އދ. ގެ ސަލާމަތީ މަޖިލީހުގެ ކުރިއަށްއޮތް ދައުރަށް ދާއިމީ ނޫން މެމްބަރުންގެ ތެރެއިން ފަސް ޤައުމެއް އިންތިޚާބުކުރުމަށް ވޯޓުލުން ފަށައިފިއެވެ.

ރާއްޖެވެސް ވާދަކުރާ މި އިންތިޚާބުގައި ލަނީ ސިއްރު ވޯޓެކެވެ. މި ވޯޓުލުން ކުރިއަށްދާގޮތަށް ބަލާއިރު، އދ. ގެ އޮފިޝަލުން ވޯޓު ފޮށި ހިފައިގެން ދަނީ މަންދޫބުން ކައިރިއަށެވެ. މި އިންތިޚާބުގެ ފަސް ގޮނޑީގެ ތެރެއިން ހަތަރު ގޮނޑިއަށް އެއްވެސް ވާދަވެރިކަމެއް ނެތްއިރު، އެ ހަތަރު ގޮނޑިއަށް ކުރިމަތިލާފައި ވަނީ ކޮންމެ ސަރަޙައްދަކުން އެއް ޤައުމެވެ.

ދުނިޔޭގެ އެންމެ ކުޑަ އެއް ޤައުމުކަމަށްވާ ރާއްޖެއިން އޭޝިއާ ޕެސިފިކް ސަރަޙައްދަށް ކަނޑައަޅާފައިވާ ގޮނޑިއަށް ވާދަކުރަމުންދަނީ، ދުނިޔޭގެ އެންމެ ބޮޑު އިސްލާމީ ޤައުމު ކަމަށްވާ އިންޑޮނޭޝިއާ އާއި އެވެ. މި ގޮނޑި ކާމިޔާބު ކުރެވޭނީ، 193 ޤައުމު ހިމެނޭ ޢާންމު މަޖިލީހުގެ ތިންބައިކުޅަ ދެބައި ޤައުމުގެ ތާޢީދު ލިބިގެންނެވެ. އެއީ 120 ޤައުމެވެ. މި އިންތިޚާބުގައި ވާދަކުރާ އެއްވެސް ޤައުމަކަށް ޤައުމަކަށް 120 ވޯޓު ނުލިބިއްޖެ ހާލަތެއްގައި ވޯޓުލުން އަނެއްކާވެސް ކުރިއަށްގެންދާނެއެވެ.

އަދި ތަކުރާރުކޮށް ފަސް ފަހަރު ވޯޓުލައިގެންވެސް އެއްވެސް ޤައުމަކަށް ގޮނޑި ކާމިޔާބު ނުވެއްޖެ ހާލަތެއްގައި ދައުރު ދެ ބަޔަކަށް ބަހާލައިގެން، ގޮނޑިއަށް ވާދަކުރާ ދެ ޤައުމަކަށްވެސް ވަކި ދައުރެއް ދިނުމަށް ނިންމާނެ ކަމަށް ބެލެވެއެވެ. އދ. ގެ ޢާންމު މަޖިލީހުގައި މިގޮތަށް މީގެ ކުރިންވެސް ޢަމަލުކޮށްފައި ވެއެވެ. އެގޮތުން އެންމެ ފަހުން ސަލާމަތީ މަޖިލީހުގެ ގޮނޑިއަށް ވާދަކުރި އިޓަލީ އާއި ނެދަލޭންޑްސްއަށް ފަސް ފަހަރު ވޯޓުލައިގެން ވެސް ގޮނޑި ކާމިޔާބު ނުވުމުން، ނިންމީ ކޮންމެ ޤައުމަކަށް އެއް އަހަރު ދުވަހުގެ ދައުރެއް ދިނުމަށެވެ.

