ރާއްޖެއަކީ ބޮޑު އަސްކަރިއްޔާއެއް އޮތް ގައުމެއް ނޫން ކަމަށާއި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ބޭރުގެ އަސްކަރިއްޔާތަކުގެ އެހީ ބޭނުންވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ ޝަރީފް) މިއަދު ވިދާޅުވެއްޖެއެވެ.

އުތުރު ތިލަފަޅުގައި ކޯސްޓްގާޑްގެ ބަނދަރަކާއި ޑޮކްޔާޑެއް ގާއިމް ކުރުމަށް އިންޑިއާއާއެކު ވެފައިވާ އެއްބަސްވުމާ ގުޅޭ ގޮތުން ދޮގު ވާހަކަތައް ފަތުރަމުންދާ މީހުންނަށް ފިޔަވަޅު އަޅަން ގޮވާލައި އަަލިފުށި ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ރަޝީދު (ބިގޭ) ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސްގައި ޝަރީފް ވިދާޅުވީ އެ ގައުމެއްގެ މިނިވަންކަން ދެމެހެއްޓުމަށް އެކުވެރި ގައުމުތަކުގެ މެދުގައި އެއްބާރުލުން ދިނުމުގެ އެއްބަސްވުން ހެދުމަކީ މިހާރު ވަރަށް އާންމު ކަމެއް ކަމަށެވެ.

"އަޅުގަނޑުމެނަށް ވުރެ މާ މުއްސަނދި ބައެއް އެކުލެވޭ ތަނެއް ވެސްޓާން ޔޫރަޕަކީ، އަޅުގަނޑު މި އިޝާރާތް ކުރަނީ ނޭޓޯގެ ވާހަކަ. އެކަމަކު އެމެރިކާއާއެކު އެއްބާރުލުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވޭ. އެތަންތަނުގެ މިނިވަންކަމާއި އިސްތިގްލާލަށް ގެއްލުންވާ ކަމެއް މެދުވެރި ވެފައެއް ނުވޭ،" މަވޯޓާ ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ގައުމުގެ ނިސްބަތަށް އަޅާ ބަލާއިރު ރާއްޖޭގެ އިގްތިސާދުގެ ތެރެއަށް ވަންނަ އާމްދަނީ ކިތަންމެ ބޮޑުވި ނަމަވެސް މުޅި އިގްތިސާދުގައި ވަރުގަދަ ބޮޑު އަސްކަރިއްޔާއެއް ހިންގުމުގެ ބާރެއް ނެތް ކަމަށެވެ. އެހެންކަމުން ރާއްޖޭގެ މިނިވަންކަން ދެމެހެއްޓުމާއި ކުށުގެ ވެށިން ގައުމު ސަލާމަތް ކުރުމާއި ޓެރަރިޒަމް އިން ރައްކާތެރިވުމަށް ބޭރުގެ ސިފައިން ރާއްޖޭގައި ބޭތިއްބުމަކީ މައްސަލައެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

"އިންޑިއާ ކަނޑުގެ ސިޔާދަތާއި ރައްކާތެރި ކަމާއި އަދި ސެކިއުރިޓީ ބެލެހެއްޓުމަށް ޓަކައި އެހެން ގައުމުތަކުގެ ސެކިއުރިޓީ ބެލެހެއްޓުމަކީ ކޮންމެހެންވެސް ކުރަން ޖެހޭ ކަމެއް. އެކަންކޮށްގެން ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓޭނީ،" ޝަރީފް ވިދާޅުވިއެވެ.

އުތުރު ތިލަފަޅުގެ އެއްބަސްވުން ކަމަށް ބުނެ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އިއްޔެ ވަނީ ލިޔެކިޔުންތަކެއް މީސް މީޑިއާގައި ޕޯސްޓް ކުރައްވައިފައެވެ. އެއީ ސައްހަ ލިޔެކިޔުންތަކެއް ނޫން ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވަނީ އިއްޔެ ވިދާޅުވެފައެވެ. އަދި ގައުމުގެ ސިޔާދަތަށް އަސަރު ކުރާނެ އެއްވެސް ކަމެއް މި ސަރުކާރުން ނުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

