ޔޫތް މިނިސްޓަރު އަހުމަދު މަހްލޫފްގެ ދަރިކަނބަލުން ލައިބާ އަހުމަދު މަހްލޫފް (އެލީ) އިންޑިއާގެ މަޝްހޫރު ލަވަ ކިޔުންތެރިޔާ ޖާވިދް އަލީ އާއެކު ލަވައެއް ކިއުމުން އެކަމާ ފާޑުކީ މީހުންނަށް އެލީއަށްް ބުލީ ކުރެވުނު އިރުވެސް ނޭނގުނުކަމަށް މަހްލޫފް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ "ރާއްޖެމިއަދު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މަހްލޫފް ވިދާޅުވީ، މިކަމާ ގުޅޭގޮތުން "ނެގެޓިވް ކޮމެންޓު ކުރަމުން އަންނަ" މީހުންނަށް ވެގެން އުޅޭ ގޮތް ސާފް ނުވާ ކަމަށެވެ.

ދާދި ފަހުން އެލީ އާއި މޯލްޑިވިއަނުން ވިދާލި ހަމޫދު އާދަމްގެ ލަވައެއްވެސް ނެރެފައިވާ އިރު ޖާވިދް އަލީ އާއިއެކު ނެރެފައިވާ ލަވައަކީވެސް ހަމަ އެގޮތަށް ކުރި ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އަޅުގަނޑު މި މަގާމުގައި ހުއްޓަސް ނެތަސް ވެސް އަޅުގަނޑުގެ ދަރިފުޅުގެ ކުރިއެރުމަށް ހަމަ މަސައްކަތް ކުރާނެ ދެއްތޯ. އަޅުގަނޑަށް ހީވަނީ ނެގެޓިވް ކޮމެންޓު ކުރި ކުދިންނަށް ހީވަނީ ކަން ނޭނގެ ރާއްޖޭގެ ކުއްޖަކަށް ބޮލީވުޑްގެ ކޮންމެވެސް މީހަކާ އެކީގަ ލަވައެއް ކިޔަން ފުރުސަތެއް ދިނީމަ އެ ފުރުސަތު ނަގާފަ އަޅުގަނޑުގެ ދަރިއަކަށް ވެގެންނޭ. ނޫން އެކަހަލަ ކަމެއް ނޫން މިއީ" މަހްލޫފް ވިދާޅުވިއެވެ.

މަހްލޫފް ވިދާޅުވީ މިއީ އޭނާގެ ރަހުމަތްތެރިއަކު ދިން ހިޔާލަކަށް ޖާވިދް އަލީ އެލީ އާއެކު ލަވަކިޔާނެއޭ ބުނުމުން، ހެދި ލަވައެއް ކަމަށެެވެ. އަދި މިކަމަށް ކުރަން ޖެހޭ ހުރިހާ ހަރަދަކާއި ހުރިހާ މަސައްކަތެއްް ކޮށްފައިވާނީ އަމިއްލައަށް ކަމަށާއި، މިއީ އަމިއްލަ ލަވައެއް ކަމަށް މަހްލޫފް ވަނީ ވިދާޅުވެފައެވެ.

މަހްލޫފް ވިދާޅުވީ އެލީ އަކީ އުމުރުން ތިން އަހަރުން ފެށިގެން ހިންދީންް ވާހަކަ ދައްކާ ކުއްޖެއް ކަމަށާއި، ބޮލީވުޑަކީ އޭނާވެސް ޝައުގުވެރިކަން ހުންނަ ތަނަކަށް ވުމުން އެލީވެސް ބޮލީވުޑް އުފެއްދުންތައް ބަލާ އަޑުއަހާ ހަދާކަމަށެވެ.

މިއާއި އެކު ކުރެއްވި ޓްވީޓެއްގައި މަހްލޫފް ވަނީ ގިނަ މީހުންނަށް ދެކޮޅަށް ވާހަކަ ދައްކަމުން ގޮސް އެލީއަށް ބުލީ ކުރެވުނު އިރުވެސް ނޭނގޭ ކަމަށް ވިދާޅުވެފައެވެ.

"ޖީނޭކީ ވަޖާ" ނަމަކަށް ކިއާ މި ލަވަ އާންމު ކުރީ ޒީ މިއުޒިކް ކޮމްޕެނީގެ ޔޫޓިއުބް ޗެނަލްގައެވެ. މި ލަވަ ޔޫޓިއުބްގައި އާންމު ކުރިތާ 24 ގަޑިއިރު ވެސް ނުވަނީސް، ވީޑިއޯ ލަވައިގެ ވިއުސް ވަނީ މިހާތަނަށް 99،000 އަށް ވުރެ މައްޗަށް ވަނީ އަރައިފައެވެ.

