މަސްތުވާތަކެތީގެ މައްސަލަ ހައްލުވާނީ އަސްލު "ވިޔަފާރިވެރިން" ފަހަތުން ގޮސްގެން ކަމަށް ޕްރޮސެކިއުޓަ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޝަމީމް އޭނާގެ ބްލޮގްގައި ލިޔުއްވާފައިވާ ގޮތުން މަސްތުވާތަކެތި ބޭނުން ކުރާ މީހުންގެ އަދަދު މަދު ކުރެވޭނެ ގޮތެއް ހޯދަން ޖެހެއެވެ. އެކަން ކުރެވެނީ އެތަކެތި ރާއްޖެއަށް އެތެރެކޮށް، ވިޔަފާރި ކުރާ މީހުން ފަހަތުން ދެވިގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ޝަމީމް ވިދާޅުވީ އޭނާގެ އަމާޒަކީ، މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ޖިނާއީ އަދުލުގެ ނިޒާމުން ކުރާ މަސައްކަތުގެ މައިގަނޑު އަމާޒަކީ މަސްތުވާތަކެތީގެ ވިޔަފާރިން މަންފާވާ، ވިޔަފާރިވެރިން ހޯދުން ކަމަށެވެ.

"ހަމައެކަނި އެމީހުން އަތުން ފެންނަ ފައިސާއެއް ނޫނެވެ. އެމީހުންގެ ވިޔަފާރިތަކާއި، ވެހިކަލްތަކާއި، އެނޫންވެސް ހުރިހާ މުދަލެއް، މަނީ ލޯންޑްރިން ގާނޫނު ބޭނުންކޮށްގެން ދައުލަތަށް ނެގުމެވެ. މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ލިބިދޭންޖެހޭ ފަރުވާގެ ކަންތައް ވީހާވެސް ލުއިފަސޭހަކޮށްދީ، ޖިނާއި އަދުލުގެ ނިޒާމުގެ ތެރެއިން އެމީހުންނަށް ޒިންމާދާރު މީހެއްގެ ގޮތުގައި ނުކުމެވޭނެ މަގެއް ހޯދައިދިނުމެވެ. އެމަގުން ނުނިކުމެ، ނުވަތަ ނުކުމެ، އަލުން ކުށް ކުރުމުގެ ތެރެއަށް ހިނގައްޖެނަމަ، ދެން އިތުރު ފުރުސަތެއް ނުދިނުމެވެ." ޝަމީމް ވިދާޅުވިއެވެ.

މީގެެ އިތުރުން މަސްތުވާތަކެތީގެ މައްސަައިގައި ހިމެނޭ ފައިސާ ދައުލަތަށް ނަގަން ހުށަހެޅުއްވި ނަމަވެސް އެ މައްސަލައާ މެދު އަދި ގޮތެއް ނުނިމޭކަން އޭނާ ވަނީ ފާހަގަކުރައްވައިފައެވެ.

ހަމައެހެންމެ މަސްތުވާތަކެތި ވިޔަފާރިކޮށްގެން ހޯދާ ފައިސާ "ދޮންނަ" ކަމަށް ތުހުމަތު ކުރެވޭ މީހުންގެ މައްޗަށް، (މަނީލޯންޑްރިން އަދި ޓެރަރިޒަމް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނު) ގެ ދަށުން މަނީ ލޯންޑްރިންގެ ދައުވާ ކުރަން ނިންމި ކަމަށް ވެސް ޝަމީމް ފާހަގަކުރެއްވިއެވެ.

