އުތުރު ތިލަފަޅުގެ އެއްބަސްވުމުގެ ކޮޕީއެއް ކަމަށް ބުނެ ދޮގު ލިޔުންތަކެއް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އާންމު ކުރެއްވީ ރޭވުމެއްގެ ތެރެއިން އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީ އޭނާގެ ފަހަތަށް ގެނައުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ވިދާޅުވެއްޖެއެވެ.

އުތުރުތިލަފަޅުގެ އެއްބަސްވުމާ ގުޅޭ ގޮތުން ދޮގު ވާހަކަތައް ފަތުރަމުންދާ މީހުނަށް ފިޔަވަޅު އަޅަން ގޮވާލައި އަލިފުށި ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ރަޝީދު (ބިގޭ) ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސްގައި ރާއީ ވިދާޅުވީ އިއްޔެ ފެނިގެން ދިޔައީ އުމަރު ނަސީރު ރާވައިގެން ހިންގެވި "ސިޔާސީ ކަންތައްގަނޑެއް" ކަމަށެވެ.

އުމަރު ނަސީރަކީ ޕީޕީއެމް އާއި ޕީއެންސީގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ސިފަ ކުރައްވާ ގޮތަށް އެމަނިކުފާނުގެ ލީޑާޝިޕް ޖަހައިގަންނަން ހުންނެވި "މިނިކާ ބާޒެއް" ކަމަށް މެންބަރު ރާއީ ވިދާޅުވިއެވެ. އޭނާ ލީކް ކޮށްލެއްވި އެއްބަސްވުމަކީ، އެއްވެސް އަސްލެއް ހިމެނޭ އެއްބަސްވުމެއް ނޫން ކަމަށާއި އެއީ ވެރިކަމަށް ވަޑައިގަންނަވަން އޭނާ "އެނބުރި ގޭސްގަނޑެއް" ކަމަށް ރާއީ ވިދާޅުވިއެވެ.

އުތުރުތިލަފަޅުގެ އެއްބަސްވުމަކީ އެ ފަޅުގައި އެމްއެންޑީއެފް ކޯސްޓްގާޑްގެ ބަނދަރަކާއި ޑޮކްޔާޑެއް ގާއިމް ކުރުމަށް ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމެކެވެ.

އިއްޔެ އުމަރު ނަސީރު މީސްމީޑިއާއަށް ލީކްކޮށްލެއްވި އެއްބަސްވުމުގައި ކޯސްޓްގާޑްގެ އެ އިމާރާތުގައި އިންޑިއާ ސިފައިންނަށް 30 އަހަރުގެ މުއްދަތަކަށް ތިބެވޭ ގޮތަށް އިންޑިއާގެ ފަރާތުން ހުށަހަޅާފައި އޮވެއެވެ. އެކަމަކު އެއީ އަސްލު އެއްބަސްވުމެއް ނޫން ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވަނީ ވިދާޅުވެފައެވެ. އަދި ގައުމުގެ މިނިވަން ކަމަށް އަސަރު ކުރާނެ ކަމެއް ނުކުރައްވާނެ ކަމަށް އެކަމަނާ ވިދާޅުވިއެވެ.

އުމަރު ނަސީރު މި އެއްބަސްވުމުގެ ކޮޕީއެއް ކަމަށް ބުނެ ލިޔުކިޔުމެއް މީސް މީޑިއާގައި ޕޯސްޓް ކުރެއްވިއިރު، އޭނާ ގެންދަވަނީ ދިވެހި ނޭޝަނަލް އެކްޝަން (ޑީއެންއޭ) ގެ ނަމުގައި ސިޔާސީ ހަރަކާތެއް އުފައްދަވައިގެން ސިޔާސީ މަސައްކަތް ކުރައްވަމުންނެވެ. މި ހަރަކާތުގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަނބަލުން އަދި ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވެސް ބައިވެރިވެވަޑައިގަންނަވައެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ބަހުސް ކުރައްވަމުން ގެންދަވާ މައްސަލައިގައި، އެމްޑީޕީގެ މެންބަރުންގެ ބަހުގެ ހަމަލާތަކެއް އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ ލީޑާޝިޕްގެ އިތުރުން ޑީއެންއޭ އުފެއްދެވި އުމަރު ނަސީރާއި ދުންޔާ މައުމޫނަށް ވެސް ގެންދަވަނީ އަމާޒު ކުރައްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. އިބްރީމް މުހައްމުދު ސޯލިހާ

