އިދިކޮޅު ކޯލިޝަނުން މިހާރު މާލެގައި ކުރިއަށްގެންދާ މުޒަހަރާ ތެރެެއިން ޕީއެންސީގެ ނައިބް ރައީސް މުހައްމަދު ނިމާލާއި އިތުރު ތިން މީހަކު ހައްޔަރުކޮށްފިއެވެ.

ނިމާލަކީ ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި މާލެ އަތޮޅު ކައުންސިލްގެ ރައީސް ކަމަށް ޕީޕީއެމް އިން ވާދަކުރާ ކެންޑިޑޭޓެވެ.

ފަހަކަށް އައިސް އެ ކޯލިޝަނުން މާލެ ސަރަހައްދުގައި ދަނީ މުޒާހަރާ ކުރަމުންނެވެ. މި މުޒާހަރާތަކާއި ގުޅިގެން ހައްޔަރު ކުރާ މީހުން ދޫކޮށްލަނީ ޖޫރިމަނާ ކޮށްފައެވެ.

މީގެ ކުރިންވެސް މުޒާހަރާތަކުގައި އިދިކޮޅު ކޯލިޝާންގެ އިސްވެރިންވެސް ހައްޔަރުކޮށްފައި ވެއެވެ.

އެ ކޯލިޝަނުން ސިލްސިލާކޮށް ކޮންމެ ހުކުރު ދުވަހެއްގައި މުޒާހަރާ ކުރަނީ ޕީޕީއެމް އޮފީސް ހިމެނޭ ސަރަހައްދުގައެވެ. މި މުޒާހަރާތަކާއި ގުޅިގެން ފުލުހުން އެ ސަރަހައްދު ބަންދުވެސް ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އިބްރާހިމް

    އިންޑިޔާގެ އަސްކަރީން ރާއްޖޭގައި ދިގުމުއްދަތަށް ތިބެވޭގޮތަށް އެއްވެސް އެގްރިމެންޓެއް ހެދުމަކީ ރާއްޖޭގެ ގިނަ ރައްޔިތުން ބޭނުންވާކަމެއް ނޫނެވެ. ވީމާ ޔޫޓީއެފް އެގްރިމެންޓް ހާމަ ނުކުރާނަމަ ރައްޔިތުން މަގުމައްޗަށް ނުކުމެ ސަރުކާރާޢި ދެކޮޅަށް ހަޅުތާލުކުރަންޖެހޭ.

    17
    1
  2. ދެރަ

    ސްޓެލްކޯ ކާލީ
    ފެނަކަ ކާލީ
    ދައުލަތްކާލީ
    ޚިޔާނާތްތެރިން މިނިވަންކަމާއިއެކު މަގުތަކަށް. ނަޒާހަތްތެރިކަމާއި އަބުރުވެރިންނަށް މަލާމާތެއް. ހިތައްއަރާކަކަލަ ރައިއްޔަތުންގެ ޙައްޤޭކަިޔައިގެން ވަކިޢަދަދަކަށް ހައްޔަރުކުރީމަ ނިމޭނެއޭ.
    ހިތައްއަރާ މިއީ މިނިވަން އިސްލާމީޤައުމެކޭބާއޭވެސް

    1
    2
  3. ޢަހު

    ގްރޭޑް 8ނުނިންމާ މީހުން ވެރިކަމަށް ލީމަ ވާނީ މިހެން

  4. އަސްރޭސް

    އިންޑިޔާ ސަރުކާރު އަދި ޗައިނާ ސަރުކާރާ އެކު އެގްރިމެންޓެއް ހެދުމަކީ ރާއްޖޭގެ ގިނަ ރައްޔިތުން ބޭނުންވާކަމެއް ނޫނެވެ. އަދި މި ބަލި މަޑުކަމުގައި ގައި ގޯޅިވެ ބަލި ފެތުރުމަށް ތިޔަ ކުރާ މަސައްކަތްތަކަކީ ވެސް ރައްޔިތުން ކަންބޮޑުވާ ކަންތައްތަކެކެވެ. ސަރުކާރު ޖަވާބްދާރީ ކުރުވުމަށް މިނޫން ގޮތެއް ނެތީ ތޯއެވެ. ކޮންމެ ހުކުރު ދުވަހަކު ހުކުރު ނަމާދުކޮށްގެން މަގުތަކަށް ނުކުމެ ލާޗާރު ބިޗާރުން ގޮވަލި ފަތި ގޮވުމަކުން ނުފުދެއެވެ. އަޅުގަނޑުމެންގެ ޅަދަރިންނާއި، ބަލި ހާލަތުގައި ތިބި މީހުންނަށް ދުއްތުރާ ވުމަކީ އެއީ ޖަވާބްދާރީ ކުރުވުންނޫނެވެ. މިޔަދު ޔާމީން މިނިވަންކުރާ. މާދަމާ އެގްރީމެންޓް އުވާލާ. އަނެއް ދުވަހު އިންދިޔާ ގެރި ގރ ވެކްސިން ނުޖަހާށޭ . މިހެން ކޮންމެ ހުކުރު ދުވަހަކު މައުލޫއެއް ނަގާގެން މިކުރެވެނީ ކިހާވަރެއްގެ ކަމެއްކަން އެނގޭތޯއެވެ.
    ހަވީރު ގަޑީގައި ނޫނީ މާލޭގައި އުޅަނދު ފަހަރު ނުދުއްވޭ. އެ ގަޑީގައިވެސް މަގު ދުއްވާ މީހުންނަށް އެކުރަނީ ޖެއްސުން.
    ސަރުކާރާޢި، އިދިކޮޅުން ފޭލްވެއްޖެ.

  5. ފުވައްމުލަކު ޒުވާންޖީލު

    އަނެއްކާވެސް ބަޖެޓަށް ފައިސާކޮޅެއްހޯދީދޯ