ފުލުހުން

ރޯދަމަހު ދުވާލު ކައިގެން ރޯދަ މަހު 7 މީހަކު މިހާތަނަށް ފުލުހުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ ވެބްސައިޓްގައި އާއްމުކޮށްފައިވާ މައުލޫމާތެއްގައި ބުނެފައިވަނީ ރޯދަމަހު ފުރަތަމަ 15 ގައި 7 މީހަކު ދުވާލު ގަޑީގައި ކައިގެން ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި މިއީ މިދިޔަ އަހަރުގެ މިމުއްދަތާ އަޅާ ބަލާއިރު މަދު ނިސްބަތެއްކަމަށް ފުލުހުން ހާމަ ކުރެއެވެ.  އެގޮތުން ފާއިތުވި އަހަރު 15 މައްސަލައެއްގައި 18 މީހަކު ހައްޔަރުކޮށްފައިވާއިރު މިއަހަރުގެ މި މުއްދަތުގައި 7 މައްސަލައެއްގައި 7 މީހަކު ހައްޔަރުކޮށްފައިވެއެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މިއަހަރުގެ މިހާތަނަށް ހުށަހެޅުނު މައްސަލަތަކުގެ ޖުލްމަ އަދަދުވެސްވަނީ މިދިޔަ އަހަރާއި އަޅާ ބަލާއިރު ދައްވެފައެވެ. މިގޮތުން 1438 ވަނަ އަހަރުގެ ރަމަޟާންމަހުގެ ފުރަތަމަ 15 ދުވަހު ފުލުހުންނަށް 596 މައްސަލައެއް ހުށަހެޅިފައިވާއިރު، މިއަހަރުގެ ރަމަޟާންމަހުގެ ފުރަތަމަ 15 ދުވަހު ހުށަހެޅިފައިވަނީ 556 މައްސަލަކަމަށް ފުލުހުން ހާމަކުރެއެވެ.

ރަމަޟާން މަހު އެންމެ ގިނަ އަދަދަކަށް ހުޅަހެޅިފައިވަނީ ވައްކަމުގެ މައްސަލައެވެ. މިގޮތުން ވައްކަމުގެ 127 މައްސަލަ މިމަހު ފުރަތަމަ 15 ގައިވަނީ ހުށަހަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ރޯދަމަސް ނިމުނުހާ އަވަހަކައް ދޫކޮއްޅާ

  2. ރޯދަމަހު ކައިފިއްޔާ އެބަ ހައްޔަރު ކުރޭ!!! ކީއްވެބާ ނަމާދު ނުކުރާތީ ހައްޔަރު ނުކުރަނީ؟؟؟؟ އެވެސް ފަރުޟެއް މިވެސް ފަރުޟެއް.

    • ހުންނަ ޖާހިލު ކަމުން. ޖައްބާރު ކަމުން . އެނޫން ކޮންކަމެއް. ރޯދަ އަކީ އެމީހެއްގެ ކަމެއް. ފުލުހުންނަށް ކޮށްދޭން ޖެހޭނެ ކަމެއް ނޫން.

    • ރަނގަޅު ވާހަކައެއް ލޮޖިކު

  3. ތި އެބއޮތް މިރަށުގަ ބައިވަރު.....ތިއީ އެންެމެނަށް އެނގޭކަމެއް...

  4. އަޅެ! އެއްބަޔަކު ބައިއަތު ހިފާފި ރޯދަ ހިފާނީ ވެރިކަން ވައްޓާލާފަޔޭ! އަނެއްކާ އެ ބަހުގައި ހިފެހެއްޓި ބައެއްތޯ ބަލާބަލަ!

  5. ރޯދައަށް ނުހުންނަ މީހުން މަދުވަމުން ދަނީ ޖާހިލިއްޔަތުގެ އަހުލުވެރީންގެ ބާރު ގަދަވެ ޖިހާދީން ގިނަވަމުން ދާތީ.

  6. ނޫނޭ ދިވެހިން ރޯދަ މަހު ނުކާނެ.އިޔާޒް ގޯސް ވާނީ. މިހާރު ވެސް ރިސޯޓް ތަކަށް އަރާލަބަލަ.އޭރުން ކުޅި ސަމާ ފެން ނާނެ. ވަރަށް ސަލާން