    ހެ ހެ ދައްކާނެ ވާހަކެއް ނެތީތަ

    5
    1
  2. ޜައްޔިތުމީހާ

    ބަކަރިތައް ކޮށީތެރެ ތެޅި ފޮޅެނީ ގޮތްހުސްވެގެން
    ބަކަރިތައް ކޮށީތެރެ ތެޅި ފޮޅެނީ ގޮތްހުސްވެގެން
    ބަކަރިތައް ކޮށީތެރެ ތެޅި ފޮޅެނީ ގޮތްހުސްވެގެން
    ބަކަރިތައް ކޮށީތެރެ ތެޅި ފޮޅެނީ ގޮތްހުސްވެގެން
    ބަކަރިތައް ކޮށީތެރެ ތެޅި ފޮޅެނީ ގޮތްހުސްވެގެން
    ބަކަރިތައް ކޮށީތެރެ ތެޅި ފޮޅެނީ ގޮތްހުސްވެގެން

    4
    1
  3. ރާއްޖެ ވިއްކާ ލައިފި

    ޢުމަރު އަކީ ރާޖެދެކެ ލޯބިވާ ދަރިއެއް ތީހަމަ ފައްކާ ފިދަނަ ގްރޫޕްގެ ކޮސް އަގަތެޅިއެއް

  4. ހުސެން

    އުމަރު ގަދަ.އެއޮތީ އެމްޑީޕީން ހެދި ޑީލު ފަޅާއަރުވާފަ.ދެން ކިތަންމެ ރުޅިއަޔަސް މިއީ މި ސަރުކާރުން އެއްބަސްވީ ޕްރީ ޑޮކިއުމެންޓް

    5
    1
  5. ނަފުރަތު

    ދޭތެރެ ޖައްސާ މުނާފިގު ކަލޭގެ ރާއީ..!

    4
    1
  6. ޖުއްލާބު

    މާތްﷲ ގަންދީ ކަލޭ ކުޅަ ހުވަ އެއ އްގެ މަތީ ހުރެ ތި ހެދީ ބޮޑު ދޮގެ އް. އެންމެފުރިހަމަ އިންސާފުގެ ދަރުބާރު އޮންނަ ދުވަހު ކަލޭ ތިޔަހެދި ދޮގު ދިފާޢު ކޮށްދޭނެ މޑޕ އެ އް، ބޮ އްޅަ ހު އްތެ އް ނުހުންނާނެ.

  7. ރާޖަރަނީ

    އެމްޑީޕީއޭ ކިޔާތަނުންވަކިވިމަންޖެ އެބުނޫތެދެއްކަން އެބަ އިނގޭނޫންތޯ އެބުނާބޮޓްތައް ހަރަކާތްތެރިވަނީ ތަރުޖަމާކޮއްދެން މިބޮޓުންނަކީ ފީޑްކޮއްފައިދޫކޮއްފައިތިބޭ ދިރޭ ބޮޓްތަކެއް އޭގެ ކޮންޓުރޯލް އޮންނާނީ ވަކިމީހެއްގެ އަތުގައި އަހަރުމެން ތިޔަބޮޓުން ދައްކާވާކަ އެއް ގަބޫލެއް ނުކުރެވޭނެ ކިތަންމެ ވަރަކައް ރާއީވިޔަކަސް

  8. އެޖެންޑާ2021

    ސުބްޙާނައްﷲ ތިރާވީގެ ވާހަކަ ތީ ދައްކަންވެސް
    ހެޔޮނުވާވަރުގެވާހަކައެއް. ތީނަނެ ހިނދުކޮޅުގެތެރޭ
    ކެކިގެންގޮސް ފޮނުކައްކާލާނެ. ވާނުވާއެއްނެއިގޭނެ.