ސިވިލް ސާވިސް ވަޒީފާ އަށް ނަގާނެ އެންމެ ދޮށީ އުމުރަކީ 60 އަށް ބަދަލުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެެ މެންބަރު އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ޗީފް ވިޕް ރޮޒެއިނާ އާދަމް އިސްލާހު ހުށަހަޅުއްވައިފިއެެވެެ.

އިސްލާހުގައި ވަނީ ވަޒީފާ އަށް ނެގޭނެ އެންމެ މަތީ އުމުރަކީ 60 އަހަރު ކަމަށް ބަދަލު ކުރުމަށް ހުށަހެޅި އިރު، މިހާރު ވަޒީފާ އަށް ނެގޭނެ އެންމެ ދޮށީ އުމުރެއްގެ ގޮތުގައި އޮތީ 55 އަހަރެވެ. މިހާރު އަމަލުކުރަމުން އަންނަ ގޮތުގައި 65 އަހަރު ފުރެންދެން ސިވިލް ސާވިސް ވަޒީފާ އަދާކުރުމުގެ ހައްގު ކޮންމެ ދިވެއްސަކަށްވެސް ލިބިގެން ވެއެވެ.

އެ އިސްލާހުގައި ވަނީ ވަޒީފާތައް ދިނުމުގައި ގާބިލް ކަމަށް އިސްކަން ދިނުން ލާޒިމް ކުރާ ސިވިލް ސާވިސް ގާނޫނުގެ ފަސް ވަނަ މާއްދާގެ (ބ) އުނިކުރަން ހިމަނައިފައެެވެ. މި އިސްލާހު ގެނައުމަށް ހުށަހަޅާފައި ވަނީ އެެ ގާނޫނުގެ 38 ވަނަ މާއްދާގައި ވަޒީފާ ދިިނުމުގެ އަސާސީ މިންގަނޑު ކަނޑައަޅާފައިވުމާއި ފަސް ވަނަ މާއްދާގެ (ބ)އާ ތާއާރަޟުވާތީއެވެ.

ގާނޫނުގެ ފަސް ވަނަ މާއްދާގެ (ބ):

ދިވެހި ސިވިލް ސާވިސްގައި މަސައްކަތްކުރުމަށް ވަޒީފާ ދޭންވާނީ ތިރީގައިވާ ގޮތުގެ މަތިން އެމީހުންގެ ގާބިލުކަމާއި، ތަޖުރިބާއަށް ބެލުމަށްފަހުގަ އެވެ.

(1) ވަޒީފާތަކަށް މީހުން އައްޔަން ކުރުމުގައި އިސްކަންދޭން ވާނީ އިލްމީ ގޮތުން އެންމެ ރަނގަޅު ނަތީޖާ ލިބިފައިވާ ފަރާތްތަކަށެވެ.

(2) ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އިލްމީ ފެންވަރު އެއްވަރުވެއްޖެ ހާލަތެއްގައި އިސްކަން ދޭން ވާނީ އެ ދާއިރާއެއްގެ މަސައްކަތުގެ ފެންވަރާއި ތަޖުރިބާގެ މައްޗަށް ބަލާ އެންމެ ރަނގަޅު ފަރާތަށެވެ.

މީގެެ އިތުރުން ދެން ރޮޒައިނާ ހުށަހެޅުއްވި އިސްލާހުގައި ވަނީ ސިވިލް ސާވިސް ކޮމިޝަނުގެެ މެެންބަރުން އައްޔަން ކުރުމުގައި ދެ ގޮނޑި އަންހެނުންނަށް ހާއްސަކުރުމަށެވެ. މި އިސްލާހު ފާސްވި ނަމަވެސް މިހާރު ސިވިލް ސާވިސް ކޮމިޝަނުގައި ތިބި މެެންބަރުން ތިބޭނެ ކަމަށާއި، މި އިސްލާހަށް އަމަލުކުރަން ފަށާނީ ދެން އެ ކޮމިޝަނަށް މީހުން އައްޔަންކުރާއިރު ކަމަށް އިސްލާހުގައި ވެއެވެ.

އަދި އެ އިސްލާހުގައި ވަނީ ސިވިލް ސާވިސް ކޮމިޝަނަށް މެންބަރުން އައްޔަން ކުރަން ނަން ހުށަހަޅާ ގޮތަށް ވެސް ބަދަލު ގެެނައުމަށް ނިންމައިފައެވެ. މިހާރު އަމަލުކުރަމުން އަންނަ ގޮތުން ނަމަ އެ ކޮމިޝަނަށް މީހުން އައްޔަންކުރުމަށް އިއުލާން ކުރާނީ ރައްޔިތުންގެެ މަޖިލިހުންނެވެ. މަޖިލިހުގެ ތަޅުމުން ރައީސުލްޖުމްހޫރިއްޔާ އަށް ފޮނުވާނެ ނަންތަކެއް ކަނޑައެޅުމުން، ކޮމިޝަނަށް މެމްބަރުން ކަނޑައަޅާނީ ރައީސުލްޖުމްހޫރިއްޔާއެވެ.

