22 ހަފްތާ ނުފުރާ ވިހާ ކުދިންގެ ފުރާނަ ސަލާމަތް ކުރުމަށް މަސައްކަތް ކުރުމަކީީ ހޮސްޕިޓަލްތަކުން ކުރާ ކަމެއް ނޫން ކަމަށް އައިިޖީއެމް ހޮސްޕިޓަލް އިން ވިދާޅުވެއްޖެ އެވެ.

މީގެެ ތިިން ދުވަސް ކުރިން ބަނޑަށް ފަސް މަހުގައި ވިހޭ މާބަނޑު އަންހެނަކު ވިހޭ ދަރިފުޅު މަރުވި މައްސަލަ ވަނީ ވަރަށް ހޫނުވެފައެވެ. މި މައްސަލަ އާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ އައިޖީއެމްއެޗް ހޮސްޕިޓަލަށް ފާޑުކިޔަމުންނެވެ.

މިިކަމާއި ގުޅިގެން އައިޖީއެމްއެޗް ހޮސްޕިޓަލުން ނެރުނު ނޫސް ބަޔާނެއްގައި ވިދާޅުވެެފައި ވަނީ، މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު ނިޔާވެއްޖެނަމަ ނުވަތަ ވަކި އުމުރެއްގެ ކުރިން ވިހައިފިނަމަ އެކަން ބަލަނީ ބައިގެން ދިއުން (ސްޕޮންޓޭނިއަސް އެބޯޝަން)އެއްގެ ގޮތުގައި ކަމަށެވެ. މިގޮތަށް ބެލުމުގައި ތަފާތު ގައުމުތަކުގައި ތަފާތު އުމުރުތަކަށް ނުވަތަ މިންގަނޑުތަކަށް ރިޢާޔަތް ކުރާ ކަމަށާއި މި ހޮސްޕިޓަލުގައި ބައިގެންދިއުން ނުވަތަ ސްޕޮންޓޭނިއަސް އެބޯޝަންއެއް ކަމަށް ބަލަނީ މާބަނޑު މީހެއްގެ ބަނޑަށް 22 ހަފުތާ ވުމުގެ ކުރިން ބަނޑުގައިވާ ދަރިފުޅު ނިޔާވެއްޖެނަމަ ނުވަތަ ވިހައިފިނަމަ ކަމަށް އައިޖީއެމްއެޗް ވިދާޅުވިއެވެ.

"ކޮންމެ ފުރާނައަކީވެސް އަގުހުރި، ޙުރުމަތްތެރިވެގެންވާ ފުރާނައެކެވެ. ޞިއްޙީ ފަރުވާއަކީ އިލާހީ ޤާނޫނުތަކުގެ އިތުރުން ސައިންޓިފިކް އަދި ޞިއްޙީ ގޮތުން މިހާތަނަށް ހޯދިފައިވާ ހޯދުންތަކާއި އަދި ބައެއް ހާލަތްތަކުގައި އެނގި ކަށަވަރުވެފައިވާ ޢިލްމުގެ މައްޗަށް ބިނާވާ ކަމެއް ކަމުގައި ވީހިނދު، މި ކަންކަމަށް ރިޢާޔަތް ކޮށް ފުރާނައެއް ސަލާމަތް ކުރުމަށް ދެވޭނެ އެއްވެސް ފަރުވާއެއް އޮތްނަމަ އެ ފަރުވާއެއް ހޮސްޕިޓަލުން ދެމުން ގެންދެއެވެ." އައިޖީއެމްއެޗް އިން ވަނީ ވިދާޅުވެފައެވެ.

