މާލޭގެ ވޯޓް ގުނުން ކުރިއަށް ދަނީ – ވަގުތު އިމޭޖްސް : އަމީން ފަހްމީ
މާލޭގެ ވޯޓް ގުނުން ކުރިއަށް ދަނީ – ވަގުތު އިމޭޖްސް : އަމީން ފަހްމީ
02:23 އާދަމް ނަވާޒް

01:47 އާދަމް ނަވާޒް

23:52 އާދަމް ނަވާޒް

23:41 އާދަމް ނަވާޒް

23:15 އާދަމް ނަވާޒް

އައްޑޫ މޭޔަރު ސޯބެ ވިދާޅުވީ މިނަތީޖާ އިން ދައްކަނީ މިހާރު އޮތް ސަރުކާރާއި މެދު ރައްޔިތުން ނުރުހޭ ވަރު ކަމަށާއި މިލިބުނު ނަތީޖާ އަކީ އިދިކޮޅު އިއްތިހާދުގެ މަސައްކަތް ކަމަށް. އޭނާ ވިދާޅުވީ އިންތިޚާބުގައި ރެކޯޑް އަދަދަކަށް ގޮނޑި ކާމިޔާބު ކުރެވިފައިވާ ކަމަށް.

22:41 އާދަމް ނަވާޒް

22:40 އާދަމް ނަވާޒް

22:09 އާދަމް ނަވާޒް

މިހާތަނަށް ލިބުނު ނަތީޖާ އަށް ބާލާއިރު މާލެ އާއި އައްޑޫ އަދި ފުވައްމުލަކު ސިޓީގެ ގިނަ ގޮނޑިތައް ބޮޑު ތަފާތަކުން އެމްޑީޕީ އިން ވަނީ ކާމިޔާބު ކޮށްފައި.

22:03 އާދަމް ނަވާޒް

ހެންވޭރު ދެކުނު ދާއިރާ އިން މިހާތަނަށް ލިބިފައިވާ ނަތީޖާ އަށް ބަލާއިރު އަމިއްލަ ގޮތުން ވާދަކުރި އިބްރާހިމް ވަހީދު އަށް 64 ވޯޓް ލިބިފައިވެއެވެ. ޕީޕީއެމްގެ މުހައްމަދު ވަހީދު އަށް ލިބިފައި ވަނީ 481 ވޯޓެވެ. އެމްޑީޕީގެ އިބްރާހިމް މަނިކު އަށް ވަނީ 805 ވޯޓް ލިބިފައެވެ.

21:46 އާދަމް ނަވާޒް

ގަލޮޅު އުތުރު ދާއިރާ ޓީ04.1.05 ފޮށިން އެމްޑީޕީގެ ޝިފާ މުހައްމަދު އަށް ވަނީ 263 ވޯޓް ލިބިފައި. ޕީޕީއެމްގެ މުހައްމަދު އަސީލް އަށް ލިބުނީ 76 ވޯޓް.

21:34 އާދަމް ނަވާޒް

ފުވައްމުލަކު މެދު ދާއިރާގައި ބެހެއްޓި ހަތަރު ފޮށީގެ ނަތީޖާ އަށް ބަލާއިރު އެމްޑީޕީގެ މުހައްމަދު ލިރާރް އަށް ވަނީ 764 ވޯޓް ލިބިފައި. ޕީޕީއެމްގެ މުހައްމަދު މާލިކް އަށް ލިބުނީ 659 ވޯޓް.

21:24 އާދަމް ނަވާޒް

ވިލިމާލޭ ދާއިރާ 5 ނަމްބަރު ވޯޓް ފޮށިން އެމްޑީޕީ ކެންޑިޑޭޓަށް 150 ވޯޓް ޕީޕީއެމް ކެނޑިޑޭޓަށް 132 ވޯޓް ޖޭޕީ ކެންޑިޑޭޓަށް 21 ވޯޓް ލިބިފައިވޭ.

21:21 އާދަމް ނަވާޒް

21:20 އާދަމް ނަވާޒް

ގާފަރުގެ ވޯޓް ފޮށި ވަނީ 20:00 ގައި ބަންދުކޮށްފައި. ނަމަވެސް އަދިވެސް ވޯޓް ގުނަން ނުފަށާ ކަމަށް މައުލޫމާތު ލިބޭ.

21:13 އާދަމް ނަވާޒް
ވޯޓް ގުނުން ކުރިއަށް ދަނީ – ވަގުތު އިމޭޖްސް : އަމީން ފަހްމީ
ވޯޓް ގުނުން ކުރިއަށް ދަނީ – ވަގުތު އިމޭޖްސް : އަމީން ފަހްމީ
20:57 އާދަމް ނަވާޒް

އައްޑޫ ހިތަދޫ ދެކުނު ދާއިރާގެ 6 ނަމްބަރު ވޯޓް ފޮށީގެ ނަތީޖާ ހުސެއިން މަމްދޫހް 65 ވޯޓް މުހައްމަދު އާމިރު 15 ވޯޓް. އެމްޑީޕީ މުހައްމަދު ޔަސްރިފް 419 ވޯޓް. ޕީޕީއެމް ހަސަން ނައީމް 83 ވޯޓް.

20:50 އާދަމް ނަވާޒް
20:18 އާދަމް ނަވާޒް

އިންތިޚާބާއި ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ވިދާޅުވެއްޖެ.

20:03 އާދަމް ނަވާޒް

މިހާތަނަށް ލިބިފައިވާ ނަތީޖާތައް ދައްކާ ގޮތުން އައްޑޫ ސިޓީ ހުޅުދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކޮށްފައި ވަނީ ޕީޕީއެމް އިން. އަދި ހިތަދޫ ދެކުނު ދާއިރާގެ ގޮނޑި ކާމިޔާބު ކޮށްފައި ވަނީ އެމްޑީޕީ އިން. ނަމަވެސް އަދި ނަތީޖާ ނުލިބޭ މިދާއިރާތަކުގެ ވޯޓް ފޮށިތައް ހުރުމުން ނަތީޖާ ބަދަލުވުން އެކަށީގެންވޭ.

20:01 އާދަމް ނަވާޒް

ހެންވޭރު ދެކުނު ދާއިރާގެ ވޯޓް ގުނަން ފަށަނީ.

20:01 އާދަމް ނަވާޒް

މިހާތަނަށް ލިބިފައިވާ ނަތީޖާތައް ދައްކާ ގޮތުން ވ.ރަކީދޫ ކައުންސިލްގެ ތިން ގޮނޑި ވެސް ވަނީ އިދިކޮޅު އެމްޑީޕީ އިން ކާމިޔާބު ކޮށްފައި،

19:56 އާދަމް ނަވާޒް

ސ.ހިތަދޫ ދެކުނު ދާއިރާ އަށް ވާދަކުރި ހުސެއިން މަމްދޫހް 22 ވޯޓް މުހައްމަދު އާމިރު އަށް 9 ވޯޓް. އެމްޑީޕީ އިން ވާދަކުރި މުހައްމަދު ޔަސްރިފް އަށް 210 ވޯޓް. ޕީޕީއެމް އިން ވާދަކުރި ހަސން ނައީމް އަށް 48 ވޯޓް.

