ކިތަންމެ ނުރުހޭ މީހަކު ވެރިކަމުގައި ހުއްޓަސް އަމިއްލަ ޤައުމަށް ޖޯކު ޖެހުމަކީ ލަދުވެތި ވާންޖެހޭ ކަމެއް ކަމުގައިޑީއާރުޕީގެ ކުރީގެ ނައިބް ލީޑަރު އަދި އައްޑޫ ސިޓީ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް (މަވޯޓާ) ވިދާޅުވެއްޖެއެވެ.

މަވޯޓާ މިހެން ވިދާޅުވެފައިވަނީ އދ.ގެ ސެކިއުރިޓީ ކައުންސިލްގެ ގޮނޑި ރާއްޖެއަށް ކާމިޔާބު ނުވުމުން އިދިކޮޅު ފަރާތްތަކުން ސަރުކާރަށް ފާޑު ވިދާޅުވަމުން ގެންދަވާ ދަނޑިވަޅެއްގައި ޓުވިޓަރ މެދުވެރިކޮށް ކުރެއްވި ޓުވީޓެއްގައެވެ.

މަވޯޓާ ކުރެއްވި ޓުވީޓްގައި ވިދާޅުވެފައިވަނީ ކޮންމެ އިންތިޚާބަކުންވެސް ކާމިޔާބުވާނީ ކޮންމެވެސް އެއްފަރާތެއް ކަމަށާއި، ބަލިވީ ފަރާތަށް މަލާމަތް ކުުރުމަކީ އެހާ ރަނގަޅު ކަމެއް ނޫން ކަމަށެވެ.

އދ ގެ ސަލާމަތީ މަޖިލީހުގެ ގޮނޑިއަށް ރާއްޖެއިން ވާދަކޮށްވަނީ ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިފައެވެ. މިއިންތިޚާބުގައި އިންޑޮނޭޝިއާ އާއި ވާދަކޮށް ރާއްޖެއަށް ލިބިފައިވަނީ 46 ޤައުމުގެ ވޯޓެވެ. އަދި އިންޑޮނޭޝިޔާއަށް ލިބިފައިވަނީ 144 ޤައުމުގެ ވޯޓެވެ. އދ. ގެ މެމްބަރަކަށް ރާއްޖެ ވިތާ 50 އަހަރުގެ ތެރޭގައި، މިއީ ސަލާމަތީ މަޖިލީހުގެ ގޮނޑިއަކަށް ކުރިމަތިލި ފުރަތަމަ ފަހަރެވެ.

ކިޔުންތެރިންގެ ހިޔާލު

25 ކޮމެންޓް

 1. ސައިނީ

  ސާބަހޭ މަވޯޓާ މިމީހުނއ ހީކުރަނީ ރާއްޖެ ސެކިއުރިޓީ ކޮމެޓީއަށް ލީ އެގެންވެސް ލަޓެއްލިބޭނޭ ކަމައް ހެން ކެކެކެކެކެކެކެކެކެ

 2. އަލްޖިބްރާ

  އަމިއްލަ ޤައުމަކީ ތިމާގެ ތަރިކަ މުދާގަޑަކަށް ހަދައިގެން އުޅުމަކީ ލަދުވެތި ކަމަކަށް ނުވަނީތަ ؟

  • Anonymous

   އަމިއްލަ ގައުމަކީ ދިވެހިންގެ ތަރިކާ މުދާ.ނަޝީދަށް ކިން ޚައްގެއްއޮތީ އެމުދާ އިންޑިޔާއަށް ވެރިކަމުގެ ކޮލޭޓްރަލްއަކަށްދޭން؟

  • ހަސަނާ

   ތަރިކަ ކަމަށް ނުދެކޭ ދިވެހިންނެއްނު ގައުމަށް ލިބޭ ދެރައިގަ ތިމާ އަމިއލަ ނަފްސައް އެމަލާމަތް ކުރަނީ. ޖީއެމްއާރްއަށް ދިވެހިންގެ 50 އަހަރުގެ ތަރިކަ ދިން މީހުނެއްނޫންތަ މިގައުމަށް ހަލާކު އެ އެދެނީ؟

 3. ައަލީ

  ޝަރީފައް ތާއީދު

 4. އަބްދުއްލާ

  ނަސީދު ދެކެނީ އޭނާޔަކީ އިގިރޭސި އަކު ކަމަށް އިގިރޭސިޔަކު ރާއްޖޭގަ ރައީސްކަމަށް ފައިނަގަނީ ކީއްވެ . މިގައުމަކަށް އަނެއް ދިވެހިރާއްޖެ ނުވަތަ ކްރިސްޓިއަން ދިވެހި ރާއްޖެ ބޭނުމެއްނޫން . މިގައުމަށް ބޭނުންވަނީ މުސްލިމްދިވެހިރާއްޖެ މިގޮތުގަ އޮތުމަށް.

