އދ.ގެ ސަލާމަތީ މަޖިލީހުގެ މެންބަރުކަން ކާމިޔާބު ކުރަން ރާއްޖެ ކުރި ކެމްޕޭނާއި ދެކޮޅަށް ވަރަށް ވަރުގަދަ އަށް މަސައްކަތް ކުރުމަށް ފަހު އެވޯޓް ރާއްޖެ އަށް ނާކާމިޔާބު ވުމުން މިލިބުނީ ވަރަށް ބޮޑު ލަދުވެތި ކަމެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ސަލާމަތީ މަޖިލީހުގެ މެންބަރުކަން ހޯދަން ރާއްޖެ ކުރި ކެމްޕޭން ނާކާމިޔާބު ކޮށްލަން ރައީސް ނަޝީދު ވަނީ އެމަނިކުފާނުގެ މަންދޫބެއްގެ ގޮތުން ކެރަފާ ނަސީމް އެމެރިކާ އަށް ފޮނުވައިގެން އެންޓި ކެމްޕޭން ކުރިއަށް ގެންގޮސްފައެވެ. އަދި ސަރުކާރާއި އިދިކޮޅު ފަރާތްތަކުން ވެސް ވަނީ ވަރަށް ވަރުގަދައަށް އެންޓި ކެމްޕޭން ކޮށްފައެވެ.

ރައީސް ނަޝީދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އދ.ގެ ހިއުމަން ރައިޓްސް ކޮމިޝަންގެ ގޮނޑި ރާއްޖެ އިން ކާމިޔާބު ކުރީ 185 ވޯޓާއި އެކުގައި ކަމަށާއި ސަލާމަތީ މަޖިލީހުގެ ގޮނޑި ކާމިޔާބު ނުކުރެވުނީ ރައީސް ޔާމީންގެ ސަރުކާރު ފެއިލްވެ އަގުވެއްޓިފައި އޮތުމުން ކަމަށެވެ.

އިންޑޮނޭޝިއާ އާއި ވާދަކޮށް ރާއްޖެ އަށް ސަލާމަތީ މަޖިލީހުގެ ގޮނޑި ކާމިޔާބު ނުކުރެވުނު ނަމަވެސް ސަލާމަތީ މަޖިލީހުގެ އިންތިޚާބު ގައި ރާއްޖެ އިން 46 ވޯޓް ހޯދުމަކީ ވަރަށް ބޮޑު ކާމިޔާބެއްގެ ގޮތުގައި ގިނަ ފަރާތްތަކަކުން ދަނީ ފާހަގަ ކުރަމުންނެވެ.

އިންތިޚާބު ނާކާމިޔާބުވުމުން ރާއްޖެ އިން ބުނީ ދުނިޔޭގެ ސުލްޙައާއި ސަލާމަތަށް އެކަށީގެންވާ ގޮތަކަށް މަސައްކަތްކޮށް ވަކާލާތުކުރަން، ކުދި ޤައުމުތަކަށް ފުރުސަތު ނުލިބުމަކީ ހިތާމަކުރާ ކަމެއް ކަމަށެވެ.

މިއީ ސަލާމަތީ މަޖިލީހުގެ މެންބަރުކަން ހޯދަން ބާއްވާ އިންތިޚާބުގައި ރާއްޖެ ފަދަ ކުޑަ ގައުމަކުން ވާދަވެސް ކުރި ފުރަތަމަ ފަހަރެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ޙަަސަން

    ކެނެރީގެ އިބިލީހަކީ މިޤައުމަށް ދުވަހަކުވެސް ހެޔޮއެދޭނެ އިބިލީހެއްނޫން.