19:52 އާދަމް ނަވާޒް

ވ.ރަކީދޫ ކައުންސިލްގެ ރަކީދޫގައި ބެހެއްޓުނު ފޮށީގެ ނަތީޖާ. އެމްޑީޕީގެ ހުސެން ރަޝީދު 62 ވޯޓް. އެމްޑީޕީ އާދަމް ސާމީ 48 ވޯޓް. އެމްޑީޕީ އާދަމް ހުސެއިން 44 ވޯޓް. އަމިއްލަ ގޮތުން ވާދަކުރެއްވި އަބްދުލް ރަޝީދު 15 ވޯޓް. ޕީޕީއެމްގެ އަބްދުލް ހާރިސް 37 ވޯޓް.

19:50 އާދަމް ނަވާޒް

ތ.އަތޮޅު ކައުންސިލްގެ ގުރައިދޫ ދާއިރާގެ ނަތީޖާ ޕީޕީއެމް 239 އެމްޑީޕީ 67 ޖުމްލަ ވޯޓްލީ މީހުންގެ އަދަދު 309.

19:20 އާދަމް ނަވާޒް

މާލެ އިން ނަތީޖާ ލިބުނު ފުރަތަމަ ފޮށިން އެމްޑީޕީ ކުރި ހޯދައިފި. ގަލޮޅު ދެކުނު ދާއިރާގެ ފުރަތަމަ ފޮށިން އެމްޑީޕީ ކެންޑިޑޭޓް ވަނީ 206 ވޯޓް ހޯއްދަވާފައި. ޕީޕީއެމް ކެންޑިޑޭޓަށް ލިބުނީ 156 ވޯޓް.

19:18 އާދަމް ނަވާޒް

ޕީޕީއެމްގެ ނޫސްވެރިންގެ ބައްދަލުވުމުގައި ނިހާން : ނޫސްވެރިންނަށް ވެސް އިންތިހާބުގެ ވޯޓުގެ ކަންތައް އޮބްޒާވް ކުރެވޭނެ ގޮތްތައް އެބަހުރި. ވޯޓުގައި ކިތަންމެ ކުޑަ ގޯހެއް ވިޔަސް ބޮޑު ގޯހެއް ވިޔަސް ހަދައިފިއްޔާ ފެންނާނެ އޮބްޒާވަރުންނަށް ވެސް. ޑިމޮކްރެސީ ހަރުދަނާ ކުރަން ވަކާލާތު ކުރައްވާ ފަރާތްތަކުުން ޑިމޮކްރެސީއާ ޚިލާފަށް ކުރައްވާ ކަންތައް އަޅުގަނޑުމެން ކުށްވެރިކުރަން. ސަރުކާރާއި މިނިވަން މުއައްސަސާތަކުގެ އަގު ވައްޓާއިލުމަށް ކުރަމުންދާ މަސައްކަތްތައް ކުށްވެރި ކުރަން. ވޯޓު ފޮށިތައް ހިސޯރު ކުރުމަށާއި އިލެކްޝަންސް ކޮމިޝަނަށް ވަދެގަތުމަށް އިދިކޮޅު އެމްޑީޕީން ގޮވައިލި ގޮވައިލުން ކުށްވެރިކުރަން.

19:17 އާދަމް ނަވާޒް

ޕީޕީއެމްގެ ނޫސްވެރިންގެ ބައްދަލުވުމުގައި ނިހާން : ރައީސް ނަޝީދުގެ ޓުވީޓަށް ފަހު އިންތިޚާބުގެ ގާނޫނާ ޚިލާފަށް ސޯޝަލް މީޑިއާގައި އެކި ފަރާތްތަކުން ދަނީ ޝުއޫރު ފާޅު ކުރަމުން. ވޯޓުގައި ގޯހެއް އުޅޭ ނަމަ އެކަން ރިޕޯޓް ކުރެވޭނެ އުސޫލުތައް އެބަހުރި.

19:17 އާދަމް ނަވާޒް

ޕީޕީއެމްގެ ނޫސްވެރިންގެ ބައްދަލުވުމުގައި ނިހާން : އިދިކޮޅު ފަރާތްތަކުން އިލެކްޝަންގެ އޮފީހަށް ވަދެގަތުމަށް ކުރި މަސައްކަތް އަޅުގަނޑުމެން ކުށްވެރިކުރަން. އިދިކޮޅު ފަރާތްތަކުން ދަނީ ވޯޓާ މެދު ރައްޔިތުންގެ ހިތްތަކުގައި އިތުބާރު ގެއްލޭ ގޮތަށް ވާހަކަ ދައްކަވަމުން

19:13 އާދަމް ނަވާޒް

ފުރަތަމަ ނަތީޖާ ލިބުނު ފޮށިން ޕީޕީއެމް ކުރި ހޯދައިފި. އައްޑޫ ސިޓީ ހުޅުދޫގައި ބެހެއްޓި ވޯޓް ފޮށިން ޕީޕީއެމްގެ އަލީ މުހައްމަދު ވަނީ 132 ވޯޓް ހޯދާފައި. އެމްޑީޕީ ކެންޑިޑޭޓް ޝުކުރީ އަށް ލިބުނީ 83 ވޯޓް.

18:56 އާދަމް ނަވާޒް
ގަލޮޅު މަދަރުސާގައި ވޯޓް ގުނުން ކުރިއަށް ދަނީ
ގަލޮޅު މަދަރުސާގައި ވޯޓް ގުނުން ކުރިއަށް ދަނީ
18:54 އާދަމް ނަވާޒް

ހިތަދޫ ދެކުނު ދާއިރާގެ އެއްފޮށި ގުނަން ފަށައިފި. އެއީ ޝަރަފުއްދީން ސްކޫލްގައި ހުރި ފޮއްޓެއް އެކަމަކު ހަމައެމަރުކަޒުގައި ހުރި އެދާއިރާގެ ދެފޮއްޓެއް އަދި ބަންދު ކޮށްފައެއް ވެސް ނުވޭ.

18:50 އާދަމް ނަވާޒް

އަމީނިއްޔާ ސްކޫލްގައި ހުރި ވޯޓް ތ.އަތޮޅު ވޯޓް ފޮށި ކައިރިން އޮބްޒާވަރުން ފިޔަވައި އެހެން މީހުން ނެރުމަށް ފަހު ގުނަން ފަށައިފި.

18:42 އާދަމް ނަވާޒް

މިރޭ 19:00 ގައި ޕީޕީއެމް އިން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާނެ ކަމަށް އެޕާޓީ އިން ބުނެފި.

18:39 އާދަމް ނަވާޒް

ކަލާފާން ސްކޫލާއި އަމީނިއްޔާ ސްކޫލް ކައިރިއަށް ފުލުހުން ގޮސް އެސަރަހައްދުން އާންމުން ދުރު ކުރުމުގެ މަސައްކަތް ކުރަމުން އެބަދޭ.