 5. ރހހ

  މިއަދު އިދިކޮލުގާ ތިބީދިވެހިންނެއްނޫން. މިއަދުގެ ސަރުކާރުން ތިވަރުގެހިއްވަރެއްހުރެ ތިގޮންޑިޔައް ކުރިމަތިލުަމަކީ ގައުމައްޓަކާ ކޮންދިން ވަރައްބޮޑުކަމެއް. ތިކުރާކޮންމެކަމަކުން ލިބެނީ އިތުރުހިއްވަރެއް. ﷲގެ ރަހުމަތުން 2018ގެ ރިޔާސީ އިންތިހާބު ރ.ޔާމިނު ކާމިޔާބުކުރާނެ. މިއަދުގެ ތާރީހް މިކަމައްހެކިވާނެ އިންތިޒާރު ކޮއްލައްވާ.

 6. ނާޒިމް

  ކޮން އަތަކައް ކަލޯ ތި ކެންޑެނީ

 7. ޅޮސްއުނދޯލި

  ޝަރީފުވެސް ޅޮސްއުނދޯލިހެއްލާދޭންފެށީދޯ ؟ އެދުމެއްއެބައޮތްހެންހީވޭ ؟ ކޮންމެވެސްމީހަކުބުނިއަޑުއެހިން ޕީޕީގެޓިކެޓުގަޔޯ ދެންކުރިމަތިލަނީ ؟

 8. ހެޕީ

  މަ ވޯޓާ ތިޔަހަރި އައްޑޫ ގޮނޑި ލިބިފައެ ދެން.. ލާރިކޮޅެއް ތާށިވީތޯ؟ މި އުޅޭ މީހެއްކަންވެސް ނޭނގޭ

  • Anonymous

   ހެޔޮބަހެއްބުނެ ގައުމުގެ ސަލާމަތާ ރައްކާތެރިކަމަށް އެދޭ ކިންމެ މީހަކީ ރީދޫ ހުންޖރހިފަ ސިކުނޑި ހަރާބުވެފަ ތިބޭ ކިންމެ މީހަކަށް ނުބަެިމީހުން.

 9. ޢަލީ

  މިހާރަމިހާކަށް އައިސް މި މަވޯޓާސަރުކާރަށް ވަރަށް ތާއީދު ކުރަންމަޖުބޫރުވާތަން އެބަފެނޭ. ލާރިކޮޅެއް ތާށިވީ؟ 5މިލިޔަން؟ ޙެހެހެހެހެ

 10. ކަރުންމަތީގެ ޑޮކްޓަރު

  ދެން މަވޯޓާ ފަކީރަށް ބަވާ ކުޑަކޮށް ވަރުބާލަންވީ މީ މިމީހުންގެ ނުބައި ނުލަފާކަމާއި ވިސްނުން ހުންނަވަރު.

  • Abdul Latheef

   މެެެންޓަލީ ސިކް ޑޯގްސް ތަކެއްވީމަ ތިޔަ ޒާތުގެ ކަންތައް އެބައިމީހުންގެ ކިބައިން ފެނިގެން ދާނެ އެވެ. ތީކީ އާ ކަމެއް ނޫނެވެ. މަވޯޓާ އަކީ ފުރިހަމަ އެމްޕީ އެއް.

 11. ރަށްދު

  ސާބަހޭ ކުވާޓާ ސަރީފް ލަދުގަންނަންޖެހޭކަމެއް މިހާރަކުނޯންނާގެ ސާފް ވެއްޖެތަ؟ އިދިކޮޅު ފަރާތްތަކުން އަމިއްލަ ގައުމުގެ އަގުވައްޓާލުމަކީ ލަދުވެތިކަމަކަށް ނުވަނީތަ ސަރީފް ވަރަށް ތަންދޮރުދަނެ

 12. މަޒް

  އަމިއްލަ ގައުމު މިއޮތީ ޖޯކެއްހެން.. ޖޯކު ނުޖެހިއްޔާ ދެރަ

 13. ކޮހޭ

  ޟަވޯޓާ މާއަދުލުވެރިމީހަކަށް ވެގެން ފާޑުފާޑުގެ ވާހަކައެއް ދައްކާނެ ކަމެއްނެތް މިސަރުކާރުން ދިވެހިރައްޔިތުންނާމެދު ޢމަލުކުރަމުން ދަނީ ވަރަށް އަނިޔާވެރި ބޭއިންސާފުކޮށް ވީމާ މިކަހަލަ ގަނޑިބސްބުނެފަކުރާކޮންމެކަމެއް ނާކާމިޔާބުވީމާ ހަމަ ހިނި އަންނާނީ ވަރަށް ވާހަކަ ދެންއަތްޖަހާ!!