އިސްލާހުގައި މިހާރު އޮތް ގޮތުން ކޮމިޝަނަށް އައްޔަން ކުރާ ނަންތަކަށް ރުހުން ހޯދުމަށް މަޖިލިހަށް ހުށަހަޅާނީ ރައީސުލްޖުމްހޫރިއްޔާއެވެ. އެގޮތުން ކޮމިޝަނަށް އައްޔަން ކުރަން ބޭނުންވާ މިންވަރުގެ ތެރެއިން ތިން ނަމަށް ވުރެ އިތުރު ނުވާނެ ހެން ރައީސުލްޖުމްހޫރިއްޔާ މަޖިލިހަށް ނަން ހުށަހަޅަން ޖެހޭނެއެވެ. އަދި ކޮމިޝަނަށް މެމްބަރަކު އައްޔަން ކުރުމާ މެދުގައި ގޮތެއް ނިންމަން ވާނީ މަޖިލިހުގެ ތަޅުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ރަދީފް

    އެމްޑީޕީ ރީނދޫ ކަލްޓް މީހަކަށް ނޫން މީހަކަށް ވަޒީފާއަކަށް ކުރިމަތި ނުލެވޭނެ.މިހެން ލިޔެބަލަ ބީތާ.

    13
    1
  2. ކޮރަލް

    ސިވިލް ސާވިިސް ވަޒީީފާތައް ދިނުމުގައި ގާބިލް މީހުންނަށް އިސްކަން ދޭން ނުޖެެހޭ ގޮތަށް ސިވިލް ސާވިސްގެ ވަޒީފާ އާއި ބެެހޭ ގާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ. މަޖްލީހުގަ ވެސް ޝާރުތެއް ނެތެވެ.

    10
  3. ގަންޖާ

    35 އަހަރު ވީމަ ވަޒީފާ ނުލިބެނީ ކީ އްވެ ، ރޮޒަ އިނާ މިކަން ހަ އްލުކޮ އްލަބަލަ ޕްލީސް،

  4. އެދުރުބޭ

    ކުނިކަހަންވެސް ޤާބިލްވަނީ ޓީޗިން ޑިގްރީހެދީމާ! މީގެ ދެކޮޅުވެސް އެބައޮތް!

  5. އެދުރުބޭ

    ވަރަށް ދެކޮޅު ނުޖެހޭ އިސްލާޙްތަކެއް!

    7
    2
  6. ކައްޕަޅި މަޖިލިސް

    ތިޔަގޮތްވެސް ކަމަކުނުދޭ.. ހުރިހާއެންމެނަށް ވަޒީފާ ދެވެންވާނެ ރައްޔިތުން މަޖިލީހު މެންބަރުންގެ ޝަރުތު ފުރިހަމަވާ ކޮންމެ މީހަކަށް ސިވިލްސާރވިސްގެ ކޮންމެ ފެންވަރެއްގެ ވަޒީފާއެއްވެސް ދެވޭގޮތަށް ތި އޮންނަންވާނީ.. މި ފނެންނަނީ މިބައި މީހުން ހޮވި މީހުންގެ ފެންވަރު

    10
    2
  7. ޚ

    ކިޔެވުމުގެ ބޭނުން ކެނޑުނީ.....ކޮސްމަ ކޮސް...
    ޒުވާނުން ގެ ވޯޓް މިފަހަރު އެމްޑީ ޕީ އަށް ނުދޭނެ

    8
    2
  8. ގޮވެލި

    މިކަހަލަ ބޯބުރާންތިވެފަ ތިބިމިހުނަށް އަށްޑޫގެ މެންބަރުކްން ލިބެނީ އަށްޑު މިހުންނަކީ ކިޔަވާގެންތިބި ބަޔަކަސް ބޮލުރޮދި ކެޑިފތިބި މޮޔާންއެންމެ ގިނަ އަތޮޅު މަޖިލީހުގަ ތިބޭނީ ގައުމަށްގައްދާރު ޕާޓީގެ މެންބަރުން މީ އޭގެ ބޮލުރޮދި އެޅިފަ ހުރި ބުރާންޗެއް ބާރަށް އަތްޖަހާ އަށްޑޫ މީހުން

    12
  9. ސިވިލް ސާވިސް ކަމިޝަން

    މިހާރު މަޖީލީހަށް ހުށަހެޅިފައިވާ އިޞްލާހަށް މިކޮމިޝަނުގެ ހުރިހާ މެމްބަރުން ދެކޮޅުހަދަމެވެ. އެއީ ކިޔަވައިގެން ތިބި އެތަށް ޒުވާނުންނަކަށް ހުރި ފުރުޞަތުތަކެއް ހަނިވަމުންދާނެތީއެވެ. މަޖީލީހުން ގާނޫނާއި ޤަވާއިދު އިޞްލާހުކުރަން އުޅުމުގެ ބަދަލުގައި އިސްލާމް ދީނުގެ ހުކުމްތަށް މިރާއްޖޭގައިވެސް ތަންފީޒު ކުރެވޭ ގޮތަށް ގާނޫނު އިޞްލާހުކުރަން އުޅުއްވުމަށް ނަޞޭހަތްތެރިވަމެވެ.