އދ. ގެ މެމްބަރަކަށް ރާއްޖެ ވިތާ 50 އަހަރުގެ ތެރޭގައި، މިއީ ސަލާމަތީ މަޖިލީހުގެ ގޮނޑިއަކަށް ކުރިމަތިލި ފުރަތަމަ ފަހަރެވެ. ސަލާމަތީ މަޖިލީހުގެ ގޮނޑި ކާމިޔާބުކުރުމަށް ރާއްޖެއިން ވަނީ ވަރުގަދަ ކެމްޕެއިންތަކެއްވެސް ކޮށްފައެވެ. އެގޮތުން ރާއްޖެއިން ސިޔާސީ ގުޅުން ޤާއިމްކޮށްފައި ނުވާ ޤައުމުތަކާއި ސިޔާސީ ގުޅުން ޤާއިމްކުރުމާއި އެކު، އދ. ގެ މެމްބަރު 193 ޤައުމުގެ ތެރެއިން 190 ޤައުމަކާއި އެކި ފަހަރުމަތިން ބައްދަލުކޮށް ރާއްޖެއަށް ތާޢީދު ހޯދުމަށް ވަނީ މަސައްކަތް ކޮށްފައެވެ.

މި ގޮނޑިއަށް ރާއްޖެއިން ވާދަކުރަން އެންމެ ފުރަތަމަ ނިންމީ 2008 ވަނަ އަހަރު ރައީސް މައުމޫންގެ ވެރިކަމުގައެވެ. އޭރު ރައީސް މައުމޫން އެކަމަށް ކެމްޕެއިން ފެއްޓެވިނަމަވެސް، ރައީސް ނަޝީދުގެ ވެރިކަމުގައި އެކަން ކުރިއަށް ގެންގޮސްފައެއް ނުވެއެވެ. އޭގެ ފަހުން ސަލާމަތީ މަޖިލީހުގެ ގޮނޑިއަށް ވާދަކުރާނެކަން އިއުލާނުކުރީ ރައީސް ޔާމީންގެ ވެރިކަމުގައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ދެޓްވޭ

    ސެކިއުރިޓީ ކައުންސިލްގެ ގޮނޑިއެއް މުހިންމީ މަމެން ޕިންކީން ނަށޭ އެއީ އިންޑޮނޭ މެންނަށް މުހިއްމު ގޮނޑި އެއް ނޫނޭ އިންޑޮނޭ މެން ހަމަ މިހާރު ތިޔާ ކަން ހަނދާން ނައްތާލުމަށް ފަހު ރަށުތެރޭން އެހެން ކަމަކާއި ގެން އުޅުނިއްޔާ މާތާހިރު ވާނެ އެއް ނޫންތޭ ހަމަ މިހާރު އިންޑޮނޭ މެން ތިޔާ ކަން ހަނދާން ނައްތާލަންވީއޭ ތަމެންނަށް އޮންނާނެ ރަނގަޅު ހަދިޔާ އެއް އަންނަގަ މާފުށި ފަޅު ހިއްކައިގެން އެތަނުގައި ސްމާރޓް ސިޓީ އެއް ހަދަން ދޭނަމޭ އިންޑޮނޭ މެންގެ އިންވެސްޓަރުންނަށް ތަމެން މިފަހަރު ހަނދާން ނައްތާލާ ސެކިއުރިޓީ ކައުންސިލުގެ ގޮނޑިން. އައި ވޯންޓް އިޓް ދެޓް ވޭ. ޓެލް މީ ވައި އައި ނެވަރ ވޮނާ ހިއަރ ޔޫ ސޭ ނާނާނާ ނާނާނާ ނާނާނާ ނާނާނާ އައި ވޯންޓް އިޓް ދެޓް ވޭ..

