ރޯދަމަހު ދުވާލު ކައިގެން ރޯދަ މަހު 7 މީހަކު މިހާތަނަށް ފުލުހުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ ވެބްސައިޓްގައި އާއްމުކޮށްފައިވާ މައުލޫމާތެއްގައި ބުނެފައިވަނީ ރޯދަމަހު ފުރަތަމަ 15 ގައި 7 މީހަކު ދުވާލު ގަޑީގައި ކައިގެން ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި މިއީ މިދިޔަ އަހަރުގެ މިމުއްދަތާ އަޅާ ބަލާއިރު މަދު ނިސްބަތެއްކަމަށް ފުލުހުން ހާމަ ކުރެއެވެ. އެގޮތުން ފާއިތުވި އަހަރު 15 މައްސަލައެއްގައި 18 މީހަކު ހައްޔަރުކޮށްފައިވާއިރު މިއަހަރުގެ މި މުއްދަތުގައި 7 މައްސަލައެއްގައި 7 މީހަކު ހައްޔަރުކޮށްފައިވެއެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މިއަހަރުގެ މިހާތަނަށް ހުށަހެޅުނު މައްސަލަތަކުގެ ޖުލްމަ އަދަދުވެސްވަނީ މިދިޔަ އަހަރާއި އަޅާ ބަލާއިރު ދައްވެފައެވެ. މިގޮތުން 1438 ވަނަ އަހަރުގެ ރަމަޟާންމަހުގެ ފުރަތަމަ 15 ދުވަހު ފުލުހުންނަށް 596 މައްސަލައެއް ހުށަހެޅިފައިވާއިރު، މިއަހަރުގެ ރަމަޟާންމަހުގެ ފުރަތަމަ 15 ދުވަހު ހުށަހެޅިފައިވަނީ 556 މައްސަލަކަމަށް ފުލުހުން ހާމަކުރެއެވެ.

ރަމަޟާން މަހު އެންމެ ގިނަ އަދަދަކަށް ހުޅަހެޅިފައިވަނީ ވައްކަމުގެ މައްސަލައެވެ. މިގޮތުން ވައްކަމުގެ 127 މައްސަލަ މިމަހު ފުރަތަމަ 15 ގައިވަނީ ހުށަހަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. Anonymous

    ރޯދަމަސް ނިމުނުހާ އަވަހަކައް ދޫކޮއްޅާ

  2. ލޮޖިކު

    ރޯދަމަހު ކައިފިއްޔާ އެބަ ހައްޔަރު ކުރޭ!!! ކީއްވެބާ ނަމާދު ނުކުރާތީ ހައްޔަރު ނުކުރަނީ؟؟؟؟ އެވެސް ފަރުޟެއް މިވެސް ފަރުޟެއް.

    • ނަންްްް

      ހުންނަ ޖާހިލު ކަމުން. ޖައްބާރު ކަމުން . އެނޫން ކޮންކަމެއް. ރޯދަ އަކީ އެމީހެއްގެ ކަމެއް. ފުލުހުންނަށް ކޮށްދޭން ޖެހޭނެ ކަމެއް ނޫން.

    • ސުބު

      ރަނގަޅު ވާހަކައެއް ލޮޖިކު

  3. އިސްލާޙް

    ތި އެބއޮތް މިރަށުގަ ބައިވަރު.....ތިއީ އެންެމެނަށް އެނގޭކަމެއް...

  4. ހުސޭނުބޭ

    އަޅެ! އެއްބަޔަކު ބައިއަތު ހިފާފި ރޯދަ ހިފާނީ ވެރިކަން ވައްޓާލާފަޔޭ! އަނެއްކާ އެ ބަހުގައި ހިފެހެއްޓި ބައެއްތޯ ބަލާބަލަ!

  5. ރޯދަމީހާ

    ރޯދައަށް ނުހުންނަ މީހުން މަދުވަމުން ދަނީ ޖާހިލިއްޔަތުގެ އަހުލުވެރީންގެ ބާރު ގަދަވެ ޖިހާދީން ގިނަވަމުން ދާތީ.

  6. އޭއާރް

    ނޫނޭ ދިވެހިން ރޯދަ މަހު ނުކާނެ.އިޔާޒް ގޯސް ވާނީ. މިހާރު ވެސް ރިސޯޓް ތަކަށް އަރާލަބަލަ.އޭރުން ކުޅި ސަމާ ފެން ނާނެ. ވަރަށް ސަލާން

  7. ކުޅުދުއްފުށި

    އޭ ދީނާ ނުބެހޭ އިނގޭ... ދީނުގަ އޮވޭތަ ބުނެފަ ރޯދަ ނުހިފާ މީހުން ހައްޔަރު ކުރާށޭ... ދީނުގައި އަންގަވާފައިވަނީ ގަސްދުގައި ރޯދަ ދޯކޮށްލާ މީހުންނަށް ގަދަފަދަ ޢަޒާބު ދެއްވާނެކަން... އެމީހަކު ކުރި ކަމެއް އެމީހަކަށް..

  8. ކިޔާ

    އިސްލާމްދީން ޚިޔާރު ކުރުމުގަ އެއްވެސް މަޖުބޫރުކުރުވުމެއްނުވޭ..އެހެންނަމަވެސް މިދީނަށް ވަނުމަށްފަހު މިދީނުގެ ތަރަހައިގެތެރޭގަ ތިމާގެ އަމަލުތައް ބެހެއްޓުން އެމީހެއްގެ މައްޗަށް ވާޖިބުވޭ.އަމިއްލަޔަށް މިދީން އިޚްތިޔާރުކޮށްފަ ފަރުޟު އަޅުކަންތައް އަދާކުރަންވީމަ ދެންތިކިޔަނީ މަޖުބޫރުކުރުވަނީއޭ..އަޅެފަހެ ތިމާއަށް ދެއްކޭ ނުދެއްކޭ ވާހަކައެއް އެބަ އެނގޭބާ؟؟؟