ފަނޑިޔާރުން ރަހީނުކޮށްގެން ޖުޑީޝަރީ މިނިވަނެއް ނުވާނެކަމަށް މަޝްހޫރު ޤާނޫނީ ވަކީލް ޝާހީން ހަމީދު އިސް ދައުރެއް އަދާ ކުރައްވާ ޕްރިމިއަ ޗެމްބާސްއިން ވިދާޅުވެއްޖެއެވެ.

ޕްރިމިއަ ޗެމްބާސްއިން ކުރި ޓުވީޓެއްގައި ބުނެފައިވަނީ ޤާނޫނީ އަދުލުގެ ނިޒާމް ވަނީ މިލިޓަރީ ބާރުން ހިސޯރުކޮށްފައިކަމަށާއި މިފަދަ ނިޒާމެއްގައި އަދުލުވެރި ނިންމުންތަކެއް ނިންމޭނެކަމަށް ޤަބޫލު ނުކުރާ ކަމަށް ޝާހީން ދެކެވަޑައިގަންނަވާ ކަމަށެވެ. މީގެ އިތުރުން ޝާހީން ވަނީ ޤާނޫނީ އަދުލުގެ ނިޒާމް ރަނގަޅު ކުރުމަށް ތެދުވުމަށް ޤާނޫނީ ވަކީލުންނަށް ގޮވާލާފައެވެ.

ކުރީގެ ރައީސް މައުމޫނަށާއި މިހާރުގެ ރައީސް އަބުދުﷲ ޔާމީނަށް ވެސް ބޮޑުބޭބެ ވިދާޅުވާ ޝާހީން އިސްދައުރެއް އަދާކުރައްވަވާ ޕްރިމިއަ ޗެމްބާސްއިން މިފަދަ ގޮތަކަށް ޓުވީޓެއްކޮށްފައިވަނީ، ކޮރޮޕްޝަންގެ މައްސަލާގައި ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ހައްޔަތުކޮށްފައިވާ ދަނޑިވަޅެއްގައެވެ.

 

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ޙަމީދު

    މީތި މިނުކުތީ ކޮންތާކުން!؟

  2. ހަމީދު

    އެޓޯލްސް މިނިސްޓްރީގެ ކަރަޕްޝަން މައްސަލާގެ ވާހަކަ ދައްކާކަށް ނުކެރޭނެ

  3. ޒަފަރު މޫސާ

    ތިޔަބުނާވެށި މިތަނުގައި އުފެއްދީ 30 އަހަރުގައި ވެތިކަންކުރި ކަލޭގެ ބޮޑުބެ އާއި ކަލޭ ބައްޕަ އާއި ދެމީހުން

  4. އަން

    ބައްޕަގެ ސިޔާސަތު ދޯ.

  5. ޙަފްޞާ / މާލެ

    ޝާހީންއަށް ވެދުން ސަލާމަށްފަހު ލިޔަން! މަނިކުފާނު ތިޔަ ހުންނެވީ ހަމަހޭކޮޅުގައިކަމަށްވާނަމަ ވިދާޅުވަންވީ ތިހެނެއްނޫނެވެ. ވިދާޅުވީހީ ޤާނޫނު ހިންގަންތިބި އެެންމެ އިސް ފަނޑިޔާރުން ފައިސާގެދަހިވެތިކަމުގައި ޢަދުލުގެނިޒާމު ފުށުން ޖަހާލުމަކީ ޤަވްމަށާއި ދީނަށް ކުރެވުނު މަލާމާތެކެވެ. ދިވެހިރާއްޖެ ފިޔަވައި ދުނިޔޭގެ އެއްވެސް ޤަވްމެއްގައި އުއްތަމަފަނޑިޔާރު ފައިސާއަށް ހެއްލިފައިވާކަމެއް ތާރީޚުން ފެންނަން ނެތެވެ. މައުމޫނަކަށް ، ޔާމީނަކަށް ނުވިސްނަވާ މަނިކުފާނު ރަގަޅަށް ލޯހުޅުއްވާލައްވާ މަޝްރަޙް ބައްލަވާލައްވާ 1 ފެބްރުއަރީގެ އަމުރު ދިރާސާކޮށްލުމުން ރީތިއެއްޗެއް ސާފުވެލައްވާނެއެވެ.

