ގައުމީ ސަލާމަތީ ބާރުތައް ކަމަށްވާ ފުލުހުންނާއި ސިފައިންގެ އިދާރާ ސިޔާސީ ވެއްޖެނަމަ، އިސާހިތަކު ގައުމުގެ ހާލަތު ނިކެމެތިވެގެން ދާނެ ކަމަށް ކުރިން އެމްއެންޑީއެފް އަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ކެޕްޓަން އަލީ އިހްސާން ވިދާޅުވެއްޖެއެވެ.

އިހްސާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ ސިޔާސީ ކޯޅުމުގެ ތެރެއިން ސަރުކާރު ބަދަލުވާ ކޮންމެ ފަހަރަކު ސަލާމަތީ ބާރުތަކުން މީހުން ވަކި ކުރުމާއ،ި ކުރިން ވަކިކޮށްފައި ތިބި މީހުންނަށް އަލުންް ވަޒީފާ ދިނުމުގެ ކުޅިވަރު ހުއްޓަން ޖެހޭ ކަމަށެވެ. އަދި ރައްޔިތުންގެ ހައްގުގައި، ދިވެހި ފުލުހުންނާއި ސިފައިން ސިޔާސީ ނުވެ ތިބުން މުހިންމުކަން އިހްސާން ފާހަގަކުރެއްވިއެވެ.

"ސިފައިންނާއި ފުލުހުންގެ މުއަސަސާ އަކީ އެއް ޕާޓީ ވެރިކަމަށް އައިސް މީހުން ކަނޑާ އަނެއް ޕާޓީ ވެރިކަމަށް އައިސް މީހުން ވައްދާ ސިޔާސީ މުއައްސަސާ އަކަށް ނުހައްދަވާ. ދައުލަތުގެ ހައްގުގައި ކޮންމެވެސް ބަޔަކު ސިޔާސީ ނުވެ ތިބެން ޖެހޭނެ. އެހެން ނޫނީ އަޅުގަނޑުމެން ގައުމެއްގެ ގޮތުގައި ވަރަށް ނިކަމެތިވެދާނެ." އިހްސާން ކުރެއްވި ޓްވީޓްގައި ވިދާޅުވިއެވެ.

https://twitter.com/ali_ihusaan/status/1373139767718600706?s=19

އުތުރު ތިލަފަޅުގެ މަޝްރޫއު ކުރިއަށް ގެންދަން އިންޑިއާ އާއި އެކު ރާއްޖެ އިން ވެފައިވާ ކަމަށް ބުނާ އެއްބަސްވުންކަމަށް ބުނެ ލިޔުމެއް މީސް މީޑިއާގައި އާއްމުވުމުން އިހްސާންވެސް އަންނަނީ އެ ކަމާއި ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެ އެއްބަސްވުމަކީ އުތުރު ތިލަފަޅުގައި ކޯސްޓްގާޑްގެ ބަނދަރަކާއި ޑޮކްޔާޑެއް ގާއިމް ކުރުމަށް އިންޑިއާއާއެކު ވެފައިވާ އެއްބަސްވުން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވަނީ ވިދާޅުވެފައެވެ.

މީސްމީޑިއާގައި މިހާރު ދައުރުވަމުން އަންނަ މި ލިޔުމުގައި އިންޑިއާގެ އަސްކަރީ ބަޔަކު ވަކި މުއްދަތަކަށް ތިބޭ ވާހަކަ އާއި ހަތިޔާރާއި އެކު ތިބެވޭ ވާހަކަ އޮތް ނަމަވެސް އެއީ އެއްވެސް ހަގީގަތެއް ނެތް ވާހަކައެއް ކަމަށާއި، މިހާރު ސޮއިކުރެވިފައިވާ އެއްބަސްވުމުގައި މިފަދަ އެއްވެސް ކަމެއް ނޯންނާނެ ކަމަށްވެސް މިނިސްޓްރީއިން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ނާސިރު ބުނިބަސް އެހިންތަ؟

    މި ކަމުގަ ފަހަތުގަ މިވަނީ ކަޅު ޑޮލަރުތަކެއް. ރައްޖެ ސަލާމައްކުރަން ވަރައް އުދަގޫވާނެ ދެން

  2. ސލ

    ސިފަ އިންނާ އި ފުލުހުން ސިޔާސީ ކުރުވީ މޑޕ އެވެ
    ރާ އްޖޭގެ ކަންކަން ފާލުން ނެ އްޓި ރާ އްޖެ ބޮ އްސުން
    ދު އްވާލީވެސް އެ ގޭންގުންނެވެ.

  3. މުހައްމަދު

    އިންޑިޔާ ލައްވާ އިންޑިޔާ ކަޑުގައި އެމެރިކާ ކުރުވަން ބޭނުންވާ ކަންކަން ހާސިލުވަމުންދާތަން މިފެންނަނީ. ހުރިހާ އިސްލާމީ ގައުމެއްގައި ހަމަނުޖެހުން އުފައްދާ އެގައުމުތަކުގެ މައްޗަށް އަތްގަދަކުރުމަކީ ދުރު ރާސްތާ އަމާޒެއް ކަމުގައި ބަލަންޖެހޭ.