މިއީ ދިވެހި ކުޑަ ކުއްޖަކު ކީ ލަވައެއް މަދު ވަގުތުކޮޅެއްގެ ތެރޭގައި މިހާ މަގުބޫލުވެގެން ދިޔަ ފުރަތަމަ ފަހަރެވެ.

ކިޔުންތެރިންގެ ހިޔާލު

29 ކޮމެންޓް

  1. މޔ

    ދަރި ބުލީގެ ސިކާރައަކަށް ހެދީދޯ؟

    74
    7
    • ބަފާ ވާނުވާގަ

      ދަރިއަށް ފުރަތަމަ ބުލީކުރީ ކަލޭ.. ދަރީގެ އެހާ ހަޑި ވީޑިއޯތައް މީޑިއާގަ އަޕްލޯޑު ކުރީ ކަލޭ. އެހާ ހުތުރު ލަވައެއް އަޕްލޯޑު ކުރީމަ ހުތުރޭ ބުނީމަ ބުލީއަކައް ވާނެ އެއްވެސް ގޮތެއް ބުނެބަލަ. ހަމަ ވަރަށް ހަޑި، ވަރަށް ހުތުރު. މީ ބަފައަކު ދަރިއަކު ފަލީހަތް ކުރަން ހިންގި ބޮޑު ޖަރީމާއެއް.

      69
      9
    • Anonymous

      މިނިސްޓަރ އޮފް ސެލްފް އެންޑް ފެމެލީ ޕުރަމޯޓް. ދެއްކުންތެރި ޖާހިލެއް

      22
      2
    • ސަރކްލް އޮފް ފްރެންޑްސް

      ހަސަދަވެރިން ވަރަށް ގިނަ.

      1
      4
  2. ރަދީފް

    ކަލޭގެ ލަދު ކޮބާ؟؟

    73
    4
  3. ކޮވިޑް

    އެހެން ވެދާނެތާ މުޅި ޤައުމު ލޮކްޑައުންގަ ރައްޔަތުން އަނގަމަތީ މާސްކު އަޅުވާފަ ގޭބަންދުގަ، މިހާލުގާ ދިވެހިން ތިއްބާ މަހުލޫފް ދަރި ގޮވައިގެން ޤައުމުތަކުގަ މަޖާ ކޮށް ލަވަލިޔާ ފަ ވީޑިޔޯ އަންމުކީމަ. މިވަރު ކަމެއް ވެދާނެތާ ދޯ؟

    99
    6
  4. ޙހހހ

    ކަލެޔަށް މި އަދު ހަޖަމްުކުރަން އުނދަގޫދޯ ، އަދި ބްލީ އަކީ ކޯ އްޗެ އްކަން ކިހާވޭންހުރި އެ އްޗެ އްކަން އެނގޭދޯ ، މީގެ ކުރިން މީހުނަށް ވަ އްބަހުންގޮވި އިރު ކޮބާ ބުލީ

    86
    7
  5. ތުއްތީދިބެ

    ފާޑުނުކިޔާނެކަމަށް ކަމެއް ކުރުމަކީ އަސްލު މައްސަލަ، ސިޔާސީ މަގާމުތަކުގަ ތިބޭއިރު ކުރާކަންކަމަށް ފާޑު ނުކިޔުމަކީ ޑިމޮކްރަސީޔޭ ބުނެވެން ނޯވޭ، ހުރިހާ މޮޅެއް ނުލިބޭނެ.

    62
    5
  6. ޢަޒު

    އަހަރެން ކުރީ ބްލީއެއްނޫން އަހަރެންދިނީ މަހޭއަށް ނަސޭހަތެއް

    64
    5
  7. ކީކޭ ބުނާނީ...