57 ކޮމެންޓް

  1. ؟

    ޢެއްބަސްވުން ހެދުމަކީ ގަވްމު ވިއްކާލުން؟

    66
    • ބޭބެ

      މިމީހުން އެންމެން މިވަނީ އިންޑިޔާ އެންބަސީ މެދުވއރިކޮށް ފައިސާ ދީގެން ގަނެފަ!! މިއީ ވަރަށް ދެރަކަމެއް!! މީނާގެ ވިޔަފާރިތައް ކުރިއަރުވަން މިލިއަނުން ފައިސާގެ ރިޝްވަތުގައި ހިފާފައިވާކަން މިއެނގިގެންދަނީ!! އިންޑިޔާގެ އެޖެންޓުންތައް މިރާއްޖޭގައި ފުޅާދާއިރާއެއްގައި މިހާރު ދަނީ ޙަރަކާތްތެރިވަމުން!! އެމީހުން ގެންދަނީ މިމީހުންތައް ދަސްކޮށް ފައިސާދީގެން އިންޑިޔާއިން މިރާއްޖޭގައި ބޭނުންވާ މަގުސަދުތައް ޙާސިލްކުރުމަށްޓަކައި އެންބަސީންނާއި މިރާއްޖޭގައި ތިބި އިންޑިޔާގެ ކުންފުނިތައް މެދުވއރިކޮށް ބޮޑެތި އަދަދުން ފައިސާދީގެން މެމްބަރުންނާ ނުފޫޒުގަދަ މީހުން ގަންނަމުން!! އަދި މިރާއްޖޭގެ ޕްރިންޓް މީޑިޔާތައްވެސް ފައިސާދީގެން ކޮންޓްރޯލް ކުރަމުން!! އޭގެތެރޭ މިހާރު ނޫސް ހިމެނޭ!! މިއީ ސީދާ އިންޑިޔާ ސަރުކާރުން މިގައުމުގެ މުއްސަނދިކަމާ މިގައުމުގެ އަމިއްލަވަންތަކަން ދަމައިގަތުމުގެ ބޭނުމުގައި ރޭވިގެން ޕްލޭންކުރެވިގެން ކުރަމުންގެންދާކަމެއް!! މިނާގާބިލް ސަރުކާރުގައި ހިމެނޭ ޚާއިނުން ހިމެނޭގޮތުން އިންޑިޔާއާ ގުޅިގެން ބޮޑު އަދަދުން ފައިސާވެސް ހޯދައިގެން ކުރަމުންދާ އެހާމެ ނުރައްކާތެރިކަމެއް!! ރައްޔިތުންގެ މަޖްލީހުގެ މެމްބަރުންގެ އަމަލުތަކާ ވާހަކަތައް މިހުންނަގޮތުން ބައެެއްފަހަރު ހިތައްއަރާ މިމީސް މީހުންނަކީ މިގައުމުގެ ދަރިއެެއްގެ ބަނޑުން ވިހާފައިވާ މީހެއްބާވައޭ!! ވަރަށް ދެރަކަމެއް!! ރައްޔިތުންނަށް އަދިވެސް މިކަންކަމުން އަރައިގަނެވޭނެ! އެކަމަކު އެކަން ކުރެވޭނީ އެމްޑީޕީއަށް އެމީހުންނަށް ނިސްބަތްވާ މެމްބަރުންނަށް އަދި މިސަރުކާރަށް ނޫނެކޭ ބުނެގެން!!

      34
    • ބަކަރި

      މި ގައުމުގެ ވެރިޔަކަށް ވެސް އިންޑިޔާ މީހެއް ލާން ވީނުން..

      12
      1
  2. ޖުހާ

    ތި މަޖިލީހައްވެސް ފެނޭ ބޭރުގެ މެންބަރުން ހޮވަން

    76
    1
  3. ޙ

    މަވޯޓާ އިންޑިޔާ މީހަކާ އިނދެގެން އުޅުމަކީ މަވޯޓާގެ ޒާތީކަމެއް، އަހަރުންނާ ބެހޭކަމެއްނޫން، އެކަމު މަވޯޓާގެ އަންހެނުން ރުއްސަން އޭނަގެ ޢާއިލާއާއި އޭނަގެ ގައުމުގެ ޒާތީ މަސްލަހަތު އަހަރުންނާ ބައްސަން ވިސްނުމަކީ ގޯހެއް...

    100
  4. ކޮވިޑް

    ތިކަން އެބަ އެންގޭ އިރާގް، ސީރިޔާ، އަފްޣާނިސްތާން، ލީބިޔާ ، ފަލަސްތީން ، ކަޝްމީރު އިން ޝަރީފް ތިހެންކިޔާ ޗިޕް ޖަހާ އައްޑޫ މީހުންގެ ބޮލަށް. އެވެސް އިންތިހާބު ކަިރިވީމަ،

    88
  5. ފުވައްމުލަކު ޒުވާންޖީލު

    ޝަރިއްޓެބުނަންތަވާހަކައެއް.. ތި ފަދަކަމެއް ތި ފަދަގޮތަކަށްކުރަންބޭނުންވާކަމަށްވަނީނަމަ ކުރަންޖެހޭނީ ވައްކަންކުރާއުސޫލަކުންނޫން! ތިކަމަކީހާދަބޮޑުކަމެކޭ.. ސީރިއަސްކަމެކޭ!