  2. ބަންގްބަންގް

    އދ.ގެ ސަލާމަތީ މަޖިލީހަށް ޤައުމުތައް އިންތިޚާބުކުރަން ވޯޓުލުން ފަށައިފި ނަމަ މަމެން އުއްމީދު ކުރަމޭ މަމެންނަށް މިފަހަރު އދ. ގެ ސަލާމަތީ މަޖްލީހުގެ ގޮނޑި ލިބޭނެ ކަމަށް ލިބިއްޖެނަމަ އިންޑިއާނޭ މެން ހޭއަރުވާލާނަމޭ އެެމެންނަށް އެއިރުން ރަނގަޅަށް ރާކަނި މަސް ކާން ދޭނަމޭ އިނގޭތޭ ޔޭއް އިންޑިއާނޭ އެނީ އޮބްސްޓަކަލް ކަމް ޔޫ ބެޓަރ ގެޓް ޕްރިޕެއަރޑް. އޫލަލާ ދެން ތަމެން އިންޑިއާނޭ މެންނަށް މަމެންނާއި ވާދަ ނުކުރެވޭނެ ކަން އިނގޭނެއެއް ނޫންތޭ ހަމަ ރަނގަޅަށް ބަންގް ބަންގް ބަންގް ބަންގް ރޮކަބައި ރޮކަބައި ރޮކަބައި...

  3. މަހަށްދޭބަލަ

    މަމެން އުއްމީދު ކުރަމޭ މިފަހަރު އދ. ގެ ސަލާމަތީ މަޖްލީހުގެ ގޮނޑި ލިބޭނެ ކަމަށް ލިބިއްޖެ ނަމަ ރަންރީނދޫ ޓްވިޓަރޭ މެން ހޭ އަރުވާލާނަން އިނގޭތޭ ތަމެން ތިބޭތި ޕެކް އެން ލީވް ކުރަން އެއިރުން އިނގޭތޭ. މަހަށް ދޭބަލަ ދެން. މަހަށް މަހަށް މަހަށް މަހަށް ދޭބަލަ..

  4. ލަވްދަވޭ

    އދ.ގެ ސަލާމަތީ މަޖިލީހަށް ޤައުމުތައް އިންތިޚާބުކުރަން ވޯޓުލުން ފަށައިފި ނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ މަމެން އުއްމީދު ކުރަމޭ ހުރިހާ ގައުމު ތަކުން މަމެންނަށް ވޯޓް ދޭނެ ކަމަށް އިންޑޮނޭޝިއާ އަށް 3 ފަހަރު ސަލާމަތީ މަޖްލީހުގެ މެމްބަރު ކަން ކުރި އިރު ވެސް އެެއިން ކެއްކުނު ޑޮންޑޮނެއް ނެތެއް ނޫންތޭ ޖަސްޓް ގޮނާ ސްޓޭންޑް ދެއަރ އެން ވޮޗް ދަވޭ ޔޫ ޑޫ އިޓް ދެޓްސް އޯލް ރައިޓް ބިކޮޒް އައިލަވް ދަވޭ ޔޫ ޑޫ އިޓް އައި ލަވް ދަވޭ ޔޫ ޑޫ އިޓް ލަވް ދަވޭ ޔޫ ޑޫ އިޓް...

  5. Anonymous

    އިންޝާ ﷲ ދިވެހިންނަށް ކާމިޔާބުވާނެ. މިއީ ރ.ޔާމީންއަށް ލިބޭ ފަޚުރެއްނޫން. މިއީ ދިވެހިގައުމަށާއި ދިވެހި ރައްޔިތުންނަށް ލިބޭ ކާމިޔާބެއް.

  6. Anonymous

    މިގައުމުގެ ވީދިފައިވާ އިޖުތިމާއީ ފޭރާން އިތުރަށް ވީދާ ގައުމިއްޔަތު ނެތި ކުރުމުގެ މަސައްކަތްކުރާ އެމް.ޑީ.ޕީ ގެ އިސްމީހުނާއި، އެޕާޓީ ފިކުރުގެ އެންމެހައި އާދައިގެ މެންބަރުންނަކީވެސް މިގައުމަށް ހުރި ނުރައްކާ. މިނިވަންކަންވެސް ބޭނުންނުވާ، މުސްލިމުންގެ ގޮތްވެސް ނެތް ވިޔާނުދާ އަޚްލާޤު ނުބައި ބައެއްއެއީ.

  7. އަހޫ

    ނުހޮވުން ބުރޯ ):