ ރައްޔިތުންނަށެވެ.

  29. ބެއްޔަހުއްތު

    ހަމަ ހިނި އަންނަނީ