ބަނޑަށް 22 ހަފުތާ ވުމުގެ ކުރިން، 12 ވަނަ ހަފުތާއިން ފެށިގެންވެސް ކުއްޖާގެ ވިންދު ހުންނާނެ ކަމަށާއި ކުއްޖާގެ ވިންދު ހުރިނަމަވެސް މިގޮތަށް ބައިގެންދާ ކުދިންގެ ފުރާނަ ސަލާމަތެއް ނުކުރެވޭނެ ކަމަށް އައިޖީއެމްއެޗް އިން ވަނީ ވިދާޅުވެފައެވެ. އައިޖީއެމްއެޗް އިން ވިދާޅުވީ އިންސާނަކު ދިރިހުރުމަށް ކޮންމެހެން ބޭނުންވާ އަސާސީ ގުނަވަންތައްވެސް މިއުމުރުގައި އަދި ފުރާނަ ދެމެހެއްޓޭ ވަރަށް ތަރައްގީއެއް ނުވާނެ ކަމަށާއި، ޞިއްޙީ ގޮތުން ރިޢާޔަތް ކުރަންޖެހޭ ކުއްޖާގެ ބަރުދަނާއި އެހެނިހެން ބައެއް ކަންކަމަށް (22 ހަފުތާ ހަމަނުވާ، އަދި ބަރުދަނުގައި 500 ގްރާމް ހަމަނުވާ) ރިޢާޔަތް ކުރުމަށްފަހު މި އުމުރުގައި ވިހާ ކުއްޖެއްގެ/ ބައިގެންދާ ކުއްޖެއްގެ ފުރާނަ ސަލާމަތް ކުރުމަށް ފަރުވާ ދިނުމަކީ ހޮސްޕިޓަލްތަކުގައި ކުރާ ކަމެއް ނޫން ކަމަށެވެ.

"ޞިއްޙީ ބަހުން ދަންނަވާނަމަ މިއީ "ވަޔަބަލް ފީޓަސް" އެއް ނޫނެވެ. މިފަދަ ހާލަތްތަކުގައި ޢަމަލުކުރާ ގޮތަކީ، ވިހާއިރު ކުއްޖާގެ ވިންދު ހުރިނަމަ ވިންދު އެއްކޮށް ދަންދެން ކުއްޖާ ބޭއްވުމެވެ. މި މަންޒަރަކީ އާއިލާ އަށާއި އެހެނިހެން ފަރާތްތަކަށްވެސް ތަޙައްމަލް ކުރަން ދަތި މަންޒަރެއްކަން ޤަބޫލުކުރަމެވެ." އައިޖީއެމްއެޗްގެ ބަޔާނުގައި ވެއެވެ..

މިމަޢުލޫމާތުތައް ހޮސްޕިޓަލުގެ ފަރާތުން ރައްޔިތުންނާއި ހިއްސާ ކުރެވުނު ނަމަވެސް ވަކި ބަލިމީހެއްގެ ވަކި ކޭސް އަކާއި ބެހޭ ޚާއްޞަ މަޢުލޫމާތު ތަކަކީ ކަމާބެހޭ ޤާނޫނީ އުޞޫލުތަކުގެ ދަށުން އާއްމުންނަށް ނުވަތަ ތިންވަނަ ފަރާތަކަށް ހާމަކުރުން މަނާ މަޢުލޫމާތު ކަމަށް އެ ހޮސްޕިޓަލުން ވަނީ ވިދާޅުވެފައެވެ. އެހެން ކަމުން އެހޮސްޕިޓަލާއި ބެހޭގޮތުން ސޯޝަލް މީޑިއާ އާއި މީޑިއާގައި ދެކެވޭ ބައެއް ވާހަކަތަކަށް، އެ މައްސަލަތަކުގެ ވަކިވަކި ތަފްޞީލު ހާމަކުރުމަކީ ނުވަތަ ކަންވީގޮތް ތަފްޞީލުކޮށް ބަޔާންކުރުމަކީ އެހޮސްޕިޓަލަށް ޤާނޫނީ އިމުގެ ތެރެއިން ކުރެވޭނެ ކަމެއް ނޫންް ކަމަށް އައިޖީއެމްއެޗް އިން ވަނީ ވިދާޅުވެފަވެ.

