ހދ. ކުޅުދުއްފުށީގައި ދެމަފިރިއެއްގެ ދެމެދުގައި ހިނގި ޒުވާބެއްގެ ތެރެއިން ފިރިހެން މީހާގެ ގަޔަށް އަންހެން މީހާ ތޫނު އެއްޗަކުން ހަމަލާ ދީފިއެވެ.

މިކަން ހިނގާފައި ވަނީ އިއްޔެ އެވެ.

މި ހާދިސާގައި ފިރިހެން މީހާއަށް ލިބިފައިވަނީ ކޮން ކަހަލަ ޒަހަމްތަކެއްކަން ސާފެއް ނޫނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެ ސިޓީގައި ދެމެފިރިއެއްގެ ދެމެދުގައި ހިނގި ޒުވާބެއްގެ ތެރެއިން ފިރިހެން މީހާއަށް ތޫނު އެއްޗަކުން އަނިޔާވެފައިވާ މައްސަލައެއް އިއްޔެ މެންދުރު 14:00 ގައި ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އަދި މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އެއެންއެސް

    ތިޔޮތީ ޖިންސީ ހަމަހމަވެފަ ދެން ޕަކާސް......

  2. އެއެންއެސް

    ތިޔޮތީ ދެންސް ޖިންސު ހަމަހމަވެފަ ދެން ޕަކާސް

  3. ހުސޭނުބޭ

    ފިރިހެނުންނަށްވުރެ ބޮޑަށް އަންހެނުން ކުރިއަރާފައިވާކަމުގެ ދަލީލެއް!

  4. ޒަޔާން

    ކަލޭމެން މީހުނާ އިންނާނެ ކަމެއް ނެތް! ބޯ ހަލާކު

  5. ޖޯން

    މީ ފިރިހެނަކު ކުރިކަމެއނަމަ ހުންނާނެފޯރި.