    70
  6. ފިދަނަ

    މޮޔަ ފުޅުވީތޯ މިއޮންހާދުވަހު ގައުމު ހިމާޔަތް ކުރީ ބޭރު ސި ފަން ގައުމުގެ ހުންގާނު ތިބެގެން ތޯ ކަލޯ މެނާ ޖެހޭ ކޮންމެ ފަހަރަކު ގައުމު ވިއްކާލަނީ
    މީދެން ކިހާ ދެރަކަމެއް.

    80
  7. ތަލަހުންޒާ

    މިކަހަލަ ކަނޑުކޮހުން މިތިބީ ރައްޔިތުން ހޮވާފަ. ދެން ބުނަންވީ ސަރުކާރޭ؟ މިކަލޭގެ މިހުރީ އިންޑިޔާ އަތުން ލާރިގަނޑެއް ނަގައިގެންކަން ނުވިސްނޭ ދިވެއްސަކު ހުރިއްޔާ އަވަހަށް ޑޮކްޓަރަކަށް ދައްކާލުން މުހިންމު. ނޫނީ އެމީހަކު އަމިއްލައަށް އެހުރީ ބޮނޑިބަތް ކެވިފަކަން ގަބޫލުކުރޭ. މިގައުމު މިވަރުން ކިހިނެއްސަލާމަތް ކުރާނީ؟ ޑީ.އެން.އޭ އެއްނޫން އެހެންއެއްޗެއް ހެދިޔަސް ވާނެކަމެއް ނޯންނާނެ. ރައްޔިތުން ހޭލަންވީ. ނޫނީ މާދަމާ ވަރަށް ހިތުގަޖެހޭނެ. ސައްދާމު ހުސައިން ދަންޖެއްސުމުގެ ކުރިން އެންމެފަހުބަސްކޮޅު އަހާލަބަލަ، މިއަދު އެނޫންގޮތެއް ނޫނޭ ޢިރާގަށް ދިމާވެފައެއޮތީކީ. ކޮންފަދަ ޗާލުގައުމެއްތޯ ކުރިން އެއީ. ހިލޭ ބޭސް، އިންޓެރެސްޓް ފްރީ ލޯންސް، ހިލޭ އެޑިއުކޭޝަން، ކޮންމެދެމަފިރިއަކަށް ގެއެއް....... ލިޔެ ހުސްނުވާނެ... މިއަދު ހަނަފަސް ޝިޓެއް. އެއީ އަހަރެމެންގެ މިސްރާބު ހުރި ދިމާލަކީ.

    75
  8. ގެރި

    ނަގުލަކާ ދެ ދަޅު މަދުވަނީ މި އުޅޭ ބައެއް އެއްޗެހިންގެ.. ކިހާބޮޑުވެއްޖެ ވަބާއަކަށް ވެއްޖެ މި އިންޑިއާ މިހާރު

    74
  9. ކޮރޯނާ

    ދިވެހިރާއްޖޭގެ މަޖިލީހުގައި ވެރިވެގެން މިއުޅެނީ ފައިސާއަށް ޤައުމު ވިއްކާ ޢައްދާރުން.

    72
  10. ނިދާ

    މިކަލޭގެ ހަމަމިހާރު ހައްޔަރުކުރޭ! މީ ޚާއިނެއް

    73
  11. ކޮރަލް

    މިއީ 5 ލައްކަ މީހުން ހަމަ ނުވާ ތަނެކެވެ. ދެން މިތަނައް ފަންސާސް ހާސް ސިފައިން ނާއި އެމީހުންގެ އާއިލާ އައީމަ ވާނެ ގޮތް ވިސްނާލަ ބަލާށެވެ.

    72
    1
  12. އަހުމަދު

    ރާއްޖޭގެ މިނިވަންކަން މިހާތަނަށް ދެމެހެއްޓީ ބޭރުގެ ސިފައިންގެ އެހީގައިތޯ؟ ދިވެހި ސިފައިންގެ އެހާ ހިއްވަރެއް ނެތީތޯ؟

    67
    1
    • ވެރިން

      މިހާރު ޑިފެންސް މިނިސްޓަރު ނޫން ތޯ ވިދާޅުވީ ދިވެހި ސިފާއިން ނަކީ ފިދަނަ ތަކެކޭ،

      60
  13. މައިނާ

    ބަލަ މަވޯޓާ ކަލޭ ވޯޓާ..... ކަލޭ ތިޔަހުރި ހަމަބުއްދީގަތަ ނޫނީ ހިނދުކޮޅު އަތުވެފަތަ؟؟؟ މިއޮއްހުރިހާދުވަހު މިގައުމު މިއޮތީ އެކިގައުމުތަކުގެ ސިފައިނާއި ފުލުހުން ތިގައުމުގަ ހަތިޔާރާއެކީ އުޅެގެންތޯ؟؟؟؟ ހޭބަލިނުވެބަލަ. ކަލޯމެން ހީކުރާކަހަލަ ތާދުނިޔެ އުމުރަށް ތިޔަތާތިބޭނޫއޭ. ހަމަހިލާ އެހެންނަކޫއެއް ނުވާހުއްޓެވެ.