ބަލިމީހާގެ ހާލަތާއި، ކުރިއަށް ކުރިމަތި ވެދާނެ ކަންތައްތަކާއި، އެކަމަކަށް އެއްވެސް ފަރުވާއެއް ދެވެން އޮތްނަމަ ނުވަތަ ނޫންނަމަ އެކަންކަމަކީ ސީދާ ބަލިމީހާއަށާއި ބަލިމީހާގެ ބެލެނިވެރިޔާއަށް ތަފްޞީލުކޮށް ކިޔައިދޭ ކަންކަން ކަމަށާއި، ބަލިމީހާ އަށާއި ބަލިމީހާގެ ބެލެނިވެރިޔާއަށް ހުރިހައި މަޢުލޫމާތެއް ކިޔައިދޭ ފަހުން ހޮސްޕިޓަލަށް އަންނަ ޢާއިލާގެ އެހެނިހެން މެމްބަރުންނަށް މި ހުރިހައި މަޢުލޫމާތެއް ހޮސްޕިޓަލުގެ ފަރާތުން ކިޔާދިނުމަކީ ޞިއްޙީ ގޮތުން ޢަމަލުކުރާ މިންގަނޑުތަކާއި، އެކަށީގެންވާ ހަމަތަކުގެ މަތިން އަމަލީގޮތުން ބަލާއިރުވެސް ކުރެވޭނެ ކަމެއް ކަމަކަށް ނުދެކޭ ކަމަށް އައިޖީއެމްއެޗް އިން ވަނީ ވިދާޅުވެފައެވެ.

އަދި މިފަދަ ހާލަތްތަކުގައި ގިނަ ޢަދަދެއްގެ ބަޔަކު ގަވާއިދާ ޚިލާފަށް ހޮސްޕިޓަލް ތެރެއަށް ވަދެ ޚިދުމަތް ދޭން ތިބޭ ޑޮކްޓަރުންނާއި ނަރުހުންނަށާއި އެހެނިހެން މުވައްޒަފުންނަށް ބިރު ދައްކައި، މުވައްޒަފުންގެ ފޮޓޯ އާއި ވީޑިއޯ ނަގައި ސޯޝަލް މީޑިއާގައި އާއްމު ކުރުމަކީ މި ހޮސްޕިޓަލުން ހިތާމަކުރާ ކަމެއް ކަމަށް އެ ބަޔާނުގައި ެއެވެ.

އަދި މިގޮތަށް ޢަމަލު ނުކުރުމަށް ނަޞޭޙަތްތެރި ވާކަމަށް އައިޖީއެމްއެޗް އިން ވަނީ ވިދާޅުވެފައެވެ.

"ސްޕޮންޓޭނިއަސް އެބޯޝަންތަކާއި ވިހެއުމުގެ ތެރޭގައާއި ވިހެއުމަށްފަހު ދަރިފުޅު ނުވަތަ މައިމީހާ ނިޔާވާ ކޮންމެ މައްސަލަ އަކީވެސް ވަކި މައްސަލައެއްގެ ގޮތުގައި މި ހޮސްޕިޓަލުގެ ފަރާތުން ތަޙުޤީޤު ކުރެވޭ، އަދި ކުރިއަށް އޮތް ތަނުގައި އިޞްލާޙު ކުރެވިދާނެ އެއްވެސް ކަމެއް އޮތްތޯ ބަލާ ކަންކަން ކަމުގައިވެސް މި ފުރުޞަތުގައި ދަންނަވަމެވެ." އައިޖީއެމްއެޗް އިން ވަނީ ވިިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

30 ކޮމެންޓް

  1. ދިވެހިން

    ތިޔަހެންވެސް ބުނިނަމަ އޯކޭތާދޯ.ރާއްޖޭގަ އޮންނަނީ ކަމެއް ވީމަ އެކަން ފޮރުވަން ހަތްދިހަ ދޮގު ހަދާފަ ފިލައިތިބެ ބަޔާން ނެރެ އެކަމުން ރެކިގަތުން

    81
    9
    • ޑ.ރ ދީދީ

      Babies born after only 20 to 22 weeks are so small and fragile that they usually do not survive. Their lungs, heart and brain are not ready for them to live outside the womb. Some babies born later than 22 weeks also have only a very small chance of surviving.

