ފުރާނަ އެޅުވިފައިވާ ކޮންމެ ނަފްސެއްވެސް އޭގެ އެންމެ ފަހު ވަގުތާ ޖެހެންދެން އެ ނަފްސެއް ސަލާމަތް ކުރުމަށްކުރެވެންހުރި ހުރިހާ ކަމެއް ކުރަންޖެހޭނެ ކަމަށް ދީނީ ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޢަލީ ޒައިދު މިހެން ވިދާޅުވީ ދުވަސް ނުފުރައި އައިޖީއެމްއެޗްގައި ވިހޭ ކުއްޖަކު މަރުވަންދެން އެކުއްޖާއަށް ފަރުވާއެއް ނުދީ ބޭއްވި މައްސަލަ ބޮޑުވެ އައިޖީއެމްއެޗް އަށް ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެވެ.

ޒައިދު ވިދާޅުވީ ފުރާނަ ސަލާމަތް ކުރެވިދާނެ ކަމުގެ އުއްމީދު ކެނޑުގައި އޮތް ނަމަވެސް ފުރާނަ ސަލާމަތް ކުރުމަށް މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ. "ފުރާނަ އެޅުވިފައިވާ ކޮންމެ ނަފްސެއްވެސް އޭގެ އެންމެ ފަހު ވަގުތާ ޖެހެންދެން އެ ނަފްސެއް ސަލާމަތް ކުރުމަށް ކުރެވެން ހުރު ހުރިހާ މަސައްކަތެއް ކުރަން ޖެހޭނެ. އެއީ އުންމީދު ކެނޑިފައިވާ ހާލުގައި ކަމު ވިޔަސް. ވީހާވެސް ބޮޑަށް ހެޔޮ ގޮތުގައި އަމަލު ކުރައްވާ. ދަރުމަހުރި." ޒައިދު ވިދާޅުވިއެވެ.

މައިމީހާގެ ބަނޑަށް ފަސް މަހުގައި އުފަންވި ކުއްޖާ މަރުވަންދެން ބޭއްވި މައްސަލައިގައި އައިޖީއެމްއެޗްއަށް ކުރިމަތިވެފައިވާ ފާޑުކިޔުންތަކަށް ރައްދުދެމުން އެހޮސްޕިޓަލުން ރޭ ބުނީ 22 ހަފްތާގައި އުފަންވާ ކުދިންގެ ފުރާނަ ސަލާމަތް ނުކުރެވޭނެ ކަމަށާއި އެހެންކަމުން އެއުމުރުގައި އުފަންވާ ކުދިންނަށް ފަރުވާ ނުދޭ ކަމަށެވެ.

އައިޖީއެމްއެޗް އިން ބުނީ އިންސާނަކު ދިރިހުރުމަށް ކޮންމެހެން ބޭނުންވާ އަސާސީ ގުނަވަންތައްވެސް މިއުމުރުގައި އަދި ފުރާނަ ދެމެހެއްޓޭ ވަރަށް ތަރައްގީއެއް ނުވާނެ ކަމަށާއި، ޞިއްޙީ ގޮތުން ރިޢާޔަތް ކުރަންޖެހޭ ކުއްޖާގެ ބަރުދަނާއި އެހެނިހެން ބައެއް ކަންކަމަށް (22 ހަފުތާ ހަމަނުވާ، އަދި ބަރުދަނުގައި 500 ގްރާމް ހަމަނުވާ) ރިޢާޔަތް ކުރުމަށްފަހު މި އުމުރުގައި ވިހާ ކުއްޖެއްގެ/ ބައިގެންދާ ކުއްޖެއްގެ ފުރާނަ ސަލާމަތް ކުރުމަށް ފަރުވާ ދިނުމަކީ ހޮސްޕިޓަލްތަކުގައި ކުރާ ކަމެއް ނޫން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ބަޗަރޭ

    އެމީހުން ބަލަނީ އޯ.ޓީ ޝީޓް ފުރާލެވޭތޯ. އިޚްލާޞްތެރި ތިބޭނީ ދޮޅަހަކަަށް ނަރުހުން.

    17
    2
  2. މަންމަގެހިތުގެއުދާސް

    ޒައިދު 100ގެ ވާހަކަ. މިރާއްޖޭގެ ޑޮކްޓަރުން ބަނޑުގައި އޮންނަ ދަރިފުޅު ފުރާނަ ސަލާމަށް ކުރުމުގައި އިހުމާލުވުން އެއީ ހިތާމަކުރާ ކަމެއް.... ﷲ ގެ ރަޙްމަތުން އުއްމީދު ކަނޑާލަނީތޯ؟ ފުރާނަ އެޅުވިފައިވާ ދަރިފުޅު 5 މަހުގައި ސަލާމަށްކުރުމުގައި ޑޮކްޓަރީގޮތުން އެއީ ނާދިކަމެއް ކަމުގައި ވިޔަސް އެފަދަ ތުއްތު މައުސޫމު ފުރާނަ މިދުނިޔައިން ވަކިންވުމަށް ދޫކޮށްލުން އެއީ އެފަދަ ދަރިއެއްގެ މަންމަ ކެތްވާވަރުކަމެއް ނޫން؟

  3. ސސ

    އިންސާނުން ހަލްޤު ކުރައްވާ ފުރާނަ އަޅުއްވާ މަންމަގެ ބަޑުގައި ލައްވާ ދުނިޔޭގައި ވެސް ފުރާނަ އާއި އެކު ލައްވާ ހަމައެކަނި ފަރާތަކީ ﷲ، އެއްވެސް މީހަކު މަރުވާން އުއްމީދު ކަންޑާލައިގެން ތިބެ މީހާޔަށް ފަރުވާނުދީ ތިބުމަކީ އެބަޔަކު ފާފަވެރިވާނެ ކަމެއް، އެންމެ ފަހުވަގުތާއި ޖެހެންދެންވެސް ދެވެންއޮންނަ އެންމެ ފުރިހަމަ ފަރުވާދޭންވާނެ އެއީ އެންމެ ރަގަޅު ގޮތަކީ !

  4. މުހަންމަދު

    އަލީ ސިޔާމާއި، ބަންދޭމެންނަށް ފުއްޕާފަ އުޅެވޭނީ މިދުނިޔެ މަތީގަ،ގިޔާމަތް ދުވަހުން މާތްﷲ ހަޒުރަތުގަ ޖެހޭނީ ހަމަ ޒިންމާއުފުލަން.