    59
    • ފުވައްމުލަކު ޒުވާންޖީލު

      ހުރިހާރިސޯޓުތަކުގަ އަބަދުއައިސްއެތިނީ މިގައުމުހިމާޔަތްކުރަންއައިސްތިބޭބައެއްދޯ ؟ ނުވިތާކަށް ރިޒާވުގަ ބައިތިއްބާ ފައެތިބެނީ ބަންގާޅިންވެސް ،، އެހެންވީމާ ހާދަވަރަކަށޭ މިގައުމުހިމާޔަތްކުރަންމިއުޅެނީ.

      13
  14. މަރަދޫ މީހާ

    ޝަރީފް ކަލޭމެން ތި އުޅެނީ މިނިވަންކަން ނަގާ ނުލެވިގެން.

    61
  15. އަހުމަދު

    ނޭޓޯ އެއީ ގައުމެއްތަ

    48
  16. ގއމ

    މި ފެންނަނީ މުނާ ފިގު ގައްދާރުން

    67
  17. އާކޮ

    ވެންޓިލޭޓަރު ކަންތައްއޮބާލަންބުނިއެއްޗެއް

    45
  18. ހިތާމަ

    ކަލޭ ތިހިރީ ރަނގަޅަށްވެސް ގެރި ސޫޖީ ދީފަ. މިގައުމުގެ ކޯއްޗެއް ދިފާއުކުރަން ތިބޭ ބައެއް ތިބުނަނީ. އެކަމަަކު މިގައުމުގެ އެތެރޭގެ މަސްކޮޅު ހިފއިގެން ދިޔައިމާވެސް ދޫކޮށްލީ. ޖޫރިމަނާ ކޮށްލައިގެންވެސް މަވީޓާމެންނަށް މުސާރަދެވޭވަރުވޭ. ދެންތިބީ ބީތާއިންތަ މިގައުމުގަ. އެކަމަކު އީރާނު ބޯޓެއް ލަންކާ ބޯޓެއްވިއްޔާ އޮބިއަޅައިގެންވެސް ހިފަހައްޓާ ޖޫރިމަނާކުރޭ. ކީއްކުރަން ތިއުޅެނީ. ކޮންތަނެއްތޯ ބަލަހައްޓަނީ. ބިސްގަނޑުއަޅައިގެން ފާރޮށިމޮޑެގެން ކެއުންނޫންކަމެއް ނުކުރޭ. މިގައުމުގެ މަސްވެރިން އެބޯޓު ހޯދާ ހިފެހެއްޓީމަވެސް ދޫކޮށްލީ. މައުލޫމާތު ނަގައިފަޔޯ؟ ކޮބާ މަސްވެރިންގެ އަގު

    20
  19. ބޯހަލާކު

    ރާއްޖޭގެ މިނިވަންކަން ދެމެެހެއްޓޭނީ ބޭރުގެ މީހުނަށް ޤައުމު ހިންގަންދީފަ ދިވެހިން އެހެންގައުމަކަށް ގޮސްކެން ދޮތަ؟

    18
  20. މަބޭ

    ސިފައިންނާއި ފުލުހުންނެކޭ އެއްގޮތައް މަޖުލިސްމެންބަރުންނައްވެސް ބޭރުމީހުނާ ނީންދެވޭގޮތް ހަދަންވެއްޖެ ގައުމުގެ މަސްލަހަތައްވުރެ އަންބިމީހާ ނުވަތަ ފިރިމީހާ ނިސްބަތްވާ ގައުމެއްގެ މަސްލަހަތު މިވެރިން މިއިސްކުރަނީ

    22
  21. މޯޑް

    ތިޔަ ޝަރީފް މެނަށް މައްސަލަޔަކަށް ވާކަމެއް އެބަ އޮތްތަ. ހިތުން މާމޮޅު މީހެކޯ.

    21
  22. ޑޮލަރު ބޮޑި

    ބޯބުރާތި ބޯގޯސް ބޯހަލާކު ކިހާ ވަރެއްތަ ލިބުނީ

    20
  23. ކައުންސެލަރު

    އެހެންވިއްޔާ ޗައިނާ ސިފައިންވެސް ގެނޭ މިތަނަށް. އޭރުން އަހުން ތިބޭނަން ބޮޑުދެގެރި ތަޅާއިރު ބާރުކުރަނީ ކަށްގަލަށްތޯ ނޫނީ ރާއްޖެ ވިއްކާލިމީހުންނަށްތޯ ބަލަން.