  6. Anonymous

    މީނަ ކޮން ރަހީނެއްގެވާހަކަ ދައްކަނީ، ގާނޫނީވަކީލެއްނަމަ ރަހީނުކުރުމަކީ ކޮބާކަން ނެއެގިގެންއުޅެނީ ކީއްވީތ؟؟ މިގައުމުގަނެތް އެއްވެސްމީހަކު ފަނޑިޔާރެއްވިޔަސް ރަހީނުކޮށްފަ، ރައީސު ޔާމީނު ފެމިލީ މީހުންނޭކިޔާފަ ޢަބުދުﷲހަމީދުގެ ލޯޔަރު ދަރިންނަށް ބޭނުންހާ މަގާމެއްނުދީގެން މިސަރުކާރާއި ދެކޮޅަށް ފުއްޕާއިގެން އުޅޭބައެއް މީވެސް، ބޭނުންވި މަގާމުތަށް ލިބުނުނަމަ ތިބޭނީ އެއްކޮޅަށް އަރާފަކަން ޔަގީން

  7. މަގޭ ޚިޔާލު

    އެހެންވީ ހަމަ ޢަދުލު އިންސާފުގެ ދާއިރާ އާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އިހުމާލުން. މިކަމުގައި ޒިންމާ އުފުލަންޖެހޭނީ މުޅި ޤައުމުގެ ޢަދުލު އިންސާފު އަމާނާތްތެރިކަމާއެކު ޤާއިމްކުރާނެކަމަސް މާތްﷲ ގަންދީ ހުވާކޮސްގެންތިބެ ރިޝްވަތަށްގޮސް، ﷲގެ ޙަޟްރަތުން ބޮޑު އަގެއް ލިބެންއޮއްވާ ތިމާމެންގެ ނަފްސުތައް ނީލަމުގައި ކުޑަކުޑަ ވަގުތީ އަގަކަށް ވިއްކާލި ފަނޑިޔާރުން. އަދި ވަކި ޕާޓީއެއްގެ ޓިކެޓް ހިފައިގެން އައީމާ ރައްޔިތުން ވޯޓްދީގެން ގޮނޑިއަސް އެރުވީމާ، ރިޝްވަތުގެ ޙަރާމް ލާރިން ތިމާމެންގެ ޖީބުތައްފުރާ، ރައްޔިތުންގެ މޫނުގައި ކޮޅުފައިންޖެހި މެމްބަރުން.

  8. ތުއްތަފާ

    މައުމޫންގެ އާއިލާއިން ދިވެހިން ހިސާރުކޮށްފައި އޮންނަތާވެސް ވަރަށް ގިނަ ދުވަސް ވެއްޖެ.

  9. ރަނދަ

    މޮޔަ ގޮވުމަކީ މޮޔައިންގެ ސިފައެއް.

  10. Anonymous

    ޝާހީންއައްދަންނަވާލަން ބޭނުންވަނީއުއްތަމަފަނޑިޔާރުރިސްވަތުނަގައިގެން ކަންތައްތަކެއްކުރީމަ އެކަންބަލާނެ އިތުރުގޮތެއްއޮންނާނެތޯ ކޯޓުންނެރެފައެއޮތް ހުކުމް ރަނގަޅުތޯ

  11. Anonymous

    ކަލެއަލީ ތީ ޤާނޫނޭ ކިޔައިގެން ވާހަކަ ދައްކަން ކަމުދާ މީހެއް ނޫން.. އަންބަރީގެ ކިޔާ ގެއެއްގެ މައްސަލާގަ އަދީބުގެ ނުފޫޒު ބޭނުން ކުރަން ޝައިނީއަށް ލަފާދިނީ ކަލޭނު..