18:36 އާދަމް ނަވާޒް

18:36 އާދަމް ނަވާޒް

ގަލޮޅު މަދަރުސާގައި ހުރި ގަލޮޅު ދެކުނު ދާއިރާގެ ވޯޓް ފޮށި ގުނަން ފަށައިފި.

18:30 އާދަމް ނަވާޒް

ކަލާފާން ސްކޫލްގައި ޝަކުވާ ކުރަމުންދިޔަ މީހުން ބޭރު ކުރުމަށް ފަހު ސްކޫލްގެ ގޭޓް ބަންދުކޮށްފި. ފުލުހުން މިހާރު ގެންދަނީ ކެންޑިޑޭޓުންގެ މަންދޫބުންނާއި ވާހަކަދައްކަމުން.

18:28 އާދަމް ނަވާޒް

އައްޑޫ ސިޓީގައި ހުރި ހުރިހާ ވޯޓް ފޮއްޓެއް ވެސް ބަންދުކުރާނީ މިރޭ 20:00 ގައި.

18:23 އާދަމް ނަވާޒް

މާދަމާ އަކީ ސަރުކާރު ބަންދު ދުވަހެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވައިފި.

18:22 އާދަމް ނަވާޒް

18:21 އާދަމް ނަވާޒް

މަޖީދިއްޔާ ސްކޫލްގައި ހުރި އައްޑޫގެ ތިން ވޯޓް ފޮށި ގުނަން މިހާރު ވަނީ ތައްޔާރުވެފައި.

18:21 އާދަމް ނަވާޒް

ކަލާފާން ސްކޫލްގައި މީހުން އަޑުގަދަ ކުރަން ފެށީ އެއް ފޮށި ބަންދުކުރުމުން. އެތަނުގައި ތިބި މީހުން ބުނީ އެތިންފޮއްޓަށް ވެސް ވޯޓް ލާން ފެށީ އެއްކޮށް ކަމަށާއި އެހެންކަމުން ބަންދުކުރާނަމަ ތިން ފޮށި ބަންދު ކުރަން ޖެހޭނީ އެއްކޮށް ކަމަށް.

18:17 އާދަމް ނަވާޒް

ކަލާފާން ސްކޫލްގައި ހުރި ވޯޓް ފޮށިތައް ބަންދުކުރަން ގޮވާލާ އެތަނުގައި ގިނަ ބަޔަކު އަޑުގަދަ ކުރަމުން އެބަދޭ. ފުލުހުން ދަނީ އެސަރަހައްދުގައި ހަރަކާތްތެރިވަމުން.

18:08 އާދަމް ނަވާޒް

ބަށް ރަށްތަކުގެ ވޯޓު ފޮށިތަށް ބަންދުކުރަން ފަށައިފި.

16:30 އާދަމް ނަވާޒް

ވޯޓު ފޮށިތައް ބަންދުކުރާ ގަޑި އިލެކްޝަންސް ކޮމިޝަނުން އިއުލާންކުރިއިރު ބައެއް ރަށްރަށުގެ ވޯޓު ފޮށިތައް ވަނީ ބަންދުކޮށްފައި. ނަމަވެސް މިހާރު ބަންދުކުރި ވޯޓު ފޮށިތައް އަލުން ހުޅުވުމުގެ މަސައްކަތް ދަނީ ކުރަމުން.

16:25 އާދަމް ނަވާޒް
އެކުވެނި ސަރަހައްދުގައި ވޯޓުލުން ކުރިއަށްދަނީ - ވަގުތު އިމޭޖެސް
16:02 އާދަމް ނަވާޒް

ވޯޓު ފޮށިތަށް ބަންދުކުރާ ގަޑި 18:00 އަށް ފަސްކޮށްފި.

15:41 އާދަމް ނަވާޒް
ނައިބު ރައީސް އަބްދުﷲ ޖިހާދު ވޯޓުލަނީ - ފޮޓޯ: ރައީސް އޮފީސް
15:20 އާދަމް ނަވާޒް

ލަހުން ވޯޓުލާން ފެށި ތަންތަނުގައި ވޯޓުލާން އިތުރު ވަގުތު ދިނުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފި.

15:08 އާދަމް ނަވާޒް

ޞައްޙަ ނޫން ވޯޓު ކަރުދާސް ގެންގުޅެދާނެތީ އެކަމަށް ސާމާލުވުމަށް އިލެކްޝަންސް ކޮމިޝަނުން އިލްތިމާސްކޮށްފި.

13:57 އާދަމް ނަވާޒް
ކ.ގާފަރުގައި ވޯޓުލުން ކުރިއަށް ދަނީ
11:45 އާދަމް ނަވާޒް

މިހާރު ހުރިހާ މަރުކަޒުތަކެއްގައި ވެސް ވޯޓް ލުން ވަނީ ފަށާފައި.

11:37 އާދަމް ނަވާޒް
ކ.ކާށިދޫގައި ލޯކަލް ކައުންސިލް އިންތިޚާބުގެ ވޯޓް ލުން ކުރިއަށް ދަނީ – ވަގުތު އިމޭޖްސް : އިބްރާހިމް ޝާބިލް
ކ.ކާށިދޫގައި ލޯކަލް ކައުންސިލް އިންތިޚާބުގެ ވޯޓް ލުން ކުރިއަށް ދަނީ – ވަގުތު އިމޭޖްސް : އިބްރާހިމް ޝާބިލް
11:36 އާދަމް ނަވާޒް
ކ.ކާށިދޫގައި ލޯކަލް ކައުންސިލް އިންތިޚާބުގެ ވޯޓް ލުން ކުރިއަށް ދަނީ – ވަގުތު އިމޭޖްސް : އިބްރާހިމް ޝާބިލް
ކ.ކާށިދޫގައި ލޯކަލް ކައުންސިލް އިންތިޚާބުގެ ވޯޓް ލުން ކުރިއަށް ދަނީ – ވަގުތު އިމޭޖްސް : އިބްރާހިމް ޝާބިލް
11:14 އާދަމް ނަވާޒް

ސްރީލަންކާގެ ކޮލަމްބޯގައި ވެސް ވޯޓް ލުން ފެށިގެން ކުރިއަށް އެބަދޭ. ވޯޓް ލުން ކުރިއަށް ދަނީ ކޮލަމްބޯގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގައި.

10:58 އާދަމް ނަވާޒް
10:55 އާދަމް ނަވާޒް

10:15 އާދަމް ނަވާޒް
ރައީސް ޔާމީން އިންތިޚާބުގައި ވޯޓް ލަނީ – ވަގުތު އިމޭޖްސް : އަމީން ފަހްމީ
ރައީސް ޔާމީން އިންތިޚާބުގައި ވޯޓް ލަނީ – ވަގުތު އިމޭޖްސް : އަމީން ފަހްމީ
10:03 އާދަމް ނަވާޒް

ރައީސް ޔާމީން ވަނީ ކައުންސިލް އިންތިޚާބުގައި ވޯޓް ލައްވާފައި. އެމަނިކުފާނު ވޯޓް ލެއްވީ ސީއެޗްއެސްސީގައި ހުރި ވޯޓް ފޮއްޓަށް.