    20
  24. ދުންމާރި

    ބަލަ މަވޯޓާ ހަމައިގަތަ ތިޔަހުރީ؟ ނޫނީ ކަރުމަޅި ބާޜުވެދާނެތީ އެކަމަށް ލުއި ހޯދަނީތަ؟ ތިޔަކަހަލަ ޤައުމާ ނީނުގެ ޢަދުއްވުން މަޖިލީހަށް ހޮވީތީ ހިތާމަކުރަން މި ޤައުމު 30 އަހަރު މީހަކުި ވެރިކަންކުރި ގަދަކަމުން ވެރިކަމުންބޭލީ ޑިމޮކްރަސީއޭ ކިޔައިގެން މިހާރު މިފެންނަނީ އެ ޑިމޮކްރަސީ 30 އަހަރު ވެރިކަންކުރީ ޤައުމު މާ ހާލުގަ އޮއްވާ އެކަމަކު މިޤައުމުގަ ބޭރުގެ ސިފައިން ނުބައިތިއްބާ ބޭރުބަޔެއްގެ އަޅުވެތިކަމަކަށްނުދޭ އެކަމު މިހާޜު މިފެންނަނީ ހިތާމަކުރަންޖެހޭ ފަދަ ކަންކަން ވެރިކަމުގެ ދަހިވެތިކަމުގަ ޤައުމު ވިއްކާލައި އަޅުވެތިވާ މަންޒަރު މިފެނިގެންދަނީ މީ ހިތާމަހުރިކަމެއް މިޤައުމުގެ މިނިވަންކަންގެލި އަޅުވެތިވާ ކޮންމެ ފަހަރަކުވެސް އަޑިގަ ތިބެނީ މިޤައުމަށް އުފަން ޤައުމުގެ ހާއިނުން މިފަހަރުވެސް އ=ހަމަ އެމަންޒަރުފެނިގެންމިދަނީ

    20
  25. ޖަޒީރާ ވަންތަ ކެހެރިނުފަޅަ ޖަނަވާރު

    މިގައުމު ވެރިޔަކަށް ވެސް ބޭރު މީހަކު ބަހައްޓަން ފފޭކަމައްވެސް އަދިބުނާނެ މިވަރުން ދާކަމައް ވަންޏާ.

    17
  26. މާމީ

    އާ ދޯ އޭނާ ދަނބިދަރިއަކީ ވެސް އިންޑިއާ ސިފައިންގެ މީހެއްވިއްޔާ ލަދެއް ހަޔާތެއް ނުގަންނަ މީހެއްތީ

    20
  27. މޯދީ

    އައްޑޫގެ މިނިވަންކަން އޮންނާނީ އައްޑޫ ދާއިރާގެ ގޮނޑިތަކަށް އިންޑިއާ މީހުން އިންތިޚާބު ކުރެވިގެން.

    18
  28. ހައްޔަރުކުރޭ

    މަވޯޓާ ހައްޔަރުކުރޭ މީ މިގައުމައް ހުރިނުރައްކަލެއް މިކަހަލަ
    މީހުން ގައުމުވިއްކާލަން އުޅެނީ

    23
  29. ގައުމީދޫ

    ކޮންފަދަ ޚާއިނެއް!

    22
  30. ލޯބިވާ ވަޠަން

    މިކަލޭގެ ކުރި ހުވާގަ އޮތީ ގައުމަށް ހަރާމްކޯރުވުމަށް. ބޮޑު މުސީބާތެއް.

    17
  31. ސިޔާސީ

    މި އީ ކޮންތާކުހުރި ބީތާއެއްތަ، ކޮންބަޔެއްގެ އަތްދަށުން މިގައުމު ސަލާމަތްކުރަންތަ ބޭރުގެސިފައިން މިތާތިބެންވީ، ބަލަ މި އަދަކީ ކަނޑި ބަޑި ހިފައިގެން އައިސް މިނިވަން ގައުމުތައް ހިފާޒަމާނެއް ނޫނޭ، މިސަރަހައްދައް އަތްގަދަނުކުރެވިގެން އުޅޭ ބަޔަކައް ތިހެންނޭކިޔާފަ މިގައުމު ނުވިއްކޭނެ، އަހަރެމެން އެކަންވިޔަކަނުދޭނަން