      10
      17
    • ލޮލް

      ކަލެޔަށް ނޭނގޭ ކަމެއް ނެތެއްނުން.ވިސްނާލީމަވެސް އިނގޭ ދޯ އެހާ އަވަހަށް ވިހީމަ ކުއްޖާ ބަލި ކަށި ވާނެކަން. ހުރިހާ ކަމެއް ސިޔާސީ ކަމަކަށް ތިހަދަނީ.

  2. އަހުމަދު ޗާބީބޮކާ

    ހޮސްޕިޓަލްއިން ނެރެނު ރިޕޯޓު ރަންގަޅު ކަމައް ފެންނަނީ ހަތަރުމަސް ނުފުރާ ވިހޭމަވެސް ގުނަވަން ހަމަ ނުވިޔަސް ކުއްވެރިވާނީ ޑޮކުޓަރާ ސިޔާސީ ޕާޓީ' ރައީސް ޔާމީންގެ ވެރިކަމުގަ ތިޔަ ހޮސްޕިޓަލުން ދެމުން ގެންދިޔަ ހިދުމަތް ވަރައް ރަނގަޅު މިވެރިކަމުގަ އަމީނުހުރެގެން ކުރީ ވައްކަން ހިދުމަތެއް ނުދެވޭތާ ރަނގަޅު ޑޮކުޓަރުންވެސް ނުގެނެވޭ ހުރިހާކަމެއް ބޮއްސުންލާފަ ދެންވެސް ކަންތައް ރަނގަޅު ކުރެވޭތޯ ބަލަންވީ

    58
    26
  3. ތިމަންނަ

    މިއަދު ރާއްޖޭގެ ޙާލަތު ..... ކޮންމެ މީހަކީ ޝޭޚެއް ކޮންމެ މީހަކީ ޑޮކްޓަރެއް .... ކަންކަމުގެ ހަގީގަތް ބަލާލުމެއްނެތި ބައެއްމީހުން "ރައްޔަތުންގެ ބަކަރިކޮށީ" ގައި އުޅޭ މީހުންނެކެ އެއްގޮތަށް އަމަލު ބަހައްޓާކަމީ ހިތާމަކޮށް އިސްލާޙްކުރަންޖެހޭ ކަމެކެވެ.

    53
    14
  4. ޥަގު

    ތަޅަންވެސް ވީ މަރަންވެސް ވީ ... ބިރުވެސް ދަ އްކަންވީ. ޑަކުޓަރުންނާ ނަރުހުންނެ އް ނުން ތީ.. ނުބައި ނުލަފާ އްއޗެހިން