09:50 އާދަމް ނަވާޒް

އައްޑޫ ސިޓީ އުތުރު ދާއިރާގެ ފަސް ނަމްބަރު ވޯޓް ފޮއްޓަށް ވޯޓްލާން ނިކުންނަ މީހުންގެ އަދަދު މިހާރު އިތުރު. ނަމަވެސް އެދާއިރާގެ އެހެން ފޮށިތަކަށް ވޯޓް ލާން އަދިވެސް ނިކުންނަނީ ވަރަށް މަދު އަދަދެއްގެ މީހުން.

09:48 އާދަމް ނަވާޒް
ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ވޯޓުލުން ފެށުން - ވަގުތު އިމޭޖަސް: އަމީން ފަހުމީ
09:44 އާދަމް ނަވާޒް

އައްޑޫ ސިޓީ އުތުރު ދާއިރާގެ ފަސްވަނަ ވޯޓް ފޮއްޓާއި ހަވާލުވެގެން ހުރީ މިހާރު އައްޑޫ ސިޓީގެ މޭޔަރު އަދި މިއަދު ކުރިއަށްދާ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓް ސޯބެގެ ޕާސަނަލް ސެކްރެޓަރީ.

އެފޮއްޓަށް ވޯޓް ލާން ދިޔަ ނުކުޅެދުންތެރިކަން ހުންނަ މީހަކު އަމިއްލަ އަށް ފާހަގަ ނުޖެހޭނެ ކަމަށް ބުނުމުން ވެސް ފާހަގަ ޖަހަން މަޖުބޫރު ކުރި މައްސަލައެއް ވަނީ ފެންމަތިވެފައި.

09:42 އާދަމް ނަވާޒް
ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ވޯޓުލުން ފެށުން - ވަގުތު އިމޭޖަސް: އަމީން ފަހުމީ
09:41 އާދަމް ނަވާޒް

ކުޅުދުއްފުށިން ވެސް ވޯޓް ލާން ނިކުންނަ މީހުންގެ އަދަދު މަދުކަމަށް އެރަށުން މައުލޫމާތު ދޭ.

09:37 އާދަމް ނަވާޒް

އައްޑޫ ސިޓީ ހިތަދޫ ތިން ދާއިރާގައި ވެސް ވޯޓް ލާން ނިކުންނަ މީހުންގެ އަދަދު އާދަޔާއިހިލާފަށް މަދު ކަމަށް އައްޑޫ ސިޓީ ގައި ތިބި "ވަގުތު" ގެ ނޫސްވެރިން މައުލޫމާތު ދޭ.

ހިތަދޫގައި ހުރި "ވަގުތު" ގެ ނޫސްވެރިޔަކު ބުނީ ބައެއް ފޮށިތަކަށް އެއްގަޑިއިރު ވީއިރު 15 ވޯޓް ވެސް ލާފައި ނުވާކަމަށް.

09:19 އާދަމް ނަވާޒް
ލޯކަލް ކައުންސިލް އިންތިޚާބުގެ ވޯޓްލުން ކުރިއަށް ދަނީ – ވަގުތު އިމޭޖްސް : އަމީން ފަހްމީ
ލޯކަލް ކައުންސިލް އިންތިޚާބުގެ ވޯޓްލުން ކުރިއަށް ދަނީ – ވަގުތު އިމޭޖްސް : އަމީން ފަހްމީ
09:18 އާދަމް ނަވާޒް
ލޯކަލް ކައުންސިލް އިންތިޚާބުގެ ވޯޓްލުން ކުރިއަށް ދަނީ – ވަގުތު އިމޭޖްސް : އަމީން ފަހްމީ
ލޯކަލް ކައުންސިލް އިންތިޚާބުގެ ވޯޓްލުން ކުރިއަށް ދަނީ – ވަގުތު އިމޭޖްސް : އަމީން ފަހްމީ
08:59 އާދަމް ނަވާޒް

08:54 އާދަމް ނަވާޒް
ޤުރުއާނާއި ބެހޭ މަރުކަޒު ހިމެނޭ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުންދަނީ – ފޮޓޯ : ޕޮލިސް
ޤުރުއާނާއި ބެހޭ މަރުކަޒު ހިމެނޭ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުންދަނީ – ފޮޓޯ : ޕޮލިސް
08:48 އާދަމް ނަވާޒް

ވޯޓް ލާން ފަށަން ހަމަޖެހިފައި އޮތީ ހެނދުނު 08:00 ގައި ނަމަވެސް އަދި ބައެއް މަރުކަޒުތަކުގައި ވޯޓް ލާން ނުފަށާ. މާލޭގައި ހުރި ކިނބިދޫ ދާއިރާގެ ވޯޓް ފޮއްޓާއި ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯ ގައި ހުރި ވޯޓް ފޮއްޓަށް ވެސް އަދި ވޯޓް ލާން ނުފަށާ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަކްރަމް ވިދާޅުވީ ކިނބިދޫ ދާއިރާގެ މީހުންނަށް މާލޭގައި ބެހެއްޓި ވޯޓު ފޮއްޓަށް ވޯޓުލާން ނުފެށި ލަސްވަނީ ކޮމިޝަނުން ކަނޑައެޅި އަދަދަށް އޮފިޝަލުން އަދި ހާޒިރު ނުވެގެން ކަމަށާއި ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯ ގައި ބެހެއްޓި ވޯޓު ފޮއްޓަށް ވޯޓުލުން ނުފެށި ލަސްވަނީ ކަރަންޓުގެ މައްސަލައެއް ޖެހިގެން ކަމަށް.

08:12 އާދަމް ނަވާޒް

ވޯޓް ލުން ފެށިގެން މިހާރު ކުރިއަށް އެބަދޭ.

08:03 އާދަމް ނަވާޒް

ފުލުހުން ވިދާޅުވީ ފުލުހުން ދަނީ ވޯޓުލާ މަރުކަޒު ސަރަޙައްދުގައި ހަރަކާތްތެރިވަމުން ކަމަށް. ރާއްޖޭގެ ހުރިހާ ހިސާބެއްގެ އާއްމު ހާލަތު ރަނގަޅު ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއްވާ.

08:00 އާދަމް ނަވާޒް

ވޯޓް ލުން ފަށާއިރު ގިނަ ފޮށިތައް ކައިރީގައި ވަނީ ކިއު ހަދާފައި.

މިއަދު މުޅި ރާއްޖޭގައި ކުރިއަށް ގެންދާ ލޯކަލް ކައުންސިލް އިންތިޚާބުގެ ވޯޓްލުން ފަށަން ތައްޔާރުވެއްޖެއެވެ. ލޯކަލް ކައުންސިލް އިންތިޚާބަކީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އިންތިޚާބެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި 1497 ކެންޑިޑޭޓަކު ވާދަކުރާއިރު، މި އިންތިޚާބުގައި ވޯޓުލުމުގެ ހައްޤު 255987 މީހުންނަށް ލިބިފައިވެއެވެ. މި އިންތިހާބުގައި ވޯޓުލުމަށްޓަކައި ޖުމްލަ 422 ވޯޓުފޮށި ބެހެއްޓުމަށް ހަމަޖެހިފައިވެއެވެ.