  2. އަފީ

    1. ދިވެހިރާއްޖެއަކީޫ ކުޑަ ގައުމެއް ނަމަވެސް ސާބިތުކަމާއެކީ މަސައްކަތްކުރާ ގައުމެއެް، އަދި އަލަށް ބޮޑެތި ގައުމުތަކާ ފައިޓްކޮށް އިންތިހާބްގައި ކުރިމަތިލާންކެރުނު ގަޓް ހުރި ގައުމެއް! ދިވެހީންގެ ހިތްވަރުގަދަކަން އދ ގައި ދައްކުވައިދިން ގައުމެއް! ނަމަވެސް ގޮނޑި ނުލިބިން ގަންނަން ޖެހުނު ލަދެއް ނެތް! ސާބިތުވީ ދިވެހީންގެ ހިތްވަރުގަދަކަން.

    2. ކެނެރީގޭ ނަސީދު 2013 ގައި ރިޔާސީ އިންތިހާބް އިން ވީ ފެއިލް! ގަތީ ބޮޑު ލަދެއް....

    3. ކެނެރީގޭ ނަސީދު ވެރިކަމުގައި އިސްލާމްދީނަށް ކުރީ ފުރައްސާރަ! މުސްލިމުން ކުރިމަތީ ގަތީ ބޮޑު ލަދެއް....

    4. ކެނެރީގޭ ނަސީދު ވެރިކަމުގައި ލެޕްޓޮޕަކުން ގައުމު ހިންގާނަމޭ ބުނެ ގައުމު ދަރުވާލީ! ދިވެހީން ކުރިމަތީ ގަތީ ބޮޑު ލަދެއް...އިސްތިއުފާ ދީފަ ރައްކާވީ

    5. ކެނެރީގޭ ނަސީދު ގާޒީއަކު ވަގަށް ނަގައިގެން 13 އަހަރަށް ލީ ޖަލަށް! ދިވެހީން ކުރީމަތީ ގަތީ ބޮޑު ލަދަެއް.........

    6. ކެނެރީގޭ ނަސީދު ވެރިކަމުގައި ކުރީ ވައްކަން! ދިވެހީން ކުރީމަތީ ގަތީ ބޮޑު ލަދަެއް.........

    7. ކެނެރީގޭ ނަސީދު މައިބަދަ ވެއްޓިގެން މައިބަދަ ހަރުކުރަން ގޮސް ފިލީ! ދިވެހީން ކުރީމަތީ ގަތީ ބޮޑު ލަދަެއް.........

  3. ގަލޮޅު މީހާ

    ކަލޭ ލަދު މަ ހީ ހީ ހަލާކު ހަމަ

  4. ޙަސަން

    ބޮޑުބިޔަ ސަރުކާރަކުން ކުރިބުރަ މަސައްކަތް ފެއިލްވީ ސަރުކާރުން މިބުނާ ޓެރަރިސްޓެއްގެ މަސއްކަތުންނޭތޯ ތިވިދާޅުވީ؟ މިހެންކަމަށްވާނަމަ ޓެރަރިސްޓުންގެ ބާރުމާގަދަވެފަ އެމީހުންގެ ތާއީދު ހާދަބޮޑިއްޔޭދޯ

  5. ޣާދިރު

    ކަމުނުދަނީ މުނާފިގު މީހުން ދައްކާ ވާހަކަ ގެނެސް ދޭތީ..

  6. މަރީ

    ބޮޑުއިބިލީސް.

  7. އެންމެން

    އަހަރަމެން އެތަށް މަސައްކަތެއް ކޮށްގެން 30 އަހަރުގެ ބާރުގަދަ ވެރިކަން ނިއްމައި ރާއްޖޭގެ ވެރިކަމަށް އަރުވަދިނީމަ އެކަން ކުރަން ނެއެނގިގެން ވެރިކަން އަތުން ބީވެގެން ދިޔައީމެ ލަދެއް ނުގަނޭތަ؟ ލަދެއް ހުރިމީހެއް ނަމަކަ ތިހާވާ ހަޑިހުތުރުކޮށް އުޅޭކަށް ނުކެރޭނެ.

  8. ކެރަފާ

    އަޒަލްވެސް އައިޑޮލް ކާމިޔާބު ކުރީ ތިންބުރުން ދޯ