ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި މެގްނެޓިކް ރެސޮނެންސް އިމޭޖިން (އެމްއާރުއައި)ގެ ހިދުމަތް ދޭން ފަށައިފިއެވެ.

މިއީ އަތޮޅުތެރޭގައި މި ހިދުމަތް ފެށި ދެވަނަ ހޮސްޕިޓަލެވެ. މި ހިދުމަތް ދެން އަތޮޅު ތެރެއިން ލިބެނީ އައްޑޫ ސިޓީގައި ހުންނަ އިކުއަޓޯރިއަލް ހޮސްޕިޓަލްގައެވެ.

އެމްއާރްއައި ހިދުމަތް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ފައްޓަވާދެއްވީ ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު އާދިލެވެ.

އެ ހޮސްޕިޓަލަށް އެމްއާރުއައި މެޝިނެއް ގެނެސްފައިވަނީ މިދިޔަ އަހަރުގެ މާރޗުމަހުގެ ތެރޭގައެވެ. އެއޭގެ އަހަރެއްހާ ދުވަސްފަހުން އެ ހޮސްޕިޓަލްގައި މި ހިދުމަތް ދޭން ފެށިއިރު، އެ ކަމަށް ސަރުކާރުން 23 މިލިއަނެއްހާ ރުފިޔާ ހަރަދުކޮށްފައި ވެއެވެ.

ސަރުކާރުން މިހާރު މަސައްކަތް ކުރަމުންދަނީ، ރަށްރަަށުގެ ހޮސްޕިޓަލްތައް ރަނގަޅު ފެންވަރަކަށް ތަރައްގީ ކުރުމަށެވެ. އެގޮތުން މާލެ ނައިސް އަތޮޅު ތެރޭގައި ބޮޑެތި ރަށްތަކުގައި ހިިންގާ ހޮސްޕިޓަލްތަކުގެ ފެންވަރު ރަނގަޅުކޮށް، ހިދުމަތް ދެވޭނެ ގޮތްތައް ދަނީ ހަމަޖައްސަމުންނެވެ.

ހާއްސަގޮތެއްގައި މާލެ ސަރަހައްދުގައި ކޮވިޑް-19 ފެތުރެމުންދާ މި ދުވަސްވަރުގައި މާލެ ނައިސް ރައްޔިތުންނަށް ރަށުގައި ތިބެގެން ނުވަތަ ކައިރި ރަށަކަށް ގޮސް އެ ހިދުމަތް ލިބޭނެ ގޮތްވުމަކީ ސަރުކާރުގެ އަމާޒެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އިބްރާހީމް

    މިޚިދުމަތް ކިތައްފަހަރުތޯ ކުޅުދުއްފުށީގައި ތިޔަފެއްޓެވީ!

    5
    1
  2. ހެލާ

    ކީއްކުރާނީ މާހެލުނތެރި މީހުން އުޅޭތީ ކޮންމެ އިނތިހާބަކަށް ބޮލަށްފިތާލަފަ ވޯޓުކޮޅު ދަމަގަންނަނީ މިރާއްޖެގަ އެންމެ ތަންދޮރު ދަންނަ މީހުން އެންމެ ގިނަވާނީ ކުޅުފުއްފުށި އަށްޑޫ އެކަމކު އެމްނެމެ ފަސޭހައިން މޮޔަހަށްދާލެވެނީވެސް މި ދެބާމީހުނ ހެކި ފަނާކުރަނިވި ދީނަށް ފުރައްސަރަ ކުރާ ބައިގަޑަށް ވޯޓުދި ފަނަކުރަން އެހީތެރިކަން ފޯރުކޮސްދޭ އެންމެ ވަރުގަދަ 2ސިޓީ މަޖިލިސްވެދްއެއްކޮށް މިފަހަރު ނޭގެ ހަދާނެ އެއް މުއުމިނެއްގަޔށް ކަށިނުޖެހޭނެ 2ފަހަރަކު

  3. ފީތާ

    އެހެންމީހުންގެ މަސައްކަތުން ޤާއިމްކުރީމަ އެއްވެސް ޝުކުރެއް އަދާނުކުރައްވާ ފީތާކަނޑާލެއްވުނީމަ ހީކުރީދޯ ރައްޔިތުންނަށް އޮޅުވާލެވޭނެކަމަށް ބަލަ މޮޔަފުޅު ވީތޯ