" އެކަން ކާމިޔާބުކުރެވޭނެ ތަޅުދަނޑިއަކީ، މަސްތުވާތަކެތިން މަންފާވާ މީހުންގެ ފައިސާގެ ފަހަތުން ދިއުމެވެ. އަޅުގަނޑު، ޕްރޮސިކިއުޓަ ޖެނެރަލްގެ މަގާމާ ހަވާލުވުމަށްފަހު، އެ ދިމާލަށް ސިޔާސަތު މިދަނީ ބަދަލު ކުރަމުންނެވެ. އެގޮތުން 2020 ވަނަ އަހަރުގެ ޖެނުއަރީ އިން ފެށިގެން، މަސްތުވާތަކެތީގެ މައްސަލައެއްގައި ދައުވާ ކުރާއިރު، އެމައްސަލައިގައި ހިމެނޭ ފައިސާ ދައުލަތަށް ނެގުމުގެ ބައި ވަކިން ދައުވާގައި ހިމަނަން ފެށީމެވެ. މިމަގަށް އިންޓާނަލް މެމޯއެއްވެސް ނެރުނީމެވެ. ބޭނުމަކީ، އެފައިސާ ދައުލަތަށް ނަގައި، މަސްތުވާތަކެއްޗާ ގުޅިގެން ދައުލަތުން ހިންގާ ޕްރޮގްރާމްތަކަށް އެފައިސާ ޚަރަދު ކުރުމެވެ." ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ މިހާތަނަށް ބައެއް މީހުންނަށް ހީވެފައި އޮންނަނީ، މަސްތުވާތަކެތީގައި އަތް ނުލާ ނަމަ، ކުށްވެރި ނުވާ ކަމަށާއި، މިހާރު ސިޔާސަތަށް ގެނައި ބަދަލާއެކު، އެ ވިސްނުން ނިމުމަކަށް އަންނާނެ ކަމަށެވެ. މަނީ ލޯންޑްރިންގެ ކުށް ފުރިހަމަވުމަށްޓަކައި ބޭނުންވަނީ، އޭނާއަށް ލިބި، ބޭނުންކުރި ފައިސާއަކީ، ކުށެއް ކޮށްގެން ހޯދާ ފައިސާކަން އޭނާއަށް ޝައްކުވުންކަން ވެސް ޝަމީމް ފާހަގަކުރެއްވިއެވެ.

" ކަނޑައެޅިގެން އެނގުންވެސް ލާޒިމެއް ނޫނެވެ. މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހެއްގެ އަތްބަކު، އޭނާގެ ފިރިމީހާ ފައިސާ ހޯދާ ތަނެއް ނޭނގޭކަމަށް ބުނުމަކީ އަޅުގަނޑަށް ގަބޫލުކުރަން ދަތި ކަމެކެވެ. ފައިސާ ލިބޭ ގޮތް ނޭނގޭ ކަމަށް ބުނާއިރު، އެފައިސާ، ޝައްކު އުފެދޭ ކަންކަމަށް ބޭނުންކޮށްފައި ހުރިކަން ތަހުގީގަށް ފެނެއެވެ." ޝަމީމް ވިދާޅުވިއެވެ.

މި ފަދަ ފުރަތަމަ މައްޗަށް މިދިޔަ ބުރާސް ފަތި ދުވަހު ކުރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށް ޝަމީމްގެ ލިޔުމުން އެނގެއެވެ. އެއީ ގދ. ތިނަދޫ، ރަންގަލް، ޙަސަން ލޫޠްއާއި، ހުޅުމާލެ ފްލެޓް ނަންބަރު 01-ޖީ-45، ޙަސަން ރަޝީދާއި، ތ. ތިމަރަފުށި، ވައިޓްރޯސް، އިސްމާޢީލް ޝަރީފްއާއި، މއ. ހަސްލަތު، ޝަނިޔާ އިބްރާހީމް، 12 ޖަނަވަރީ 2021 ވަނަ ދުވަހު އިތުރު ބަޔަކާ ގުޅިގެން ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތި ބޭނުންކޮށް ގެންގުޅެ އެތަކެތި ޓްރެފިކްކުރާކަމަށް ތުހުމަތުކުރެވިގެން މާލޭގެ 04 ގެއެއް ބަލައިފާސްކޮށް ފުލުހުން ހިންގި އޮޕަރޭޝަންގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނުނު މައްސަަލައެވެ.

