ޝުޖާޢު ހުސައިން އެމްޑީޕީ އަށް ސޮއި ކުރެއްވުމަށް ފަހު ފޯމް ހަވާލު ކުރައްވަނީ
ޝުޖާޢު ހުސައިން އެމްޑީއޭ އަށް ސޮއި ކުރެއްވުމަށް ފަހު ފޯމް ހަވާލު ކުރައްވަނީ – ފޮޓޯ: ސަން އެމްވީ

ލޯކަލް ގަވަރްމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ކުރީގެ ނައިބު ރައީސް ޝުޖާޢު ހުސައިން ސެޕްޓެމްބަރ މަހު އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ނިންމަވާ އެކަން އިއުލާން ކުރައްވައިފިއެވެ.

ޝުޖާޢު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ރިޔާސީ އިންތިޚާބުގައި އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރަން އޭނާ ނިންމަވާފައިވާ ކަމަށާއި މިމަސައްކަތުގައި ހުރިހާ ފަރާތްތަކެއްގެ އެހީތެރިކަމަށް އެދޭ ކަމަށެވެ.

ޝުޖާޢުގެ ސިޔާސަތުތައް މައިގަނޑު ގޮތެއްގައި އަމާޒު ކުރާނެ ދާއިރާތަކުގެ ހުލާސާއެއް ހާމަކުރައްވާފައިވާ ބަޔާނުގައި ވިދާޅުވެފައި ވަނީ ޒަމާނީ ޑިމޮކްރަސީގެ އުސޫލުތަކާއި އިންސާނީ ޙައްޤުތަކަކީ ޤާނޫނޫ އަސާސީގައިވާ ގޮތުގެ މަތިން ރައްޔިތުންނަށް ހަމަހަމަކަމާއެކު ލިބެންޖެހޭނެ ކަންކަމެވެ.

"ބައިނަލްއަޤުވާމީ ކަންކަމުގައި ބަސްކިޔޭ ސަފުގައި މިގައުމު ހިމެނޭނީ ބައިނަލްއަޤުވާމީ އުސޫލުތަކަށް ތަބާވެ ގައުމުގެ ސިޔާދަތު އިސްކޮށްގެންނެވެ." ބަޔާނުގައި ވެއެވެ.

ޝުޖާޢު ހުސައިން އެމްޑީޕީ އަށް ސޮއި ކުރައްވަނީ
ޝުޖާޢު ހުސައިން އެމްޑީޕީ އަށް ސޮއި ކުރައްވަނީ

ޝުޖާޢު ވިދާޅުވީ ޝަރުޢީ ނިޒާމް އިންސާފުވެރިވެ ދިވެހި އަސްކަރިއްޔާ އާއި ފުލުހުން ގައުމީ މަސްލަހަތު އިސްކުރަން ޖެހެއެވެ. "ހުއްޓިފައިވާ ޤާނޫނު ހެދުމުގެ ބާރު ހިނގައިގަތުމަށް ފުރުސަތު ލިބެން ޖެހެއެވެ. ގަޑުބަޑުވެފައިވާ ލާމަރުކަޒީ ނިޒާމް ތަރުތީބު ކުރުމަށް އިސްކަން ދޭންޖެހެއެވެ." ބަޔާނުގައި ވެއެވެ.

އޭނާ ވިދާޅުވީ ފެށިފައިވާ އަދި ފެށުމަށް ތައްޔާރުވެފައިވާ ތަރައްޤީގެ މަޝްރޫޢުތަކަށް ހުއްޓުމެއް އަޔަނުދީ ކުރިއަށް ގެންދިއުމަށް މަގުފަހިކޮށްދޭން ޖެހެއެވެ.

ޝުޖާޢު ވިދާޅުވީ އޭނާ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ކުރިމަތިލަނީ ވަކިފަރާތްތަކެއްގެ އިސްތިއުމާރީ އަޅުވެތިކަމުގައި އޮތް ވެރިކަމުގެ ބާރު މިނިވަން ކުރުމަށެވެ. ޒާތީ ތަޢައްސުބާއި ހަސަދައިން ފޯވެފައިވާ ސިޔާސީ ޕާޓީތަކުގެ ނިޒާމް ސާފުކޮށް، ޤާނޫނު އަސާސީން ކަށަވަރުކޮށްދޭ ހަމަހަމަކަން އަލުން އިޔާދަކޮށް ދިނުމަށެވެ. އަދި އައުފެށުމަކުން ފެށުމަކަށެވެ.

