ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކޮށް ފަސް އަތޮޅަކަށް ހުދު ސަމާލު ނެރެފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ހުދު ސަމާލު ނެރެފައިވަނީ ވ. އަތޮޅުން ފެށިގެން ތ. އަތޮޅުގެ ރަށްތަކަށެވެ. މި ސަމާލު ނެރެފައިވަނީ މިއަދުގެ މެންދުގެ 14:50 އިން ފެށިގެން ހަވީރު 18:00 އާއި ހަމައަށެވެ.

މި އަތޮޅުގެ ރަށްތަކަށް ހުދު ސަމާލު މިއަދު ހަވީރ 18:00 އާއި ހަމައަށް ނެރެފައިވާއިރު، ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރަމުން އަންނާތީ ރޭގެ ފަތިހު 04:30 އިން ހެނދުނު 09:30 އަށް ލ. އަތޮޅުން ފެށިގެން އައްޑޫސިޓީ އާއި ހަމައަށްވެސް ހުދު ސަމާލު ނެރެފައެވެ.

މިދުވަސްކޮޅަކީ ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރަމުން އަންނަ ދުވަސްކޮޅެއް ކަން ފާހަގަ ކޮށްލެވެއެވެ. އެގޮތުން މިދިޔަ ހަފްތާގެ ތެރޭގައި ހއ. އިން ފެށިގެން ޅ. އަތޮޅަށް ކުރި ވިއްސާރާގައި ބައެއް ރަށްތަކުގައި ފެންބޮޑުވުމުގެ ހާދިސާތައްވެސް ވަނީ ހިނގާފައެވެ.