ށ. ނޫމަރާގައި އަލަށް އިމާރާތް ކުރާ އިންޖީނުގެ އާއި އޮފީސް އިމާރާތުގެ ބިންގާ އަޅައިފިއެވެ. އެރަށަށް ކަރަންޓްގެ ހިދުމަތް ދެމުން ގެންދަނީ ފެނަކަ އިންނެވެ.

މިއަދު އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި އެރަށު އާ އިންޖީނުގެ އާއި އޮފީސް އިމާރާތުގެ ބިންގާ އަޅުއްވާ ދެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައީދު އާއި އެރަށު ކައުންސިލް ރައީސް ހަސަން އަބްދުﷲ އެވެ.

ފެނަކަ އިން ބުނީ މި ދެ އިމާރާތް އެޅުމަށް ހަވާލުކޮށްފައި ވަނީ ސްކައިވަން ލޮޖިސްޓިކްސް އާ ކަމަށެވެ. އެ މަސައްކަތް ނިންމުމަށް އެ ކުންފުންޏަށް ދީފައި ވަނީ 270 ދުވަހެވެ.

ފެނަަކަ އިންދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި އިންޖީނުގެތައް އާ އިމާރާތްތަކަށް ބަދަލުކުރަމުންނެވެ. މިގޮތަށް އިންޖީނުގެތައް ބަދަލު ކުރަމުންދާ ރަށްތަކަކީ ރައްޔިތުންނަށް ދަތިވާ ގޮތަށް ރަށު ތެރޭގައި ހުންނަ އިންޖީނުގެތަކެވެ.