ޝުޖާޢު އެލްޖީއޭގެ މެންބަރު ކަމުން ވަކިކުރީ 2015 ވަނަ އަހަރު އެވެ.

ޝުޖާޢު މީގެ ކުރިން ވަނީ އެމްޑީޕީ އާއި އެމްޑީއޭގެ މެންބަރެއްގެ ގޮތުގައި ވެސް ހަރަކާތްތެރިވެ ވަޑައިގެންފައެވެ. ނަމަވެސް މިހާރު އޭނާ އަކީ ކޮން ޕާޓީއެއްގެ މެންބަރެއްކަން ކަށަވަރެއް ނުކުރެވުނެވެ.

އެލްޖީއޭގެ މެންބަރުކަމަށް އައްޔަން ކުރުމުގެ ކުރިން ޝުޖާޢު ވަނީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރައްވާފައެވެ. ޝުޖާޢުގެ ފޭސްބުކް އެކައުންޓްގައިވާ ގޮތުން އޭނާ މިހާރު ދިރިއުޅުއްވަނީ ސްރީލަންކާގައެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. ތިޔާއީ ވަޒީފާ އެއްގައި އެއްތަނެއް ގައި ނޫޅެވުނު މީހެއް 5 އަހަރު ވަން ދެން ދެން އެވަރު މީހަކަށް ރިޔާސީ އިންތިޚާބެއްގައި ބައިވެރިވެގެން ކުރެވޭނެ ކަމެއް ނޯންނާނެއޭ އެއީ އޭނާ މަޝްހޫރު ވާން ވެގެން ޖަހާ ސްޓަންޓް އެކެވެ.

  2. ކަލޭ ދޭބަލަ މަހަށް

  3. މަ ދަންނަން މިކަލޭގެ. ދޮގުހެދުމާ މަކަރުވެރިކަމުގަ އަރާހުރި މީހެއް. ކޮން އާޓިސްޓެއް. ވަރަށް މޮޅުވާނެ ވާހަކަ ދައްކައިގެން މީހުން ވާ ވައްދާލަން. ހަގީގަތުގައި ބޮލުގައި އެއްވެސް ތެތްކަމެއް ހުރިމީހެއް ނޫން

  4. މިއީ ބޮޑު ބިރެއް. އޭނައަށް ވުރެ އަންނި ވެސް ރަނގަޅު ވާނެ.

  5. ހަޤީގަތުގަ އިންތިޚަބުތަކުގައި ކުރިމަތިލާ ފަރާތްތަކަކީ ބުއްދި ސަލާމަތުން ހުރި ބައެއްތޯ އިލެކްޝަނުން ބަލަންޖެހޭނެ!

  6. ކަލޭ ވާދަ ގަންގަލީ އިންތިހާބަކަށް އަންނި ޔާ އެށްކޮން

  7. ބުއްޅަަަަބޭ

    އިންޑިޔާގެ އެޖެންޓުން އެކި ގޮތްގޮތަށް މައިތިރިސޭނާ ކަހަލުގެ މީހަކު ދިވެހިންގެ ތެރެއިން ފެނޭތޯ ވަރަށް މަސައްކަތް އެބަކުރޭ! އެމްޑީއޭގެ ވެރިޔާ ކައިރިން ޖާސޫސްކުރެވޭތޯ ވެސް އިންޑިޔާއިން ވަރަށް މަސައްކަތްކޮއްފި، ކާމިޔާބެއްނުވި! ކިރިޔާވެސް ގުބޯހެއްދޭނެ މީހަކަށްހުރީ ބުރުމާ، އެހެންވެ ބުރުމާގެ ލާރިގަނޑު ދިރުވާލަނީ، މިއަހަރު ނިމޭއިރޔ ބުރުމާ ބަނގުރޫޓްވާނެ!

  8. ކަލޯ ބާތިލް ވޯޓާ ވާދަކޮށް ގޭގައި އޮވެ ވަގަށް ނުރޯތި މީހަކު ރަނގަޅުކަމުން މަޤާމެއް ދިނަސް ހީވޭދޯ ލައްކައެކޭ..

