ރާއްޖޭގެ ރިސޯޓެއްގައި މީހަކު މަރުވެފައި އޮއްވައި ފެނިއްޖެއެވެ.

މީހަކު މަރުވެފައި އޮއްވައި މިއަދުގެ ވަގުތެއްގައި ފެނިފައިވަނީ، ބ. އަތޮޅުގައި އޮންނަ ކޮކޯ ޕާމް ދުނިކޮޅު ރިސޯޓުންނެވެ. އެނގިފައިވާގޮތުގައި، އެ ރިސޯޓުން މަރުވެފައި އޮއްވައި ފެނުނީ ފަތުރުވެރިއެކެވެ.

ފުލުހުން ވިދާޅުވީ، މި ހާދިސާގެ މަޢުލޫމާތު އެ އިދާރާއަށް ލިބިފައިވަނީ މިއަދު 11:45 ހާއިރު ކަމަށެވެ. މި ހާދިސާ ހިނގުމާއި ގުޅިގެން ބ. އަތޮޅު ހޮސްޕިޓަލަށް އޭނާ ގެންދިޔައިރުވެސް މަރުވެފައިވާކަމަށް ޑޮކްޓަރުން ވަނީ ބުނެފައެވެ.

އިތުރު ބަޔަކާއި އެކު، ކޮކޯ ޕާމް ދުނިކޮޅު ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުންދިޔަ އެ ފަތުރުވެރިޔާ މަރުވެފައި ވަނީ އޭނާގެ ކޮޓަރީގައި އޮއްވައި ކަމަށް ވެއެވެ. އެމީހާ މަރުވީ ގުދުރަތީ މަރަކުން ކަމަށް ވަނީ ބެލެވިފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ވެދާނެއޭ

    މީސީދާ ފަރުވާ ކުޑަ ކަމުން ވެފައިވާ ކަމެއް ކަމަށް މަމެން މިދެކެނީ. ތިޔާ ދުނިކޮޅު ހިންގާ ޗެއިން އަކީ ދެން ވަރަށް ފަރުވާ ކުޑަ ގެސްޓުންނާއި އަޅާނުލާ ބަޔެކެވެ. ވެދާނެ ގެސްޓް މީހާގެ ފަައިސާ ކޮޅު ފޭރިގެންފައި މަރާލީ ކަމަށް ވެސް.

    • ދުނިކޮޅު

      ބުރޯ ނޭނގޭވާހަކަ ނުދަައކާ

  2. ރެޑޭ

    އެއްޗަކަށް ކޮމެންޓް ކުރިޔަސް ތަންކޮޅެއް ހަރުދަނާ ވާން ދަސްކޮށްބަލަ. އޭގަ ލިޔެފަ އެއޮތީ ކޮޓަރީގަ އޮއްވަ މަރުވެފަ ކަމަށޭ ބެލެވެނީ. ޒާތީ ވިޔަސް ތިދެން ބޮޑުވަރު