ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އަލަށް އުފެއްދެވި ދިވެހި ނޭޝަނަލް އެކްޝަން (ޑީއެންއޭ) ފަހަތުގައި ހުންނެވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބިލަތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް (ދޮންބިލަތް) ވިދާޅުވެއްޖެއެވެ.

''ޖަޒީރާ'' ނޫހުން ގެނެސްދެމުން އަންނަ ''ވަން ޓު ވަން'' ޕްރޮގްރާމުގައި ހަލީމް ވިދާޅުވީ ކޯލިޝަން ސަރުކާރު އޭގެ އަމިއްލަ ޒާތުގައި ރޫޅިގެން ހިނގައިދާނެ ކަމަށެވެ.

"ކޯލިޝަނަކީ އަޅުގަނޑުމެނާއެކު އޮތަސް، އަޅުގަނޑުމެންގެ ވާދަވެރި ފަރާތްތައް" ހަލީމް ވިދާޅުވިއެވެ.

ހަލީލް ވިދާޅުވީ، އުމަރު ނަސީރާއި ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ގުޅިވަޑައިގެން ޑީއެންއޭ އުފައްދާފައި އޮތް ނަމަވެސް އެ ޕާޓީގެ ފަހަތުގައި ހުންނެވީ ކުރީގެ ރައީސް މައުމޫން ކަމަށެވެ. އަދި އެއީ ރައީސް މައުމޫންގެ ލެގަސީ ހުތުރުވެފައިވާތީ ކުރައްވާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ރައީސް މައުމޫންގެ ދިގު ވެރިކަމުގައި ރާއްޖެއަށް ނުގެނެވޭ ތަރައްގީ އެމްޑީޕީގެ ދެ ވެރިކަމުގައި ގެނައުމުން، މިހާރު ރައްޔިތުން އެމްޑީޕީ މާ ބޮޑަށް ބަލައިގަނެފައިވާ ކަމަށް ހަލީމް ވިދާޅުވިއެވެ.

ޑީއެންއޭ ހަރަކާތުގައި އުމަރުގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަނބަލުން އަދި ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫންއާއި، ކުރީގެ ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒާއި، ބްރޮޑްކާސްޓިން ކޮމިޝަނުގެ ކުރީގެ މެންބަރު އަބްދުﷲ ޝުޖާއު ފަދަ ބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ފުވައްމުލަކު ޒުވާންޖީލު

    މިބިލެ އްގަނޑަށް ރަ އީސް މަ އުމޫނާނުބެހި ނުހުރެވެނީ އޭދޯ ؟ ބޮޑުބަލާ އެ އެ
    މި އެ އްޗާހުރެ..

    7
    1
  2. ޔާމިން

    އަހަންމަދާ ކަލޭތީއަޅެފަހެ މަރަމޯލްއެއްތަ

    7
    1
  3. ޔާމިން

    އަހަންމަދަފެލިފެލި ހުންނަން ޖެހޭނީ މިވެއްޓެނީ

    6
    1
  4. ލައިލާ

    ކަޅުބިލަތެކޭކިޔާނެކަމެއްނެއް މިވެއްޓެނީ

    8
    1
  5. ފިދަނަ

    ކޮބާ ތޯ ޕެޑް މޭން ދޮންވެފަ އޮށް ބިލަ އް ގަޑެ އް ދުފާނީކާކުބާ

    8
    1
  6. ހުސޭނުބޭ

    ނިކަމެތިންގެ ފްލެޓް އަތުލި ޑީއެންއޭ ހުންނަނީ ކޮން ބައެއްގެ ކިބާގައި؟

    6
    1
  7. ހަގީގަތް

    މުސްކުޅިންބުނޭ، އަނގަ އޮތި އްޔާ ކާޅެ އްނުކާނެޔޭ، ކޮންމެ އެ އްޗެކޭވެސް ކި އިދާނެޔޭ. އެމްޑީޕީ. ސަރުކާރަކުން ރާ އްޖެ އަށް ފަ އިދާހުރި ކަމެ އް ކޮށްދީފަ އޮތްތަން ފެންނާނީ "ބޮޑިބަތް ކަ އިގެން" ތިބި މީހުންނަށް.

    10
    1
  8. މުހަންމަދު

    ދޮމްބިލެއް،،،ކަލޭ ތިހިރީ ހަމަހޭގަތަ؟އެމް.ޑީ.ޕީ ދެވެރިކަމުގަ ރައްޔިތުން ބިކަވެދިޔަވަރު ކަލެޔަށް ނުފެނުމަކީ މައްސަލައެއް.

    8
    1
  9. ވަގުވަގު

    ވަގުންނަށް ހީވާނީ ދެން ތިބީވެސް ހުސްވަގުންހެން..ވަގުންގެ ފޮށި އަބަދުވެސް ވަރަށް މޮޅަށް ބަނދެ ބާރުކުރާނެ...ހަ އް ހަ އް..

    6
    1
  10. ޝޮކްތެރަޕީ

    ފަޅު 3ރައް ރިސޯޓަކައް ބަޔަކައް ކުއްޔައްދީގެން ބޮޑު އަމްދަނީއެއް ދޮމްބިލޭޔަ ލިބޭ. މިވަރުމީހުން އެހެން މީހުންނާ ދިމާލައް ވަގައް މިގޮވަނީ.

    7
    1
  11. ރަދީފް

    މަޖްލިހުގަ ހުރި އެންމެ ބޮޑު ރޯނުއެދުރު.އެނގޭ އެއްޗެއް ވެސް ނޭނގޭ އެއްޗެއް ވެސް ނެތް.

    8
    1
  12. ދަރަނި ދަންތުރަ

    ދޮންބިލެއް ކަލޭ މަސްތުވާތަކެތި ބޭނުންކޮންގެން ޖަލަންލީމަ މާފުދީ މިނިވަންކުރީވެސް ރައީސް މައުމޫނު ، ދޮންބިލެއް ތިޔަބުނާ މުދިންބޭ ކަލޯ ގޮތްކުޑަ ކާޅާ...

    8
    1
  13. ދޮންނުވާ ބިލައްްގަނޑު

    މަގުބޫލްކަން ހޯދަން ކޮނމެވެސް މީހެއްގެ މަސްކޮޅުނޮޅާގެން ކާލަންވާނެތާ ލަދުކުޑަކަން