  9. އެންމެ ފުރަތަމަވެސް ގޯސްވާހަކައެއް ވިދާޅުވެއްޖެ! ބައިނަލް އަގުވާމީ އުސޫލުތަކަށް ތަބާވާންޖެހޭކަމަށް ބުނާއިރު، އެފަރާތްތަކުން މިބޭނުންވަނީ ހުރިހާ ދީންތަކުގެ މީހުންނަށްވެސް މިގައުމުގަ ރައްވެހިކަންދޭ، ވިސްނާފިކުރު ކުރާބަޔަކަށް އިބްރަތެއްލިބުނަސް އެކަން އެނގިލައްވާނީ!!!!!!!!!!

  10. މިކަހަލަ ބޯނުބައި މީހުން އަންނި ސަރުކާރުގެ މަޤާމްތަކުގަ ތިބީ. މީނާއަށް މީނާގެ ވޯޓްވެސް ޔަޤީން ނުވާނެ.

  11. ކޮބަމއްސަލަޔަކި

  12. ސިޔާސީ ހައިފުރޮފައިލް މީހުން އެއްކިބާކޮށް އިންތިހާބުގައި ޔާމީން އެކަނިވެދާނެތީ ޖަހާ ސްޓެންޑެއް. މީގެ މިސާލަކީ ނިމިގެން މިދިޔަ މިސްރުގެ އިންތިހާބު

  13. މާމިގިލީ މީހާ

    ވޯޓް ފަށެއް ލިބޭނެ.... ކަލޭ ގޭގައި ބޮޑު ފޮއްޓެއް ޖަހާ ވޯޓް އަޅާން..

  14. ކަމަނަ މުހައްމަދު

    މިސޮރުގެ ސިކުނޑި ދޯ؟

  15. އަސްލުހާލަތު

    އަމިއްލަ ރަށު ދާއިރާއަށް ލައިގްނ 37 ވޯޓްވެސް ހަމަ ނުވޭ.. ޝަންގްރިލާއިން ހިޔާނާތުގެ މައްސަލައެއްގަ ބޭރުކުރީ..އޭގެ ފަހުން އުޅުނު އަމިއްލަ ކުންފުނިތަކުގަ ނުގެންގުޅެވިގެން ބޭރުކުރީ. އެލްޖީއޭގަ ހުއްޓާ ޖަރީމާ ހިންގާވަރުން މަޖިލީހުން ހަޑިގޮތަކަށް ބޭރުކުރީ ނޯކޮންފިޑެންސް ނަގައިފަ. މި ވަރު މީހަކަށް ކޮން ރައީސްކަމެއް ކުރެވޭނި؟ ކޮންމެވެސް ބައެއްގެ އަތުން ލާރިގަނޑެއްކާލަން ނޫނީ ސަރުކާރުން މަޤާމެއް ހޯދަން ހިތު އަޅައިގެން ޖަހާ މަޅިއަކަށްވާނި

  16. ތިޔައީވަގެއް

    ތިޔަ ސީރިއަސް އެއްޗެއް ނޫން ދެން ކުރިމަތިލާ ކެނޑިޑޭޓުން އަތުން ލާރިކޮޅެއް ހޯދައިފަ ނަން އަނބުރާގެންނަން ކުރާކަމެއް.. ނޫނީ ސަރުކާރުން މަޤާމެއް ދޭތޯ..މީނަ ގޮތް ނޭނގޭ މީހަކު ނޫޅޭނެ.. ހިތުން ލާރިގަނޑެއް ހޯދާލަން މޮޅު ގޭމެއް މިކުޅެލަނީ.. ފީ ސިކުނޑިއެއްތޫ

  17. މޮޔަ މޮޔަ މޮޔަ މޮޔަ މޮޔަ...ދުނިޔޭން މޮޔަ ތިވީ. ތިދަނީ ރަގަޅަށް

  18. މިސޮރު މިއުޅެނީ ކާޅަކާ ވާދަކުރަންތަ

  19. އެނޮނީމަސް

    ތިޔެއް ނުހޮވޭނެ

  20. ޔޭއުމަރުފުލަކަށްނުދާނެދެނެއް