ކޮވިޑް-19 އާ ގުޅިގެން މާލެ ސަރަހައްދުގައި އަޅާފައިވާ ހަރުކަށި ފިޔަވަޅުތައް އިތުރު ހަފްތާއަކަށް ދަންމާލައިފިއެވެ.

މިިދިޔަ އަހަރުގެ މާޗް 12 ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާ އިރު، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދިޔައީ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އެކިއެކި ފިޔަވަޅުތައް އަޅަމުންނެވެ.

ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއި ކުރައްވައި ނެރުއްވި އެންގުމުގައި ވަނީ މާޗް ހަތަރު ވަނަ ދުވަހު އަޅާފައިވާ ފިޔަވަޅުތައް މިއަދުން ފެށިގެން އިތުރު ހަތް ދުވަހުގެ މުއްދަތަށް އިތުރުކުރުމަށް ނިންމާފައިވާ ކަމަށެވެ.

މާލެ ސަރަހައްދުގައި މިހާރު އަޅާފައިވާ ބޮޑެތި ފިޔަވަޅުތަކުގެ ތެރޭގައި އިރުއޮއްސި 6:00 އިން ފެށިގެން ހެނދުނު 6:00 އަށް އެއްގަމު ދަތުރުފަތުރު ކުރުން މަނާ ކުރުމާއި ރޭގަނޑު 11:00 އިން ފެށިގެން ފަތިހު 4:30 އަށް މީހުން ބޭރަށް ނުކުމެ އުޅުން މަނާ ކުރުން ހިމެނެއެވެ. އަދި ފަސް މީހުންނަށް ވުރެ ގިނަ އިން މީހުން ބޭރުގައި އުޅުން ވެސް ވަނީ މަނާކޮށްފައެވެ.

މީގެއިތުރުން އެކަނި ކުރާ ކަސްރަތުތައް ފިޔަވައި، ކުޅިވަރު އަދި ކަސްރަތު ހަރަކާތްތައް ހުއްޓާލަން ވެސް ވަނީ އަންގައިފައެވެ. އަދި ރޭގަނޑު 8:00 އިން ފެށިގެން ކެފޭތަކާއި ރެސްޓޯރަންޓުތަކާއި ހޮޓާތަކުގައި ހިދުމަތް ދިނުން ހުއްޓާލަން ވަނީ އަންގައިފައެވެ.

ނަމަވެސް ޑެލިވަރީގެ ހިދުމަތް ރޭގަނޑު 10:30 އާ ހަމައަށް ދެވިދާނެ ކަމަށް އެޗްޕީއޭ އިން ވަނީ އަންގައިފައެވެ.

ރާއްޖެ އިން މިހާތަނަށް 21،000 އަށް ވުރެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވެ 64 މީހުން ވަނީ ނިޔާވެފައެވެ. މި ބަލި ޖެހިގެން މިވަގުތު 2،000 އަށް ވުރެ ގިނަ މީހުން ފަރުވާ ހޯދަމުން އަންނަ އިރު 118 މީހަކަށް ފަރުވާދެނީ ހޮސްޕިޓަލްތަކާއި ކޮވިޑް ފެސިލިޓީތަކުގައެވެ.

ކޮވިޑް ކޮންޓްރޯލް ކުރުމަށް މިދިޔަ ޖެނުއަރީ މަހުގެ ފަހުކޮޅުން ފެށިގެން ހަރުކަށި ފިޔަވަޅުތަކެއް އަޅަން ފެށި ފަހުން މިއަދާ ހަމައަށް އައިއިރު ވެސް ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރެވިފައެއް ނުވެއެވެ. އެގޮތުން ދުވާލެއްގެ މައްޗަށް ކޮވިޑް ޖެހޭ މީހުންގެ އަދަދު ހުރީ 100 އަށް ވުރެ މަތީގައެވެ. އެކަމަކު މަދު ދުވަހެއްގައި އެ އަދަދު 100 އަށް ވުރެ ދަށްވެފައި އެބަހުއްޓެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޙސހ

    މި ޕޮލިހުން ރަނގަޅު މާސް ކް ނާޅާ މަގުމަތީ އުޅުނަސް.. އެ ކަމް އެހެން މީހަ ކު ނާޅާފިއްޔާ ވަގުތުން ޖޫރިމަނާ. އެހެންނު ދޯ ވާނީ ވަ ކި ބައެ އް ގައިން ޖެހޭ ބައްޔެއް ވިއްޔާ މިއީ....

  2. ސިއްދީޤު

    2023 ހަމައަށް ދިގު ދަންމާލަބަލަ ، އޭރުން ރައްޔިތުން ނަށް އެނގޭނީ.... 19 މާޗު ހު ކުރު ދުވަސް މީ ވަރަށް ޙާއްސަ ދުވަހެއް ، ސަރު ކާރުގެ މަތިފަޑިއަށް ބުނެލަން އޮތީ ރައް ކާވެ ތިބީޔާ ދަތުރު ....
    މުޅިމާލެ މަގުތައް ފުރާލާނެ / ހުރިހާ ވިޔަފާރިވެރިން ނު ކުންނާނެ / މަސްވެރިން / ޢާއްމު ރައްޔިތުން އެންމެ ނު ކުންނަނީ .....🇲🇻 ޤައުމު ހަމަ މަޤަށް އަޅުވާލަނީ

    8
    1
  3. ޖައިސް

    ހަރުކަށި ފިޔަވަޅޭ ކިޔައިގެން ހުސް ޑްރާމާ ކުޅޭނީ. ދިވެހި ރައްޔިތުންގެ ރުފިޔާތައް ކާންވެގެން ޖަހާ ސަކަރާތް. އެއްވެސް އިތުބާރެއް ނެތް ތިޔަ އެޗް ޕީ އޭ އަކަށް.

  4. ދޮންކެޔޮ

    މުޅި އަހަރައް ދަންމާލަބަލަ ރަތްއިތުން ވާނެ ގެއްލުމަކައް ބަލާނެ ކަމެއް ނެތް ، ބޮޑުން ނައް ހުރިހާ މޮޅަކާ ފައިދާ އެއް

  5. ނާގާބިލު

    ނާގާބިލް ސަރުކާރު

  6. ފަލީހަތު މޫސާ

    ތާކުންތާކު ނުޖެހޭ ފިޔަވަޅެ އް އަޅަ އިގެން ރަ އްޔިތުން ގޭބަނދުކޮށްގެން ކޮންފަދަ ނޮހޮރު އްޕާނެ އް!! ފިހާރަތަކަށް ވަދޭ މާގިނަމީހުން. ހޮޓާ ރެސްޓޮރަންޓުތަ އް ބަންދުކޮށްގެން ތިންހަތަރުމަސްވެ އެމިހުން ބަނގުރޫޓުވެ މަގުމަތިވުން ނުންކޮންކަމެ އް؟؟