    15
  32. އަބްދޫ

    ގައުމެއްގަ ބޭރުގެ ސިފައިން ތިބެން ނުޖެހެނެ. ޖަޕާނުގަ ސައުތު ކޮރެއާގެ ބޭރުގެ ސިފައިން ތިބެނީ އެކަމަކު ކޮރެއާދެބައިވެފަ އޮތުުން ހިގި ހަނގުރާމައިގަ އެކަން ނިމުމުން ސަތރަހައްދު ބަލަހައްޓަން ބޭރު ސިފައިން ތިިބެނީ. ޖަޕާނުގަ ބޭރު ސިފައިންތިބެނީ ދެވަނަ ބޮޑުހަގުރަމައިގަ ޖަޕާނު ބަލިކޮށްފަ އެމީހުންއަދިވެސް އެތިބީއެތަނުން ނުފައިބާ. ޖަޕާނަށް ހިންދެމިލާނެ ފުރުސަތު ނުދޭ އަފްގާނިސްތާނުގަ ބޭރުގެ ސިފައިންތިބެނީ އެ ގައުމުގެ ދަހިލީ ހަމަނުޖެހުމުގެ ސަބަބުން .އެ ހަމަނުޖެހުމުގައެތައބަޔަކު އެމީހުން މަރަލި އަދިވެސް ބޭރުގެ ސިފައިންދަނި އަފަގަނިސްތަނުގަ ކުށެއްނެތް އެތައްބަޔަކު މަރަމުން. އިރާގުގަ ބޭރު ސިފައިން ތިބެނީ އިރާގުގެ ތެލުގެދަހިވެތިކަމުގަ ތިބި ބަޔަކު އިރާގުގެ ހާއިނުންނާއެކުވެ ގައުމަށް ދިން އުދަުިވަނެއްގާ.މިއަދުވެސް އެގައުމުން އެދަނި އެކަމުގާ ހިތާމަކުރަމުން. ދެިވެިރާއްޖޭގަ އެގްރީމެްންޓެއް ހަދައިގެން ބޭރުގެ އަސްކަރީ ސިފައިން ތިބެންޖެހޭ ސަބަބކީކޮބާ؟ ކުދިރަށް ތަކަށް ބެހިފަ ދިވެހިއަސްކަރިއްޔާއިން ހިސާރަ ކުރިމާ އެއްރަށުން އަނެއްރަށަށް ދިއުމުގެ ފުރުސަތެއްނޯންނާނެ. ކަނޑުދަތުރު ކުރެވޭ އުލަނދުރތައް ހުއްޓުވަލީމަ ދަތުރު ކުރެވޭނެ ގޮތެއްނެތް.ދިވެހި އާންމުފަރުދުންނަކީ ހަތިޔާރުގެންގުޅޭ ބައެއްނޫން. ދިވެހިއަސްކަރިއްޔައަށް ދިވެހިރާއްޖެގެ ރަށަކަށް އެރުމަށް ހުރަސްއެޅޭ ވަރުގެ ގަބިލިއްޔަތެއް ރަށްތަކުގެ އާންމުންގެ ކިބަޔަކުނެތް. ދުނިޔޭގެ ގައުމުތަކަށް ވިސްނަމާ އަފްގަނިސްތަނުގެ ރައްޔިތުން ހަތިޔާރުގަ ހިފަންޖެހުނީ އޭރު އޮތް ސަރުކާރުން ބޭރުގެ އަސްކަރީންއެތަނުގަ ގާއިމުކުރުމުން. އެމީހުންބޭލުމަށް. ބޭރުގެ އަސްކަރިއްޔައަކުން އިރަގު ހިފުމުންއިރާގު ރައްޔިތުން މިއަދުވަނީ ހަތިޔާރު ހިފައިގެންނިކުމެފަ. ފަލަސްތީނު ގަ ބާރުގައަސްކަރިއްޔަތަކުން އެގައުމުއަޅުވެތިކޮށް ފަލަސްތީނު ރައްޔިތުން ރެފިއުޖީންނަށް ހެދުމުން ފަލަސްތީނުގެ ރައްޔިތުން ވަނީ ހަތިޔާރުގަ ހިފާފަ. ދިވެހިރާެއްޖޭގަ މިސަރުކާރުންއިންޑިޔައައެކު ހެދި އެއްބަސް ވުމުގެ ސަބަބުން ދިވެހިން ހަތިޔަރު ހިފައިގެން ތެދުވާން ނުޖެހި ދާނެ ބާއޭ ހިތަށް އަރާ.

    15
  33. ޓްރަންޕް

    އަފީފު ދީދީ އިނގިރޭސިންނަށް އައްޑޫ ދިން ފަދައިން މިކަލޭގެ މުޅި ގައުމު އިންޑިއަ އަށް ދޭންބާ ވިސްނުން ހުރީ

    19
  34. އައްޑޫ

    ތަކަށް ނިއެނގޭހެއް...

