ޓެކްސް އަށް މަކަރު ހަދާ މީހުންނާއި ޓެކްސް ނުދައްކާ މީހުންގެ މައުލޫމާތު ފޯރުކޮށްދީ، ޓެކްސް އާއި ގުޅޭ ކަންކަމުގައި ގައުމުތަކުގެ މެދުގައި އެހީތެރިަން ބަދަލުކުރާ މުއާހަދާއެއްގައި އީޔޫ އާއި އެކު އަންނަ އެޕްރިލް މަހުގެ ކުރިން ސޮއިކުރަން ހަމަޖެހިފައިވާކަން ފިނޭންސް މިނިސްޓްރީ އިން ހާމަކުރައްވައިފިއެވެ.

(އެމް.އޭ.އޭ.ސީ) އާއި (އެމް.ސީ.އޭ.އޭ-ސީ.އާރު.އެސް) އަދި (އެމް.ސީ.އޭ.އޭ-ސީ.ބީ.ސީ) ގައި ދިވެހިރާއްޖެއިން ބައިވެރިވުމާ ގުޅޭގޮތުން ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ ދިރާސާކުރެއްވުމަށް މިއަދު ކުރިއަށް ގެންދިޔަ މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީގައި ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ އެ އެއްބަސްވުންތަކުގައި އޭޕްރިލް މަހުގެ ނިޔަލަށް ސޮއިކުރާނެ ކަމުގެ ޔަޤީންކަން ސަަރުކާރުން ދީފައިވާ ކަމަށެވެ.

އެމްއޭއޭސީ އަކީ ޓެކްސް ދެއްކުމަށް މަކަރު ހަދާ މީހުން ދެނެގަނެ ޓެކްސް އާއި ގުޅުން ހުރި އިތުރު މައުލޫމާތުތައް ވެސް މެމްބަރު ޤަައުމުތަކުގެ މެދުގައި އެހީތެރިކަން ފޯރުކޮށްދޭ މުއާހަދާއެކެވެ.

އެ އެއްބަސްވުމުގައި މިދިޔަ އަހަރު ސޮއިކުރާނެ ކަމުގެ ޔަޤީންކަން ރާއްޖެއިން އީޔޫ އަށް ދީފައިވާ ކަމަށާ، އެ މަސައްކަތް ކުރިއަށް ނުގެންދެވި ވަނީ މުޅި ދުނިޔެ އަށް ދިމާވި ކޮވިޑްގެ ބަލިމަޑުކަން ރާއްޖެ އަށް ވެސް ކުރިމަތިވުމުން ކަމަށް އަމީރު ވިދާޅުވިއެވެ.

އެ އެއްބަސްވުމުގައި ސޮއިނުކޮށްފި ނަމަ ބައެއް ދަތިތަކާއި ރާއްޖެ އަށް ދިމާާވާނެ ކަމަށް ވެސް އަމީރު ވިދާޅުވިއެވެ. އެގޮތުން ޓެކްސްގެ މައްސަލަތައް ހައްލުކުރަން އެއްބާރުލުން ނުދޭ ޤައުމުތަކުގެ ލިސްޓުގައި އެ ކަމުގެ ސަބަބުން ރާއްޖެ ހިމެނޭނެ ކަމަށާއި، އެ ހިސާބުން ރާއްޖެ އަށް ޔޫރަޕްގެ ޤައުމުތަކުން އިންވެސްޓް ކުރުމަށް ހުރަސް އެޅި، ބޭރުގެ ޖަމާއަތްތަކުން ލިބޭ ފަންނނީ އެހީތެރިކަން ކުޑަ ވުމާއި، ދުނިޔޭގެ ބޭންކްތަކުން ލޯނު ހޯދަން އުދަނގޫވާނެ ކަމަށް މިިނިސްޓަރ ފާހަގަކުރެއްވިއެެވެ.

"އަޅުގަނޑުމެން މިހާރު ސަރުކާރުން ކޮމިޓްމެންޓެއް ދީފައިވާނެ އީޔޫ އަށް މި ލިސްޓުގައި އޭޕްރިލް 2021ގެ ނިޔަލަށް އަޅުގަނޑުމެން ސޮއިކުރާނެ ކަމަށް. ދެންމެ އިއްޒަތްތެރި މުގައްރިރު ސުވާލު ކުރެއްވި އަޅުގަނޑުމެންނަށް ކޮންގެއްލުމެއްތޯ ވާނީ މި ކޮންވެންޝަންގައި ބައިވެރި ނުވީމައި. އަޅުގަނޑުމެން ހިމެނިގެން ދާނެ ޔޫރަޕިއަން ޔޫނިއަން ލިސްޓް އޮފް ނޮން ކޯޕަރޭޓިވް ފޯ ޓެކްސް މެޓަރސްގައި. މިހާތަނަށް އެކި އެކި މަރުހަލާގައި ކޮމިޓްވެފައި ވާނީ." އަމީރު ވިދާޅުވިއެވެ.

މިނިސްޓަރ އަމީރު ވަނީ އެ އެއްބަސްވުމުގައި ސޮއިކުރުމުން ރާއްޖެ އަށް ލިބޭނެ ފައިދާތަކަށް ވެސް އަލިއަޅުވާލައްވާފައެވެ. އެގޮތުން ޓެކްސް އަށް މަކަރު ހަދާ މީހުންނާއި، ޓެކްސް ދެއްކުމުން އެއްކިބާވާ މީހުން ފަސޭހައިން ދެނެގަނެވި ކޮަރަޕްޝަންގެ މައްސަލަތައް ފަސޭހައިން ދެނެގަނެވޭނެކަން އޭނާ ވަނީ ފާހަގަކުައްވާފައެވެ.

އެއާއި އެކު ރާއްޖެއިން ޓެކްސް އާއި ގުޅޭގޮތުން ވާ އެއްބަސވްުންތަާއި ގުޅުން ހުރި ޤާނީ ކަންކަން ހަމަޖެހި ރާއްޖޭގެ ޓެކްސްގެ ނިޒާމަށް ބައިނަަލްއަޤުވާމީ އިތުބާރު ލިބޭނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.