ގއ.ވިލިނގިލީ ފެނުގެ ނިޒާމް ގާއިމުކޮށް ނިންމައި ފެނަކައާ މިއަދު ހަވާލުކޮށްފިއެވެ.

އޮޮޕެކް ފަންޑްގެ އެހީގައި އާއި ސަރުކާރުގެ ހަރަދުގައި ކުރިއަށްގެންދިޔަ މި މަޝްރޫއަކީ އެކަށީގެންވާ ބޯފެނުގެ ނިޒާމްގެ ހިދުމަތް އެންމެހައި ރައްޔިތުންނަށް ފޯރުކޮށް ދިނުމުގެ ސިޔާސަތުގެ ދަށުން ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ.

އެރަށުގައި ބޯފެނުގެ ނިޒާމު ޤާއިމް ކުރުމުގެ އެއްބަސްވުމުގައި ދިވެހި ސަރުކާރާއި ޖޮއިންޓް ވެންޗަރ އެންޖެލިކް އިންޓަރނޭޝަނަލް ލިމިޓެޑް އެންޑް އަޔަން އެކްސްޗޭންޖް ލިމިޓެޑާއި ދެމެދު ސޮއިކުރެވުނީ 4 މެއި 2017 ވަނަ ދުވަހުއެވެ.

މި މަޝްރޫޢުގެ އަގަކީ ތިން މިލިއަން ހަސަތޭކަ ތޭވީސް ހާސް އަށްސަތޭކަ ސާޅީސް ތިން އެމެރިކާ ޑޮލަރެވެ.

މިމަޝްރޫއުގެ ދަށުން އެރަށުގައި ބޯފެނުގެ ވިއުގައެއް ގާއިމްކުރެވި، 158.6 ޓަނުގެ އާރް.އޯ ޕްލާންޓަކާއި، 195 ޓަނުގެ ދެ
ސްޓޯރޭޖް ޓޭންކް ބަަހައްޓާފައި ވެއެވެ.

މީގެ އިތުރަށް ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ގޭބިސީތަކާއި މުއައްސަސާތަކަށް ބޯފެނުގެ ހިދުމަތް ގުޅާ ދިނުމާއި، ފެނުގެ ތަހުލީލް ކުރެވޭގޮތަށް ހުރިހާ އިކުއިޕްމެންޓަކާއެކު ލެބެއް ގާއިމް ކޮށްފައި ވެއެވެ.