    ކަލެއަކީ ކަލޭގެ ކްލައިންޓުން ދިފާޢުކުރުމަށް އެތައްބައެއްގެ ޙައްޤުތަޢ

  12. ޔާސީން

    ބޮޑެތި ޢަދަދުން ރިޝްވަތުނަގާ މީހުންނަށް މިކަހަލަ ކަންތަކެއް ޙަޖަމެއް ނުވާނެ!

  13. ރާއިދު

    އެހެންވީމަތޯ މައްސަލަތައް ބަލފަނެހެންހީވީމާ ބައްޕާފުޅު އެހެން ޤަވްމަކަށް ފޮނުވައިލެއްވީ؟

  14. ޔާސީން

    ކަލެއަށް ކިހާވަރެއް ލިބުނީ، ސަރުކާރު ވައްޓަން މަސައްކަތްކުރާ މީހުންނަށް ގިނަ ޢަދަދުން ފައިސާ ލިބިފައިވާކަމަށް ތުހުމަތު ކުރެވިފައިވޭ ދޯ، ހަމަ ކުއްލިއަކަށް ތިގޮތަށް އެއްކޮޅަށް ބުރަވެ ވާހަކަ ދައްކަން ފެށީމަ ސުވާލު އުފެދުނީ

  15. ހިންޗު

    ޝާހިނުމެން ބޮޑުވެގެން އައިރު ކަންތައްވީހެން މިހާރަކުނުވާނެ. އޭރު އާއިލީ ވެރިކަން އޮތީ، ދިވެހި ރައްޔިތުންނަށް މަތީތައުލީމު ހާސިލް ކުރުމުގެ ފުރުސަތުތައް އޮތީ ހިސޯރުކޮށްފަ، އަތޮޅުތެރޭ މީހުން ގްރޭޑް 7 އަށްވުރެ މަތިން ތައުލީމް ހާސިލް ކުރުން އޮތީ ހިސޯރުކޮށްފަ. ޝާހިނުމެނަށް ތިވަރައްކިޔެވުނީ ކިހިނެއްތޯ ފުރަތަމަ ސުވާލުކޮށްބަލަ؟

  16. ނަޝީދު

    ކަލޭމެން އަނގަހުޅުވާކަށް މާރީއްޗެއްނޫން، އަފުނޯސް ކައްޓެއް ޖައްސާލިޔަސް އަންނާނީ ސަރުކާރުގެލޭ.......

  17. އެންމެން

    ތިކުދީންނަށް ޖެއްސޭނީވެސް ގޭމު ދޯ. ބޮޑުބޭބެގެ ވެރިކަމުގާ ބައްޕަމެން ބޭނުން ހާގޮތަކަށް ރާއްޖޭގެ މުއްސަނދިކަން ބޭނުން ކޮށްގެން ބޮޑުކޮށްފަތިބިކުދިންވިއްޔާ. މިގައުމުގެ މުދާ ތިކުދީންގެ ވާރުތަ މުދާކަމަށް ބަލާ މުދާބެހުމުގެ މައްސަލަ ޖެހިފަމިއޮތީ. އެ ބޭބެ އަށްވުރެ މިބޭބެއަށް ގިނައިން ލިބެން ޖެހޭ. އަދި މިބޭބެއަށް ނުލިބުނަސް ހިލޭ މިޙަކށް ލިބިމުގެ ބަދަލުގާ އެބޭބެ ކިތަންމެ ވަރަކަށް ނެގިޔަސް ރަނގަޅުވޭ. އާނދެން ބޭނުންވާ ކޮޅަކަށް ގިިނައިން ހޯދާދެވޭތޯ ބަލާ.

  18. ރުޒާނާ ޗޮއްޕަޓު

    މއ. އޮޅިތެރިގެ އިން އައްޑޫ މީހަކަށް ވިއްކާފަ އޮތް ބައި ޣަސްބުން ފޭރުނީ ކާކުތޯތޯ....