    ޓެކްނޮލޮޖީގެ ގޮތުން ކިތަންމެ ދުނިޔެ ކުރި އަރަ އިފަ އި އޮތަސް، ސޯޝަލްމީޑި އާ މި އީ ކިހާވަރެ އްގެ ކަމެ އްކަން ނޭގި، ސޯޝަލްމީޑި އާގަ އި ދަރި އިޝްތިހާރު ކުރަނީތީ އަމި އްލަޔަަށް. ޜަ އްޔިތުން ހަވާލު ކުރިމަގާމެ އްގަ އިހުރެ، ބޮޑު މުސާރަ ނަގަ އިގެން ތިބެ އެއ އްވެސް މަސަ އްކަތެ އްނުކޮށް، ވަ އުދު ނުފު އްދާ، ވެރިކަން ހަވާލުކޮށްފަ އި ތިތިބަ މީހުންގެ އިތުބާރު ރަ އްޔިތުންނަށްގެ އްލި، ރ ައްޔިތުން ރުޅި އައިސް އަނދަ އަނދާ ތިބި ދަނޑިވަޅެ އްގަ އި ކަލެ އަށް ކުރަން އެނގުނު އެންމެ މޮޅުކަންތަ އް ތިކުރުނީ. ޖިމް ބޮޑީ ފޮޓޯނަގާ އިންޑި އާ މީހުނާ އެކީ ލަވަކިޔާ ފިލްމު ކުޅެ. ޢަމި އްލަ އަށް ވިސްނާނުލާ ބު އި ބޮނޑި. ދެން ކޮންމެހެން އެލީ އެކޭ، ބުލީ އެކޭ ކިޔަ އިގެން ވިކްޓިމް ކާޑު ކުޅޭނެ ކަމެ އްނެތް.
    ކަޑަވީމަ މީހުން އެބުނަނީ ކަޑަ އޭ ، ޖޯކޭ، ތިޔަކުރާކަންތަ އް. ޓެލްންޓް ހުރިނަމަ އެންމެންވެސް ސޮނިފަ އިބާނެ... ފަހުރުވެރިވެސް ވާނެ. މީހުންގެ ކޮމެންޓް ، ހަޖަމް ނުވަންޔާ ތިޔަކަހަލަ ކަންތަ އްނުކުރަަނީ. ޢަހަރުންނެށް ނޫޅެން އަތް ޖަހަން. ސަބަބަކީ ގިނަ ރަ އްޔިތުންނާ އި އެމީހުންގެ އެލީ ބެލީ ތަށް ތިބީ އަނގަޔާ އަތާ ދިމާނުވާ ހާލު. ޢެންމެ ދެ އްކުންތެރި މިނިސްޓަރު.

    40
    2
  8. އައްޑޫ މީހާ

    ދަރިފުޅު މަޝްހޫރު ކުރަން އުޅެންޏާ ފާޑުވެސް މީހުން ކިޔާނެ އެއީ ބުލީ ކުރުމެއްނޫން ކަލޭ މީހުންގެ އަބުރާއި އިއްޒަތް ކަތިލާހެދި އިރު ބުލީއޮތީ ކޮންތާކުތަ؟ މިހާރު ހަނދާނެއް ނުވޭދޯ އުޅެވުނުގޮތް ދެން ތިހެން ހަދަމުންގޮސް ދަރިފުޅު ސިޔާސީކޮށަލާ އޭރުން އެނިމުނީ ޝައިތާނީ ކަންކަމަށް ދަރިފުޅު ހާނުވައިގެން މަޝްހޫރު ވާން އުޅުނީމަ ވާނެ އެކިކަހަލަ ލަންތައްތައް އޯކޭ

    41
    2
  9. ކީކޭ ބުނާނީ...

    ޢެންމެފަހުން މީމްސް ހަދާ ކާރޓޫނު ކުރަހާ ޖޯކު ޖަހަންދެން އަނގަ މަ އިތިރި ނުކުރާތި. ސޯޝަލްމީޑި އާ އަކީ ކިހާވަރެ އްގެ ކަމެ އްކަން ނޭގި ތަ މިތާގަ އިރު ކޮޅުކޮޅާ ތިޔަ އެލީ އަކު އިޝްތިހާރު ތިކުރަނީ.

    38
    1
  10. ކީކޭ ބުނާނީ...

    ލަދެއްހަޔާތެއްވެސް ނެތް ދައުލަތުގެ މީޑިއާ އަށް އަރާހުރެ މީނަގެ ޒާތީވާހަކަ ދައްކަން. . .

    44
    2
  11. ހުސޭނުބޭ

    އޯކޭ! އެމްއެމްޕީއާެުސީ ގެ ޑޮލަރުބޮނޑި ދިރުވާލެވުނުއިރު ކަލެޔަށް އެނގުނުތަ؟

    41
    2
  12. ބޯގޯސް

    ކަލޭ މީގެ ކުރީގަ އެހެންމީހުން ބުލީކުރިއިރު އޯކޭތަ މީހުނާދިމާލައް ވަގައްގޮވާ ފެލުނުއިރު ހިތިރަހަލާދޯ މިހާރު ކަރުބުޑުގަ ދައުލަތުގެ ފައިސާއިން ކަލޭ ނާޗަރަންގީ ކުޅެނަގަނީ ހަމަ ބޮޑުވަގު

    33
  13. ގުދޯގުދޯ

    މަހުލޫފް ތީ އެއްމެ ގިނައިން މީހުންނަން ބުލީ ކުރިމީހާ..ލަވަނުކުޅުވާ ދަރިއަށް ޤުރުޢާން ކިޔަވާއިދޭށޭ މީހުންކިޔާތީ ޢެބުނަނީ ބުލީ ކުރަނިއްޔޭ

    44
    1
  14. ދަރަނި ދަންތުރަ

    މަހޭ ކަލެޔަށް ނޭގުނު ކަލޭގެ ދަރިފުޅު ހަވަރަށް ދެވުނުއިރުވެސް ތިޔައީ ހަމަ ފައްކާ ބުރާންޗެއް...