    18
  35. އެޖެންޑާ2021

    އެހެންވީއްޔާ ފިރިމީހާ ހުއްޓަސް އަބިދަރިންނަށް
    ޙިމާޔަތްދޭން ބޭރުގެސިފައިންގެންނަންޖެހޭނެކަމެވެ.
    އެހެންވީމާ މިޤައުމުގަތިބިސިފައިންނާ ޕޮލިހުން
    ނަކީ މުސާރަދީފަ އެކަނިބައިތިއްބަންޖެހޭބައެއްކަމު
    ގަ ނޫންތޯއެވެ. ކޮސްނުގޮވާ. ބޭރުގެ ރަޙްމަތްތެރި
    ޤައުމުތަކުންއެހީތެރިކަމަކަށްއެދިއްޖެނަމަ އެހީތެރި
    ކަންދެވެންއޮތް އެންމެ މަތީ ދަރަޖައަކަށްދިނުމަކީ
    އެންމެ ރަގަޅު ގޮތެކެވެ. ތިޔަދެކެވެނީ ވަރަށްމުޑު
    ދާރުވާހައެކެވެ. މިޤައުމަކީ އަހަރެމެންދިވެހި ރައްޔިތުންގެޤައުމު.އަހަރެމެންގެ ދަރިފަސްކޮޅުވެސް
    އުޅެންއޮތް ޤައުމުކަން ހަދާންބަހައްޓާ.

    14
  36. ހުސެން

    ކަލޭ އިންޑިއާ އަންހެނަކާ އިނދެގެން އުޅުނަސް ކަލޭ ދެމީހުން ގެކޮޓަރި ތެރޭގައި އިންޑިއާ ސިފައިންގެ މީހަކު ބަހައްޓާނެތަ؟
    ބޯގޯސް

    18
  37. އެމަންޖެ

    އެހެންވީމަ އިނޑިޔާއައް ތިކަން އެކޮއް ހަވާލު ކުރަންވީނުން އޭރުން ދައުލަތައް ވަރަށް ފައިދާވެސް ވާނެ.

    11
  38. ޙ

    ޢެހެނތެ ކަމެއް ނުކުރެވެންޏާ ގައުމު ދިފާއު ނުކުރެވެންޏާ ތިތަނުންފައިބާ . ބޭރުމީހުނަށް ގައުމު ވިއްކާނުލިޔަސް ގައުމު ދިފާއު ކުރެވޭ ވަރުގެ މީހުން ރާއްޖޭގެ ވެރިކަން މީގެކުރިންވެސް ކޮށްފި. ޢެހެންވެ ނޫންތޯ ސަގަރޭ ޖަލުގައެއޮތީ.

  39. ހުސޭނުބޭ

    ސަރީފައް ކިހާވަރެއް ދީގެންބާ ތިޔަ މޮޔަގޮވަނީ؟

  40. އެކަބަނޑަބެއްޔާ

    ރާއްޖޭގެ މިނިވަންކަން ދެމެެހެއްޓޭނީ ބޭރުގެ ސިފައިން ވެސް ތިބެގެން: ޝަރީފް މިހެން މިބޭފުޅާ ވިދަޅުވުމުން މިހާްރު އެބަ ދޭހަވޭ އުމަރޭ އުކިޔާ އެްޗިހި ތެދުކަން މިބޭފުޅާމެންްގެ އަތޯޅުގަ އެބުނާ އެންމެ ބޮޑު މަރުކަޒް ގާއިމްވާކަމައް ތުހުމަތުކުރެވެނީ މިހާރު މިޔަގީންވަނީ މީނާޔައްވެސް މިކަން އެނޣޭކަމައްތާ މިވަނޫ މިބޭފުޅާގެ އަމިއްލަ އިއުތިރާފުން އެހެންނޫންތޯވާނީ ހިތްނުފިލާ އެދިބީ ވަކިވެގަންނަން ކުރިމަސައްކައް އެއަފީފްބޭގެ ކަންތައްގަނޑޫ ސާބަހޭ މިވޯޓާ ތީހަމަ އަފީފްގެ އެކަބަނޑަބެއްޔާއެއްދީ ސަރީފޫ ދަރިޔައް އޮސްޓުރޭލިޔާއިން ގެއްއް ގަނެދިން ގޮއް މިފަޅާއަރަނީބާ

  41. މުޖޫ

    މަ ވޯޓާ ވެސް ބޭރަށް އަރުވާލަން ފެނޭ

  42. ނަސީ

    ސާރީފު އެހެންވީއްޔާ ރައްއިތުންގެ މަޖިލްގައި ތިބެވެންވާނެ ބޭރުގެ މީހުންނައް ޢޭރުން ތިބުނާ ގޮތައް މިނިވަންކަން ދެމެހެއްޓޭނީ ބޮލެއްވެސް ނެތް މީހުންތަ މިމަޖިލިހުގައި މިތިބެނީ މިހާރު މިމީހުން ފާސްކުރާބިލުތަކައް އަދި އެއްމަޖިލިސް ބެބަޖެހޭހޮވަން އެއީ ތައުލީމީ މިހުން ގެމަޖިލިހަކައްވާންއެބަޖެހޭ

