އައިޖީއެމްއެޗްގައި ދުވަސް ނުފުރާ ވިހެއި ކުޑަ ކުއްޖަކު މަރުވަންދެން ފަރުވާ ނުދީ ބޭއްވި ކަމަށް ތުހުމަތުކޮށް އެ އާއިލާ އިން ފުލުހުންނާއި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އަށް މައްސަލަ ހުށަހަޅަން ނިންމައިފިއެވެ.

އާއިލާ އިން ބުނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ 9:15 ގައި ވިހެއި އެ ކުއްޖާއަށް ފަރުވާ ނުދީ ބޭއްވުމުގެ ސަބަބުން އެ ރޭ މެންދަމު އެ ކުއްޖާ ނިޔާވެފައިވާ ކަމަށެވެ. ކުއްޖާ ވިހެއުމަށް ފަހު ނިޔާވުމާ ހަމައަށް ވެސް އެ ކުއްޖާ އަށް އަޅާލާފައި ނުވާ ކަމަށް އާއިލާ އިން ބުންޏެވެ.

އެ އައިލާ އިން "ވަގުތަށް" ބުނީ އެ މައްސަލަ ފުލުހުންނަށް ހުށަހަޅަން އިއްޔެ ދިޔަ ކަމަށާއި، ފުލުހުން އެ މައްސަލަ ބަލައި ނުގަންނަ ކަމަށެވެ.

" އަޅުގަނޑުމެން ގަބޫލެއް ނުކުރަން މިއީ އިހުމާލެއް ކަމަކަށް. މިއީ ހަމަ ގަސްތުގައި މަރާލީ އެ ކުއްޖާ. ފަރުވާ ނުދީ ޓްރޭ އެއްގައި ވިހެއީއްސުރެ ބާއްވާފައި ލަސް މަރަކުން މަރާލީ. ފުލުހަށް އަޅުގަނޑުގެ ވަކީލާއި އެކު ގޮސް އަޅުގަނޑު ބުނިން މިއައީ ކުއްޖަކު މަރާލުމުގެ މައްސަލަ ހުށަހަޅަންށޭ. ސީދާ މަރުގެ މައްސަލައެކޭ މިއީ. ވިދާޅުވީ އެ މައްސަލަ ނުބެލޭނެއޭ. މެޑިކަލް ބޯޑުންނޭ ބަލާނީ ހެލްތުގެ. ބަލާފަ އޭ ފުލުހުންނަށް ހުށަހަޅާނީ. އަޅުގަނޑު ބުނިން ލިޔުމުން ދޭށޭ އެވާހަކަ. ދެންނެވި ސިޓީ އެއް ލާށޭ. އެހެންވީމަ އަޅުގަނޑު ކަމާއި ބެހޭ އެހެން ފަރާތްތަކަށް ދާނަން." އޭނާ ބުންޏެވެ.

އާއްމުކޮށް ސިއްހީ ޚިދުމަތްދޭ ތަންތަނުގައި ދިމާވާ މިފަދަ މައްސަލަތައް ބަލަނީ ސިއްހީ ވުޒާރާއިންނެވެ. އަދި އެކަމާ ގުޅިގެން ޖިނާއީ ތަހުގީގެއް ކުރަން ޖެހޭ ހާލަތުގައި އެ މައްސަލަ އެއް ފުލުހުންނަށް ހުށަހަޅަނީ އެ ވުޒާރާއިންނެވެ. ދުވަސް ނުފުރާ ވިހޭ އަންހެން މީހާ ހޮސްޕިޓަލުގައި އެނދުމަތި ކުރީ ބަނޑަށް ފަސް މަހުގައެވެ.

އޭނާ އަކީ ފައިބްރޮއިޑްގެ މައްސަލަ ހުރި މީހަކަށް ވާއިރު އޭނާއާ މެދު ހޮސްޕިޓަލުން ކަންތައް ކުރީ ވަރަށް އިހާނެތިކޮށް ކަމަށް ވެސް އާއިލާ އިން ބުނެއެވެ. އެ އަންހެން މީހާ ވިހެއީ ފާހަނާ އަށް ކަމަށާއި އެކަން ވެސް ހޮސްޕިޓަލުން އާއިލާ އަށް ސާފުކޮށް ކިޔާ ނުދޭކަމަށް އާއިލާ އިން ބުނެއެވެ. މި ވޭދަނަ އާއި ގުޅިގެން އައިޖީއެމްއެޗް އަށް ސީރިއަސް ތުހުމަތުތަކެއް ކުރާ އިރު އެ ހޮސްޕިޓަލުން މިކަމާ މެދު އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