    38
  15. ބޯޖަލީލު

    ﷲ ނަހީކުރައްވާފައިވާ ކަމެއްކުރީމަ އެކަނުނުކުރަން ނަސޭހަތްދިނުންވެސް އެޢި ބުލީ ކުރުންތޯ މަހޭ ، މަހޭ ތިހިރީ ހޭނެތިފައި އެމް ޑީ ޕީ ގައި

    34
    1
  16. ދަރަނި ދަންތުރަ

    ދެންއަހަށް ދުވޭ އީވާ ގޮވައިގެން ރައީސް ޔާމީނުގެ ގޭދޮށަށް ފޭކު ޑޮލަރ އުކަން އޭރުން ކަލެޔަށް ބުލީ ޔާ ބަލާ ޔާ ވަކިވެދާނެ ބުރާންޗާ...

    42
    1
  17. ޒަހާ

    ދެމީހުން ދަރިފުޅުގެ ދިފާއުގައޭބުނެ ކޮންހާ ވަރެއް ތިއަރުވަނީ އާންމުރައްޔިތުންނަށް. އެއީ ދޮގުވާހަކަ އެއްތަ މީހުން ބުނެފައޮތީ. ދަރިފުޅުގެ ހައްޤުގާ ވިސްނޭބަޔަކު ނަސޭހަތް ދިނީ އެކަން ހަޖަމުނުވެގެން ދޯ

    34
  18. ހާލުފޮޅި

    ތިމާ ފޭހުނު އިލޮށި ތިއޮތީ ލޮލަށް ހެރިފަ.. އަދިވެސް މީހުނޭކިޔާ.. އަމިއްލަޔަށް ދޯ އިޝްތިހާރު ކުރަނީ، ދެއްކެން އުޅެނީ..

    36
  19. އާސިދާ

    ހުރިހާ މީޑިޔާ ތަކުގަޔާ ރަ އްޔިތުންގެ މަޖުލިހުގަ އެކުރަނީ ކީ އްބާ އެވެސް ގޯސް ދޯ...

    28
  20. ކިނބޫ

    ކަލޭ މީހުންގެ ދަރިންނާ ފިރިންނާ އަނބިންނާ ބަފައިންނާ މައިންނަށް ބުލީ ކުރާއިރު ކީކޭ ހިތަށް އަރާބާ! ވަރަށް ހިތުގަ ޖެހިއްޖެ ދޯ

    25
  21. އަލިބެއްޔާ

    ދައުލަތުން ޚަރަދު ބަލަހައްޓާ ޢާއިލާއެއް..

    22
  22. ބަޓް

    މިހާތަނަށް ދިވެހި ދައުލަތަށް އައި އެންމެ ނާޤާބިލު އެންމެ ދެއްކުންތެރި މިނިސްޓަރު. ބޮޑީ ބިލްޑުކޮއްލާފަ ފޮޓޯއެއް ޝޯޝަލް މީޑިޔާއަށް ދޫކޮށްލާފަ ދެން މައުސޫމު ޅަދަރިޔަކު ލައްވާ ﷲ ނަހީކުރެއްވިހާ ކަމެއް ކުރުވުން

  23. ބުލީކު

    ބުލީކުރީއޭ ކިޔާއިރު ޙުދުތިމާމީހާށ ކިތަައްމީހުންނައް ބުލީ ކުރެވުނުތޯ އަމިއްލަ ނަފްސާ ސުވާލް ކޮއްލަބަލަ ބާތްކަރތާހޭ ދެން ތިޔަލަވަޔައް ކިހަރުފިޔާއެއް ޙަރަދުކުރިދޮ އޯޑިޓްކޮއްލަބަލަ ދުނިޔޭގެ ތިބިބަޔަކައް އަދި ފެންނާނެ ބާތްކަރުތަހޭ

  24. ބުލީ

    ތިމާގެ އަމިއްލަ ދަރި ސީދާވެގެންވާ ތެދުމަގުން ދުރުކޮށް މަގުފުރައްދަމުން ދާއިރުވެސް ނޭންގޭ

  25. ރީތި މޫސަ

    މަހޭ އަމިއްލަޔަށް މަސްހޫރުވާންވެގެންގޮސް މޮޔަހަނީ

  26. ޖެލަސީ

    ވަރަށް ބޮޑަށް ސޮރީ އިފް އައި ހެޑް ހަރޓް ޔޯރ ފީލިންގސް.