    45
    54
  5. ަިިލިޔާ

    އެ ކުއްޖާ ސަލާމަތް ނުވިޔަސް މަސައްކަތް ކުރުން އެއީ އޮތްކަމެއް.. ކޮންމެ ގޮތެއް ވިޔަސް ދިރިދިރިހުރި ފުރާނައެއް އެގޮތަށް މަރުވަން ދޫކޮށްލާނީ ހާދަ ރަހުމް ކުޑަ ވީމައޭ.. ކުޑަމިނުން ނާސަރީ އަށް ލީނަމަ.. ތި މީހުންގެ ދަރިއެއް ނަމަ ތިމީހުންނަށްވެސް ކެތް ނުވީސް.. މަށަށް މިހާރުވެސް ކެތްވާވަރެއް ނޫން.. 💔😭 2 ދުވަސް ވަންދެން ހޮސްޕިޓަލްގަ އެކުއްޖާ މަންމަ ބަނޑުގަ ރިއްސާތީ އެޑްމިޓް ކޮއްފަ އޮތް އިރު އެކަށޭނަ ފަރުވާ ލިބިފަ ނެތް ކަމަށް އާއިލާ އިން ބުނަނީ.. ފަރުވާ ލިބުން ނަމަ ފަހަރުގަ އެ ކުއްޖާ ގެ މަންމަ ބަނޑަށް 5 މަހުގަ ނުވިހީސް ތޯއްޗެއް.. މާ ގޮތް ބޮޑު ކުރަނީ އޭ ކިޔާފަ.. އެހެން ބުނަންވެސް ނުވާނެ އެއްނު.. މީހެއްގެ ގައިގަ އަޅާ ވޭން އަނެއްމީހާއަކަށް ނޭންގޭނެ.. އެކަހަލަ ކަންތައް ތަންކޮޅެއް ސީރިއަސް ބަލަން ޖެހޭނެ ތޯއްޗެއް.. އެކަހަލަ ކަމެއްގަ މީހަކު ފޭކެއް ނުޖައްސާނެ ތޯއްޗެއް.. 😢

    175
    11
    • ޙުދު

      މީހުން ފަތުރާ ނޫނީ ދައްކާ ހުރިހާވާހަކަ އެއް ގަބޫލުކުރަންވެއްޖިއްޔާ ތީ ދުނިޔެމަތިން ގެއްލެނިވި ހަލާކުވެގެން ގޮސްފައިވާ މީހެއް!

      33
      30
      • ނިކަމެތި

        އައިޖިއެމްއެޗް ގައި ގިނައިން އެތިބެނީ ރަހުމު ކުޑަ ގޮތް ކުޑަ ޑޮކްޓަރުން. ވަރަށް މަދު ހިތްހެޔޮ ޑރ. ރުން. ގިނައީ ފޮނި ބޮޑާ ޑރ. ރުން. ކަރުގައި ކަށިގަޑެއް އަޅުވައިގެން ރައްޔިތަކު ސުވާލެއް ކުރީމަ ބަޑިބަޑި ލާފައި ބިދިބިދިގެން ހޭ ޑރ.

        23
        1
      • ޣފ

        މީހުން ދައްކާހާ ހުރިހާ ވާހަކަ އެކޭ؟ ބަލަ އެޔޮތީ ކަންވީ ގޮތް އާއިލާ އިން ކިޔާދީފަ! އެހެރީ ފޮޓޯތައް ފެންނަން! އައިޖީއެމްއެޗް އިން ދައްކާހާ ވާހަކައެއް ކަލޭ ގަބޫލުކޮށްގެން ހުންނަންޏާ ކަލޭ ވެސްތީ ގެއްލިފަ ހުރި މީހެއް!!! މީނަ މީ ރަނގަޅަށްވިއްޔާ އައިޖީއެމްއެޗް މީހެއް!

        28
        6
        • ޙުދު

          ފޮޓޯއަކުން ކޯއްޗެއް އިނގޭނީ! އެއްޗެއް ނޭނގެންޏާ މަޑުން ތިބެބަލަ!

          2
          14
          • ޛަހ

            ހަމަ ގައިމު ފޮޓޯ އިން އެނގޭ ކުއްޖާ އޮތީ ޓްރޭ ގަނޑަކަށް ލާފަކަން!!!