އެ މައްސަލަ ބަލާނެ ކަން ހެލްތް މިނިސްޓްރީ އިން ވެސް ވަނީ ހާމަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ާސަލްމާ

  ތިޔަ ހޮސްޕިޓަލަކީ ވަރަށް ފަރުވަާ ކުޑަ ތަނެއް.އަޅުގަނޑު ވިހަން ވެފަ އޮތް އިރުވެސް އޮތީ ވަރަށް ހާލުގަ

  28
  2
 2. ކަނބުލޮ

  އަސަރުކުރި ވާހަކައެއް. ދަންނަވަން އޮތީ އާއިލީ ލަގޮނޑިއަށް ކެތެއް ނުވާނެ މަންޒަރުބަލަން އެހެންނަމަވެސް ހަގީގަތަކީ މި މަރްހަލާގަ އޮންނަ ޕްރޮސީޖަރ އެމީހުން ފޮލޯކުރީ. 24 ހަފްތާ އަކީ ކިރިޔަކިރިޔާވެސް އެންމެފަހުގެ މެޝިންތަކުގެ އެހީގަވެސް ފަރުވާއެއްދެވޭނެ އުމުރު. 20 ހަފްތާވީމަ ދުނިޔެއަށް ނޭވާލާނީ މަދު ހިނދުކޮޅަކަށް. ޢާއިލާ ޖަޒްބާތުގަ ވާހަކަދެއްކުމަކުން މައްސަލައެއްނޫން ނަމަވެސް ނޫސްކިޔާފަ ކޮމެންޓްކުރަންތިބޭނީ ކޮންމެވެސް ވަރަކަށް ރޯފިލާފަ ތިބި މީހުންތާ. ކޮންމެ ކަމެއް އެޅިއަތަކަށް މަރު ބަރޭންޑް ދޫކޮށްލާފަ ވިސްނުންވެސް އިސްކުރައްވަން ޖެހިލައްވާނެ.

  22
  7
 3. އެމަންޖެ

  އަންނިމެންގެ މަރުކޮމެޓީން ތިކަން ހިނދާލާނެ.

  14
  5
 4. ދިވެހިން.

  މާތް ރަސްކަލާންގެ ހުރިހާ ކަމެ އްވެސް މެދުވެރި ކުރަ އްވާނީ ރަގަނޅަށް.. ތިޔަ ގޮތަށް ތަންތަނުގަ އި އެ އްވެސް ފާފަ އެއ އް ނެތް އެމަ އުސޫމު ތު އްތު ކު އްޖާ ގެ ވާހަކަ ދަ އްކަމުން، އެކު އްޖާ މަ އްސަލަ ހަތިޔާރަކަށް ހަދަ އިގެން ބަޔަކަށް އަދަބުދީ ޖަލަށް ލުމަކުން ތިޔަކަހަލަ ކަންކަން މަދެ އް ނުވާނެ. މިހާރަށްވުރެ އއައ އި. ޖީ. އެމް. އެޗު ގަ އި ފަސްމަހުން ވިހާ ސަލާމަތްވާނެ ކަމުގެ އުއ އްމީދު ނޯންނަ ކުދިންނަށްވެސް އެންމެ ފަހުވަގުތާ އި ޖެހެންދެންވެސް އޯގާތެރިކޮށް ހިތަންވީ.. އޭރުން ތިޔަ އާއ އިލާ އިން ކުރާ ޝަކުވާ މަދުވާނެ.. އިރާދަ ކުރެ އްވި އްޔާ މަންމަގެ ކޮނޑުގަ އި ފޫޅުދަނޑި އޮޅަ އިގެން ސުވަރުގެ ގެންދާނެ.. އާއ އިލާ އަށް ކެތްތެރިކަން ދެ އްވާށި.

  10
  2
 5. ޙިކްމަތް

  އެ ތުއްތު ފުރާނަ އިތުރަށް އެހާ ކުޑައިރު ވޭންތަކެއްގަ ނުތެޅި ހެއްދެވިފަރާތަށް، ސުވަރުގެއަށް ދިޔަކަމަށްޓަކައި އުފާކުރަން. ދަރިން ދެއްވާފަރާތުން އެ ގެންދެވީ. އުފާކުރޭ އެ ކުޑަކުއްޖާ ވޭންތަކެއްގަ ތެޅެން މެޝިންތަކެއްގައި ނޯވެ ދިޔަކަމަށްޓަކައި. ސެލްފިޝް ވާކަށް ނުވާނެ.

  5
  1
 6. ާޒްލާ

  ކޮންމެ މިހަކުވެސް ދެރަވަނެ ލޯކުރިމަތީ އެމީހެއްގެ ދަރިފުޅު މަރުވާއިރު ބަލަން ހުންނަން އަސަރު ކުރާނެ