  10. މަނީހު

    މިއީ މުޅިޖީލައްވެސް އަދި ކުރިއެރުމަށް ވެސް އޮތް ބޮޑު ހުރަހެއް.... ކިޔަވައިގެން ތިބި މީހުންނައް ޖަހާ ހައްޕުންޑެއް...

    2
    1
  11. ފަލަކް

    1 ދައުރަށްވުރެ ގިނައިން ރައްޔިތުންގެ މަޖުލިސްގެ މެމްބަރުކަން އެކަކަށް ނުކުރެވޭގޮތަށް އިސްލާޙު ހުށައަޅަންވީ،
    ކިހާބޮޑު ބލއެއް ، މި މަޖުލިސް މެމްބަރުންގެ ވިސްނުން މިހުރީ ރައްޔިތަކަށް އެއްޗެއް ލިބުނަނުދީ ހުރަސް އެޅުން،
    މިވެރިން 1 ދައުރު މެމްބަރުކަން ކޮށްފަ ފޭބީމަވެސް ފަންސާސްހާސް ރުފިޔާލިބޭގޮތަށް އަމިއްލައަށް ފާސްކޮށްލައިގެން މުސާރަޢަމިއްލައަށް ކަނޑައަޅައިގެން،
    ދައުލަތުގެ ބައިތުލްމާލު ކާލާކާލާ މި ތިބެނީ، މީ މިހާރު ރައްޔިތުން ވިސްނާ މިހާރުން މިހާރަށް ހުއްޓުވަންޖެހޭ ކަމެއް،
    ސިވިލްސަރވިސް މީހުން 40 އަހަރު ޚިދުމަތްކޮށްފަ ވަކިވިޔަސް އެކައްޗެއްވެސް ނުލިބޭ، ކޮބާ އިންސާފަކީ،

  12. އަމީރާ

    ތީނަ ފެނުނު އިރަށް މުޅި ރަށުން ކަރަންޓު ކަނޑައިގެން ހިނގައްޖެ! ބޮޑު ވަބާއެއްކަހަލަ މީހުން ހޮވަން ރައްޔިތުން ނަށް ހަމަ ނުވިސްނެނީބާ؟؟؟؟

  13. ޣޯސް

    ރޮޒޭނާ ކަލެއާ ހެދި ކިހާބޮޑު ބލއެއް. ބަލަ 60 އަހަރުވާއިރު ތަޖްރިބާހުންނާނެ. އެމީހަކު ސިއްހަތު ތަންދޭނަމަ ވަޒީފާ އަދާކުރެވެންވާނެ. ބަލަ ކަލޭމެން އެއްދައުރު އަދާކޮށްލީމާ ތިޔަ ލިބޭ ބޮޑު ޕެންޝަން ނުލިބޭގޮތް ހަދާބަލަ. ތިޔަ އިސްލާހު ގާނޫނު އަސާސީއާ ހިލާފު އެމީހަކު ސިއްހީގޮތުން ކުޅަދާނަކަން ލިބިފައިވާނަމަ ވަޒީފާ އަދާކުރުމުގެ ހައްގުން ނިއުޅައިގަނެވިގެންނުވާނެ. ކަލޭގެ މައިންބަފައިންގެ ތަރިކައެއްނޫން ދައުލަތަކީ

  14. ިމުހައްމަދު

    ދުނިޔޭގެ އެއްވެސް ގައުމެއްގައި ހަމައެކަނި ތައުލީމީ ފެންވަރަށް އިސްކަންދީގެން ވަޒީފާއެއް ނުދޭ. ތަޢުލީމާއި ތަމްރީނާއި ތަޖުރިބާއާއި ހުނަރު ހުނަރަށް ބަލައިގެން ވަޒީފާ ދެނީ. މިހާތަނަށް ތިޔަ ގާނޫނުގައި ތިހެން ލިޔެފައި އޮތުމުގެ ސަބަބުން ވަރަށް ނާގާބިލު މީހުން ވަޒީފާތަކަށް ވަނީ ވަދެފައި. ގާބިލު އެތައް ބަޔަކު ވަނީ މާޔޫސްވެފައި. މިހާރު ސެޓުފިކެޓް ހޯދާގޮތަކީ އެންމެން ދަންނަ ބޮޑު ސިއްރެއްގެ ގޮތުގައި އޮންނަ ކަމެއް.