ސަރުކާރު އިދިކޮޅު ކޯލިޝަނުން ހުޅުމާލޭގައި މިރޭ މުޒާހަރާ ކޮށްފިއެވެ.
ހުޅުމާލޭގެ މަގުތަކުގައި އިދިކޮޅުން ބޭއްވި މި މުޒާހަރާގައި ބައިވެރިން ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިނިވަން ކުރުމަށް ގޮވާލާފައެވެ. އަދި އިންޑިއާއަށް ރާއްޖެ ވިއްކާނުލުމަށްވެސް ވަނީ ގޮވާލާފައެވެ.
މި މުޒާހަރާގެ ތެރެއިން ފުލުހުން ވަނީ ބައެއް ފަރާތްތަކުން ހައްޔަރު ކޮށްފައި ކަމަށްވެސް މައުލޫމާތު ލިބެއެވެ.
އިދިކޮޅުން މާލޭގައި ފަހަކަށް އައިސް ކުރިއަށް ގެންދާ މުޒާހަރާތައް ހުއްޓުވުމަށް ފުލުހުންވެސް މަސައްކަތް ކުރަމުން އަންނަ މަންޒަރު ފެނެއެވެ. އެގޮތުން މުޒާހަރާ ރޫޅާލަން ބައިވެރިން ހައްޔަރުކޮށް ޖޫރިމަނާވެސް ވަނީ ކޮށްފައެވެ.
ފުލުހުން ވިދާޅުވެފައިވަނީ، ކޮވިޑް-19 މާލޭގައި ހަލުވި ކަމާއި އެކީ ފެތުރެމުން އަންނަ މި ދަނޑިވަޅުގައި އެފަދަ އެއްވުންތައް ބޭއްވުމަށް ފުރުސަތު ނުދޭނެ ކަމަށާއި އެފަދަ ކަންތައް ކުރާ ފަރާތްތަކާއި މެދު ގާނޫނީ ގޮތުން ފިޔަވަޅު އަޅާނެ ކަމަށެވެ.
މާލެ ސަރަހައްދުގައި ކޮވިޑް-19 ގެ ބަލިމަޑުކަން ފެތުރެމުން އަންނާތީ މާލޭގައި ފަސް މީހުންނަށް ވުރެ ގިނަ މީހުން އެއް ނުވާން މީގެ ކުރިން އެޗްޕީއޭއިން އޮތީ އަންގައިފައެވެ.
ރާއްޖެ އިން މިހާތަނަށް ކޮވިޑް-19 އަށް 21،000 އަށް ވުރެ ގިނަ މީހުން ފައްސިވެ 64 މީހުން ވަނީ ނިޔާވެފައެވެ.
ކޮވިޑް ކޮންޓްރޯލް ކުރުމަށް މާލެ ސަރަހައްދުގައި ވަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅައިފައެވެ.
ވަރަށް އަޕްޑޭޓް ނޫހެއްތިޔައީ!
ވަގުތު އިމޭޖްސް: އަބްދުﷲ އަބީދ (އަދީބު) މިހެން ޖަހާލަބަ ޕްލީޒް!!
ޑިފެންސް މިނިސްޓަރު މާރިޔާ އިސްތިއުފާ މާރިޔާ އިސްތިއުފާ މާރިޔާ އިސްތިއުފާ މާރިޔާ އިސްތިއުފާ މާރިޔާ އިސްތިއުފާ މާރިޔާ އިސްތިއުފާ މާރިޔާ އިސްތިއުފާ މާރިޔާ އިސްތިއުފާ މާރިޔާ އިސްތިއުފާ މާރިޔާ އިސްތިއުފާ މާރިޔާ އިސްތިއުފާ މާރިޔާ އިސްތިއުފާ މާރިޔާ އިސްތިއުފާ މާރިޔާ އިސްތިއުފާ މާރިޔާ އިސްތިއުފާ މާރިޔާ އިސްތިއުފާ މާރިޔާ އިސްތިއުފާ މާރިޔާ އިސްތިއުފާ މާރިޔާ އިސްތިއުފާ މާރިޔާ އިސްތިއުފާ މާރިޔާ އިސްތިއުފާ މާރިޔާ އިސްތިއުފާ މާރިޔާ އިސްތިއުފާ މާރިޔާ އިސްތިއުފާ މާރިޔާ އިސްތިއުފާ މާރިޔާ އިސްތިއުފާ މާރިޔާ އިސްތިއުފާ މާރިޔާ އިސްތިއުފާ މާރިޔާ އިސްތިއުފާ މާރިޔާ އިސްތިއުފާ މާރިޔާ އިސްތިއުފާ މާރިޔާ އިސްތިއުފާ މާރިޔާ އިސްތިއުފާ މާރިޔާ އިސްތިއުފާ މާރިޔާ އިސްތިއުފާ