ރ. ދުވާފަރުގައި ހޯމް ކަރަންޓީންގައި ތިބޭ މީހުން ކޮވިޑް-19 އަށް ނަގާ ސުންކުގެ ނަތީޖާ ލަސްވެގެން ޝަކުވާ ކުރަން ފަށައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުކޮށްފައިވާ އުސޫލުގައިވާ ގޮތުން މާލޭގައި ހުރެފައި ރާއްޖެ ތެރޭގެ ރަށަކަށް ދާ ނަމަ، އެ ރަށެއްގައި 10 ދުވަސްވަން ދެން ކަރަންޓީންގައި ތިބުމަކީ މަޖޫބޫރު ކަމެކެވެ. އަދި 10 ދުވަހުގެ ކަރަންޓީން ނިމުމުން ކޮވިޑް-19 އަށް ޓެސްޓް ކުރަން ޖެހެއެވެ. އެ ސުންކުގެ ނަތީޖާ އާންމުކޮށް 72 ގަޑިއިރަށް ވުރެ ކުރިން ލިބޭނެ ކަމަށް އެޗްޕީއޭ އިން ކުރިން އޮތީ ބުނެފައެވެ.

އެކަމަކު ބައެއް ރަށްރަށުގައި ހަދާ ޓެސްޓް ނަތީޖާ ލިބެން ގިނަ ދުވަސްތަކެއް ނަގާ ކަމުގެ ޝަކުވާ ވަނީ ލިބިފައެވެ.

އެގޮތުން މާލެ އިން ދުވާފަރަށް ދިޔަ ދެ މީހެއްގެ ސުންކުގެ ނަތީޖާ ނުލިބިގެން އެމީހުން ވަނީ ޝަކުވާކޮށްފައެވެ.

އޭގެ ތެރެއިން އެކަކު "ވަގުތަށް" ބުނީ ކަރަންޓީންގެ މުއްދަތުގެ 10 ދުވަސް ނިމި އިއްޔެ ހެނދުނު 6:30 ގައި ކޮވިޑް-19 އަށް ޓެސްޓްކޮށްފައިވާ ކަމަށެވެ. އެކަމަކު، މިއަދާ ހަމައަށް ވެސް އެ ސުންކުތަކުގެ ނަތީޖާ ނުލިބި 24 ގަޑިއިރަށް ވުރެ ގިނަ އިރު ވަނީ ވެފައެވެ.

އެހެންވެ، އެމީހުން ކަރަންޓީންގައި ތިބޭތާ މިއަދަށް 12 ދުވަސް ވާނެއެވެ.

އޭނާ ބުނީ އެޗްޕީއޭގެ ޕޯޓަލް އަޕްޑޭޓް ނުވާތީ ދުވާފަރު ހޮސްޕިޓަލަށް ގުޅާ އެކަމުގެ ސުވާލު ކުރުމުން ސުންކުތައް ރ. އުނގޫފާރަށް ފޮނުވާފައިވާ ކަން ހޮސްޕިޓަލުން އަންގާފައިވާ ކަމަށެވެ. އަދި އުނގުފާރު ހޮސްޕިޓަލަށް ގުޅުމުން ޖަވާބުދިނީ ވަރަށް ރުން ކުރު ގޮތަކަށް ކަމަށް އޭނާ ބުންޏެވެ.

"އިއްޔެ ނެގި ސާމްޕަލް އެއް އުނގޫފާރުން އަދި ވެސް މާލެ ނުފޮނުވޭ. މާލެ ގެންދެވޭނެ ގޮތެއް ނެތޯ އެކަމް އެޗްޕީއޭއިން ރުފިޔާ ނަގާނެ ސާމްޕަލްތައް މާލެ ގެންދިއުމަށް. ނިކަމެތި މީހާ މިޖެހެނީ ކަރަންޓީނުގައި ތިބެން ބުނާހާ ދުވަހެއް ވަންދެން" އެމީހާ ކިޔައި ދިނެވެ.

އުނގޫފާރު ހޮސްޕިޓަލުން ބުނީ ނަތީޖާ ނުލިބި ލަސްވެގެން ވަރަށް ގިނަ މީހުން ޝަކުވާ ކުރަމުންދާ ކަމަށެވެ. އަދި ހޮސްޕިޓަލުން މަސައްކަތް ކުރަނީ ވީހާވެސް އަވަހަށް ނަތީޖާ ލިބޭނެ މަގު ފަހިކުރަން ކަމަށް ވެސް އެ ހޮސްޕިޓަލުން ފާހަގަކޮށްފައިވެއެވެ.

ދުވާފަރުގެ ކައުންސިލް ރައީސް އިބްރާހިމް ނަސީރު ވެސް ވިދާޅުވީ މި ފަދަ ޝަކުވާތަށް އަންނަ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ލޮލް

    ދުވާފަރުގެ ކައުންސިލް ރައީސްކަމަށް ހުރީ އެއްޗެއް ނޭނގޭ ބީތާ އެއް.

  2. އަހުމަދު

    ސަކުވާ ނުކުރާ ގޮތެއްނުވާނެ 72 ގަޑިއިރު ނުވެ ނަތީޖާ ލިބޭ މަދުފަހަރަކު ނޫނީ ކަމެއްދިމާވުމަކީ ނުވެނުދާނެކަމެއް....

  3. މީނާ

    ޢަދިހެއްވާކަމަކީ މެންދުރުފަހު ރަށަށްއާދެވިއްޖެއްޔާ އެނުވޭދުވަހަކައް. ދެންކީއްވާނީ ޢުނގޫފާރު ހޮސްޕިޓަލުން. ޓެސްޓުހެދޭގޮތެއް ހެދިއްޔާ އަހަރުމެން ތިބެންވީ ޗުއްޓީހަމަވަންދެން ބަންދުވެގެން. ޢެކަމް ރައްޔިތުންނޭ ހައްގޭ ގޮވާވަރުން ކަންފަތްބީރުވޭ

  4. ދުވާފަރު ބީތާ

    ނަތީޖާ ލިބެންދެން ނުތިބެ ދުވަންވީނު. ގަމާރު ބަކަރިތަކެއް.