އެމައްސަލައިގައި، އިސްމާޢީލް ޝަރީފާއި، ޝާނިޔާ އިބްރާހީމާއި ޙަސަން ރަޝީދާއި . ޙަސަން ލޫޠުގެ މައްޗަށް، މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާގެ އިތުރުން މަނީ ލޯންޑްރިންގެ ދައުވާވެސް އުފުލިއެވެ. އެ މައްސަލަ އަށް އިޝާރާތްކުރައްވާ ޝަމީމް ވިދާޅުވީ މިއީ މިފަދަ މައްސަލަތައް ހައްލު ކުރަން ފެށުމެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

މަސްތުވާތަކެއްޗާބެހޭ ގާނޫނެއް ފުރަތަމަ ހެދީ 1977 ވަނަ އަހަރު ކަމަށް ވާއިރު އޭރު އަމަލު ކުރާ ގޮތަކީ މަސްތުވާތަކެތި ބޭނުންކުރާ މީހުން ޖަލަށް ލުން ކަމަށް އެ ލިޔުމުގައިވެއެވެ. އޭގެ ސަބަބުން ޖަލުގައި ޒުވާނުންގެ ބޮޑު އާބާދީއެއް އުފެދުނު ކަމަށާއި މި ސިޔާސަތު ރަނގަޅުނޫން ކަމަށް ޝަމީމް ވަނީ ފާހަގަ ކުރައވއަިފައެވެ.

އެ ސިޔާސަތު ބަދަލުވީ 2011 ވަނަ އަހަރު ކަމަށާއި މަސްތުވާތަކެތި ބޭނުން ކުރާ މީހުންނަށް ފަރުވާ ދިނުމުގެ އިތުރުން މަސްތުވާތަކެތި ގިނައިން ގެންގުޅެ، އަތުގައި ބަހައްޓާ މީހުންނަކީ، އެތަކެތިން ވިޔަފާރި ކުރާ މީހުންކަމަށް ބަލައި، އެމީހުންނާ މެދު ހަރުކަށި އަދަބު ދޭން ފެށި ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވިއެވެ.

އަދި އެ ގާނޫނު ކާމިޔާބުކަމާއެކު ތަންފީޒު ކުރުމަށްޓަކައި ޑްރަގް ކޯޓާއި، ފަރުވާގެ ނިޒާމު އެއް ހަމައެއްގައި، އެއް ބާރު މިނެއްގައި ހިނގަންޖެހޭ ކަމަށް ވެސް ޝަމީމް ވަނީ ފާހަގަ ކުރައްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. އިބްރާހިމް

    އަސްލު ވިޔަފާރިވެރިން ދާންވީ ތިޔަބޭފުޅާ ފަހަތުން ފައިސާހިފައިގެންތޯ؟ މައްސަލަ ޙައްލުވާނެކަމަށް އަޅުގަނޑުގެ ބުއްދިއަށް އަންނަނީ އިސްލާމީ ޝަރީޢަތުގައި މަސްތުވާތަކެއްޗަށް ކަނޑައަޅުއްވާފައިވާ އަދަބުދީގެންނެވެ.

    16
    1
  2. ހުސޭނުބޭ

    އަސްލު ވިޔަފާރިވެރިން އަވަހަށް މީނައާ ޑީލްހަދާ! އެކަން ބޭނުންވެގެން ހިންޓެއް އެ ދިނީ!

    12
    3
  3. ކޮވިޑް

    އެހެން ވީމަ ކަރަޕްޝަން ހުއްޓުވޭނީ ކަލޭ ޕިޖީ ކަމުން ވަކިކޮގެންނޭ ތޯ ތި ބުނަނީ؟

    16
    2
  4. ހުސްއަނގަ

    ދެން ކޮންމެސް އެއްޗެއް ކިޔައިގެން ބޮޑުން ދޫކޮށްލަނީ ކީއްވެ؟

    11
    1
  5. ސަފާ

    والله والله والله ހުވާކޮށްފަ މި ބުނަނީ މަސްތުވާތަކެއްޗާ އެނޫންވެސް މައްސަލަތަކަށް ހައްލު ލިބޭނީ ކަލޭ ތިތަނުން ނިކުމެ ކަލޭގެ މުޅި ޕްރޮފެޝަންވެސް ދޮންމީހުނާއެކު ފެތުމަށް ބަދަލުކޮށްލީމަ. ކަލޭ ތިތާ ހުރެގެން މިގައުމަށް ލިބޭނެ އަދާލަތެއް ނެތް. ކަލެއަކީ އއެކަމަށް އޮތް ހަމަ ެކަނި ހުރަސް.

