އުމުރުން އެންމެ ހަތަރު އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި މީހަކު 15 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފިއެވެ.

ކްރިމިނަލް ކޯޓުން މިގޮތަށް ހުުކުމްކުރުމުން ހައިކޯޓުން ވަނީ އެކަމަށް ތާއީދުކޮށްފައެވެ. މި މައްސަލައާއި ގުޅިގެން ކުށް ސާބިތުވެ ޖަލަށް ލުމަށް ހުކުމްކޮށްފައި ވަނީ ކ. ގާފަރު އޯކިޑުމާގެ، އަބްދުއްސަލާމްގެ މައްޗަށެވެ.

ކްރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފްކުރުމަށް އަބްދުއްސަލާމްްގެ ފަރާތުންް އެދުމުން ހައިކޯޓުން ވަނީ މި މައްސަލަ އިސްތިއުނާފްކޮށް ކްްރިމިނަލް ކޯޓުން ކުރި ހުކުމަށް ތާއިދުކޮށްފައެވެ.

ދާދި ފަހުން ކުޑަ ފިރިހެން ކުއްޖަކަށް ތަކުރާރުކޮށް ޖިންސީގޯނާ ކުރި މައްސަލައެއްގައި 14 އަހަރަށް ޖަލަށް ލުމަށްވެސް މީހެއްގެ މައްޗަށް ހުކުުމްކޮށްފައި ވެއެވެ. މި މައްސަލާގައި ހުކުމް ކުރީ އދ. ދިގުރަށު ކަނީރުވިލާ ހުސައިން ޔަހްޔާގެ މައްޗަށެވެ. އެއީ 50 އަހަރުގެ މީހެކެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާއި ފުރައްސާރަ ކުރުން ފަދަ ކުށްތައް ފަހަކަށް އައިސް ވަރަށް ގިނައިން އިތުރުވެފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ. މީގެ ތެރެއިން ދެ އަހަރާއި ފަސް އަހަރާ ދެމެދުގެ ވަރަށް ޅަ އުމުރު ފުރައިގެ ކުދިންނަށް ގޯނާ ކުރާ މައްސަލަތައް ވެސް ހިމެނެއެވެ.