  6. ކޭޓީ

    5 މަހުގައި ވިހޭ ކުއްޖަކު އިރާދަ ކުރެއްވިއްޔާ ގަދަވެ ސަލާމަތުން އެބަހުރި. މިހާރު އުމުރުން 5 އަހަރު. ދެން ކީއްވެ ސަލާމަތް ނުކުރެވެންވީ؟ މަސައްކަތެއް ކުރެވުނު ނަމަ އެއްނު އެކަންވެސް އެނގޭނީ. ހެއްދެވި ފަރާތުން ފުރާނަ ސަލާމަތް ކުރަން ހުރިއްޔާ އެކަން ވާނެ. އިންސާނުންނަށް އޮތީ މަސައްކަތް ކުރުން. ޝިފާ ދެއްވާނީ އެހެން ފަރާތަކުން.

    125
    5
  7. ާ😞

    ފަރުވާހޯދަން ދާތަނެއް ހޮސްޕިޓަލަކީ ބަލިމީހާޔާ ދޭތެރޭ އެފަދަ ގޮތަކައް މުހާތަބު ކޮއްގެން ނުވާނެ

    82
    1
  8. ފަރިސް

    ހޮސްޕިޓަލްގައި ގިނައިން ތިބެނި ވަރަށް އަނިޔާވެރިނަރުހުން . ވަރަށްރަހުމު ކުޑަކޮށްކަންތައް ކުރަނީ. ވިހަން ގޮސް ތިބޭ އަންހެނުން ވަރަށް އިހާނެތި ބަސް ތައް ބުނެ. އެއްވެސް އޯގާތެރިކަމެއް ނުހުރޭ

    19
    1
  9. ޔަހުޔާ

    😂😂😂ކިހާ ސަޅި

    1
    6
  10. ޒާ

    ތި ބަޔާން ތިގޮތަށް ނެރުމަކީ ކަމުންވރެކެން އެންމެ އަވަހަށް ކުރާނެކަން ކަން އެނގޭ. އެކަމަކު އެފަދަ ފުރާނައެއް ސަލާމަތް ކުރުމަށް ކުރަންހުރި އެއްވެސްކަމެއް ނުކޮށް ލޯކުރިމަތީ މަރުވާން ދޫކޮށްފާ އެއީ އެހެން ހޮސްޕިޓަލްތަކުންވެސް ކަންކުރާގޮތޭ ކިޔާ ބަޔާން ނެރުނީ އިތުރަށް މީހުން ރުޅިއަރުވަން. ޖަރީމާއެެް ވާނީ ހަމަ ޖަރޫމާއަކަށް.

    21
    1
  11. ހެހެހެ

    އައްޑޫ އޭވިއޭޝަން ކުލަސްޓާ ގަވެސް ވީ ތިހެން. ނިކަން ބޮޑީ ކޮށްލާފަ ބަޔާން ނެރުނީ. އެކަމް ހަމަ އެންމެ ފަހުން ކޮވިޑް އެތެރެވެފަ ހުރީ ހަމަ އެވިއޭޝަން މުވައްޒަފެއްގެ ފަރާތުން

    9
    1
  12. ކިޔުންތެރިއެއް

    ތިޔަ މައްސަލަވެސްދާނީ ފަނުފުލުން. މިއަދާ ހަމަޔަށް އައިިޖީއެމްއެޗް ހޮސްޕިޓަލުން ހިންގާފައިވާ އެއްވެސް ޖަރީމާ އަކަށް އިންސާފު ލިބުންތަ؟ ނުލިބޭ. ޑޮކްޓަރުންނާއި ނަރުހުން ބޮޑުމުސާރަ ނަގައިގެން މީހުންގެ ފުރާނަޔާ މަޖާކޮށް ކުޅެލުންއޮތީ. މައްސަލައެއް ގޯސްވެއްޖިއްޔާ ދޮގާ، މަކަރާ ހީލަތް ހަދާގެން މައްސަލަ ހިންދާލާނީ. ނޫނީ ބޭރުމީހެއް ވެއްޖިއްޔާ އަވަހަށް ފުރުވާލާނީ. އެއްވެސް މުއައްސަސާއަކުންވެސް ތިކަމެއް ނުބަލާނެ. ސަބަބަކީ އެންމެންވެސް އެތެރެ އެތެރޭން ގުޅިފަތިބޭތީ.

