ޕިއްޒާބޯނާއިން ވައްކަން ކުރި މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ވައްކަން ކުރި މީހާގެ ފޮޓޮއަކާއި އެ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުކޮށް ފުލުހުން ވިދާޅުވީ، އެ ފިރިހެން މީހާ ވައްކަން ކޮށްފައިވަނީ މި މަހުގެ 3 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ކަމަށާއި އޭނާ ވައްކަން ކޮށްފައިވަނީ މާފަންނުގައި ހުންނަ ޕިއްޒާބޯނާއިން ކަމަށެވެ

އެގޮތުން ޕިއްޒާ ބޯނާގެ ކޭޝް ކައުންޓަރުގައި ބާއްވާފައިއޮތް މޯބައިލް ފޯނެއް ވަގަށް ނަގާފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. މި މައްސަލައާއި ގުޅިގެން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ވަނީ އޭނާ ހޯދުމަށް ވީޑީއޯ އާންމު ކޮށްފައެވެ.

މިމީހާއާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި މިމައްސަލައިގެ އިންސިޑެންޓް ނަންބަރު (480632) ވިދާޅުވެ، އެމައުލޫމާތެއް ހިއްސާކުރެއްވުން އެދޭ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އެމަންޖެ

    ނިކަމެއްޗެއްވީމަދޯ ވީޑިޔޯއާ ފުޓޯ އާމުކުރަނީ.

    6
    1
    • އަލީ

      ނިކަމެތިން ވައްކަމެއް ނުކުރާނެ.

  2. ޖާބެ

    ދައިލަތް ދަވާލި މީހުން މަޖުލހުގަ ސަރުކާރުގެ ވަޒީފާތަކުގަ ، މައްސަލަ ބަލަބަލަ އުމުރުހުސްގެން އަޖަލު ހަމަވެގެން ވަޅުލާއިރުވެސް މައްސަލަ ތަހުގީގުކޮށް ބަލަނީ

    2
    1