 14. ނޯ

  އެއީ އެންމެބޮޑު ޚިޔާނާތް

 15. ގޮނާސަކް

  ސަލާމަތީ މަޖިލީހުގެ ގޮނޑި ރާއްޖެއަށް ކާމިޔާބެއް ނުވި ނަމަވެސް އެއީ މަމެން ހާސްވާން ޖެހޭނެ ކަމެއް ނޫނޭ ކާމިޔާބު ނުވި ނަމަވެސް ދެން އޮންނަ ފަހަރަކު ވެސް މަމެން ބައިވެރިވާނަމޭ ދެން އޮންނާނީ ވެސް ހަމަ މަމެންގެ ވެރިކަމުގައި ނޫންތޭ އެފަހަރަކު އިންޑޮނޭ މެން ގަނެލާނަމޭ މާލެ ސަރަަހައްދުން ފަޅު ތަކެއް އެމެންގެ ސަރުކާރުގެ ބޮޑުންނަށް ކުޑަ އިކްއިޒިޝަން ކޮސްޓް އަކަށް ދީގެން މީ ނުކުރެވޭނެ ކަމެއް ނޫނޭ އެއިރުން އެންމެ ފަހު ވަގުތު އިންޑޮނޭ މެން ނަން އަނބުރާ ގެންދިއުމުން ދެން ކެއްކޭނެ ޑޮންޑޮނެއް ނުހުންނާނެ އެއް ނޫންތޭ މިހާ ސިމްޕްލް އެެން އީޒީ ކަމެކޭ ތިޔާއީ ފީގުދާނުގެ ވޯޓެއް ނޫންތޭ ތިޔާއީ މުޅިން ވެސް ގަނެގެން ވޯޓް ހޯދާ ތަން ކަން އެންމެން ނަށް އިނގޭނެ އެއް ނޫންތޭ. ދީސް އާރ ދަ ތިންގްސް އައި ކާންޓް އިގްނޯރ އިޓްސް ގޮނާ ސަކް ދޯ.

 16. އައިކުޑް

  ސަލާމަތީ މަޖިލީހުގެ ގޮނޑި ރާއްޖެއަށް ކާމިޔާބެއް ނުވުން އެއީ އެއްވެސް މައްސަލަ އެއް ނޫނޭ މިހާރު މަމެންނަށް އެނގިއްޖެއޭ އެގޮނޑި އެއީ ކޮންމެހެން ވޯޓް ހޯދައިގެން ކުރަން ޖެހޭ ކަމެއް ނޫން ކަން އެއީ ލޮބީ ކޮށްގެން ފަރުދާގެ ފުރަގަހަތުން ކަޓެއް ދީގެން ނިންމާލާ ކަމެއް ކަން އެހެންވެއްޖެނަމަ ދެން އަންނަ ވޯޓެއްގައި މަމެން އެކަން ކުރާނީ އިންޑޮނޭ މެންނަށް ކަޓެއް ދީގެންނޭ އެކަން ކުރެވޭނެއޭ އިންޑޮނޭ މެންގެ ކެބިނެޓް ކޮންމެ މެމްބަރަކަށް މާލެ ސަރަހައްދުން ފަޅެއް ކުޑަ އިކްއިޒިޝަން ކޮސްޓް ގައި ދީގެން އެއިރުން އިންޑޮނޭ މެން އެންމެ ފަހު ވަގުތު ނަން އަނބުރާ ގެންދާނެއޭ އެއިރުން އޮޓޮމެޓިކް އިން މަމެން ހޮވޭނެއޭ އދ. ގެ ސަލާމަތީ މަޖްލީހަށް ދެން އަންނަ ފަހަރުން މަމެން ހަދާނީ މި މެޖިކްއޭ ނޯ ނީޑް ޓު ވޮރީ ބޭބީ އައި ކުޑް ލައިކް އިޓް ޓިލް ދަ ޑޭ ދެޓް އައި ޑައި ޑައި ޑާއި ޑާއި ޑާއި ބަޓް އައި އޭމް ލުކިންގް ފޯރ ދަ ލަވް އޮފް ޔުއަރ އެން ދެއަރ ލައި ލައި ލައި ލައިފް. އޯއް ޔޭއް. ޑޯންޓް ބައި މީ ފްލާވަރސް އައި ރިއަލީ ހޭޓް ޓު ކެރީ ދެމް