ލޯކަލް ކައުންސިލް އިންތިޚާބު މިއަދު މިބާއްވަނީ ތިންފަހަރެއްގެ މަތިން އިންތިޚާބު ލަސްކުރުމަށް ފަހުއެވެ.  އިންތިޚާބު ބާއްވަން ފުރަތަމަ ތާވަލް ކުރީ ޖަނަވަރީ 14 ވަނަ ދުވަހު އެވެ.

ނަމަވެސް ޕީޕީއެމުން ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެން އިންތިހާބު ދެ މަސް ދުވަހަށް ފަސްކުރި އެވެ. އެއަށް ފަހު ދެން އިންތިހާބު ބާއްވަން އުޅުނީ އޭޕްރީލް 8 ގަ އެވެ. އޭގެ ފަހުން ސްކޫލްތައް ނުލިބޭ ކަމަށް ބުނެ އިންތިހާބު އޭޕްރީލް 15 އަށް ފާސްކުރި އެވެ. އަދި މެއި 6 އަށް އިންތިހާބު ފަސްކުރީ އެޗްވަންއެންވަން ރޯގާ ފެތުރެން ފެށުމުންނެވެ.

ADS BY ASTERS

20 ކޮމެންޓް

  1. ތުޅާދޫ ކަޅޫބެގެ އާއިލާ އަކީ ކުރީގަ މައުމޫން ގައިގަވެސް ދޫލިބައެއް.. އަދި އަނިސާ ގޭ އެންމެން ވެސް ހަމަ އެހާލުގަ ތިބިބައެއް . މިހާރު ލާރިބޮނޑި ލިބިގެން ހުރިހާ އެއްޗެހިން ވެސް އެރާބޯ އައްނި ވަރެއް ނެތް ..ަމިއްލަ ނަފުސު ވިއްކާ ލެވޭ އިރުވެސް މިފަދަ ގޮތެއްފޮތެއް ނެތް މީހުން ނަކަށް ނޭގެ ...........

  2. އިރާދަކުރެއްވިއްޔާ މިބަލިން ރާއްޖެ ސަލާމަތް ކުރާނެ. ދެންރީދޫ ހުމެއް މިރާއްޖެއަކަށް ނާންނާނެ.ސަރުކާރާ އި ސަރުކާރާ އި ގުޅުން ހުރި ކޯލިސަން އެއްވީމަ އެމްޑީޕީ ވާނީ ފައިވާނުގެ ދަށްފަރާތަށް. އެހެންނޫނަސް އެމްޑީޕި ސަރުކާރުގަ ތުޅާދޫ ގަ އަޅަންފެށި ފޮލެޓް ހުރީ ގާވެފަ ެ...... ތިންބަރި ގާޖަހާފަ އެރާބޯ ކަލޯ ބިރުން ޓާޓާ ކިޔާފަ ގެއަށް ދިޔައީ.

  3. އާނއެކޭ ބުނާނީ ވ މަދު އާބާދީ ހުންނަ ރަށްރަށުން. ފެންފުޝި ކަހަަލަ

  4. އަހުމަދު ސުޖާއު

    އަދި އެއްވެސް ފުލެޓެއް އެޅިއްޖެތޯ 3 އހަރު ބައި ނިމިގެން ދިޔައިރު މާލެ ސަރަހައްދުގައި އަދި އަތޯޅުތަކުގައިވެސް، ނޭޅެ ދެއްތޯ އަދި ވެސް މޑޕ ސަރުކާރުން އެޅިފުލެޓްތައް ޕިންކު ކުލަލައިފަ ދޫކުރަނީ ހެހެހެހެ ރައީތުންތިބީ ހޭލާ،

  5. ދެހާސް އަށާރައިގައި އޮން ރިޔާސީ އިންތިޚާބަށް ތައްޔާރު ވުމަށް ޓަކައި ހަދާލެވޭ ވަރަށް ރަނގަޅު ޕްރިލިމިނަރީ އެކްސަސައިޒެއް މިފަހަރު އެލްސީއީ ރޭހަކީ. މަމެންގެ ހިތް ބުނަނީ މާލެ ސަރަހައްދުގެ ކައުންސިލު ތައް ޕީޕީއެމް އަށް ގެއްލިގެން އެދިޔައީ ހަމަ ފްލެޓްސް ތައް އަދިވެސް އެޅުން މަދު ކަމުންނެވެ. ކަން މިހެން ޗައިނާގެ އޭއައިއައިބީ ބޭންކް އިން އެއް ބިލިއަން ޑޮލަރުގެ ލޯން ނަގައިގެން މާލެ ސަރަަހައްދުގައި ފްލެޓްސް ތައް އަޅަން ފަށާ ރިޔާސީ އިންތިޚާބުގެ ވޯޓް ލުން ފެށެން 3 މަސް ދުވަހަށް ވެފައި ވަނި ކޮށް ހުރިހާ ފްލެޓްސް ތަކުގެ ރެޖިސްޓްރީ ފްލެޓްސް ތަކަށް އެދިފައިވާ އެންމެންނަށް ހަވާލު ކޮށްލަންވީ އެވެ. އެއިރުން ދެން އެމެން ތިބޭނެ ޕިންކީން ނާއި އެކު ސްޓޭންޑް ބައިގައި. އެއްގޮތަކަށް ވެސް އަދި މާލެ ސަރަހައްދުގެ ކައުންސިލު ގޮނޑި ތައް ނުލިބުނު ނަމަވެސް ހިތްވަރު އެލުވާލައިގެން ނުވާނެއެވެ. އަދި އާ ހިތްވަރެއްލާ މިކަން ކާމިޔާބު ކުރެވޭތޯ ބައްލަވަންވީއެވެ. ޕީޕީއެމް އިން ވެސް ވަރަށް ބޮޑަށް އޮގަނައިޒް ކުރަންވީ ރިޔާސީ އިންތިޚާބަށް ތައްޔާރުވާން. ޕީޕީއެމް މެމްބަރުންގެ ތެރޭން ގިނަ މީހުންނަށް އެސްއެމްއެސް ވެސް ނުދާ ކަމަށް ވަނީ. މިކަން ވެސް ޖެހޭނެ ރަނގަޅު ވާން.

