ރާއްޖޭގެ ތަފާސް ހިސާބުތަކަށް ބަލާއިރު އެމްޑީޕީއަކީ މެޖޯރިޓީ ނޫން ކަމަށާއި އެމްޑީޕީގެ ސައްޛަ މެންބަރުންގެ އަދަދު ޖުމްހުރީ ޕާޓީއަށްވުރެވެސް މަދުވެދާނެ ކަމަށް ހޯރަފުށީ ދާއިރާގެ އިއްޒަތްތެރި މެންބަރު މުޙައްމަދު އިސްމާޢިލް ވިދާޅުވެއްޖެއެވެ.

އދ ގެ ސަލާމަތީ މަޖިލީހުގެ ގޮނޑި ކާމިޔާބު ނުކުރެވުމާއި ގުޅިގެން ފޭސްބުކްގައި ލިޔުއްވި ލިޔުންކޮޅެއްގައި މުޙައްމަދު އިސްމާޢިލް ވިދާޅުވީ އެމް.ޑީ.ޕީ ރާއްޖޭގެ މައިނޯރިޓީ ޕާޓީގެ ގޮތުގައި އޮވެގެންވެސް ދިވެހި ރާއްޖެ ފަސާދަ ކޮށް ބައިބައި ކުރުމަށް ބޭރުގެ އެކި ފަރާތްތަކާ ގުޅިގެން ރާއްޖޭގެ އަގު ވައްޓާލަން މަސައްކަތް ކުރަމުން ގެންދަވާ ކަމަށެވެ.

އެމް.ޑީ.ޕީއަކީ ރާއްޖޭގައި އެހެން ދީންތަށް ކުރިއެރުވުމަށާއި އިސްލާމީ ރިވެތި އުސޫލުތައް ނެތިކޮށްލުމަށް މަސައްކަތް ކުރައްވާ ބައެއްކަން ފާހަގަކޮށް މުޙައްމަދު އިސްމާއިލް ވިދާޅުވީ، އިސްލާމީ ގޮތްތަށް ރާއްޖެއިން ފޮހެލާ ދީނީ މިނިވަންކަމަށް ގޮވާލާ ޕާޓީއެއްގެ ލަޤަބު އެމްޑީޕީއަށް ލިބިދާނެ ކަމަށެވެ.

މުޙައްމަދު އިސްމާއިލް ވިދާޅުވީ މިހާރުގެ ސަރުކާރަކީ ދީނީ ކަންކަމަށް ސަމާާލުކަން ދޭ ސަރުކާރެއް ކަމަށާއި އިސްލާމް ދީނާ ބީރަށްޓެހި ގޮތްތަކަށް ޖާގަ ނުދީ ރައީސް ޔާމީންދަނީ ޖިހާދެއް ކުރައްވަމުން ކަމަށެވެ. އަދި ރައީސް ޔާމީންއަކީ ދިވެހިން އިތުބާރު ކުރާ ބަތަލެއްގެ ގޮތުގައި އިސްމާއިލް ދީދީ ވަނީ ސިފަކުރައްވާފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އަލްޖިބްރާ

    ކޮންމެކަމަކުން ބާކީވީމަ އެހެންމީހުންގެ ބޮލަށް ކަޑާލަން އުޅޭބަޔަކަށް ރަގަޅަށް ކުރެވޭނެ އެއްކަމެއްވެސް ނޯންނާނެ ! މިއީ ކަލޭމެންގެ އަސްލު ސިފަ !

  2. ހަލިމްބެ

    އެންމެނަކައް ނުލިބެޔޭ ގޯނިގޯނި ފުރެންދެން ރުފިޔާއެއް.

  3. އައިޝް

    ޔާމީނު ބަތަލަކައް ނުހަދައިފިޔާ އެއްކަލަ ގޯނި މައްސަލާގަ ކަލޯ އޮންނާނީ ޖަލުގަ

  4. ގޯނިބެ

    ފައިސާގޯނިބަހާހުސްކޮށްލީތަ ؟

  5. އަހައްމަދާ

    ކަލޭ ގޯނީގައި އުފުލި ފައިސާގެ ސައްހަ އަދަދު އެނގޭތަ؟

  6. ކަރުންމަތީގެ ޑޮކްޓަރު

    އެމްޑީޕީއަކީ ލާދީނީ ފިކުރުގެ ބައެއް. އެމްޑީޕީގެ ބޮޑޭ ސްކައިޕޭއަކީ އެކަމުގެ މޭސްތެރި.

  7. ގޯނި

    ގޯނި ގޯނި އަސްލުވެސް ގޯނި