    10
    1
  6. އާދަމުގެދަރި

    ހިތުން މޮޅުވާހަކައެއް ބުނެލީ ދޯ. ތިކަން ނޭނގޭ މީހަކު އެބަހުރިތަ. މާޒީގެ ފަތްފުށްތަކުގައި ލިޔެފައި ހުންނާނެ ގާނޫނީ ވަކީލުންގެ ތެރޭގައި ތިޔަ ކަމަށް އަރައިތިބި ބަޔަކު ތިބިކަން. އަދި ޕޮލިޓިކަލް މީހުންގެ ތެރޭގައި ތިޔަކަމަށް އަރައިތިބި ބަޔަކު ތިބިކަމަށް. އެމީހުން ފަހަތުން އިހަށް ދާންވީނު. އެކަމަކު އެވައްތަރު މީހެއް ވިއްޔާ އޮންނަނީ ދައުވާގެ އެއްބައި ގެއްލި ޗެއިން އޮފް ކަސްޓަޑީ ނުބައިވެފައި. މިހާރުވެސް އެއްދުވަހު ދަށު ކޯޓުގައި ގަދަފައި ވިއްދާފައި ވަކާލާތުކޮށްފައި އަނެއް ދުވަހު ސްޕްރީމް ކޯޓަށް ގޮސް ހައްޕު ކިޔައިގެން ނޫނީ ދައުވާކުރެވުނީ ނުބައިކޮށްނޭ ތި ގޮވަނީ. ބަތާހަރާމީން ތަންތަނަށް ލައިގެން ދުވަހަކުވެސް ކަމެއް ރަނގަޅެއް ނުވާނެ.

  7. ޑަންމީ

    ކަލޭ ތަ މިހާރު ތިކަންތިއޮތީ ނިމިފަ

    6
    1
  8. ކުރުކޮށް ފޮނިކޮށް

    ހައްލަކީ އުމަރު

    11
    3
  9. ޙަސަނު

    ދެން ދޭބަލަ ފަހަތުން އެމް ޑީ އެންގެ ބޮޑުން ތެދެއް ހަދާނެތަ ނަބިއްޔާ އަށް ފުރައްސާރަކުރާ ޖާހިލު ގްރޫޕް

    15
    1
  10. ދެރަ

    ކަލޭ ފަހަތުން ދުވެ ލަޓިބުރިއަކުން އަޅާލީމަ ތިކަން ހައްލުވެދާނެ. ތިއުޅެނީ މީހަކުލަނޑެއް ނުދީގެންތަ؟ ކަލޭމެން ރާވައިގެން ވަގުންނާ ފަތްބޯމީހުން ތަންތަނަށް ފުރުވާލަނީ ކަޅޭ އިސްވެ ހުރެގެން

    13
    1
  11. ގުރާމް

    ރާއްޖޭގައި އެތައް ވަގު ވިޔަފާރިޔެއް ކޮށްގެން، ނޫނީ ވޯކްވިސާގައި ތިބެގެން ބޮޑެތި ވިޔަފާރިތައް ކުރާ ބޭރުގެ އެކައުންޓެންޓުންގެ މުދާވެސް ސަރުކާރަށް ހިފޭ ގާނޫނެއް ހަދާބަލަ، ދެން އެ ގާނޫނު ތަންފީޒު ކޮށްބަލަ. ކެރޭނެތަ؟

    10
  12. ގލ

    މަސްތުވާ ތަކެތި މުގޫލާފަ އިވަނީ ސީދާ މޑޕ ބޮޑުންނާ އެވެ
    އެވިޔަފާރި ނަ އްތާލެވޭނީ މޑޕ ރީ އްޗަށް ރޫޅާލަ އިގެންނެވެ
    މޑޕ އޮތްހާ ދުވަހަކު މަސްތުވާތަކެތި ދާނީ ފުޅާވެ ކުރި އަރަމުންނެވެ.