  6. ޯޕީޕީއެމް ހާދަ ވަނދުކޮށް މިއުޅެނީ

    ޕީޕީއެމް ހާ

  7. މަމެން ޕިންކީން ނާއި އޮރެންޖީ ކޯލިޝަން އެކަނި ނިކުމެ ކުރިމަތިލި ފުރަތަމަ އިންތިޚާބު ކަމުގައިވާ އެލްސީއީ ރޭސް ކާމިޔާބު ކުރަނީ އޭ މަމެންގެ ޕިންކީއޮރެންޖީ ކޯލިޝަން އިން ދޯ. އޮއޮއޯ، އެއަންނަނީ އޭ އިވާންކާ ކަނބުލޮގެ މެސެޖް އެއް ވަޓްސް އެޕް އިން ނަތީޖާގެ އަޕްޑޭޓް އެއް ބަލާލަން ދޯ. މުޅި ވައިޓް ހައުސްގެ ސިޗުއޭޝަން ރޫމްގެ ޑޮމެސްޓިކް ސްޓޯރީ އަކީ މަމެންގެ އެލްސީއީ ރޭސް ދޯ. ޕައްޕަޕަރައްޕަޕަ، ޕައްޕަޕަރައްޕަޕަ، ޕައްޕަޕަރައްޕަޕަ، ވީ އާރ ގެއިނިންގް އިޓް، އެނީވޭ އައި ޑޯން ނޯ ވަޓް ޓު ސޭ އައި ވިލް ސޭ އިޓް އެނީވޭ އައި އޭމް ގޮނާ ސޭ އިޓް އެނީވޭ. ޓު ޑޭ އިޒް އެނަދަރޑޭ ޓު ފައިންޑް އަ ވިނިންގް ޑޭ ފޯރ ޕިންކީސް. ޓޭކް އޮން މީ، ޓޭކް އޮން މީ، ޓޭކް މީ އޮން.. ސޯ ނީޑްލެސް ޓު ސޭ ދެޓް ވީއާރ ދަ އޮޑްސް ދޯ. ސްލޯލީ ފްރޮމް ދަ ސްކޯރ ބޯރޑް ވީ އާރ ލީޑިންގް.. އެޓްލީސްޓް ވީ ބެޓަރ ޓު ހޭވް އަ ބައިޓް އޮން އަލްމަންޑް... ވީ އާރ ކަމިންގް ފޯރ ޔޫ. ޓޭކް އޮން މީ، ޓޭކް އޮން މީ، ޓޭކް މީ އޮން މީ..

  8. ÷ޕީޕީއެމް ގެ 3 ގޮނޑި ކާމިޔާބު ކުރި ވޯޓު ފޮށީގެ އިތުރު އެހެން މައުލޫމާތެއް ނުލިބި ކާމިޔާބު ކުރީ ކިހިނެއް..

  9. އެތަނަށް ވަދެ ބިރު ނުދައްކާ އެއްވެސް ބަޔަކަށް. ދޮގު ހަބަރު ނުފަތުރާ ބަލި ގަބޫލުކުރޭ.

  10. ކޮބާ ޓްވިޓަރޭ ބިއުޓީ ކްއީނޭ ތަމެން އެމްޑީޕީގެ ފަޅިން ހުޅުދޫ ކައުންސިލު ގޮނޑި އަށް ކުރިމަތިލާފައިވާ މެސެކިސްޓް ޖެހުނީ މަހަށް ދާން ދޯ. އެއީ ބޮޑު ވެގެންވާ ރިއަލް ކަނޑުކޮހެކޭ. އެކަނޑު ކޮސް ޕޯރޑިއަމް ކައިރިއަށް ހުއްޓި ވާހަކަ ދައްކާ އިރު ހީވަނީ އަފްއާން މުއްލާ އަކު ރެޑިކަލްސް ކިޔަވައިގެން އައިސް ވާހަކަ ދައްކާހެން ދޯ. ލާކިން ވަލާކިން އޮލާކީން ފޮލާކީން ދޯ އެކަނޑުކޮސް ކިޔެވީ. ބިލީވް ޕިންކީސް. ވެން ވީސޭ ވީ ވިލް ވީ ރިއަލީ މީން އިޓް. އައި ވޯންޓް އިޓް ދެޓް ވޭ. މޭބީ ފޯރ ޔޫ ގައިޒް އިޓްސް ޓޫ ލޭޓް. ޓެލް މީ ވައި ޔޫ ނޮޓް ކޮންޓެސްޓެޑް.. ނައު އައި ކޭން ސީ ދެޓް ޔޫ އާރ ގޮނާ ލޫސް ކޮންޓްރޯލް އޮފް ޔުއަރ އޯން ބެކް ޔާރޑް. ނޯ މެޓަރ ދަ ޑިސްޓެންސް ފްރޮމް އަސް ޔޫ ކާންޓް ހޭވް ކޮންޓްރޯލް އޮން ޔުއަރ އޯން ބެކް ޔާރޑް ނައު ޔޫ ކޭން ފީލް ހައު ޕަވަރފުލް ވީއާރ. ޓެލްމީ ވައި. އެއިންޓް ނަތިންގް ކޭން ސޭ. އައި ވޯންޓް އިޓް ދެޓް ވޭ ކޮޒް އައި ވޯންޓް ދެޓް ވޭ. އައި ވޯންޓް އިޓް ދެޓް ވޭ..

  11. އެލްސީއީ އިންތިޚާބު ނިމުނީއެވެ. އުއްމީދު ކުރަނީ ނަތީޖާ އަށެވެ. ވޯޓް ޓު ވޯޓް. ކައުންޓް ޓު ކައުންޓް. ވީ ވާރ އޯލްވޭޒް ޖަސްޓް ދެޓް ކްލޯސް ޓު ޑޮމިނޭޓް %90 އޮފް ދަ އިލެކްޝަން. ސޯ ހައުކަމް ވީ ކާންޓް ގެޓް ދަ މެޖޯރިޓީ ޝެއަރސް އޮފް ދަ ސްޓޮކް. އިން ދިސް އެލްސީއީ ރޭސް. އިން ދިސް އެލްސީއީ ރޭސް. އިން ދިސް އެލްސީއީ ރޭސް.. ވެން ދަ ކާރޓެންސް އާރ ޑްރޯން އައި ކޭންސީ ދަ މޫން ފްރޮމް ކްލިއަރ ބްލޫ ސްކައި ސްމައިލިންގް އޮން މީ. މައި އެލްސީއީ ރޭސް. ކަމޯން ޓާރން އެރައުންޑް ގިވް މީ ވަން ލާސްޓް ޗެކްމާރ. މޭބީ އައި ހޭވް ޑްރީމިންގް އޮފް އެލްސީއީ ރޭސް މޯރ ދެން މައި ހާރޓް. މައި އެލްސީއީ ޑްރީމް. މައި އެލްސީއީ ޑްރީމް..

