ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ގދ. ގައްދޫ ކައުންސިލްގެ ރައީސް ކަމަށް ވާދަކުރައްވާ އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ ކެންޑިޑޭޓް މުހައްމަދު އަހްމަދުގެ މައްޗަށް ޖިންސީ ކުށުގެ ދައުވާތަކެއް އުފުލި ޝަރީއަތް ނިމެންދެން މާފުށީ ޖަލުގައި ބަންދު ކުރަން ހުކުމް ކޮށްފައިވާ ކަން ހާމަވެއްޖެއެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މައުލޫމާތު ލިބިފައިވާ ގޮތުގައި، މުހައްމަދު އަހްމަދުގެ މައްޗަށް އުފުލިފައިވާ ތިން ދައުވާއެއްގެ ޝަރީއަތް ހިނގަމުން އެބަދެއެވެ. މި ގޮތުން ޕީޕީއެމްގެ ޓިކެޓު ލިބުނުއިރުގައި ވެސް ދައުވާއެއް އުފުލިފައިވެއެވެ. އެއީ 2015 ވަނަ އަހަރު އުފުލުނު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާއެވެ.

ކުރިން ހުށަހެޅުނު މައްސަލައިގެ ޝަރީއަތް ނުނިމޭއިރު މިދިޔަ އަހަރު އިތުރު ދެ ދައުވާއެއް އުފުލުނެވެ. އެއީ ޖިންސީ އަމަލެއް ހިންގަމުން ގެންދާ މަންޒަރެއް ނުވަތަ ފޮޓޯއެއް ނުވަތަ ފިލްމެއް ނުވަތަ ފިލްމެއްގެ މަންޒަރެއް ކުޑަކުއްޖަކަށް ދެއްކުން ނުވަތަ އެފަދަ އަމަލެއް ހިންގާ އަޑު ކުޑަ ކުއްޖަަކަށް އިއްވުމުގެ ކުށުގެ ދައުވާ، އަދި އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ ދައުވާއެވެ.

އެނގިފައިވާ ގޮތުގައި ފަހުން އުފުލުނު ދައުވާތަކާ ގުޅިގެން އޭނާ މި ވަގުތު ހުރީ ޝަރީއަތް ނިމެންދެން މާފުށީ ޖަލުގައި ބަންދުގައެވެ. ގައްދޫއިން ވާހަކަ ދެއްކި ބައެއް ފަރާތްތަކުން ވެސް މި ކަން ކަށަވަރު ކޮށްދެއެވެ.

މި ކަމާ ގުޅިގެން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަކި ގޮތެއް މިހާތަނަށް ނިންމާފައި ނުވާ ކަމަށް މައުލޫމާތު ލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ރާއްޖެ

    މި ފެންވަރުގެ މީހުން މިއުޅެނީ ރައްޔިތުންގެ ހައްގުގައި

    12
    5
  2. ފިނޑި

    ސުވާލަކީ އޭނާއައްކުރިމަތިލުމުގެ ހުއްދަ ލިބުނީކިހެނެއްހޭ އިންތިޚާބަކައްކުރިމަތިލާއިރު ޖެހޭނެހެން ހީވަނީ ވަރައްގިނަ ކަންތައްކުރަން މިސާލަކައް ކުށުގެރެކޯޑު ސާބިތުދަރަނި މިހުރިހާކަމެއް މިހެންއޮތްއިރު އޭނައައް ހުއްދަދިން ފަރާތެއް
    އޮންނާނެ އެފަރާތަކުން ޒިންމާވެސް ނަގަންޖެހޭނެ އެކަމަކު ނުނަގާނެ އެއައްވުރެން ފިޑިވާނެ

  3. ހުސެން

    އެއއެ އީ ހުސްދޮޙު މީސް މީހުންގެ އަގު ވަ އްޓާލަން އުޅޭމީހުން..