    5
    1
  43. ބޯދުޅަ

    މިހިރަ އައްޑޫ މޮޔަގަނޑާ ދެން ކީވެބާ އެހެން ގައުމުތަކުގަ ދިވެހި ސިފައިން ނުބައިތިއްބަނީ މިރާއްޖެ ނޫނީޔަކާ ނެއް މި އިންޑިޔާ ސިފައިން ގަދަކުރަން އުޅޭ ގައުމެއް ކިހާބޮޑު ވެއްޖެކަމެއް ތަ މީ

  44. ޝަހުމަތު

    ތިބުމުން ވާ ފައިދާތަކުގެ ތަފްޞީލެއް ދެވިދާނެބާ؟

  45. މަރަދޫ ގަމާރު

    ކީއްކުރާނީ އަހަރުމެންނަށް ވިސްނޭވަރު

  46. ސސ

    މަވޯޓާ ޖަޒުބާތު ގައި ޖެހި މޯބޮޑެތި ވާހަކަ ތިދައްކަނީ ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު އިސްތިގުލާލު ބޭރުގެ މީހުންގެ އަތްމައްޗަށް ދޫކޮށްލުމަކީ ތިމާގެ މޮޔަކަން ނުކުޅެދޭކަން، ބުއްދި ގޯސްވެފައިވާކަން ދައްކުވައިދޭ ކަމެއް !

  47. އަޙްމަދު

    މނޖ! މިނިވަންކަމަކީ އެހެން ގައުމެއްގެ ސިފައިން ނެތުން. އަދި ބޮޑައް މިނިވަންކޮށްލަން އެހެން ގައުމަކަށް ރާއްޖެ ދޭންވީނުން!

  48. ތުއްތީދީ

    ތިއެއްބަސްވުމުގެ ވާހަކަ ދެއްކުމުގެ ކުރިން މިކަލޭގެ ހައްޔަރުކުަރަން ޖެހޭ.

  49. މުސްތަފާ

    އެމްއެމްޕީއާރުސީގެ ލާރިގަނޑުން ބޮޑު ބަޔެއް ލިބުނު އެކަކު ޝަރީފް އަކީ، އެހެންވީމަ މީނަ ކޮއްމެފަދަ ކަމެއްވެސް ކޮށްފާނެ، ރައްޔިތުންގެ ސަލާމަތަށްޓަކާ ޝަރީފު ބަންދުކުރަންޖެހޭ.

  50. ޤާސިމްބެ

    މަވޯޓާއަށް ހަމަ ތާއިދު. އަދި އެއްތަންކޮޅު އިތުރުކޮށްލާނަން. މިނިވަންކަން ދަމަހައްޓަން ބޭރު ސިފައިން ބޭތިއްބުމުގެ އިތުރުން، މަޖިލުގެ މެމްބަރުންގެ މުސްތަޤިއްލުކަމާއި، ޢިލްމާއި، ތަޖުރިބާގެ ފެންވަރު ވެސް އެންމެ އެކަށޭނަ ލެވެލްއެއްގައި ހުރެގެން މަޖިލީސް ހިންގުމުގެ ގޮތުން އަޅުގަނޑަށް ފެނޭ، ރާއްޖޭގެ މަޖިލީސް ބޭފުޅުންވެސް ވަކިކޮށް، މަސްވެރިކަން ހަރުދަނާކުރުމުގެ ގޮތުން މަހަށް ފޮނުވާފަ، ރާއްޖޭގެ މަޖިލީހަކީސް އިންޑިޔާގެ "ލޯކް ސަބާ" ކަމުގައި ހަދަން.

  51. ގައްދާރުންނޭ

    މޮޔަނުގޮވާ. މީ އަހަރެމެންގެވެސް ގައުމު. ހީނުކުރާތި އަހަރެމެންވެސް ތިބެނީ 24 ގަޑިއިރު ހަމައިގަނޫންކަމައް. ﷲ އިރާދަކުރެއްވިއްޔާ ތިގައްދާރުންނައް ތިކުރާ ނުބައިކަންތަކުގެ ހިތިރަހަ ވ ވޭންދެނިވިގޮތެއްގައި ލިބޭނެ.

  52. ަިަައިބޫ

    މިސޮރުވެސް އިންޑިޔާއިން ރީއްޗައް ގަނުލީ ދޯ.
    ބޭންކު އެކައުންޓް ޗެކްކޮއްލަންވީ

  53. އަޒް

    އިންދިޔާގަ ދިވެހިސިފައިން ތިބެން ޖާގަދޭންވީނު އެމީހުން ގެ މިނިވަންކަން ދަމަހައްޓަން. މުޅިގައުމުން އިންދީޔާމީހުންބާލަންވީ