މިއަދު އދ. ގެ އާއްމު މަޖިލީހުގައި ނެގުނު ވޯޓުގައި، އެ ޖަމިއްޔާގެ ސަލާމަތީ މަޖިލީހުގެ ގޮނޑި ރާއްޖެއަށް ކާމިޔާބު ނުކުރެވުނުއިރު، ދުނިޔޭގެ ސުލްޙައާއި ސަލާމަތަށް އެކަށީގެންވާ ގޮތަކަށް މަސައްކަތްކޮށް ވަކާލާތުކުރަން، ކުދި ޤައުމުތަކަށް ފުރުސަތު ނުލިބުމަކީ ހިތާމަކުރާ ކަމެއް ކަމަށް ރާއްޖެއިން ބުނެފިއެވެ.

މިކަން ހާމަކޮށް ފޮރިން މިނިސްޓްރީން ވިދާޅުވީ، އދ. ގެ 72 އަހަރުވީ ދިގު ތާރީޙުގައި، އެ ޖަމިއްޔާގެ ސަލާމަތީ މަޖިލީހަށް އިންތިޙާބު ވެފައިވަނީ، ކުދި އަދި ތަރައްޤީ ވަމުން އަންނަ ޤައުމުތަކުގެ ތެރެއިން އެންމެ އަށް ޤައުމު ކަމަށެވެ.

"ދުނިޔޭގެ ސުލްޙައާއި ސަލާމަތަށް އެކަށީގެންވާ ގޮތަކަށް މަސައްކަތްކޮށް ވަކާލާތުކުރަން، ކުދި ޤައުމުތަކަށް ފުރުސަތު ނުލިބުމަކީ ރާއްޖޭން ހިތާމަކުރާ ކަމެކެވެ. ނަމަވެސް ރާއްޖެއާއި ރާއްޖެފަދަ ކުދި ޤައުމުތަކަށް ދިމާވާ ގޮންޖެހުންތަކާއި ދެކޮޅަށް ވަކާލާތު ކުރުމުގައި، ރާއްޖޭން އިސްދައުރެއް އަދާކުރަމުން ގެންދާނެއެވެ." ފޮރިން މިނިސްޓްރީން ވިދާޅުވިއެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ، އައު ޙިޔާލުތަކާއި އީޖާދުތަކާއި އެކު، ބައިނަލްއަޤްވާމީ މުޖުތަމަޢުއާއި އިތުރަށް ގުޅުން ބަދަހިކުރުމުގައި ރާއްޖެ ދެމިއޮންނާނެ ކަމަށާއި، މިއަދު ނެގުނު ވޯޓުގެ ނަތީޖާއަކީ، އ.ދ ގެ ސަލާމަތީ މަޖިލީހުގެ މެމްބަރު ކަމަށް ވާދަކުރުމަށް އެހެން ކުދި ޤައުމުތަކުން ފަސްޖެހޭނެ ސަބަބަކަށް ނުވާނެކަމަށް ރާއްޖޭން އުއްމީދު ކުރާކަމަށެވެ.

އަދި ޤައުމުގެ ކުޑަބޮޑު މިނަށް ނުބަލައި، އެ ޤައުމަކުން ދުނިޔޭގެ ސުލަޙައާއި ސަލާމަތަށް ކޮށްފައިވާ އަގުހުރި މަސައްކަތްތައް ވަޒަންކޮށް، އދ. ގެ ހުރިހާ މެމްބަރު ޤައުމަކަށްވެސް ސަލާމަތީ މަޖިލީހުގެ މެމްބަރުކަން ކުރުމުގެ ހަމަހަމަ ފުރުސަތުތަކެއް ފަހިވެގެންދާނެފަދަ މާޙައުލެއް މުސްތަޤްބަލުގައި ޤާއިމުވެފައި އޮންނާނެ ކަމަށް ރާއްޖެއިން އުއްމީދުކުރާ ކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވިއެވެ.

އެ މިނިސްޓްރީން އިތުރަށް ވިދާޅުވީ، ސަލާމަތީ މަޖިލީހުގެ ގޮނޑި، 2019-2020 އަށް، ކާމިޔާބު ނުކުރެވުނު ކަމުގައިވިޔަސް، މުހިއްމު މައްސަލަތަކުގައި އަޑުއުފުލާ އަދި ވަކާލާތު ކުރާ ޤައުމެއްގެ ގޮތުގައި، ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށެވެ.

ރާއްޖެއިން ވަނީ، ރާއްޖެއާއި ވާދަކޮށް، އދ. ގެ ސަލާމަތީ މަޖިލީހުގެ ގޮނޑި ކާމިޔާބު ކުރި އިންޑޮނޭޝިއާއަށް ރާއްޖޭން މަރުހަބާ ކިޔާފައެވެ. އަދި އިންޑޮނޭޝިއާއާއި އދ. ގެ ސަލާމަތީ މަޖިލީހަށް އަލަށް އިންތިޙާބުވި ޤައުމުތަކާއެކު ބައިނަލްއަޤްވާމީ މައްސަލަތަކަށް ވަކާލާތު ކުރުމުގައި، ރާއްޖެ ދެމިއޮންނާނެ ކަމުގެ ޔަޤީންކަން ރާއްޖެއިން ވަނީ ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ހަމީދު

    ވ ދެރަވެއްޖެ.ތިބޭފުޅުން ކުރެއްވި މަސައްކަތާ ހިތްވަރަށް ވ ޝުކުރުދަންނަވަން

  2. ޢަހްމަދު

    ކުދި ގައުމުތަކުން ބޮޑަތި ބަސް ބުނުމަކީ އަދި މާދެރަވަރު ކަމެއް

  3. މާބެ

    އދ. އިން އަވަހަށް ވަކިވޭ

  4. އެކަނބުލޯ

    ކުދި ވެގެން ބޮޑުވެގެން ވާކަންކަމެއް ނޫން ތިޔައީ.. ދުނިޔޭން އެކަހެރިވެފަ ޑިކްޓޭޓަރޝިޕެއް އޮންނާތީ ދުނިޔެ ބަލައި ނުގަންނަނީ.. ކުޑަ ޤައުމެއްގޮތަށް އޮވެދޯ 2009ގަ ހިއުމަންރައިޓްސް ގޮނޑި ކާމިޔާބުކުރީ އދގަ.

  5. އިނާ

    ރާއްޖެއަށް ލިބުނު 46 ވޯޓަކީ އެނާރޖީ މިނިސްޓަރ އަދި އައޯސިސްގެ ޗެއާރ އޮނަރަބްލް ތޯރިގު އިބްރާހީމްގެ މަސައްކަތުން ލިބުނު ވޯޓުކޮޅެކެވެ. ނަމަވެސް އެންމެ ފަހުވަގުތު އެއްވެސް ކަމެެއްނުކުރާ ބަޔަކު މީގެތެރެއަށް ވަދެ މުޅިއެތި ހަލާކު ކުރުމުގެ ނަތީޖާ މިފެނުނީއެވެ.

  6. ގަމާރު

    އިންތިޙާބެއްނޫން އިންތިޚާބު............ ِِخ

  7. ޢަލީ

    ވަރައްދެރަކަމެއް. ދިވެހިންގެ ބަޔަކު މިވޯޓާ އިކޮޅައް މަސައްކަތް ކުރި.

  8. ގާޒީ

    ހެހެހެހެ ހަމަ ހިނި އަންނަނީ........ ސާބަހޭ އަންނި....ގޮނޑި ނެގީ އޭނަގެ ސަރުކާރުގަ ދޯ.....