  12. ޑިމޮކްރަސީ ގެ އަޅުކަން ދިވެހި ގިނަ މުސްލިމުން ފުރިހަމަ ކޮއްފި - ގައުމާގެން ކުރިއަށް

  13. ޝަކުވާތައް ހުއްޓަސް ދެ ފަރާތް ވެސް ކާމިޔާބީގެ އުއްމީދުގައި ތިބުން އެއީ ވަރަށް އުފާވެރި ކަން ލިބިގެންދާނެ ކަމެކެވެ. މަމެން ލިވިންގް ރޫމްގެ ކުޑަ ދޮރުގެ ކާރޓެއިން ހުޅުވާ ކުޑަ ދޮރުގައި ބޯ އަޅުވާ މައްޗަށް ބަލާލުމުން ކްލިއަރ ބްލޫ ސްކައި ފެންނަން ފަށައިފިއޭ މިއަދު. އާރފްޓަރ އޯލް ދީސް ޑޭޒް މަމެންނަށް ކްލިއަރ ބްލޫ ސްކައި ފެންނަނީ އެއީ އޭގެ ފުރަގަހަތުގައި ހެޕީ ނިއުސް އިޒް ގޮނާ ކަމް އަޕް ތޭ އެއީ ހިތަށް އަރާ އެއްޗަކަށް. ތަމެންގެ މުސްތަގްބަލް އަކީ އެއީ މަމެންނަށް ވަރަށް މީނިންގްފުލް އެއްޗެކޭ އެއްގޮތަކަށް ވެސް ކަތި ފިޔަވަޅެއް ނާޅައްޗޭ މަމެން ތަމެން މަތިން ވަރަށް ހަދާންވެއޭ ބުނަން މަމެން ނެތީމު ދޯ. މޭބީ ދިސް ތިންގް އިޒް އަ މާސްޓަރޕީސް ދޯ.

  14. ދިގުކުރާތި

    ވޯޓު ލާ މަރުކަޒުތަކުގައި އަދިވެސް ދިގު ކިޔޫ އެއް އޮތަސް ވޯޓް ލާން ދާންވީ އެއްވެސް ވަރު ބަލި ކަމެއް ނެތި ދޯ. އެހެންވެއޭ މަމެން ބުނީ ފަތިހު 5 ޖެހިއިރު ހޭލައިގެން ގޮސް މަޑުމަޑުން ހިނގާފައި ވޯޓް ލާން ދާން. އެހެން ނަމަ މިހާރު ތިބޭނީ ވޯޓް ލާފައި އައިސް ގޭގައި ދޯ. ރާއްޖޭގައި އެބަޖެހޭ ވޯޓް ލުމާއި ބެހޭ ގާނޫނެއް ހަދަން. އެއީ ވޯޓް ލާނިމޭނީ 7 ދުވަހުން ކަމަށް ހަދަންވީ އެވެ. އެއިރުން 7 ދުވަސް ތެރޭގައި ވޯޓް ނުލެވި ތިބި ހުރިހާ މީހުންނަށް ވޯޓް ލެވޭނެ އެއް ނޫން ދޯ. ދެން ގުނަން އަނެއް 7 ދުވަސް ނެގީމާ ހުންނާނީ ރަނގަޅަށެވެ.

  15. އދ ގެ 3 ދާއިރާ ހިމެނޭއިރު އެންމެ މަތީ ދިރިއޫޅޭ އާބާދީއެއް އޮންނަނީ މާމިގިލީގަ..ދެން އދގެ ވެރިކަންކުރާ ރަށް މަހިބަދޫ...މީތި ވރަށް ނުގުޅޭ ދީ...ކޮންމެ އަތޮޅެއްގެ ވެރިކަން ކުރާ ރަށަށް އެއަތޮޅުގެ އެންމެ އާބާދީ ބޮޑު އަދި ބިން ބޮޑު ތަރައްޤީ ފަސޭހައިން ކުރެވޭނެ އާބާދި އެއްފަސްކުރެވޭނެ ތަނަކަށް ހެދުން ވަރަށް މުހިއްމު

  16. އައްޑޫމޭޔަރުގެ ޕާރސަނަލް ސެކެއްޓަރީ ވޯޓުފޮށީގެ އިސްއޮފިޝަލެއްގެގޮތުގަ ހަމަޖައްސާފަހުރުމުން ވޯޓުގެ ނުފޫޒުނެތްކަމަށްކަޑައެޅޭތަ؟ތިއީ ވަރަށްބޮޑުމައްސަލައެއްކަމަށްދެކެން...އިލެކްޝަނުގެ މައްސަލަތަކެއެބައުޅޭ..ބަލަންޖެހޭވަރަށް ބެލިފަނެތްކަމަށްފެންނަނީ...އަނެއްކަމަކީ ބައެއްމީޑިޔާތަކުން.ވޯޓަށް އަސަރުކުރާފަދަ ވާހަކަ މިވަގުތުގަވެސް ދައްކަމުންދާއިރު މިކަންވެސް ނުހުއްޓުވޭކަން..ރޭގަވެސް ވީޓީގަ ގެނެސްދިން ލާމަރުކަޒީ ޕޮރުގުރާމުގަވެސް ވޯޓަށް ނުފޫޒުފޯރާފަދަ ވާހަތަކެއްވަނީ ދެއްކިފަ..އާއްމުމީހާގެ ވޯޓަށް މިކަހަލަ ކަންކަމުން އަސަރުކުރާނެ..އަނެއްކަމަކީ ބުރޯޑުކޮމުންވެސް ބަލަންޖެހޭކަންކަން ނުބެލޭ...

  17. ލޯކަލް ކައުންސިލު އިންތިޚާބުގައި ވޯޓް ލަމުން ދާއިރު ނޫސް ތައް މެދުވެރިކޮށް މާލެ ސަރަހައްދުގައި އާއި އަދި ރަށްފުށުގައި ބެހެއްޓިފައިވާ ވޯޓް ފޮށި ތަކަށް ވޯޓް ލާން ޖެހޭ މީހުން ގެ އަދަދު އިނގޭނެ އުސޫލުން މިފަދަ ސްޓެޓްސް ގެނެސްދިނުން އެއީ ވަރަށް މުހިއްމު ކަމެކެވެ. އެއިރުން ދެން އިނގޭނީ މިފަދަ ސްޓެޓްސް އަށް ބަލާ މި އިންތިޚާބަށް ދައުލަތުން މިކުރާ ބޮޑު ޚަރަދު ކަމުގައިވާ 500 މިލިއަން ރުފިޔާ މީ ކޮންމެހެން ކުރަން ޖެހޭނެ ޚަރަދެއް ތޯ ނިންމަން. މަމެން ލޯކަލް ކައުންސިލަރުންގެ 6 އަހަރު ދުވަހުގެ ޓްރެކް ރިކޯރޑްސް ތަކަށް ބަލާލުމުން މުޅިން ވެސް ފެންނަނީ ނެގްލިގެންސީ އާއި ކޮރަޕްޝަން އެވެ. ކޮންސްޓްރަކްޓިވް އެއްވެސް މަސައްކަތެއް ނުކުރެއެވެ. އަޅެ ތިޔާ އައްޑޫ ހުޅުދޫ ކައުންސިލަރު ބުނެބަލަ ތަމެންގެ ފަރާތުން އައްޑޫ ހުޅުދޫ އަށް ވީފައިދާ އެއް. ކަން މިހެން ހުރުމުން މިއިންތިޚާބު މީ ކޮންމެހެން ބާއްވަން ޖެހޭނެ އިންތިޚާބެއް ނޫން ރާއްޖެއަށް ލިބޭ އާމްދަނީ އާއި އަޅާ ބަލާއިރު. ލޯކަލް ކައުންސިލު އިންތިޚާބުގެ ބަދަލުގައި ކޮންމެ ރަށެއް ހިންގަން ޑިރެކްޓަރަކާއި އެސިސްޓެންޓް ޑިރެކްޓަރެއް ހުރެފައި އެމީހުންނަކީ އެއީ ރައީސުލް ޖުމްހޫރިއްޔާ މަޖްލީހަށް ފޮނުވާ ނަންފުޅު ތަކެއް މަޖްލީހުން ފާސް ކުރީމާ ނިމުނީ އެވެ. އެއީ މިކަން ދެން ކުރަންވީ ގޮތަކީ.