    17
    2
  13. އަލި

    ތީ ވޭތުވެދިޔަ ސަރުކާރުން ކުރިކަމެއް ނަމަ މިހާރު ކެނެރީ ބުއްޅަ މުޅިތާ ދުވެ ތަންގަނޑު އެބަޑި މިބަޑިން ޖެހީސް.. ރީނދޫހުން ޖެހިފަ ތިބި މީހުން ދުވެނަގާނެ..

    15
    5
  14. ޙުދު

    ކުއްޖާގެ ވިންދު ހުރިހާ ހިނދަކު އެކުއްޖާއަށް ފަރުވާ ދިނުމަކީ ސިއްހީ ހިދުމަތްތެރިންގެ މައްޗަށް ވާޖިބުވާނެ ކަމެއް ކަމުގައި ދެކެން!

    28
    1
    • ާއަހުމަދު

      22 ހަފުތާ ނުވަންޏާ މަރުވާން ދޫކޮއްލަންވީ
      65 އަހަރު ވީމަވެސް މަރުވާން ދޫކޮއްލަންވީ
      ޑޮކުޓަރުން ނަކީ ކީއްކުރަންތިބޭބައެއް؟

  15. ެޑޮކުޓަރުން

    ތަނެއް ދޮރެއް ނޭންގޭ ދިވެހިން މިތާކޮމެންޓު ކުރަނީ. ކެނިއުލާއެއްވެސް ގުޅާނުލެވޭނެ އެވަރުން. އޮސިޖަން މާސްކުވެސް ނޭޅުވޭނެ. ހޮސްޕިޓަލުން ކަންތައް ކުޜީ 👍. ވެއިންއެއްވެސް ނޭންގޭނެ އެވަރު ކުއްޖެއްގެ އަތުން. ތިހުރިހާ އެއްޗެއް ގުޅިނަމަ މާވޭނުގަ ނިމިގެންދާނީ

    6
    10
    • Anonymous

      އިންސާނުން ގަސްތުގަމަރާ ހޮސްޕަޓަލް

      5
      3
    • ވޭމަންޑޫ

      އާން.. ކަލެއަށް ތި ހުރީ އެއްޗެހި އެނގިފަ ވަރަށް.. ޑރ ޖަހާގެން އެބަ އުޅޭނު އަދި.. ބަލަ ފުރާނަ އަކީ މާ މަތީ ފަރާތަކުން ގެންދަވާ އެއްޗެކޭ.. އަހަރެމެން ޖެހޭނެ ސަލާމަތް ވޭތޯ މަސަކަތް ކުރަން.. މަރުވަންދެން ބާއްވާކަށް ނޫން ޖެހޭނީ.. މި ދިވެހިންނަށް އެނގޭ އެވަރު.. ކިތަމެ ވޭން އެޅިޔަސް ފުރާނަ ސަލާމަތް ކުރެވިއްޖިޔާ އެ އެޅި ވޭން ބޭކާރު ވެގެނެއް ނުދާނެ.. ކަލޭ އަށް އިހުސާސް ކުރެވޭނީ ކަލެއަށް އެކަހަލަ ކަމެއް ދިމާ ވީމަ.. އޭރަށް ވެސް ބުނާނެ ދޯ އައި.ޖީ.އެމް.އެޗުން ކަން ކުރީ ރަނގަޅަށޭ.. އިރާދަ ކުރެއްވިޔާ އެކަހަލަ ކަމެއް ކަލެޔާ ދިމާ ނުވަން ދުއާ ކުރަން

      3
      1
    • ާއަސޭލަރ

      ކަލޯ އޮކްސިޖަން ބޮކްސް ކިޔާ އެއްޗެއް ނޭގޭ ދޯ. ކަލޮޔަށް. ދެން ސެންޓްރަލް ލައިން ގުޅޭ ( ތިކިޔާ ކެނުލާ) ފުފިފަ އެއްވެސް ނާރެއް ނެތް މީހުން ނަށްވެސް. w

  16. ސދފސ

    ތިހޮސްޕިޓަލަކީ ވަރަށް ގިނަ އިހްމާލްވެފައިވާތަނެއް.