 17. ދުރުމި

  އެއީ މިސާލަކަށް ރާއްޖޭގެ ގައުމީ ޓީމާއި އެހެންބަޔެއްގެ ގައުމީ ޓީމު ކުޅެނިކޮށް ރާއްޖޭގެ ގައުމީޓީމާއި ދެކޮޅައް ސަޕޯޓް ކުރުން ކަހަލަ ކަމެއް. ސަލާމަތީ މަޖިލިހުގެ ގޮނޑި ރާއްޖެ އަށް މިސާލަކަން ލިބުނީޔޯ ދެން މިއޮތް އިންތިހާބު އެމްޑީޕީ މޮޅުވެ ރާއްޖޭގެ ވެރިކަން ލިބިއްޖެނަމަ ރައިސް ޔާމިނު ދާނީ އަލިފު ދާލުގެ ގޮނޑިހިފައިގެންދޯ.

 18. އައްޓަމަސް

  މަވޯޓާއަށް މަރުހަބާ!ސިޔާސީވިޔަސް،ޚިޔާލުތަފާތުވިޔަސް، ގަވްމަށްދެރައެއްލިބިގެން އެގަވްމެއްގެ ބަޔަކު އުފާކުރާތަނާ ޖޯކުޖަހާތަން މިފެނުނީ އަދި ކިރިޔާ ދިވެހިރާއްޖެއިން! މީގެންވެސް އެނގުނީ ދިވެހިންގެ ގޮތްކުޑަކަން، ގަވްމަށް އުފަންވަނީ، ގަވްމުގަދިރިއުޅެނީ، ގަވްމަށްތިމާކޮއްދޭކަމެއްނެތް! ގަވްމަސްދެރަގޮތްވާންެދެނީ، ގަވްމަށްދެރގޮތެއްވީމަ އުފާކުަރނީ ޕާރޓީބާއްވަނީ، މައްސަލެޔެއްނެތް ކޮންމެކުލައަކަށްތާއީދުކުރިޔަސް ކޮންމެދިވެއްސަކީވެސް ފެއްސާރަތާހުދުގެ މީހަކަށްވާންވީ، ކޮންމެމީހަކު ވެރިކަމުގަހުއްޓަސްނެތަސް ގަވްމުއޮންނާނެ، ގަވްމެއްއެއްވެސް މީހަކަށް ދެރައެއްނުދޭނެ! އަނެއްކާ ބަލާހޯދަބަލަ އިންޑޮނީޝިޔާއާއި ރާއްޖޭގެ ތަފާތު އެޔީމުސްލިމު އެންމެބޮޑުގަވްމު، ހުރިހަގޮތަކުންވެސް ތަފާތުވާނެ

 19. ބަރުގޮނު

  ޝަރީފް ތިޔަ ވިދާޅުވީ ރަގަޅު ވާހަކައެއް. ޖޯކްޖަހާ ފަރާތްތަކާ ބެހޭގޮތުން ބުނެވޭނީ އެފަރާތްތަކުން އެއުޅެނީ ޤަވްމާ ޤަވްމުގެ ރަޢިއްޔަތުން ބޭނުންވެގެންނެއްނޫނޭ. ބޭނުންވަނީ ހަމައެކަނި " ޤަވްމު ގެ ވެރިކަމޭ.."

 20. ތަވޯޓާ

  މަވޯޓާ އަކީ އަބަދުވެސް މާ މޮޅު ވާން އުޅޭ މީހެއް. މިޒަމާނުގާ ޖޯކު ޖެހުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް. މަވޯޓާ އަކީ ހިތުން ރާްޖޭގާ ނެތްވަރު މީހެއް ކމަށް އަބަދު ހެދިގެން އުޅޭ މީހެއް. ޖޯކު ޖަހަން ބޭނުން މީހަކު ހަމް ޖޯކު ޖަހަންވީ އެއީ މާބޮޑު ކަމެއްނުން. ރާއްޖެ ޔޫއެން ގެ ސަލާމަތީ މަޖްލިހުން ޖާގަ ހޯދަން ވިސްނުމަކީ ވެސް ޖޯކެއް. މަވޯޓާ މެންއަކީ މިހާރު ބޯދާ މީހުން. އައްޑޫ މީހުންއަށް މަވޯޓާ ނުން މީހަކަށް މަޖްލިސްގެ މެމމބަރު ކަން ދޭން ނޭގޭތީ ހައިރާން ވާން ޖެހޭ

 21. ގަލޮޅު މީހާ

  އިލާހީ ގާނޫނާ ގައުމު ދުރުވާ ވަރަކައް ވާނީ މިހެން . ކީތަވާނީ ތި މަޖިލީސް މެމްބަރުން މިގައުމުގަ އިސްލާމީ ށަރީޔަތް ގާއިމު ކުެރަން ބިލެއް ވެއްދީޔާ