    4
    2
  13. ޒާ

    ހުއްޓުވަން ވައުދުވެ ވެރިކަމަށް އައިސް ފެއިލްވެފަ

    11
    1
  14. ދވހ

    ދީނަށް ފުރައްސާރަ ކުރި މީހުން ކޮބާ؟ އެކަން އޮއްބާލީތަ؟ މަތި އަޅަން އާވާހަކައެއް ފެށީދޯ؟

    6
    1
  15. ޑަބިޔާ

    މަސްތުވާތަކެތި ބޭނުން ކުރާ މީހުންގެ އަދަދު މަދު ކުރެވޭނެ ގޮތެއް ހޯދަން ޖެހެއެވެ. އެކަން ކުރެވެނީ އެތަކެތި ރާއްޖެއަށް އެތެރެކޮށް، ވިޔަފާރި ކުރާ މީހުން ފަހަތުން ދެވިގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ފާހަގަ ކުރުން މުޅިންގޯސް. ބޭފުޅާ ކިޔެވީ ކޮންތާކުންތޯ. މަތިން ރައްބު އަންގަވާ ފައިވާ ހުކުން ނުކުރާނަމަ ޔަގީން ނުހުއްޓުވޭނެ. ހައްލު އިގެ ހުރެ މާމޮޅުވާހަކަ ދައްކަން ލަދުގަނެބަލަ. މާދަންދާނީ ފަސްދަށައް ކަލޭގެ ގުނަވަންތައް ހެކިދޭނީ ދެންނުވާނެ ސަލާމަތެއް

  16. ނާޅި

    އެބަރަގަޅުވޭ ޝަމްބޭވެސް ރަގަޅު އެއްޗެއް ބުނެފިއްޔާ ޤަބޫލު ކުރެވޭ، ތިޔަބުނީ އަސްލު ތެދުވާހަކަ މަސްތުވާ ދިޔާ އެއްޗެއްސާއި ހިކި އެއްޗެހި އެތެރެކޮށް ވިއްކާ ވިޔަފާރި ކުރާ މީހުން ހޯދާ އެމީހުންގެ މައްޗަށް ދައުވާ ކުރަންވީ އެވަރު ނުވަނީ ކީއްވެތޯ ؟ އެންމެ ހެއްވާ ކަމަކީ ބަގުރާ އުފުލުން ހަމައެކަނި ހަރާންވާތީ މިރާއްޖޭގައި !

  17. ބޮޑުބުޅާ

    މީހާއަށްވުރެ މީހާ އަނގަ ބޮޑުވެއްޖެނަމަ، އިސާހިތަކު އެމީހަކު ފަޟީލަޙަތްވެދާނެއެވެ. ޝަމީމު ކައިރީގައި ވާހަކައެއް ބުނަން ހެއްޔެވެ، ބާޒާރުން މީހުން ސިނގެރެޓު ބޮޑުއަގުގަ ގަންނަން ވިޔަފާރިވެރިން ސިނގެރެޓް އެތެރެކުރަނީ ކީއްވެކަން އެނގޭ ހެއްޔެވެ. އެއީ ސިނގެރެޓު ބޯމީހުން ގަންނާނެތީއެވެ.
    އެހެންވީމާ، ވިއްކާ ވިޔަފާރިކުރާ މީހުން ހުއްޓުވޭނީ އޭގެ ޑިމާންޑު ގެއްލުމުންނެވެ. އެހެންވީމަ، މަސްތުވާތަކެތި ބޭނުންކުރާ މީހުން ހުއްޓުވީމަ، އެކަން ހައްލުވީއެވެ. އެޓްލީސްޓް 3 އަހަރަށް ފަރުވާ ޕްރޮގްރާމް ހުއްޓުވާފައި، މަސްތުވާތަކެތި ބޭނުންކުރާކަމަށް ޝައްކު ކުރެވޭ މީހުން ވަގުތުން ހިފައި ހައްޔަރުކޮށް ޤާނޫނުގައި ބުނާ 3 އަހަރު ދުވަހު ޖަލުގައި ބާއްވަދީބަލާށެވެ. އޭރުން އިސާހިތަކު ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި މީހުން އެކަން ހުއްޓާފަ، އެހެންކަންކަމުން އާމުދަނީ ހޯދަން ފަށާފާނެއެވެ.
    އަސްލު ކަލެއަށްވެސް މިކަން ވިސްނޭނެއެވެ. އެކަމު ކުރާކަށް ނުކެރޭނެއެވެ. ސަަބަބަކީ، މީ ބައެއްގެ ވިޔަފާރިއެކެވެ.

  18. އރބ

    ދީނާ ފޮށުން ހުއްޓޭނީ އެކަން ކުރާ ބޮޑުން ވެރިކަމުން ދުރު ކޮއްގެން. މީ ތިކަމަށް ވުރެއްސީރިއަސް މައްސަލައެއް!