    6
    1
  17. ރަވަށް ހާވަކަ

    ދަރިވައްޓާލުމަކީ ފާފައެއް ނޫންތޯ....؟
    ދެން މިކަމުގެ ހުކުމަކީ ފަހެ ކޮބާތޯ...؟
    ރައްޔިތުންގެ ފައިސާއިން މުސާރަ ކަމުން ހަމައެރައްޔިތުންގެ ދަރިން ވަކި އަހަރެއް ނުފުރެޔޭ ވަކިދުވަހެއް ހަމަ ނުވެޔޭ ކިޔާ މަރާލުމުގެ ހައްގު އައިޖީއެމްއެޗް އަށް ދިނީ ކޮން އިލާހި ގާނޫނަކުންތޯ....؟
    100% އިސްލާމީ ގައުމެއްގައި ހުރި ގައުމި ހޮސްޕިޓަލުގައި ކަންކަން ކުރަންޖެހޭނީ ޝަރިއަތާ އެއްގޮތަށްތޯ ނުވަތަ ގިނަ ބަޔަކު ކަންތައް ކުރާ ގޮތަށްތތޯ.....؟
    ވަރަށް ބޮޑު ތަނުން ގައުމު ފެއިލް ވެފަ މިއޮތީ..... ސިޔާސީ ނުކުރާތި..... އައި ހުރިހާ ވެރިން ހިމެނިގެން މިވާހަކަ މިބުނީ...... ކޮންމެ ވެރިކަމެއްގައިވެސް ހެޔޮ އެދި، އިހުލާސްތެރިވެ، ދީންވެރިވެގެން ހިންގަނި ގަމަ ވަޟައީ ގާނޫނު.....

  18. ނުރަބޯ

    22 ހަފްތާ ވިޔަސް 23 ހަފްތާ ވިޔަސް ވިހާއިރު ހުރިހާ ކުދިންގެ ޙާލު އެއްގޮތެއްނުވާނެ 25 ހަފްތާވިޔަސް ބަލި ކުދިން ތިބޭނެ އެކުދިންނަށް ފަރުވާ ދީ ގަދަކުރަން ޖެހޭނީ އޭގެ ބަދަލުގައި އެގޮތަށް ޓްރޭއަކަށް ލާފަ މަރުވަންދެން ފަރުވާ ނުދީ ބާއްވާކަށް ނުޖެހޭނެ. ބާޣީ ކެރަފާ ނަސީމު އިސްތިޢުފާ އިސްތިޢުފާ އިސްތިޢުފާ.....!!!

  19. Anonymous

    މިކަން ނޫސް ބަޔާނަކުން ކިޔާދިނުމަށް ވުރެއް ބޮޑަށް، އެ ޒިންމާ ރަނގަޅަށް އަދާކޮށް ޢާއިލާއަށް ވާނުވާ އެންމެ ފުރަތަމަ ވަޤުތުން ފެށިގެން ކިޔާދެވުނުނަމަ އެ ބައިގެންދިޔަ ކުއްޖާއާއި އެ މަންމައާއި އެ ޢާއިލާގެ ޕްރައިވަސީއާއި ހުރުމަތް މިގޮތަށް ގެއްލިގެން ނުދާނެއެވެ.

    ސިއްހީ ދާއިރާގައި މަސައްކަތްކުރާ ބަޔަކު މިއަށްވުރެއް ބޮޑަށް އެމީހުންގެ ޒިންމާ އަދާކުރުން މުހިއްމު.