  18. ރާއްޖޭގައި ދެން ބާއްވާ ރައްޔިތުން ހޮވައިގެން މަގާމަކަށް އަންނަން ޖެހޭ މަގާމް ތަކަށް އަމިއްލަ ގޮތުން ވާދަ ކުރެވޭ ގޮތަށް އޮތް އޮތުން އެބަޖެހޭ ނިމުމަކަށް ގެންނަން. އެއީ މިސިސްޓަމް ގައި ހުރި ވަރަށް ނޭދެވޭ ލޫޕް ހޯލް އެކެވެ. އެބައްދަން އެބަޖެހޭ ދޯ. ރާއްޖޭގައި ސިޔާސީ ޕާރޓީ ތަކަކީ އެއީ ރައްޔިތުން ވަރަށް ބޮޑު ޚަރަދެއް ކޮށްގެން ހިންގާ ތަންތަން ކަމަށްވާތީވެ ރާއްޖޭގެ ރައްޔިތުން ވޯޓަކުން ހޮވާ މަގާމެއް ބޭނުން މީހަކު ނަމަ ޖެހޭނީ ސިޔާސީ މަައިދާނަށް ނިކުތުމަށް ޓަކައި ސިޔާސީ ޕާރޓީ އަކާއި ގުޅިގެން އެމަސައްކަތް ކުރަން އެވެ. އެއްގޮތަކަށް ވެސް އަމިއްލަ ގޮތުން ވާދަ ކުރެވިގެން ނުވާނެއެވެ. މިބައި ގާނޫނު އަސާސީ އަށް ވެސް ބަދަލު ގެނެސްގެން ނަމަވެސް ކުރަންވީ އެވެ. މީ ކޮންމެހެން ކުރަން ޖެހޭނެ ކަމެކެވެ.

  19. ލޯކަލް ކައުންސިލު އިންތިޚާބުގައި ވޯޓް ލާން ޖެހޭ ބެލެޓް ބޮކްސް އަށް ވޯޓް ލާ އެލިޖިބުލް ވޯޓާރސް ބަލާލުމުން ގިނަ ރަށްރަށުގައި އެ އަދަދު އުޅެނީ 1000 އިން ތިރީގައެވެ. 1000 އިން ދަށް އެލިބުލް ވޯޓާރސް އިން ތިބި ނަމަ ވޯޓްލާން ޓާރންއައުޓް ވާނީ އެތަނުން 500 މީހުންނެވެ. ދެން 500 މީހުން ވޯޓް ލައިގެން 5 ކައުންސިލަރުން އެހާ ކުދި އާބާދީ ތަކަށް ހޮވައިގެން މަހަކު އެމީހުންގެ މުސާރަށް އަށް 1 ލައްކަ ރުފިޔާ ޚަރަދު ކުރަނީ އެއީ ފައިސާގެ ގޮތުން އެއްގޮތަކަށް ވެސް ދެކޮޅު ޖެހޭ ކަމެއް ނޫނެވެ. ސަބަބަކީ އެހާ ކުޑަ އާބާދީ އަކުން ދައުލަތަށް އަނބުރާ ނުދެެއްކޭނެ މަހަކު އެއް ހާސް ރުފިޔާ ވެސް. އެކަމަކު މިކަން ރަނގަޅު ވާނެ ގޮތެއް އެބައޮތެވެ. އެގޮތަކީ އެއީ މިފަހަރު އެލްސީއީ އިންތިޚާބުގައި ބެލެޓް ބޮކްސް ތަކަށް އެބަޔެއްގެ ރަށުން ވޯޓް ލި ވޯޓް ތަކުގެ އަދަދު 1000 އަށް ވުރެން ދަށް ނަމަ އެ ފަދަ ހުރިހާ ރަށެއްގެ އަހުލުވެރިންނަށް މާލެ ސަރަހައްދުން މާލެ ވިލިގިލީގައި ފްލެޓްސް ތައް އެޅުމަށް ފަހު އޮޓޯ މޯޑް ގައި އެރަށްރަށު މީހުން މާލެ ސަރަހައްދަށް ބަދަލު ވާގޮތަށް ނޭޝަނަލް އިކޮނޮމިކް ޕޮލިސީ ފޯރމިއުލޭޓް ކުރަންވީއެވެ. އެއިރުން އެމެން މާލެ ސަރަހައްދަށް ބަދަލު ވެެއްޖެނަމަ އެމެންނަށް ކުރާ ޚަރަދަކީ އެއީ ދެކޮޅު ޖެހޭ ޚަރަދަކަށް ވުމުން ރާއްޖޭގެ ބަޖެޓް އަރަނިވެ ރާއްޖެ މުއްސަނދި ވެގެން ދާނެއެވެ.

  20. އެލްސީއީ ރޭހުގެ ވޯޓް ލާން ގޮސް ކިޔޫގައި ތިބޭއިރު ޖެހޭނެ ދޯ ފޯރޗިއުން ނަވަތަ އެއްވެސް ހަދާލަން ދޯ. ހިނގާބަލަ ފޯރޗިއުން ނަވަތަ އެއް ހަދާލަމާ. އަދުގެ ތާރީޚް އެއީ 6 މެއި 2017 ދޯ. ދެން އެ ނިއުމެރިކް ފިގަރސް އަށް ބަދަލު ކުރުމުން އަންނަނީ 06052017 ދޯ. 21 ދޯ. ދެން 21 އެއްކުރުމުން އަންނަނީ 3 ދޯ. 3 ގުޅިފައިވަނީ ކޮން ބަޔަކާތޭ. ހިނގާބަލަ އަދި ބެކްޓު ޕާސްޓްގެ ނަމްބަރެއް ހަދާލަމާ އަނެއްކާ ދޯ. 7 ފެބް 2012 ދޯ. އެއީ 07022012 ދޯ. ދެން އެ އެއްކުރުމުން އަންނަނީ 14 ދޯ. ދެން 4 އިން 1 ކެނޑީމާ އަންނަނީ 3 ދޯ. ދެން ކުރީގެ 3 އިން ފަހުގެ 3 ކެނޑީމާ އަންނަނީ 0 ދޯ. އައިޑޯން ނޯ ވަޓް ޓު ސޭ. ދީބަލަ ތިކުއްޖާގެ ލަވް ފޯރޗިއުން ހުރި ގޮތެއް ޗެކް ކޮށްލަން ކަނާތު އަތްތިލަ ބަލާލަން. ކޯއްޗެކޭ ނުދޭނަމޭ. ވާޓް..